މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,372 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 274 ވަނަ ޞަފްޙާ

އިންތިޚާބަކާ ނުލައި ޕީއެންސީ އަށް 69 ގޮނޑި، ބޮޑު ތިލަދުން މަތިން 12 ގޮނޑި

އިންތިޚާބަކާ ނުލައި ޕީއެންސީ އަށް 69 ގޮނޑި، ބޮޑު ތިލަދުން މަތިން 12 ގޮނޑި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ވޯޓަކާ ނުލައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ޖުމްލަ 69 ގޮނޑި ކަށަވަރުވެއްޖެއެވެ.  މީގެ ތެރޭގައި ބޮޑު ތިލަދުންމަތީގެ ރަށްތަކުން އެކަނިވެސް އެ ޕާޓީން ވަނީ 12 ގޮނޑި ކަށަވަރުވެފައެވެ. ޕީއެންސީ އަށް ބޮޑު ތިލަދުންމަތިން ލިބުނު ގޮނޑިތަކުގެ ތެރޭގައި ހއ. އުތީމު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ޢަބްދުﷲ ރަޝީދާއި، އެ ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްޞ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީގައި އިމިގްރޭޝަންގެ އައު އޮފީހެއް ހުޅުވައިފި

ކުޅުދުއްފުށީ ސިޓީގައި އިމިގްރޭޝަންގެ އައު އޮފީހެއް ހުޅުވައިފި

ކުޅުދުއްފުށި ސިޓީގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މަގުސަދުގައި، އެ ސިޓީގައި އިމިގްރޭޝަންގެ އައު އޮފީހެއް މިއަދު ހެނދުނު ރަސްމީކޮށް ހުޅުވައިފިއެވެ. މި އައު އޮފީސް ހުޅުއްވައިދެއްވީ މިއަދު ހެނދުނު ކުޅުދުއްފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާން އެވެ. މޯލްޑިވިސް އިމިގްރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި އައު އޮފީސް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދުގައި ދެމުންދާ އިމިގްރޭޝަންގެ ޚިދުމަތްތައް މިހާ...

ޝިއުނާ އާދަމް
ރާއްޖޭގެ ފުޓްސަލް ކިންގަކީ ޗެމްޕިއަން ނައިވާދޫގެ ޔާމީން، ނައިވާދޫ އަށް މުބާރާތުގެ ގިނަ ވަނަތަކެއް

ރާއްޖޭގެ ފުޓްސަލް ކިންގަކީ ޗެމްޕިއަން ނައިވާދޫގެ ޔާމީން، ނައިވާދޫ އަށް މުބާރާތުގެ ގިނަ ވަނަތަކެއް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ކިންގަކަށް ނައިވާދޫގެ ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓޭ) ހޮވިފައިވާއިރު، އެ މުބާރާތުގެ ގިނަ ވަނަތަކެއް އެ ޓީމަކަށް ވަނީ ލިބިފައެވެ. ރޭ ކުޅުނު ފައިނަލްގައި 9-3 ލަނޑުގެ ބޮޑު ތަފާތަކުން ގއ.ދެއްވަދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދި ނައިވާދޫގެ ޔާމީން މުބާރާތުގެ ”ކިންގް އޮފް ޓޯނަމަންޓް” އަކަށް ހޮވުނުއިރު، އޭނާ އަކީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރޭ ވެސް ހިމެނުނު ކުޅުންތެރިއެކެވެ. ޔާމީންގެ އިތުރުން ނައިވާދޫ ޓީމުގެ އަހްމަދު ހަމީދު […]

ޔުމްނާ ޢަލީ
މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ޑްރަގް އެތެރެކޮށް ވިއްކާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު

މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ޑްރަގް އެތެރެކޮށް ވިއްކާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު

މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ މ. މުލައް / މަދާރުގެ، ޙަސަން މަފާޒު (26އ) އާއި ހ. ފިލްމީސައިޓް / މާލެ، ވިޝާމް މުޙައްމަދު (35އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށްފައިވާ 36 ކިލޯއަށްވުރެ...

ޔުމްނާ ޢަލީ
ކެލާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ކެލާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހއ. ކެލާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ހޮނިހިރު ދުވަހު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ. މި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އާއި ކެލާ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒްގެ އިތުރުން ކަމާބެހޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ކެލާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ މައި ހުރިހާ މަގުތަކެއް ހިމެނޭހެން ޖުމްލަ 3.9 […]

ޔުމްނާ ޢަލީ
ކުއްޖަކު ކާމިޔާބީ ހޯދަނީ ބުރަ މަސައްކަތަކުން، އެކަމުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމަކީ ދަށު ދަރަޖައިގެ އަމަލެއް: ވަހީދު

ކުއްޖަކު ކާމިޔާބީ ހޯދަނީ ބުރަ މަސައްކަތަކުން، އެކަމުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމަކީ ދަށު ދަރަޖައިގެ އަމަލެއް: ވަހީދު

ކުޅިވަރުގެ ދާއިރާއިން ކުއްޖަކު ކާމިޔާބީ ހޯދަނީ އެ ކުއްޖަކު ކުރާ ބުރަ މަސައްކަތުން ކަމަށާއި، އެކަމުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ. ސްޕޯޓްސް މިނިސްޓްރީން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ “އަހަރުގެ ޒުވާން ކުޅުންތެރިޔާ” (ފިރިހެން) ކެޓަގަރީއަށް ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވުމާ ގުޅިގެން ބައެއް ފަރާތްތަކ...

އަލީ އާދިލް
''ފަލަސްތީން އެކްޝަން'' ޖަމާއަތުގެ މީހުން ހައްޔަރު ނުކުރާނެކަމަށް އިނގިރޭސި ފުލުހުން ބުނެފި

''ފަލަސްތީން އެކްޝަން'' ޖަމާއަތުގެ މީހުން ހައްޔަރު ނުކުރާނެކަމަށް އިނގިރޭސި ފުލުހުން ބުނެފި

އިނގިރޭސިވިލާތުގެ ހައިކޯޓުން ކުރި ހުކުމަކަށް ބޯލަނބައި، “ޕަލަސްތީން އެކްޝަން” ޖަމާއަތާ ގުޅުންހުރި ކަންކަމުގައި މީހުން ވަގުތުން ހައްޔަރުކުރުމުގެ ބަދަލުގައި ހެކި އެއްކުރުމަށް އިސްކަންދޭން ނިންމާފައިވާ ކަމަށް ލަންޑަނުގެ މެޓްރޯޕޮލިޓަން ޕޮލިހުން ހުކުރު ދުވަހު ހާމަކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ، އިނިގރޭސިވިލާތުގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ ޖަމާއަތް މަނާކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ހައިކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. ހައިކޯޓުގެ ފަނޑިޔާރުނ...

ނާޒިމާ އަލީ
ފޭސްބުކްގައި އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި ނޭޕާލު މީހަކު ހައްޔަރުކޮށްފި

ފޭސްބުކްގައި އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި ނޭޕާލު މީހަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ބޭރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ނަކުލް ކޭ ސީ އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 12 ދުވަހުގެ […]

އަލީ އާދިލް
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަމުންދާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ރޭ ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 11 ފެބްރުއަރީ 2026 ވީ ބުދަ ދުވަހުއެވެ. މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލައަކީ ކުޑަކުއ...

ޔުމްނާ ޢަލީ
އިސްރާއީލުގެ އޮފިސަރަކު ޒިޔާރަތްކުރުމުން ބެލްޖިއަމްގައި މަސައްކަތް ހުއްޓާލައި ހަޅުތާލުކޮށްފި

އިސްރާއީލުގެ އޮފިސަރަކު ޒިޔާރަތްކުރުމުން ބެލްޖިއަމްގައި މަސައްކަތް ހުއްޓާލައި ހަޅުތާލުކޮށްފި

ބެލްޖިއަމްގެ އެންމެ ބޮޑު ހަތިޔާރު އުފައްދާ ކުންފުނި ކަމަށްވާ އެފް.އެން ހާސްޓަލް އަށް އިސްރާއީލު ސިފައިންގެ އިސް އޮފިސަރަކު ޒިޔާރަތް ކުރުމާ ގުޅިގެން، އެ ކުންފުނީގެ މުވައްޒަފުން ކުއްލި ހަޅުތާލެއް ފަށައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި އޮފިސަރަކީ ދިފާއީ މަންދޫބުންގެ ވަފުދެއްގެ ތެރޭގައި ހިމެނިގެން އެ ކުންފުންޏަށް ދިޔަ މީހެކެވެ. ހުކުރު ދުވަހުގެ މެންދުރުފަހު ހާސްޓަލްގައި ހުންނަ އެ ފެކްޓްރީގައި ކުރިއަށްދިޔަ މި ހަޅުތާލަކީ، ސޯޝަލިސްޓް ޓްރޭޑް ޔޫނ...

ޔުމްނާ ޢަލީ
ދެއްވަދޫ ކޮޅަށް 9 ލަނޑުޖަހައި ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް، ތަށި ބޮޑު ތިލަދުންމައްޗަށް

ދެއްވަދޫ ކޮޅަށް 9 ލަނޑުޖަހައި ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް، ތަށި ބޮޑު ތިލަދުންމައްޗަށް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޗެމްޕިއަންކަން ހދ. ނައިވާދޫ ހޯދައި، ދިވެހިރާއްޖޭގެ ފުޓްސަލް ރަސްކަމުގެ މަގާމު ކަށަވަރުކޮށްފިއެވެ. ނައިވާދޫ ޗެމްޕިއަންކަން ހޯދީ މިރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލްގައި 9-3 ލަނޑުގެ ބޮޑު ތަފާތަކުން ގއ.ދެއްވަދޫ ބަލިކޮށްގެންނެވެ. މެޗުގެ 15 ވަނަ ސުކުންތުގެ ތެރޭގައި ޖޯޒީ ނަންބަރު 21 އަހްމަދު ރާހިލް ރަޝީދު ވަނީ ގޯލެއް ޖަހައި ދެއްވަދޫ އަށް ލީޑު ނަގައިދީފައެވެ. ދެއްވަދޫގެ ލަނޑަށްފަހު ނައިވާދޫ ޓީމު ހަމައަކަށްއަޅުވައި ވަރުގަދަ […]

ޔުމްނާ ޢަލީ
ރައީސްގެ ޢާއިލާއިން އެއްވެސް ކަމަކަށް ނުފޯޒެއް ނުފޯރުވާނެ، އުމޭރަކީ ހުނަރުވެރި ކުޅުންތެރިއެއް: އިގްބާލް

ރައީސްގެ ޢާއިލާއިން އެއްވެސް ކަމަކަށް ނުފޯޒެއް ނުފޯރުވާނެ، އުމޭރަކީ ހުނަރުވެރި ކުޅުންތެރިއެއް: އިގްބާލް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަކީ ވަރަށް ޚުލްޤުހެޔޮ ދެމަފިރިންކަމަށާއި، އެ ދެމަފިރިންނާއި ޢާއިލާއިން އެއްވެސް ކަމަކަށް ނުފޫޒު ނުފޯރުވާނެކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ. އިގްބާލް މިފަދައިން ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ “އަހަރުގެ ޒުވާން ކުޅުންތެރިޔާ” (ފިރިހެން) ކެޓަގަރީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދ...

އަލީ އާދިލް
ހެޔޮއެދޭ ފަރާތެއްގެ އެހީގައި އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ހެޔޮއެދޭ ފަރާތެއްގެ އެހީގައި އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީއާއެކު ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ. އިހަވަންދޫ ކައުންސިލުން ބުނީ މި މިސްކިތަކީ ނިޝާން މުލީގެ އިއްޒަތުގެ ވެރިޔާ، ދަމާސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި އެރަށުގައި ބިނާކޮށްފައިވާ މިސްކިތެއްކަމަށެވެ. މި މިސްކިތް ހުޅުވުމަށް މިއަދު ހަވީރު އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ ”މަސްޖިދު ޒ...

ޔުމްނާ ޢަލީ
އެވޯޑަށް ސިޔާސީ އެހެން ބޭފުޅުންގެ ކުދިން ވެސް ނޮމިނޭޓްވި، އުމައިރު ނޮމިނޭޓް ވުމުން ކުށަކަށްވީ ކީއްވެ؟: އާރިފް

އެވޯޑަށް ސިޔާސީ އެހެން ބޭފުޅުންގެ ކުދިން ވެސް ނޮމިނޭޓްވި، އުމައިރު ނޮމިނޭޓް ވުމުން ކުށަކަށްވީ ކީއްވެ؟: އާރިފް

ސްޕޯޓްސް މިނިސްޓްރީން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ “އަހަރުގެ ޒުވާން ކުޅުންތެރިޔާ” (ފިރިހެން) ކެޓަގަރީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވުމާ ގުޅިގެން ފަތުރާ ވާހަކަތަކާއި ގުޅިގެން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ސުވާލު އުފައްދަވައިފިއެވެ. އާރިފް ވަނީ އުމައިރުގެ އިތުރުން ވެސް ސިޔާސީ އެހެން ބޭފުޅުންގެ ދަރިން އެވޯޑަށް ނޮމިނޭޓްވެފައިވާކަން ފާހަގަކުރައްވައި، އުމައިރު ނޮމިނޭޓްވުން ކ...

އަލީ އާދިލް
ރާއްޖެ އައި ފަތުރުވެރިއަކު އިސްލާމްވެއްޖެ

ރާއްޖެ އައި ފަތުރުވެރިއަކު އިސްލާމްވެއްޖެ

ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރި އަންހެނައަކު އިސްލާމްވެއްޖެއެވެ. އެމީހާ އިސްލާމްދީން ޤަބޫލުކޮށް ޝަހާދަތުގެ ދެކަލިމަ ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ”އަހްމަދު ހަނީފް” ކިޔާ މީހަކު ފޭސްބުކްގައި ޕޯސްޓްކޮށްފައިވާއިރު، އެ ވީޑިއޯއާއި އެކު ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ އެއީ ދިއްފުއްޓަށް ޗުއްޓީހޭދަކޮށްލުމަށް އައިސް އުޅުނު 49 އަހަރުގެ ފަތުރުވެރިޔަކު އިސްލާމްވާ މަންޒަރުކަމަށެވެ. އެ ފަތުރުވެރިޔާ އިސްލާމްވުމަށްފަހު ނަމަކަށް ޚިޔާރުކޮށްފައިވަނީ ”ޖަމީލާ” ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފަވެއ...

ޝިއުނާ އާދަމް
މަސްދޯނީގައި ރޯވުން: 5 މީހަކަށް އަނިޔާވެގެން ފަރުވާދެނީ

މަސްދޯނީގައި ރޯވުން: 5 މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސްދޯންޏެއްގައި މިއަދު އަލިފާން ރޯވެ ހާދިސާއެއް ހިނގާފައިވާއިރު، އޭގައި ތިބި ފަސް މީހަކަށް އަނިޔާވެގެން މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ދެ ދިވެހިންނަށާއި ތިން ބިދޭސީންނަށެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 14:54 އެހައިކަންހާއިރުއެވެ. ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ އަލިފާން ރޯވި މަސްދޯންޏަށް އެހީތެރިކަން ފޯރުކޮށ...

ޝިއުނާ އާދަމް
އައިޖީއެމްއެޗާއި ދަރުމަވަންތާގައި ޚިދުމަތްތައް މިއަހަރު ފުޅާކުރަނީ

އައިޖީއެމްއެޗާއި ދަރުމަވަންތާގައި ޚިދުމަތްތައް މިއަހަރު ފުޅާކުރަނީ

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށްޓަކައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ގިނަ އައު ޚިދުމަތްތަކެއް ޤާއިމުކޮށް، މިހާރު ހުރި ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިޢުލާން ކުރެއްވީ ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމެވެ. މިއަހަރުގެ ތެރޭގައި ކުރަން ރޭވިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި މާލޭގައި ދެވަނަ އާރބަން ހެލްތު ކެއަރ ސެ...

ޔުމްނާ ޢަލީ
ފައިނަލް މިރޭ، ނައިވާދޫ ބޮޑު ތިލަދުން މައްޗަށް ތަށި ގެންދިޔުމުގެ ވަރުގަދަ އަޒުމްގައި

ފައިނަލް މިރޭ، ނައިވާދޫ ބޮޑު ތިލަދުން މައްޗަށް ތަށި ގެންދިޔުމުގެ ވަރުގަދަ އަޒުމްގައި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލްގައި ތަށި ހޯދުމުގެ ވަރުގަދަ އަޒުމްގައި ހދ. ނައިވާދޫ މިރޭ ގއ. ދެއްވަދޫ އާއި ދެކޮޅަށް ނުކުންނާނެއެވެ. މި މުބާރާތުގެ ފައިނަލަށް ޖެހިޖެހިގެން ދެވަނަ ފަހަރު ދަތުރުކުރި ނައިވާދޫ އަށް ކާމިޔާބީ އަށް އެދި އެރަށާއި ބޮޑު ތިލަދުންމަތީގެ ރައްޔިތުން އަންނަނީ ޝުޢޫރު ފާޅު ކުރަމުންނެވެ. މި ފައިނަލް އޮންނާނީ ކިރޭ 20:30 ގައި ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ. މި މުބާރާތުގެ ފައިނަލާ ހަމައަށް މޮޅުވުމުގެ ރެކޯޑާއެކު […]

ޔުމްނާ ޢަލީ