ވަޒީފާއާއިބެހޭ ޤާނޫނު އިސްލާހުވެގެންދާނީ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކައް ރިއާޔަތް ކުރެވިގެން ކަމަށް ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބުދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ. މެމްބަރު އަބުދުﷲ ވަޙީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ވަޒީފާއާއިބެހޭ ޤާނޫނު އިސްލާހުވެގެންދާނީ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކައް ރިއާޔަތް ކުރެވިގެން ކަމަށެވެ. އަދި އެމަސައްކަތް އެމަގުންކުރައްވާނެ ކަމަށްވެސް މެމްބަރު ވިދާޅުވެފައި ވެއެވެ. މިހާރު މަޖްލިސްއަށް ސަރުކާރުގެ ފަރާތުން ކެނދި ކުޅުދޫ ދާއިރާގެ މެމްބަރު އަޙުމަދު...
ޔުމްނާ ޢަލީ
ނިދާފައި ހޭލިއިރު ބަލީގެ އެއްވެސް އަސަރެއް ނެތެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ވަޒީފާއަށް ދިއުމަށް ތައްޔާރުވަމުން ދިޔައީމެވެ. ފެންވަރާ ސައިބޮއި ވެސް ނިމުނުފަހުން ކުއްލިޔަކަށް ބަނޑުގައި ރިއްސައިގެންފިއެވެ. ފާޚާނާއަށްވަދެ ބޮޑުކަމު ދިޔައިރު ބަނޑު ދިޔާވެފައި ހުރިކަން ފާހަގަވިއެވެ. ފާޚާނާ ކޮށްލައިގެން ނުކުތީ ވެސް އޮފީހަށް ދެވޭނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ބަނޑަށްވާ އުނދަގުލަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. އޮފީހަށްދާ ގަޑިޖެހެން ގާތްވެފައި ހުރުމާއިއެކު ސަލާމުގެ މެސެޖެއް ލިޔެލާފައި އޮފީހަށް...
އަޙްމަދު މުނައްވަރު
ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނެވޭ ބަދަލުތައް ވާންޖެހޭނީ މިހާރު އޮތް ގޮތަށްވުރެ ރަނގަޅު ބަދަލަކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ޢަބުދުﷲ ވިދާޅުވެއެޖެއެވެ. މެމްބަރު އަޙުމަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނެވޭ ބަދަލުތައް ވާންޖެހޭނީ މިހާރު އޮތް ގޮތަށްވުރެ ރަނގަޅު ބަދަލަކަށް ކަމަށެވެ. އަދި އެބަދަލުތައް ވާންޖެހޭނީ ވަޒީފާގެ ޔަޤީންކަން ލިބިދޭ ހައްޤުތައް ކަށަވަރުވާނެ ބަދަލަކަށް ކަމަށްވެސް މެމްބަރު ވިދާޅުވެފައިވެއެވެ. މިހާރު މަޖްލިސްއަށް ސަރުކާރުގެ ފަރާތުން ކ...
އަލީ އާދިލް
ޑޮކްޓަރު ސެޓްފިކެޓް ނެތި އެއްދުވަހަށް ވެސް ސަލާމް ނުބުނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމާއި ގުޅިގެން ގިނަބަޔެއްގެ ފާޑުކިއުންތައް މިވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެގޮތުން ޑރ. ޒިޔާދުވެސް މިވަނީ ފޭސްބުކް މެދުވެރިކުރައްވާ މިކަމާއިމެދު ހުރި ކަންބޮޑުވުން ހިއްސާ ކުރައްވާ އިލްތިމާސްއެއް ކުރައްވާފައެވެ. ވަޒީފާއަށްދާ މީހުން އޮފީހަށް ސަލާމް ބުނަނީ ހަމައެކަނި ބަލިވެގެންނެއް ނޫނެވެ. ޒަރޫރީ ބޭނުންތައް ފުއްދަންވެސް ސަލާމް ބުނަން ޖެހޭ މީހުން އުޅެއެވެ. އެމީހެއްގެ ބެލުމުގެ ދަށުގައި ނުވަތަ ބަލ...
އަލީ އާދިލް
ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީމުއްދަތު (ޕްރޮބޭޝަން ޕީރިއަޑް) ތިންމަހުން ހަ މަހަށް އިތުރުކޮށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުމަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންގެ ހައްޤުތައް 12 އަހަރު ފަހަތައް ގެންދާނެ އިސްލާހެކެވެ. ސަރުކާރުގެ ފަރާތުން، ކެނދި ކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި މި ބިލުގައި ބުނެފައި ވަނީ، ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތު ކަމުގައި ހަ މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ. އަދި އެ މު...
ހުސައިން ހަބީބް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ “މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑް” ގެ ނަން “މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް” އަށް ބަދަލުކުރައްވައި، އެ ބޯޑު އަލުން އެކުލަވައިލައްވައިފިއެވެ. މާލެ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތައް ބެލެހެއްޓެވުމަށް އުފައްދަވާފައިވާ މާލެ ހޮ...
އިބްރާހިމް އަސްވާޤް
ފެނަކައިން ހިންގާ ރާއްޖޭގެ ކަންކޮޅުތަކުގެ އިންޖީނުގެތަކުން ދެވޭ ކަރަންޓުގެ ޚިދުމަތް ފެންވަރު ރަނގަޅުކޮށް، ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅު ކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން އުތުރުގެ ދެ ރަށަކަށް އައު ޖަނެރޭޓަރު ސެޓު ފޯރުކޮށްދީފިއެވެ. އެގޮތުން ފެނަކައިން އައު ޖަނަރޭޓަރު ސެޓު ފޯރުކޮށްދިން އުތުރުގެ 2 ރަށަކި ހދ. ނޮޅިވަރަމާއި އަދި ށ. ކޮމަންޑޫއެވެ. Sh. Komandoo ge karantuge haalathu ithurah rangalhu kurumahtakai 400kW ge aa genset eh erashah gendhiumah […]
ޝިއުނާ އާދަމް
އެމްއެންޑީއެފުން ހިންގި “ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް” ގެ ދަސްވެނިވުން މިއަދު ބާއްވައިފިއެވެ. ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު ހިންގި ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަވަނަވައަށް ހޮވުނު ފަރާތްތަކާއި ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮމާންޑަރ އިންޖިނިއަރ ބްރިގޭޑް އޮފް ސްރީލަންކާ، ބ...
އިބްރާހިމް އަސްވާޤް
އ.ދ.އިން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ މިސް ކެތަރިން ހެސްވެލް، އެކަމަނާގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. މަޤާމުގެ ފަތްކޮޅު އެރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ.އިން ރާއްޖެއަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ މިސް ކެތަރިން ހެސްވެލްއާ ބައްދަލުކުރައްވާ، އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ. މިބައްދަލުކުރެއްވުމުގައި ރަ...
އިބްރާހިމް އަސްވާޤް
ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ހައުސިންގ ޔުނިޓް ޙަވާލުކުރުމަށް ގުރުއަތު ނެގުން މިރޭ ބޭއްވުމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އިން ނިންމައިފިއެވެ. މިއަދު އެއިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތުގެ ދާއިމީ ލިސްޓްގައިވާ ފަރާ...
ޔުމްނާ ޢަލީ
ސްކޫލް ދަރިވަރުންގެ އަޚްލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމާއެކު ކުށްމަދު މުޖްތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ‘އަމާންވެށި’ ޕްރޮގްރާމްގެ ދަށުން ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ކޭމްޕް ފުރާވަރު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. ޖަލާލުއްދީން ސްކޫލްގައި މިކަމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕްރިންޓެ...
އިބްރާހިމް އަސްވާޤް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް، ދަފްތަރު ނަންބަރު 115-94، އަބޫބަކުރު ޢަބްދުލްކަރީމް މިއަދު ޢައްޔަނު ކުރައްވައިފިއެވެ. އަބޫބަކުރު ޢަބްދުލްކަރީމް މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރގެ މަޤާމުގައެވެ. އަބޫބަކުރު ޢަބްދުލްކަރީމް ކުރިން ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޑިރެކްޓަރގެ މަޤާމުވެސް ފުރުއްވާފައެވެ. އަބޫބަކުރު ޢަބްދުލްކަރީމަކީ ޑިޕްލޮމާ އިން އޮފީސް މެ...
އިބްރާހިމް އަސްވާޤް
މަރަށް ހާޒިރުވެ ބަލި އެނދުގައި އޮތްބައްޕަ، ދަރިފުޅަށް އަތުކުރީ ގަޑިއެއް ދެމުން ބުންޏެވެ. ” ދަރިފުޅާއެވެ! މިއީ ދަރިފުޅުގެ ކާފަ ބައްޕައަށްދިން ވަރަށް ދުވަސް ވީ ގަޑިއެކެވެ. މިގަޑިއަށް މިހާރު ދުއިސައްތަ ވަރަކަށް އަހަރު ވެދާނެއެވެ. އެކަމަކު މިގަޑި ދަރިފުޅަށް ދިނުމުގެ ކުރިން ގަޑި ހިފައިގެން ގަޑި ވިއްކާ ފިހާރައަކަށް ގޮސް އެމީހުން މިގަޑި ގަތުމަށް ހުށައަޅާ އަގެއް ބަލައިލަ ދޭށެވެ. ” ދަރިފުޅު ގަޑި ހިފައިގެން ގަޑި ވިއްކާ ފިހާރައަށް ގޮސް އެނބުރިއައުމަށްފަހު، ގަޑިއަށް ދުވަސްވެފައިވާތީ […]
އައިމިނަތު ޔުމްނާ
ހދ. ނޭކުރެއްދޫގައި ސަރުކާރުން ގާއިމުކުރާ ޖަލު އަޅާ ސަރަހައްދުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ހަދައިދޭނޭ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައިވަނީ ހދ. ނޭކުރެއްދޫގައި ސަރުކާރުން ގާއިމުކުރާ ޖަލު އަޅާ ސަރަހައްދުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ހެދުމަށް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާކަމަށެވެ. އެކަމަށް އެދި މަޢުލޫމާތު ސާފު ކުރުމަށް ހު...
ޔުމްނާ ޢަލީ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކަށް އަމާޒު ކުރައްވައިގެން ކޮންވޭ މޯލްޑިވްސްއާއި ހއ. އަތޮޅު ކައުންސިލް ގުޅިގެން ކޮމިޔުނިޓީ ޑިވެލޮޕްމަންޓް އެންޑް ލީޑަރޝިޕް ޓްރޭނިންގ ވޯކްޝޮޕެއް ހއ. އަތޮޅުގައި ހިންގައިފިއެވެ. މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަޑު ބޭނުމަކީ އަންނަ އޭޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ...
އިބްރާހިމް އަސްވާޤް
ރޭ މީސް މީޑިއާ ގުގުމާލީ ފުލުފުލުގައި ލީކުވި އޯޑިއޯތަކުން ތަކަކުންނެވެ. “ލީކްސް” ނަމަކަށް ކިޔާ ޓުވިޓަރު އެކައުންޓަކުން ލީކު ކޮށްލި ތިން އޯޑިއޯގައިވެސް އިވިގެންދާ އެއް އަޑަކީ މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ އަޑުކަން އެ އަޑަށް ފަރިތަ އެތައް ބަޔަކު ބުނަމުންދެއެވެ. ނަމަވެސް މިނިސްޓަރު ޢަލީ ޓުވީޓެއް ކުރައްވައި ވިދާޅުވީ އެއީ ސައްޙަ އޯޑިއޯ ތަކެއް ނޫންކަމަށެވެ. ރޭ ލީކުވި ފުރަތަމަ އޯޑިއޯގައި ކޮރޯނާ ވައިރަސްއާއި ގުޅިގެން އަޅަން ޖެހުނު ހުރިހާ ފިޔަވަޅެއް އެޅީ […]
ހުސައިން ހަބީބް
ކޮށިމަގަކީ މަނަދޫގެ އެންމެ އިރުމަތީގައި ރަށް ހުރަހަށް އޮންނަ މަގެވެ. އެ މަގު އޮންނަނީ ރަށުގެ އިރުމަތީ އަވަށުގެ ގަމުތެރެއިން އުތުރުން ދެކުނަށް ގޮސް ދެކުނު ފަރާތު މޫދަށް ފޫގޮސްފައެވެ. އެ މަގުގެ ދެކުނު ކޮޅުގެ އިރުމަތީ ފަރާތުގައި އޮންނަނީ މަނަދޫއާ ގުޅިފައިއޮންނަ ބޯހުރާ އެވެ. ހުޅަނގު ފަރާތުގައި އޮންނަ ސަރަހައްދަކީ ހިންނައެވެ. ކޮށިމަގު ފެންވަޅު ހުރީ ކޮށިމަގުގެ ހުޅަނގު ފަރާތުގައި ހިންނަ ކިޔާ ސަރަހައްދުގެ އިރުމަތީގައެވެ. އެއީ މަނަދޫ ފުޓްބޯޅަ ދަނޑުގެ ދެކުނެވެ. ކޮށިމަގުން އައިސް […]
ޢަބްދުﷲ ސަޢީދު
ޓިއުނީޝިއާގެ ރައްޔިތެއްކަމުގައިވާ ސާރާ ހަބާ ބައިސްކަލެއްގައި މައްކާއަށް ދަތުރުކޮށް، އެންމެ ފުރަތަމަ ބައިސްކަލްގައި މައްކާއަށް ދިޔަ އަންހެނާގެ ރެކޯޑް ހަދައިފިއެވެ. މީގެކުރިން މިގޮތަށް ބައިސްކަލް، ސައިކަލް އަދި ޖަނަވާރު ބޭނުންކޮށްގެން މައްކާއަށް ދިއުމުގެ މަސައްކަތް ކޮށްފައިވަނީ އެނގިފައިވާގޮތުގައި ތިން މީހެކެވެ. އޭގެތެރެެއިން ބައެއް މީހުން މިގޮތަށް ދަތުރު ކުރަން އިޚްތިޔާރު ކޮށްފައިވަނީ ވައިގެ މަގުން ދަތުރުކުރުމަށް ވުރެން މިގޮތް އަގު ހެޔޮވުމުންނެވެ. އަދި މީގެ ކުރިން މިހެން ދަތުރު ކޮށްފައިވަނީ ހުސް...
އައިމިނަތު ޔުމްނާ