އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން އަދި ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވްއާ އެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް ބޭއްވުމަށްޓަކައި މިއަދު، 27 އެޕްރީލް 2026 ގައި ރަޝިޔާގެ ސެއިންޓް ޕީޓަރސްބާގަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށާއި، އީރާނާއި އެމެރިކާއާ ދެމެދު ހުއްޓިފައިވާ ސުލްހައިގެ ވާހަކަތަކާ ގުޅޭގޮތުން ކުރިއަށްގެންދާ ފުޅާ ދިޕްލޮމެޓިކް މަސައްކަތްތަކުގެ ބައެކެވެ. މި ދަތުރުފުޅުގައި ވެސް އަރާގްޗީ ބޭނުންކުރައްވ...
ނާޒިމާ އަލީ
ރާއްޖޭގައި ބުލީކުރުން ހުއްޓުވުމަށްޓަކައި ‘އެންޓި-ބުލީއިންގ’ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި މި ގާނޫނުގެ ދަށުން ބުލީކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައެޅިގެންދާނެއެވެ. އަދި ބުލީކުރުމާއި ފުރައްސާރަކުރުމުގެ ތަފްސީލީ މާނަކުރުންތަކާއި، އެކަން ހުއްޓުވާނޭ ގޮތްތަކުގެ އިތުރ...
ޔުމްނާ ޢަލީ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން ޢައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، މުޙައްމަދު އަފީފު ހުސެއިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ 27 އެޕްރިލް 2026 ވަނަ ދުވަހުން ފެށިގެންނެވެ. އަފީފް އެންމެފަ ހުން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ފ...
ޔުމްނާ ޢަލީ
މާލޭގެ ގެއެއްގައި ޒުވާން އަންހެނަކު މަރާލި މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށް ކުރާ ދައުވާގައި, މަރާލުމުގައި ބޭނުންކުރި ވަޅިތަކާއި ލައިގެން ތިބި އަންނައުނުތައް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ގެންގޮސް ދައްކައިފި އެވެ. އޮގަސްޓް، 2022 ގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދަށް ބޮޑެތި އަނިޔާތަކެއް ދީގެން އޭނާ މަރާލި ކަމަށް ބުނެ ސާހިލްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އޮތީ ސިއްރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ބުނީ އެ […]
ހުސައިން ހަބީބް
ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން (ޑަބްލިޔުއެޗްސީއޭ) ގެ ފަރާތުން ބޭއްވި ރޭގަނޑުގެ ފަރިއްކޮޅަށް ހަމަލާދިން މީހާގެ މެނިފެސްޓޯގައި ރައީސް ޑޮނަލްޑް ޓްރަމްޕަކީ ”ރޭޕިސްޓެއް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހެއް، އަދި ޚާއިނެއް” ކަމަށް ބުނެފައިވާތީ އޭނާ އަކީ މައުސޫމް މީހެއްކަމަށް ބުނެ ޓްރަމްޕް އެވާހަކަތައް ދޮގުކޮށްފިއެވެ. ސީ.ބީ.އެސް ނިއުސްގެ ’60 މިނިޓްސް’ ޕްރޮގްރާމުގައި ނޯރާ އޯޑޮނަލްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އެ މެނިފެސްޓޯގައި އޭނާއާ މެދު ބޭނުންކޮށްފައިވާ ލަފުޒުތައް ދޮގުކޮށް...
ނާޒިމާ އަލީ
ލ. ގަމުގައި ތަރައްޤީކުރަން ނިންމާފައިވާ ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލުގެ އިތުރުން، މާލޭ ސަރަހައްދުގައި ވެސް ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ނިންމެވި ނިނ...
ޔުމްނާ ޢަލީ
21 ދުވަހުގެ ތެރޭގައި ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކައި، 6 މަސް ތެރޭ ދިވެހި ކުންފުނިތަކުގެ ބިލުތަކަށް 3.3 ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގައުމުގެ އިގްތިސޯދީ ހާލަތާއި ދަރަނި އަދާކުރުމުގެ މަސައްކަތްތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި ފާއިތުވި 21 ދުވަހުގެ ތެރޭގައި ޖުމްލަ 924 މިލިއަން ޑޮލަރުގެ ދަރަނި ވަނީ...
ޔުމްނާ ޢަލީ
ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ޚަބަރެއް ނުވެގެން ބެލިއިރު، އެމީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު ސޯސަންގޭ، އިބްރާހީމް ޔޫސުފުފުޅު (55އ) އެވެ. ފުލުހުން ބުނި ގޮތުގައި، އެމީހާގެ ޚަބަރެއް ނުވެ ދެ ދުވަސް ވެފައިވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން، އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ވަދެފައިވަނީ 2026 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ 21:53 އެހައިކަންހާއިރުއެވެ. އެމީހާ ފެނުނު އިރު އޮތީ ނިޔާވެފައި […]
ޔުމްނާ ޢަލީ
އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެބްރުއަރީ 28 ގައި ފެށި ހަނގުރާމާގައި އެމެރިކާ އާއި އިސްރާއީލް ހީކުރިގޮތަށް އީރާން ބަލިނުކުރެވި ހަނގުރާމަ ދިގުލައިގެން ގޮސް އެމެރިކާ މިވަގުތު އޮތީ ލަދުވެތިކަމެއްގެ ތެރޭގައެވެ. ހަނގުރާމައިން މޮޅުނުވުމުން ލަދެއްގައި ނުބެދި ހަނގުރާމަ ނިންމޭނެގޮތެއް ފެނޭތޯ އެމެރިކާއިން ދަނީ މަސައްކަތްކުރަމުންނެވެ. އެހެންކަމުން އެމެރިކާ އިން އީރާނާއި ފަށާފައިވާ “އޮޕަރޭޝަން އެޕިކް ފިއުރީ” އާއި، އޭގެ ނަތީޖާއެއްގެ ގޮތުން ހަނގުރާމަ ރަސްމީކޮށް ނުނިމި ދިގުލައިގެންދިޔަ މި ހާލަތުގ...
ނާޒިމާ އަލީ
ޅ. ނައިފަރު ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ވެލި އެޅުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫޢުގެ ދަށުން ނައިފަރަށް 44.8 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެމްޓީސީސީން ބުނި ގޮތުގައި، ބިން ހިއްކުމަށް ވެލި އެޅުމުގެ %95 މަސައްކަތް އަދި މުޅި މަޝްރޫޢުގެ ޖުމްލަ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. […]
އަޙްމަދު ވަހީދު
އިރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަޝްވަރާ ކުރުމަށް، އެމެރިކާއާ ފޯނުން ގުޅުމުގެ ފުރުސަތު އޮތް ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. އީރާނުން އެމެރިކާ އާއި ފޭސްޓް ފޭސް މަޝްވަރާއަށް ދެކޮޅު ހަދާފައިވާއިރު، ޓްރަމްޕް މިހެން ބުނީ އާދީއްތަ ދުވަހު ”ފޮކްސް ނިއުސްއަށް” ދިން އިންޓަވިއުއެއްގައެވެ. “އެމީހުން ވާހަކަދައްކަން ބޭނުންނަމަ، އަހަރެމެންގެ ގާތަށް އާދެވިދާނެ، ނުވަތަ އަހަރެމެންނަށް ގުޅިދާނެ. އެނގިވަޑައިގަންނަވާނެ ފަދައިން ފޯނު އެބަހުރި. އަހަރެމެންގ...
ނާޒިމާ އަލީ
ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަންގްލަދޭޝްގެ ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި އެޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 40 އަހަރުގެ ޝިފުލް އާއި 32 އަހަރުގެ ސަޖިބް އެވެ. މި ދެމީހުންނަކީ މަސްތުވާތަކެއްޗާއި މަނާބޭސް ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެމީހުންނެވެ. ފުލ...
ޔުމްނާ ޢަލީ
މިދިޔަ މާރިޗު މަހު ރީޑިން ނެގުމުގައްޔާއި ކަރަންޓު ބިލު ތައްޔާރު ކުރުުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ އާންމު އެހެން މަސްމަހުގައިވެސް ޢަމަލު ކުރަމުންދާ އުޞޫލުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. މާރިޗު މަހުގެ ފެނަކަ ބައެއް ކަސްޓަމަރުންގެ ކަރަންޓް ބިލު އާދަޔާ ޚިލާފަށް ބޮޑުކަމަށް ބުނެ ބައެއް ފަރާތްތަކުން މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާތީ، އެކަމާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އުޞޫލާ ޚިލާފަށް އެއްވެސް ބިލެއް ތައްޔާރުކޮށް ބިލަށް އުނި އިތުރެއް ގެނެސްފައި ނުވ...
އަޙްމަދު ވަހީދު
ހއ. އުތީމު ”އުތީމު ބަންޑާރައިންގެ މިސްކިތް” ހުރިތަނުގައި އިސްލާމީ މަރުކަޒެއް އެޅުމަށް އެ މިސްކިތް ތަޅާލާތީ އެރަށުގައި ވަގުތީ މިސްކިތެއް އެޅުމަށް ނިންމައި އެ މިސްކިތް އަޅައިދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އެރަށުގައި އިސްލާމީ މަރުކަޒެއް އެޅުމަށް ސަރުކާރުން ނިންމައި، މިހާރު ބަޔަކާއި އެ މަޝްރޫޢު ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މިސްކިތަކާއި އެކު އަޅާ އެ އިސްލާމީ މަރުކަޒު އަޅަން ނިންމާފައިވަނީ އެރަށުގެ އުތީމު ބަންޑާރައިންގެ...
ޝިއުނާ އާދަމް
ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް، އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ހުޅުވާލައިފިއެވެ. މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު 2026 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. މި ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ...
ޝިއުނާ އާދަމް
”ބަނީ އިސްރާއީލް ވަންހައިގެ ގެއްލިފައިވާ ދަރިކޮޅަކަށް ނިސްބަތްވާ ކަމަށް ބުނެ” އިންޑިއާގެ 250 އަށް ވުރެ ގިނަ މީހުން، އިޒްރޭލު ސަރުކާރުގެ ޚާއްޞަ އޮޕަރޭޝަނެއްގެ ދަށުން ބުރާސްފަތި ދުވަހު ތެލް އަވީވަށް ގެންގޮސްފިއެވެ. މި މީހުންނަށް މަރުޙަބާ ކިޔުމަށް އެއާޕޯޓުގައި އިޒްރޭލުގެ ދިދައިގެ ކުލަތައް ކަމަށްވާ ނޫއި ހުދު ކުލައިގެ ފުއްޕާހަންތަކުން ގޭޓެއް ހަދާފައި ހުއްޓެވެ. އަދި އެތަނަށް އެއްވެ ތިބި މީހުން ވަނީ ޔަހޫދީންގެ ސަގާފީ ލަވަތަކުން އެމީހުންނަށް މަރުޙަބާ ކިޔާފައެވެ. މިއީ އިންޑިއާގެ އިރުއުތުރުގެ […]
ނާޒިމާ އަލީ
ވިލިމާލޭގައި ބޯހިޔާވަހިކަމަށް އިމާރާތްކުރާ 300 ފުލެޓު މަޝްރޫޢުގެ ދަށުން ހިމެނޭ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު، އެ ސަރަހައްދުގައި ހުރި ބޮޑެތި ފުނަގަސްތަކަށް ގެއްލުން ނުވާނެހެން އެހެން ތަނަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބުދުﷲ މުއްތަލިބެވެ. މިނިސްޓަރު މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލޭގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވަނީ ބޮޑެތި ފުނ...
ޔުމްނާ ޢަލީ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޢިއުލާން ކުރަށްވާފައިވާ “ބޮޑު ބަދަލު” އާއިއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައިފިނަމަ، އެމްޑީޕީ އަށް އަންނަ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ. ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ”އިއްޔެ ހިތުޖެހުނު ލައްކަ ބ...
އަލީ އާދިލް