މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,368 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 207 ވަނަ ޞަފްޙާ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއި ހަމައަށް އެމެރިކާ އާއި އީރާނަށް ވަނީ ދެވިފައި: ރިޕޯޓް

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއި ހަމައަށް އެމެރިކާ އާއި އީރާނަށް ވަނީ ދެވިފައި: ރިޕޯޓް

އެމެރިކާ އާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ހަނގުރާމަ ފެށުމުން މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެއް ސަފުހާގެ މެމޮރެންޑަމެއްގައި ސޮއިކުރުމާ ހަމައަށް ދެ ގައުމުން ދެވިފައިވާކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ މަސްދަރުތަކުންނާއި މިކަމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކާއި ހަވާލާދީ ”ރޮއިޓާސް” އިން ބުނެފިއެވެ. ”ރޮއިޓާސް” އިން ބުނެފައިވާ ގޮތުގައި އެމެރިކާގެ ”އެކްސިއޯސް” ނިއުސް އިން އެންމެ ފުރަތަމަ ރިޕޯޓުކުރި މި މެމޮރެންޑަމްގައި 14 ނުކުތާއެއް ހިމެނެއެވެ. މީގެ ތެރޭގައ...

ނާޒިމާ އަލީ
ކެލާ އާއި ފުނަދޫ ސަރަހައްދުގައި ވަދު ކަނދުފަތި އަޅައިފި

ކެލާ އާއި ފުނަދޫ ސަރަހައްދުގައި ވަދު ކަނދުފަތި އަޅައިފި

ހއ. ކެލާ އާއި ށ. ފުނަދޫ ސަރަހައްދުގައި މަސްވެރިކަމަށް ޚާއްޞަ ކަނދުފަތިތަކެއް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯސަން ރިސޯސަސް އިން ގާއިމްކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 06 މޭ 2026 ވަނަ ދުވަހު ވަނީ ހއ. ކެލާގެ އުތުރުން 17 މޭލު ބޭރުގައި ދޮށީ ކަނދުފަތި (ނަންބަރު: B09D01-03) ގާއިމްކޮށްފައެވެ. މީގެ އިތުރުން، 05 މޭ 2026 ވަނަ ދުވަހު ށ. ފުނަދޫގެ އިރުއުތުރުން 11.5 މޭލު ބޭރުގައި ވެސް ވަނީ ދޮށީ […]

އަޙްމަދު ވަހީދު
މުހީތުގެ މަރު: ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުށްކުރުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ

މުހީތުގެ މަރު: ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުށްކުރުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަބްދުލްމުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފިނޭންސް މިނިސްޓްރީ ކުރިމަތީގައި 2012 ވަނަ އަހަރު ގ. ވޭރު، މުހީތު ހުއްޓާ ގްރޫޕަކުން ގޮސް އޭނާއަށް ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު ދެ ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް އިއްވި އެވެ. އެ މީހުން އެ […]

ހުސައިން ހަބީބް
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އަންނަ ހަފްތާގައި ހުޅުވާލަނީ

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އަންނަ ހަފްތާގައި ހުޅުވާލަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ބާއްވާ ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް އެ އިދާރާގެ ރައީސް އަހްމަދު ތޯރިގް މިއަދު އިއުލާނު ކުރައްވައިފިއެވެ. މި މުބާރާތާ ގުޅޭގޮތުން މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ތޯރިގް ވިދާޅުވީ، މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. މި މުބާރާތް ކުރިއަށްދާނީ ކުރިންވެސް އިއުލާނުކޮށްފައިވާ ގޮތަށް، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ލާމަރުކަޒީ އ...

ޔުމްނާ ޢަލީ
ވައިބަރ ލިންކެއް ފޮނުވައިގެން 50،000 ރ. ފޭރުނު މީހަކު ހައްޔަރުކޮށްފި

ވައިބަރ ލިންކެއް ފޮނުވައިގެން 50،000 ރ. ފޭރުނު މީހަކު ހައްޔަރުކޮށްފި

ވައިބަރ މެދުވެރިކޮށް ފޮނުވި ލިންކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން މީހެއްގެ ބެންކު އެކައުންޓަކުން 50,000 ރުފިޔާ ފޭރުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 2 ވަނަ ދުވަހުއެވެ. ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ. އެޕްރީލް 24 ވަނަ […]

ޔުމްނާ ޢަލީ
ލަންކާ ދަތުރުން ބޮޑު ހިތްވަރަކާއި އިތުބާރެއް ލިބިއްޖެ: ރައީސް

ލަންކާ ދަތުރުން ބޮޑު ހިތްވަރަކާއި އިތުބާރެއް ލިބިއްޖެ: ރައީސް

ސްރީލަންކާއަށް ކުރެއްވި ކާމިޔާބު ފުރަމާނަ ދަތުރުފުޅަށްފަހު، އެ ގައުމުގެ ރައީސް އަދި ބޮޑުވަޒީރާއެކު ބޭއްވުނު ފައިދާހުރި މަޝްވަރާތަކުން ވަރަށް ބޮޑު ހިތްވަރަކާއި އިތުބާރެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ލަންކާ ދަތުރުފުޅު ނިންމަވާލައްވަމުން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އަދި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާއެކު ތަފާތު އެކ...

ޔުމްނާ ޢަލީ
އީރާނުގެ ޚާރިޖީ ވަޒީރު ޗައިނާއަށް

އީރާނުގެ ޚާރިޖީ ވަޒީރު ޗައިނާއަށް

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ބެއިޖިންއަށް ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅަކީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ޚާއްސަކޮށް އެމެރިކާއާއެކު އޮތް ހަނގުރާމައިގެ ހާލަތާއި ހޯރްމުޒް ކަނޑުއޮޅީގެ މައްސަލަތަކުގެ ތެރެއިން ކުރިއަށްދާ ވަރަށް މުހިންމު ދަތުރުފުޅެކެވެ. ބެއިޖިންގައި ކުރިއަށްދާ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވެމުންދަނީ ދެ ކަމަކަށެވެ. އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމާއި،...

ނާޒިމާ އަލީ
ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑެރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. 2026 މޭ 3 އިން 6 އަށް ކުރެއްވި މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ސްރީލަންކާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް...

ޔުމްނާ ޢަލީ
ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެކަމުގެ އިޝާރާތަކާއެކު ތެލުގެ އަގު ދަށްވާން ފަށައިފި

ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެކަމުގެ އިޝާރާތަކާއެކު ތެލުގެ އަގު ދަށްވާން ފަށައިފި

އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކުރެއްވުމާ ގުޅިގެން، މެދުއިރުމަތިން ތެޔޮ ސަޕްލައި ކުރުމަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމުގެ އުންމީދުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ޖެހިޖެހިގެން ދެވަނަ ދުވަހަކަށް ދަށްވެއްޖެއެވެ. ބުދަ ދުވަހު ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 1.52 ޑޮލަރު ނުވަތަ 1.38 އިންސައްތަ ދަށްވެ، ފީފާއެއްގެ އަގު ވަނީ 108.35 ޑޮލަރަށް ވެއްޓިފައެވެ...

ނާޒިމާ އަލީ
ޕީއެންސީގެ ޑެޕިއުޓީ އެސްޖީ އަކަށް ލައްމާން

ޕީއެންސީގެ ޑެޕިއުޓީ އެސްޖީ އަކަށް ލައްމާން

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މުޙައްމަދު ލަމްޢާން ޢައްޔަނުކޮށްފިއެވެ. ލައްމާނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރު އަދި ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ (ޑެޕިއުޓީ ސީއީއޯ)ގެ މަގާމުވެސް ފުރުއްވަމުންގެންދަވާ ބޭފުޅެކެވެ. ޕީއެންސީގެ ޑީއެސްޖީގެ މަގާމަށް ލައްމާން ހަމަޖެއްސުމުން އެ ޕާޓީން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ޕީއެންސީގެ މިހާރުގެ އެސްޖީއަކީ މޫސާ ފަތުހީ އާދަމް އާދަމްއެވެ. މ...

އަލީ އާދިލް
އީރާނުގެ ނިއުކްލިއާ މުހިންމު ބައެއް ވަސީލަތްތަކަށް އަސަރެއް ކޮށްފައެއްނުވޭ: ރިޕޯޓު

އީރާނުގެ ނިއުކްލިއާ މުހިންމު ބައެއް ވަސީލަތްތަކަށް އަސަރެއް ކޮށްފައެއްނުވޭ: ރިޕޯޓު

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހުވެސް، އެ ގައުމުގެ ނިއުކްލިއާ ގާބިލުކަމުގެ މުހިންމު ބައިތައް ސަލާމަތުން ހުރިކަން ސެޓެލައިޓް ފޮޓޯތަކުން ކަށަވަރުވެފައިވާކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފިއެވެ. އަންގާރަ ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، ހަމަލާތަކުގައި އުފެއްދުންތެރިކަމުގެ ބޮޑު ބަޔަކަށް ގެއްލުން ލިބުނު ނަމަވެސް، އެންމެ މުހިންމު ބައެއް ވަސީލަތްތަކަށް އަސަރެއް ކޮށްފައެއް ނުވެއެވެ. ސީއެންއެންގެ ރިޕޯޓުގައި ބުނެފައިވަނީ ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތުގައި ބޭނުންކުރ...

ނާޒިމާ އަލީ
ލަންކާ ވިސާގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް: ރައީސް

ލަންކާ ވިސާގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް: ރައީސް

ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ވިސާގެ މައްސަލަތަކާއި ދިވެހިންނަށް ދިމާވާ މުހިންމު ކަންކަމަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ ޤައުމުގައި ދިރިއުޅޭ ދިވެހ...

ޔުމްނާ ޢަލީ
ދެވަނަ މެޗު ކާމިޔާބުކޮށް ދިއްދޫ ތާވަލުގެ ކުރިއަށް

ދެވަނަ މެޗު ކާމިޔާބުކޮށް ދިއްދޫ ތާވަލުގެ ކުރިއަށް

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ތިންވަނަ މެޗުގައި ހަނިމާދޫ ބަލިކޮށް ދިއްދޫ ތާވަލްގެ ކުރިއަށް ޖެހިލައިފިއެވެ. ދިއްދޫ މިއަދުގެ މެޗު ކާމިޔާބު ކުރީ ހަނިމާދޫ 2-1 އިން ބަލިކޮށްގެންނެވެ. މިއަދު މެޗުގެ ފުރަތަމަ ހާފު ފެނުނީ ދިއްދޫ ކޮންޓްރޯލް ނަގައިގެން ކުޅުނުތަނެވެ. މި ހާފުގައި ހަނިމާދޫ ބޮޑަށް ކުޅުނީ ޑިފެންސިވް ގޭމެކެވެ. މެޗުގައި 7 ވަނަ […]

އަލީ އާދިލް
ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ ފަރުވާދެނީ

ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ ފަރުވާދެނީ

މާލޭގެ ބޮޑުތަކުރުފާނު މަގު، ޓޯ ޔާޑު ކައިރީގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ 2026 މެއި 5 ވާ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އެ މީހާއަށް ލިބުނު އަނިޔާތަކަށް މިހާރު ދަނީ އައި.ޖީ.އެމް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި މިހާތަނަށް ލިބިފައެއް […]

އަލީ އާދިލް
ރާއްޖެ މި ވަގުތު މި އޮތީ، ތަރައްޤީގެ ދަތުރުގެ މުހިންމު ފައްތަރެއްގައި: ރައީސް

ރާއްޖެ މި ވަގުތު މި އޮތީ، ތަރައްޤީގެ ދަތުރުގެ މުހިންމު ފައްތަރެއްގައި: ރައީސް

2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އެކުލަވާލާފައިވާ އާރުކާޓީއާއެކު، ރާއްޖެ މިހާރު އޮތީ ތަރައްޤީގެ ދަތުރުގެ މުހިންމު ފައްތަރެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ކުރިއަށްދިޔަ “މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް” ގައި ތަޤުރީރުކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2040 ގެ ތަސައްވުރަކީ ރާއްޖޭގެ ތަރައްޤީގެ އާރުކާޓީއެއްގެ...

ޔުމްނާ ޢަލީ
އިތުބާރު ނެތްކަމުގެ ވޯޓަކުން ރޫމޭނިއާގެ ސަރުކާރު ވެއްޓިއްޖެ

އިތުބާރު ނެތްކަމުގެ ވޯޓަކުން ރޫމޭނިއާގެ ސަރުކާރު ވެއްޓިއްޖެ

ރޫމޭނިއާގެ ޕާލަމެންޓުން ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން، އެގައުމުގެ ބޮޑުވަޒީރު އިލީ ބޮލޮޖާންގެ ސަރުކާރު އަންގާރަ ދުވަހު އުވާލައިފިއެވެ. މިއީ 1989 ވަނަ އަހަރު ރޫމޭނިއާގެ އިންގިލާބަށްފަހު ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އިތުބާރު ނެތްކަމުގެ ވޯޓަކުން ވެއްޓުނު ހަތްވަނަ ސަރުކާރެވެ. ވޯޓުގެ ކުރިން ބޭއްވި ބަހުސްގައި ބޮލޮޖާން ވިދާޅުވީ، މި މޯޝަނަކީ ހަގީގަތާ ހިލާފު އަދި އަމިއްލަ އެދުމުން ފުރިގެންވާ ކަމެއް ކަމަށެވެ. “ގައުމު ގިނަގުނަ ދަތިތަކަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައި ކޮންމެ ގައުމަކުންވެސް މަސައްކަތ...

ނާޒިމާ އަލީ
މިފްކޯގެ މަހުގެ އުފެއްދުންތައް ލަންކާގައި ތަޢާރަފްކޮށްފި

މިފްކޯގެ މަހުގެ އުފެއްދުންތައް ލަންކާގައި ތަޢާރަފްކޮށްފި

މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) ގެ މަހުގެ އުފެއްދުންތައް ސްރީލަންކާގެ ބާޒާރަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މި ތަކެތި އިފްތިތާޙްކުރުމަށްޓަކައި ސްރީލަންކާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ މަހުގެ އުފެއްދުންތައް ލަންކާއަށް ތަޢާރަފުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މިފްކޯއިން ސްރީލަންކާގައި އިފްތިތާޙްކޮށްފައިވާ ތަކެތީގެ ތެރޭގައި އެ...

ޔުމްނާ ޢަލީ
ޕާޓީތަކުން ގާނޫނާއި ޚިލާފުވާ ކަމަށް ބުނެ ގަރާރެއް، މެމްބަރުން މުސްތަފާ ވިދާޅުވީ އެފަދަ ޕާޓީތައް އުވާލަންވީކަމަށް

ޕާޓީތަކުން ގާނޫނާއި ޚިލާފުވާ ކަމަށް ބުނެ ގަރާރެއް، މެމްބަރުން މުސްތަފާ ވިދާޅުވީ އެފަދަ ޕާޓީތައް އުވާލަންވީކަމަށް

ބައެއް ސިޔަސީ ޕާޓީތަކުން ގާނޫނާއި ޚިލާފު ހަރަކާތްތަކެއް ހިންގާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައި، އެކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސް ކުރިއަށް ގެންގޮސްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހަޅުއްވައިދެއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަަދެވެ. މި ގަރާރަކީ ސިޔާސީ ޕާޓީތަކުން ހިންގާ ގާނޫނާ ހިލާފު ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިވެ، ގައުމުގެ އަމަން އަމާންކަން ގެއްލޭތީ އެކަމާ މެދު ހަރުދަނާ ފިޔަވަޅު އެޅުމަށް ގޮވާ...

އަލީ އާދިލް