ގެއްލިގެން ހޯދަމުން ދާ ހދ. ކުޅުދުއްފުށި ސިޓީ / ލަންދޫގެ، އަބްދުﷲ އިބްރާހިމް، އަދި ވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އުމުރުން 39 އަހަރުގެ އަބުދުﷲ އިބްރާހިމް އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަ ރިޕޯޓުކޮށްފައި ވަނީ މި ނޮވެމްބަރު 3 ވަނަ ދުވަހު އެވެ.
އެދުވަހުން ފެށިގެން ފުލުހުން ގެންދަވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އެދުވަހު ފުލުހުން ވަނީ އެކަމުގައި އާންމުންގެ އެހީތެރިކަމަށް ވެސް އެދިލައްވާފަ ވެއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވިގޮތުގައި އޭނާ އަދިވެސް ނުފެނެއެވެ. އޭނާ ހޯދުމުގެ މަސައްކަތް އެ އިދާރާއިން ކުރިއަށް ގެންދަވާއިރު، އަބްދުﷲ އިބްރާހިމް އެންމެ ފަހުން ފެނިފައިވަނީ ނޮވެމްބަރު 2 ވަނަ ދުވަހު ހެނދުނު ކުޅުދުއްފުށިން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
''އަދި ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަހުން އެއްދުވަހު އޭނާ މާލެ، ވިލިމާލެ ފެރީޓާމިނަލް ކައިރިން އާންމުންގެ މީހަކަށް ފެނުނުކަމަށް އާއިލާ މީހެއްގާތު ބުނެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ.'' ފުލުހުން ވިދާޅުވެފަވެއެވެ.
ފުލުހުން ވަނީ ޢަބުދުﷲ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!