ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރި އަންހެނައަކު އިސްލާމްވެއްޖެއެވެ.

އެމީހާ އިސްލާމްދީން ޤަބޫލުކޮށް ޝަހާދަތުގެ ދެކަލިމަ ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ''އަހްމަދު ހަނީފް'' ކިޔާ މީހަކު ފޭސްބުކްގައި ޕޯސްޓްކޮށްފައިވާއިރު، އެ ވީޑިއޯއާއި އެކު ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ އެއީ ދިއްފުއްޓަށް ޗުއްޓީހޭދަކޮށްލުމަށް އައިސް އުޅުނު 49 އަހަރުގެ ފަތުރުވެރިޔަކު އިސްލާމްވާ މަންޒަރުކަމަށެވެ.

Ad
rt

އެ ފަތުރުވެރިޔާ އިސްލާމްވުމަށްފަހު ނަމަކަށް ޚިޔާރުކޮށްފައިވަނީ ''ޖަމީލާ'' ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފަވެއެވެ.

އެ ޕޯސްޓް ކޮށްފައިވާ މީހާގެ ފޭސްބުކް އެކައުންޓް ބެލުމުން އޭނާ އަކީ ދިއްފުށީ މިސްކިތެއްގެ ނުވަތަ މިސްކިތެއްގެ އިމާމެއްކަމަށް ބެލެވެއެވެ.

އެ ފަތުރުވެރިޔާ އިސްލާމްވުމަށް މިސްކިތެއްގައި ހުރެ ޝަހާދަތުގެ ދެކަލިމަކިޔާ މަންޒަރު އާންމުކޮށްފައިވާ ވީޑިއޯއިން ފެނެއެވެ. އެ ފަތުރުވެރިޔާ އިސްލާމް ދީން ޤަބޫލުކޮށް ދީނުގެ މަތިވެރި ކަލިމަ ކިޔަމުންދިޔައިރު ހުރީ ބުރުގައި އަޅައިފައިކަން ވެސް ފާހަގަކޮށްލެވެއެވެ.

އެހެން ދީނެއްގެ އިސްލާމްވުމުގެ ފުރަތަމަ ފިޔަވަޅަކީ އިޚްލާޞްތެރިކަމާއެކު ޝަހާދަތުގެ ދެކަލިމަ ކިޔުމެވެ. ރާއްޖޭގައި މިފަދަ މީހަކު އިސްލާމްވާނަމަ މިއީ ދީނީ އިލްމުވެރިއެއް ނުވަތަ ކަމާބެހޭ އިދާރާއެއްގެ ބޭފުޅެއްގެ ކުރިމަތީގައި ކުރެވޭ ކަމެއްގެގޮތުގައި ކަނޑައަޅާފަވެއެވެ. ރާއްޖޭގައި ރަސްމީކޮށް އިސްލާމްވިކަމުގެ ލިޔުން ހޯދުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހަޅަންޖެހޭނެއެވެ. މިނިސްޓްރީން އެމީހާގެ މައުލޫމާތު ސާފުކޮށް، އިސްލާމްވުމުގެ އިގުރާރުގައި ސޮއިކުރުވާނެއެވެ. މިކަމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަވުމުން، އެމީހަކީ މުސްލިމެއްކަން އަންގައިދޭ ރަސްމީ ސެޓްފިކެޓެއް އިސްލާމިކް މިނިސްޓްރީން ދޫކުރާނެއެވެ