ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީއާއެކު ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ.
އިހަވަންދޫ ކައުންސިލުން ބުނީ މި މިސްކިތަކީ ނިޝާން މުލީގެ އިއްޒަތުގެ ވެރިޔާ، ދަމާސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި އެރަށުގައި ބިނާކޮށްފައިވާ މިސްކިތެއްކަމަށެވެ.
މި މިސްކިތް ހުޅުވުމަށް މިއަދު ހަވީރު އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދެވެ.
ދަމާސް ޞާލިޙްގެ ދީލަތި އެހީގައި އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މި މިސްކިތަށް ދީފައިވާ ނަމަކީ ''މަސްޖިދު ޒުބައިދާ އަޙްމަދު'' އެވެ.
މިއީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!