މަރަށް ހާޒިރުވެ ބަލި އެނދުގައި އޮތްބައްޕަ، ދަރިފުޅަށް އަތުކުރީ ގަޑިއެއް ދެމުން ބުންޏެވެ. " ދަރިފުޅާއެވެ! މިއީ ދަރިފުޅުގެ ކާފަ ބައްޕައަށްދިން ވަރަށް ދުވަސް ވީ ގަޑިއެކެވެ. މިގަޑިއަށް މިހާރު ދުއިސައްތަ ވަރަކަށް އަހަރު ވެދާނެއެވެ. އެކަމަކު މިގަޑި ދަރިފުޅަށް ދިނުމުގެ ކުރިން ގަޑި ހިފައިގެން ގަޑި ވިއްކާ ފިހާރައަކަށް ގޮސް އެމީހުން މިގަޑި ގަތުމަށް ހުށައަޅާ އަގެއް ބަލައިލަ ދޭށެވެ. "
ދަރިފުޅު ގަޑި ހިފައިގެން ގަޑި ވިއްކާ ފިހާރައަށް ގޮސް އެނބުރިއައުމަށްފަހު، ގަޑިއަށް ދުވަސްވެފައިވާތީ ގަޑިވިއްކާފިިހާރައިން ގަންނަން ހުށައެޅި އަގަކީ 5 ޑޮލަރުކަމުގައި ބުންޏެވެ.
ދެން ބައްޕަ އެދުނީ ކެފޭއަކަށް ގޮސް އެގަޑިއަށް އެމީހުން ހުށަހަޅާއަގެއް ބެލުމަށެވެ. ދަރިފުޅު އެނބުރި އައުމަށްފަހު ކެފޭއިންވެސް އެގަޑި ގަތުމަށް ހުށައެޅި އަގަކީ 5 ޑޮލަރުކަމުގައި ބުންޏެވެ.
ދެން ބައްޕަ އެދުނީ ދާރުލްއާސާރަކަށް ދިއުމަށެވެ. ދާރުލްއާސާރުން އެގަޑި އެއްމިލިއަން ޑޮލަރަށް ގަންނަން ބޭނުންވި ވާހަކަ އެނބުރިއައިސް ބައްޕަ ގާތުގަ ދަރިފުޅު ބުނުމުން ބައްޕަ ބުންޏެވެ.
" ދަރިފުޅާއެވެ. ބައްޕަ ދަރިފުޅަށް އަންގައިދޭން ބޭނުންވީ، އެއްޗެއްގެ ބޭނުންތެރިކަން އެނގޭނީ އެ އެއްޗެއްގެ އަގުވަޒަންކުރަން ދަންނަތަނަކުންނެވެ."
އެހެންކަމުން ދިރިއުޅުމުގައިވެސް އެމީހެއްގެ ބޭނުންތެރިކަން ނޭނގޭ ތަނެއްގައި ހުރެގެން އެކަމާ ރުޅިގަދަވެ ނަފުރަތު ނުކުރާށެވެ. މީހެއްގެ ބޭނުންތެރިކަން ދަންނަބަޔަކު އެމީހެއްގެ އަގުވަޒަންކުރާނެއެވެ.
އެއްވެސް މީހަކު ތިމާގެ ބޭނުންތެރިކަމާއި މުހިއްމުކަން ބަލައިނުގަންނަ ތަނެއްގައި ވަގުތު ބޭކާރު ނުކުރާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!