ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން މިއަދު ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްދަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މިގޮތުން މިއަދުން ފެށިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 13:00 އަށް ކަދުރު ބެހުމުގެ އިންތިޒ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ ހުރިހާ ގަވަރުނަރޭޓްތަކެއްގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން، އެ ގައުމުގެ ރައީސް މަހްމޫދު އައްބާސް ފަލަސްތީނުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެއްޖެއެވެ. ރައީސް އައްބާސް މި އިންތިޚާބު ސިފަކުރެއްވީ ގައުމީ އަދި ޑިމޮކްރެޓިކް ރޫހު ރަމްޒުކޮށްދޭ މުހިންމު ހަރަކާތެއްގެ ގޮތުގައެވެ. އިސްރާއީލުގެ އިސްތިއުމާރާއި އުދުވާނުގެ ސަބަބުން ކުރިމަތިވެފައިވާ ދަތި އަދި އާދަޔާޚިލާފު ހާލަތްތަކުގެ މެދުގައިވެސް، މި އިންތިޚާބުން ފެނިގެންދިޔައީ ރައްޔިތުންގެ ހޭލުން...
ނާޒިމާ އަލީ
ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު ފެޝަން، ޙަސަން ފަޔާޟް (40އ) އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ ހދ. ކުޅުދުއްފުށިން މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި އެޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. ޙަސަން ފަޔާޟް ހައްޔަރުކޮށްފައިވަނީ މިލަންދޫ ބަ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައި 300 ޖޯޑަކު ބައިވެރިވި ބޮޑު ކައިވެނީގެ ހަފްލާއެއް ހުކުރު ދުވަހު ބާއްވައިފިއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ގާޒާގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު އެއް ހަފްލާއެވެ. މި ކައިވެނީގެ ހަފްލާގައި ކައިވެނިކުރި ޖޯޑުތަކުގެ އާއިލާތަކާއި، މުޖުތަމައުގެ އިސްވެރިންނާއި، އަދި އެކި ޖަމިއްޔާތަކުގެ މަންދޫބުން ހިމެނޭހެން ގާތްގަނޑަކަށް 20,000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އިންތިޒާމުކުރި ފަރާތްތަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައ...
ނާޒިމާ އަލީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގެ އަޑުއެހުންތައް މިމަހު ވަނީ ނިންމާލައިފަ އެވެ. އެ މައްސަލާގެ ހުކުމް އަންނަ ބުދަ ދުވަހުގެ ހެނދުނު އިއްވަން މިހާރު ވަނީ ތާވަލްކޮށްފަ […]
ހުސައިން ހަބީބް
މާލޭގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން އަންނަކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. ްއެ މައްްސަލައާއި ގުޅިގެން ބައެއް ނޫސްވެރިން ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުތަކަށް ޖަވާބުދެމުން ފުލުހުން މިއަދު ބުނީ، 24 އޭޕްރީލް 2026 ވީ ބުދަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން މޭޔަރަށް ހަމަލާދޭން އުޅުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މި ހާދިސާ […]
ޔުމްނާ ޢަލީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން އިއްޔެ ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، އެ ސަރަހައްދުގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން ކަރަންޓު ކޭބަލަކަށް ގެއްލުންވެފައިވާތީކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ކަރަންޓް ކެނޑުމުން މައްސަލަ ވީހާވެސް އަވަހަށް ޙައްލުކޮށް، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފައިވާ ކަމަށެވެ. މި ހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ވެސް، ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން...
އަޙްމަދު ވަހީދު
މާލެ ސިޓީގައި ކުރިއަށްދިޔަ ‘އުފަކާރަ’ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިއްޔެ ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު ތަމްރީން ޕްރޮގްރާމެކެވެ. މާލޭގައި ކުރިއަށްދިޔަ މި ފަހަރުގެ ތަމްރީން ޕްރޮގްރާމް ޖުމްލަ 19 ފަރާތަކުން ފުރިހަމަކޮށްފައިވެއެވެ. މި ރަސް...
ޝިއުނާ އާދަމް
ޖައްބާރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު އިސްތިއުފާ ދިނުމަށާއި، 7 އޮކްޓޫބަރު 2023 ގައި ހިނގާދިޔަ ހާދިސާތައް ތަހުގީގު ކުރުމަށް ރަސްމީ ކޮމިޝަނެއް އުފެއްދުމަށް ގޮވާލައި އިޒްރޭލުގެ ތެލް އަވީވް އާއި އެހެނިހެން ސިޓީތަކުގައި ބޮޑެތި މުޒާހަރާތަކެއް ހޮނިހިރު ދުވަހު ބާއްވައިފިއެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މުޒާހަރާތަކަކީ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ހާމަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކެކެވެ. ތެލް އަވީވް ހަބީމާ މައިދާނަކީ މި މުޒާހަރާތަކުގެ މައި މަރުކަޒ...
ނާޒިމާ އަލީ
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން މަސައްކަތްކުރި ހާދިސާއަކީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ސަރުކާރުން އިއްޔެ ދީފިއެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ....
ޔުމްނާ ޢަލީ
ވައިޓް ހައުސް ކޮރެސްޕޮންޑެންޓުންގެ އަހަރީ ރޭގަނޑުގެ ކެއުން ވޮޝިންޓަން ހިލްޓަންގައި ކުރިއަށް ދަނިކޮށް، ހޮނިހިރު ދުވަހުގެ ރޭ މީހަކު ބަޑީގެ ހަމަލާތަކެއް ދީފިއެވެ. މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެހެނިހެން އިސް މެހެމާނުން ތިއްބެވި މައި ހޯލުން ބޭރުގައެވެ. މި ހަމަލާގައި ރައީސް ޓްރަމްޕަށް އެއްވެސް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފައެވެ. ހާދިސާއާ ގުޅިގެން ސީކްރެޓް ސާވިސްގެ އޭޖެންޓުން ވަނީ ވަގުތުން ރައީސް ޓްރަމްޕާއި ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ސްޓޭޖުން […]
ނާޒިމާ އަލީ
އެމެރިކާއާއެކު ހިނގަމުންދާ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް އަމާޒުކޮށް، އީރާނުން ޕާކިސްތާނަށް “އަމަލީ އޮނިގަނޑެއް” ހިއްސާކޮށްފައިވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ. ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ، މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް...
ނާޒިމާ އަލީ
ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފަހު މެޗުގައި ހަނިމާދޫ އާއި ދިއްދޫ މިއަދު ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. މެޗަށް ނުކުތްއިރު ވެސް ފައިނަލް ކަށަވަރުވެފައިވާ މި ދެ ޓީމުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މުހިންމު ކުޅުންތެރިންތަކެއް ބެންޗުގައި ބައިތިއްބައިގެން ކުޅެން ނުކުތް ހަނިމާދޫ ވަނީ މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ […]
ޔުމްނާ ޢަލީ
އެމެރިކާއިން ހުށަހަޅާފައިވާ “އިންތިހާ” އަދި “ހައްދުފަހަނަޅާފައިވާ” ޝަރުތުތަކަށް އީރާނަށް އެއްބަސްނުވެވޭނެ ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ރަސްމީކޮށް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާފައިވަނީ ޕާކިސްތާނުގެ އިސްލާމްއާބާދަށް ކުރެއްވި މުހިންމު ދަތުރުފުޅަށްފަހު، އެމެރިކާގެ މަތީ ފަންތީގެ ވަފުދެއް އެ ސިޓީއަށް ދިޔުމުގެ ކުރިން އަރާގްޗީ އެ ގައުމުން ފުރާވަޑައިގަތުމުގެ ކުރިންނެވެ. އެމެރިކާގެ ވަފުދުގައި އިސްކޮށް ތިބީ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރ އެވެ. އެ ވަފުދު އިސްލާމްއާބާދަށް ދި...
ނާޒިމާ އަލީ
ވެރިކަން ލިބުމުން އެމްޑީޕީން ތިބެނީ ފިނިކޮޓަރީގައި ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގަތީ ރައްޔިތުންގެ ގާތަށް ކަމަށް ކެލާ ދާއިރާގެ މެންބަރު ޢަބުދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު 2026 ގައި ސަރުކާރު ހިންގާ ޕީއެންސީއަށް ހއ. ފިއްލަދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ މާލޭގައި ހުންނަ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ. ލޯކަލް ކައުނ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަން އެ ޕާޓީން މިއަދު ބޭއްވި ޕްރައިމަރީގައި ކުރި ހޯދައި، އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ޓިކެޓް ކަށަވަރުކޮށްފިއެވެ. މިއަދު ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވީ ސިނާން އާއި ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ. މިއަދުގެ ޕްރައިމަރީގައި ސިނާނަށް 226 ވޯޓު ލިބިފައިވާއިރު، އޭނާ...
ޔުމްނާ ޢަލީ
މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ހައުސިން މިނިސްޓްރީން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޗައިނާގެ ބެއިޖިންގގައި މިހާރު ކުރިއަށްދާ “ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް” ކޮންފަރެންސްގެ ހަވާސާގައި ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރާ 500 ހައުސިންގ ޔުނިޓަކީ ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަ...
ޔުމްނާ ޢަލީ
އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓް (އައިކޭއައިއޭ) އިން ބައިނަލްއަގުވާމީ ބައެއް ދަތުރުތައް މިއަދު ހެނދުނު އަލުން ފަށައިފިއެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ދަތުރުތައް އަލުން ފެށުމާއެކު އެންމެ ފުރަތަމަ ފުރި ފްލައިޓްތައް ދަތުރުކޮށްފައިވަނީ މެދުއިރުމަތީގެ އެކި ސިޓީތަކަށެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާގެ މަދީނާ، އޮމާންގެ މަސްކަޓް އަދި ތުރުކީގެ އިސްތަންބޫލް ހިމެނެއެވެ. ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ފެށުނު ފަހ...
ނާޒިމާ އަލީ