ހެޔޮ ނިޔަތުގައި، ސައްހަ ގޮތަށް އަދި ޒިންމާދާރު ކަމާ އެކު ހުށަހަޅާ މައުލޫމާތު ހޯދައި ލިބިގަތުމުގެ (އާރުޓީއައި) ހުށަހެޅުންތަކަށް ސަރުކާރުން ޖަވާބު ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ދެއްވައިފިއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުންދު ފާހަގަކުރެއްވި ގޮތުގައި، އާރުޓީއައި ހުށަހެޅުމު...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ފުޓްސަލް އިތުރަށް ހަރުދަނާކޮށް، މުޅި ރާއްޖޭގައި ފުޓްސަލްގެ ފެންވަރު މަތިކުރުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސް އިން ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ޕާޓްނަޝިޕްގެ ދަށުން، ކްލަބް މޯލްޑިވްސް އިން އިންތިޒާމުކުރާ ކްލަބް މޯލްޑިވްސް ކަޕް އަދި 18/30 ފުޓްސަލް ފިއެސްޓާ އަކީ އެފްއޭއެމް އިން ރަސްމީކޮށް ބަލައިގަންނަ (އެންޑޯޒްކުރާ) މުބާރާތްތަކެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، މިއަހަރުން ފެށިގެން އަތޮޅު ފެންވަރު...
އަލީ އާދިލް
ނުރައްކާތެރި ހެންޓާވައިރަސް ފެތުރިފައިވާ ކުރޫޒް ޝިޕް، ‘އެމްވީ ހޮންޑިއަސް’ އިން ބަލިޖެހުނު ތިން މީހަކު ކުއްލި ހާލަތުގައި ބޭލުމަށްފަހު، އެ އުޅަނދު މިހާރު ސްޕެއިންގެ ކެނޭރީ އައިލެންޑްސްއަށް ދަތުރުކުރަން ފަށައިފިއެވެ. މި އުޅަނދު ތިން ދުވަސް ވަންދެން ކޭޕް ވާޑޭ ކައިރީގައި ބަނދަރުކޮށްފައި އޮތުމަށްފަހު ދަތުރު ފަށާފައިވަނީ ބަލިޖެހުނު މީހުން ފަރުވާއަށް ނެދަލޭންޑްސްއަށް ގެންދިއުމަށްފަހުގައެވެ. އޮޕަރޭޓަރު އޯޝަންވައިޑް އެކްސްޕެޑިޝަންސްއިން ބުނި ގޮތުގައި، ބޭލި މީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތް، ނެދަލ...
ނާޒިމާ އަލީ
ހދ. ފިނޭގައި ޑެންގީ ހުން ފެތުރެމުންދާތީ، އެ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ރަށުތެރޭގައި މަދިރި އާލާވާ ތަންތަން ބަލައި ސާފުކުރުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ފިނޭގައި ބަލި ފެތުރުން ހުއްޓުވުމަށް އެ ރަށު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ފިނޭ ކައުންސިލުން ބުނި ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2026 މެއި 3 އިން ފެށިގެން އެ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތުގެ ތެރެއިން […]
ޔުމްނާ ޢަލީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބަދަލުގެނައީ ބޭންކުގައި ހުރި ޑޮލަރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭނެގޮތް ހަދައިދިނުމަށްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ސްޕޯކްސްޕަރސަން ވިދާޅުވީ، މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާ...
ޔުމްނާ ޢަލީ
ޗައިނާގެ ކުރީގެ ދެ ދިފާއީ ވަޒީރުން ކަމަށްވާ ވޭ ފެންގްހޭ އާއި ލީ ޝަންގްފޫގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތައް ސާބިތުވެ، އެ ދެ ބޭފުޅުން މަރަން ހުކުމްކޮށްފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ، ޝިންހުއާ އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފިއެވެ. މި ހުކުމަކީ ދެ އަހަރުގެ މުހުލަތަކާއެކު (ރިޕްރީވް) އިއްވާފައިވާ މަރުގެ ހުކުމެކެވެ. ރައީސް ޝީ ޖިންޕިންގް 2012 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށްފަހު ފެއްޓެވި ކޮރަޕްޝަނާ ދެކޮޅު ވަރުގަދަ ކެމްޕޭނުގެ މައިގަނޑު އަމާޒަކަށް […]
ނާޒިމާ އަލީ
މާލެ ސަރަހައްދުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގަތުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ. ފުލުހުން ބުނި ގޮތުގައި މި މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ، މި މަހުގެ 4 ވަނަ ދުވަހު ރާއްޖެއައި ފުލައިޓަކުން އެތެރެކުރި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް […]
ޔުމްނާ ޢަލީ
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސާފު ފައިދާގެ ގޮތުގައި 178,389 ޑޮލަރު ލިބިފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ދަށް އަދަދެކެވެ. އެމްޓީޑީސީން އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.25 މިލިޔަން ޑޮލަރެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 0.8 އިންސައްތައިގެ ދަށްވުމެކެވެ. އަދި ކުންފުނީގެ...
އަޙްމަދު ވަހީދު
ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި އޭޕްރީލް 9 ވަނަ ދުވަހު ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާދެމުން ދިޔަ ބިދޭސީ މީހާ މަރުވެއްޖެއެވެ. އެ ދުވަހު ހެނދުނު 9:30 ހާއިރު ހިނގި މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އުމުރުން 40 އަހަރުގެ އެ މީހާ ފިހިގެން ފުރަތަމަ ފަރުވާ ދިނީ ފީއަލީގައެވެ. އޭނާ އަށް ފީއަލީ ސިއްހީ މަރުކަަޒުގައި ފަރުވާދޭން ފެށުމަށްފަހު […]
ޔުމްނާ ޢަލީ
އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން އޭޕްރިލްމަހުގެ ނިޔަލަށް 923.46 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ މި ސިނާއަތުން ލިބެމުންދާ ކުރިއެރުންތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. މިނިސްޓަރު ސައީދު ވިދާޅުވީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި ޚިދުމަތުން 30 އޭޕްރިލް 20...
ޔުމްނާ ޢަލީ
އެފް.އޭ.އެމް ނޯރތު ރީޖަން ލީގު ފުޓްބޯޅަ މުބާރާތުގައި ހއ. ދިއްދޫ ތަމްސިލުކުރާ ދިއްދޫ ކުޅިވަރު ކުލަބަކީ “ވަގުންގެ ނެޓްވޯކެއް” ކަމަށް ސިފަކޮށް، ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު، ޒިންމާދާރުކަން ކުޑަ ވާހަކަތައް ދައްކަވާފައިވާކަމަށް ބުނެ، އެކަން އެ ކުލަބުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަން ކުށްވެރިކޮށް ”ދިއްދޫ ކުޅިވަރު ކްލަބް” އިން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ކުލަބުގެ އަބުރަށް ހުތުރުވާގޮތަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވާހަކަ ދެއްކެވިކަމަށް ތުހުމަތުކޮށް، މި […]
ޔުމްނާ ޢަލީ
ސިންގަޕޫރުގެ ސްކޫލްތަކުގައި އަދަބު ދިނުމުގެ ގޮތުން ދަރިވަރުންގެ ގައިގައި ދަނޑިން ނުވަތަ އެއްތެލުން ތެޅުމުގެ ހުއްދަ ޓީޗަރުންނަށް އޮންނާނެ ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ޑެސްމަންޑް ލީ ކަށަވަރުކޮށްދެއްވައިފިއެވެ. މިއީ ބުލީކުރުމާ ދެކޮޅަށް އެ ގައުމުން އެކުލަވާލާފައިވާ އާ އުސޫލުތަކުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. އަންގާރަ ދުވަހު ޕާލަމަންޓުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުއްޖާ ކުރާ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެހެން ހުރިހާ ފިޔަވަޅުތަކަކުން ނަތީޖާއެއް ނުފެނިއްޖެ ނަމަ އެއ...
ނާޒިމާ އަލީ
އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރެއްވި “ޕްރޮޖެކްޓް ފްރީޑަމް” ކުއްލި ގޮތަކަށް މެދުކަނޑާލީ ސައޫދީ އަރަބިއްޔާގެ ބޮޑު ނުރުހުމެއް ކުރިމަތިވެގެންކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި މަސައްކަތް ހުއްޓާލަން ޖެހުނީ ސައޫދީ ހިމެނޭހެން ގަލްފުގެ ބައެއް ގައުމުތަކާ ދުރާލާ މަޝްވަރާ ނުކޮށް މިކަން އިޢުލާނު ކުރުމާ ގުޅިގެން ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އާދީއްތަ ދުވަހުގެ މެންދުރުފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ޓ...
ނާޒިމާ އަލީ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ގާބިލުކަމާ ގުޅޭގޮތުން ދޮގު އިޝްތިހާރު ކުރި ކަމަށް ބުނެ އެޕަލް ކުންފުންޏާ ދެކޮޅަށް ހުށަހެޅި ކްލާސް-އެކްޝަން ދައުވާއެއްގައި، 250 މިލިއަން ޑޮލަރުގެ ސެޓްލްމަންޓަކަށް އެ ކުންފުނިން އަންގާރަ ދުވަހު އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން، ޝަރުތު ހަމަވާ އައިފޯން ގެންގުޅޭ ފަރާތްތަކަށް 95 ޑޮލަރާ ހަމައަށް ފައިސާ ލިބުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މައްސަލަ ފެށުނީ 2024 ވަނަ އަހަރު އައިފޯން 16 ބާޒާރަށް ނެރުނުއިރު، “އެޕަލް […]
އަޙްމަދު ވަހީދު
ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަތަރު ވަނަ މެޗުގައި އޭދަފުށިން މަނަދޫ ބަލިކޮށް ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. މިއަދު ހަވީރު އޭދަފުށީގައި ކުޅުނު މި މެޗު ފުރަތަމަ ހާފުގެ 45 މިނިޓާއި ހަމައަށް ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ޖެހިފައެއްނުވެއެވެ. ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި ހާފުގެ 45 ވަނަ […]
ޔުމްނާ ޢަލީ
ޖަޕާނުގެ ޓޯކިޔޯ މެޓްރޯޕޮލިޓަން ގަވަރމަންޓުން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ”ޖީ-ނެޓްސް” ލީޑާސް ސަމިޓްގައި ކުޅުދުއްފުށި ސިޓީން ބައިވެރިވެ، އެ ސިޓީގެ އަޑު އިއްވައިފިއެވެ. “މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވެފައިވާ އާ އާބަން މުސްތަގުބަލެއް” މި ޝިއާރުގެ ދަށުން ބޭއްވި މި ސަމިޓްގައި ކުޅުދުއްފުށި ސިޓީގެ ފަރާތުން ބައިވެރިވީ މޭޔަރު މުހައްމަދު އާތިފް އާއި ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އާދަމްއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 48 ސިޓީއަކުން ބައިވެރިވި މި ސަމިޓް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދ...
ޔުމްނާ ޢަލީ
ކީރިތި ޤުރުއާން ހިތުދަސްކޮށް ފުރިހަމަ ކާމިޔާބީއެއް ހޯދި، ށ. ފޯކައިދޫ/ރަނައުރާމާގެ ފާއިން ފަރުހާދު އަށާއި އޭނާގެ އާއިލާ އަށް އުފަންރަށް ފޯކައިދޫން ރަތްދޫލައިގެ މަރުޙަބާއެއްކިޔަން ތައްޔާރުވެއްޖެއެވެ. އުމުރުން 23 އަހަރުގައި ފާއިން ހޯދި މި ކާމިޔާބީ އަކީ ފޯކައިދޫގެ ތާރީޚްގެ ތެރެއަށް އިތުރުވެގެން ދިޔަ ފަޚްރުވެރި ބޮޅެކެވެ. ފޯކައިދޫ ކައުންސިލުން ވަނީ ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ މަތިވެރި ޝަރަފް ހާސިލްކޮށްފައިވާ ފާއިން ރަށަށާއި، އަތޮޅަށް ހޯދައިދިނީ ރީތި ފަޚްރުވެރި ނަމެއްކަން ފާހަގަކޮށްފައެވ...
ޝިއުނާ އާދަމް
ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ޚާއްސަ ޤާނޫނެއް ހެދުމުގެ ބިލެއް ހިމެނޭހެން މުހިންމު ބިލުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު އުޝާމް މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބަންޑާރަނައިބު ވިދާޅުވީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމާއި އެފަދަ މައުލޫމާތު ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅާ ބިލެއް މަޖިލީ...
ޔުމްނާ ޢަލީ