ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ކުރެއްވި ޒިޔާރަތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން މެޑަމް ސާޖިދާ ދިވެހި ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ދެން...
ޝިއުނާ އާދަމް
ރާއްޖޭގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މަހުން މަހަށް އިތުރުވަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ޑެންގީ ޖެހިގެން މަހުންމަހަށް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މި މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ޑެންގީ ހުން ޖެހިގެން […]
ޔުމްނާ ޢަލީ
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާގައި ހުންނަ ހަކަތަ އުފައްދާ މަރުކަޒަކަށް ޑްރޯން ހަމަލާއެއް ދިނުމުގައި އީރާނުގެ ބައިވެރިވުމެއް އޮތް ކަމަށް ކުރާ ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފިއެވެ. އީރާނުގެ ދައުލަތުގެ ޓީވީން ހޯމަ ދުވަހު ބުނި ގޮތުގައި، ޔޫއޭއީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާ ދިނުމުގެ އެއްވެސް ރޭވުމެއް އެ ގައުމުން ގެންގުޅެފައެއް ނުވެއެވެ. ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާގައި އިންޑިއާގެ ތިން ރައްޔިތަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވ...
ނާޒިމާ އަލީ
ދިވެހީންގެ ހިތްތަކުގައި ސްރީލަންކާގެ ރައްޔިތުންނަށް އޮތް ޤަދަރާއި އިޙްތިރާމަކީ ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ހަޤީޤީ ބާރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރޭ ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސްރީލަންކާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް، އިތުބާރުހުރި އަވަށްޓެރި ޤައ...
ޔުމްނާ ޢަލީ
ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނުން ހުށަހެޅި 14 ނުކުތާގެ ހުށަހެޅުމަށް އެމެރިކާއިން ދިން ޖަވާބު ލިބިފައިވާ ކަމަށާއި، އެ ޖަވާބު މިހާރު ދިރާސާކުރަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ހޯމަ ދުވަހު ކަށަވަރުކޮށްދެއްވައިފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާ، އިރްނާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަގާއީ ވަނީ އެމެރިކާގެ ފަރާތުން ލިބުނު ޖަވާބު ދިރާސާކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ނިންމާގޮތެއް ޕާކިސްތާނު މެދުވެރިކޮށް އާންމުކުރާނެކަމަށް ބުނެފަވ...
ޔުމްނާ ޢަލީ
ށ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ނިންމާލައިފިއެވެ. މިލަންދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު މެންދުރުފަހު އެވެ. މި މަސައްކަތް އިއްޔެ ވަނީ އެއްކޮށް ނިންމާލާފައެވެ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރަނީ އެރަށު ފަޅުތެރެއިން އެކަމަށް ބޭނުންވާ ބިން ހިއްކައިގެންނެވެ. މިގޮތުން އެރަށު ފަޅުން ވަނީ ޖުމްލަ 25.9 ހެކްޓަރުގެ ބިން ހިއްކާފައެވެ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ [...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް ޑރ. ޖަގަތް ވިކްރަމަރަތްނަ އެމް. ޕީ، އާއި އިއްޔެ ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. ދެ ބޭފުޅުންވެސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ސިޔާ...
އަލީ އާދިލް
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ހުރިހާ ސުކޫލުތަކެއްގެ ކިޔަވައިދިނުން އަންނަ ހުކުރު ދުވަހާ ހަމައަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެ ގައުމުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެ، ކުއްލި ނުރައްކަލުގެ އެލާޓްތައް ނެރުމާ ގުޅިގެންނެވެ. އިއްޔެ ހަވީރުގެ ވަގުތެއްގައި މިނިސްޓްރީން މިކަން އިއުލާން ކުރީ، ތިން ގަޑިއިރާއި ބައިގެ ތެރޭގައި ފަސް ފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ އެލާޓް ސިސްޓަމް މެދުވެރިކޮށް އިންޒާރު ދިނުމަ...
ނާޒިމާ އަލީ
ހޯރްމުޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެއްޓެވި “ޕްރޮޖެކްޓް ފްރީޑަމް” އަކީ ނާކާމިޔާބު މަޝްރޫއެއްގެ ގޮތުގައި ސިފަކޮށް، އެއީ އެމެރިކާގެ “ޕީއާރު ސްޓަންޓެއް” ކަމަށް އީރާނުން ބުނެފިއެވެ. ހޯރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ 1،000 އަށްވުރެ ގިނަ މުދާ އުފުލާ އުޅަނދުތަކަށް މަގުދެއްކުމުގެ މިޝަން އެމެރިކާގެ އަސްކަރިއްޔާއިން ރަސްމީކޮށް ފަށާފައިވަނީ ހޯމަ ދުވަސް، 4 މޭ 2026 ގައެވެ. އީރާނުގެ ދައުލަތުގެ މީޑިއާ، އިރްނާ އާއި ތެހެރާންގެ އިސް އަސްކަރީ ކޮމާންޑަރުން ބުނާ ގޮތުގައި، މިއީ […]
ނާޒިމާ އަލީ
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭން މެނޭޖަރަކަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަޙީދު ހަމަޖައްސައިފިއެވެ. ނަޝީދު މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް އެކަން ވަނީ ޢިއުލާން ކުރަށްވާފައެވެ. ވަޙީދަކީ އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރެކެވެ. ވަޙީދު ނަޝީދުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސިއިރު، ބޮޑު ތިލަދުންމަތީގެ ކުރީ އިތުރު ބައެއް މަޖިލިސް މ...
އަލީ އާދިލް
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭނެ ކަމަށް ބެލެވޭ ކަމަށް ޔޫއޭއީގެ ވިޔަފާރީގެ މަރުކަޒު ކަމަށްވާ ދުބާއީގެ މަސްދަރުތަކާ ހަވާލާދީ ސީ.އެން.އެން އިން ރިޕޯޓްކޮށްފިއެވެ. މި ނިންމުން އައިސްފައިވަނީ މަސް ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސް، މަސްރަހު ނުރައްކާތެރި ދަރަޖައަކަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މަސްރަހު ގޯސްވާން މެދުވެރިވި ސަބަބުތައް މަޝްރަހް ގޯސްވި އެންމެ ބޮޑު ސ...
ނާޒިމާ އަލީ
ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުން މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ފަތުރުވެރިކަން، ޞިއްޙަތު، ތަޢުލީމު އަދި އިޤްތިޞާދީ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ބެ...
ޔުމްނާ ޢަލީ
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާ ޕެޓްރޯލިއަމް އިންޑަސްޓްރީޒް ޒޯން (އެފްއޯއައިޒެޑް) އަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އިންޑިއާގެ ތިން ރައްޔިތަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން ޔޫއޭއީގެ ”ޚަލީޖް ޓައިމްސް” އިން ވަނީ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ކަށަވަރުކޮށްދީފައެވެ. އަނިޔާވި މީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ފުޖައިރާ ސިވިލް ޑިފެންސް ޓީމުތަކުން ދަނީ އަލިފާން ކޮންޓްރޯލްކުރުމަށާއި ހާލަތު ވަޒަންކުރު...
ނާޒިމާ އަލީ
ތަކުރާރުކޮށް ޤާނޫނާއި ޚިލާފްވާނަަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އަށް ދީފިއެވެ. އީސީން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެހެން ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި ޙަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެ...
ޔުމްނާ ޢަލީ
ރާއްޖޭގެ މާލީ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން “މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑް” ގެ ނަމުގައި ޚާއްސަ އެވޯޑެއް ތައާރަފްކުރުމަށް ނިންމައިފިއެވެ. މިއީ މާލީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ތައާރަފްކުރި އެވޯޑެކެވެ. މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދަމުންދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި، ދާއިރާގެ ތަރައްޤީއަ...
އިބްރާހިމް އަސްވާޤް
އެކުންފުނީގެ ފްލައިޓްތަކުގައި އަލްކަހޯލް ވިއްކާކަމަށް ފަތުރާ ވާހަކަ ގައުމީ އެއާލައިން، މޯލްޑިވިއަނުން މިއަދު ދޮގުކޮށްފިއެވެ. މޯލްޑިވިއަންގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން އޯލް އިންކްލޫސިވް ޚިދުމަތް ތަޢާރަފުކުރަން އުޅޭކަމަށް ބުނެ މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ވާހަކަ ފަތުރާފައެވެ. މޯލްޑިވިއަން އިން މިކަން ދޮގުކޮށްފައި ވަނީ މިއަދު އެ ކުންފުނިން ނެރުނު ރަސްމީ ބަޔާނެއްގައެވެ. އެ ބަޔާނުގައި އެ ކުންފުނިން ބުނީ، އެކުންފުނީގެ ފްލައިޓްތަކުގައި އަލ...
ޝިއުނާ އާދަމް
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ “ލިވް އަންލިމިޓެޑް” ކެމްޕެއިންގެ ދަށުން ހުށަހަޅާފައިވާ ބޮޑު އިނާމު ކަމަށްވާ ހައްޖު ދަތުރުގެ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތުލުން މި މަހުގެ ތެރޭގައި ބޭއްވުމަށް ނިންމައިފިއެވެ. އުރީދޫން ބުނި ގޮތުގައި މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. މިދިޔަ އަހަރު ފެށި މި ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދެމުން އަންނައިރު، ޖުމްލަ 19 އުމްރާ ދަތުރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. […]
އިބްރާހިމް އަސްވާޤް
ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ ޚާއްސަކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަހަރުގެ ޖުލައިގައި ބޭއްވުމަށް ނިންމައިފިއެވެ. މިއަދު ނެރުނު ނޫސްބަޔާނެއްގައި އެ އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މި އެކްސްޕޯ ކުރިއަށް ދާނީ ޖުލައި 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަކީ މާލީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި މާލީ ޚިދުމަތްދޭ ފަރާތްތަކާ އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ މައުލޫމާތު ލިބިގަތުމަށް މަ...
އިބްރާހިމް އަސްވާޤް