ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީމުއްދަތު (ޕްރޮބޭޝަން ޕީރިއަޑް) ތިންމަހުން ހަ މަހަށް އިތުރުކޮށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުމަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންގެ ހައްޤުތައް 12 އަހަރު ފަހަތައް ގެންދާނެ އިސްލާހެކެވެ.
ސަރުކާރުގެ ފަރާތުން، ކެނދި ކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި މި ބިލުގައި ބުނެފައި ވަނީ، ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތު ކަމުގައި ހަ މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ.
އަދި އެ މުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާ ކުރާ ފަރާތުން ކުރެ ކޮންމެ ފަރާތަކަށްވެސް ބާތިލުކު ރެވިދާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮންނަނީ ޕްރޮބެޝަން ޕީރިއަަޑަކީ ތިންމަސް ދުވަސް ކަމަށެވެ.
ވަޒީފާ އާއިބެހޭ ޤާނޫނު އެންމެ ފުރަތަމަ ވުޒޫދުވެގެން އައީ 2008 ވަނައަރުގައެވެ. އެއިރު އެޤާނޫނުގައި ވަގުތީ މުއްދަތު (ޕްރޮބޭޝަން) ޕީރިއަޑްގެ ގޮތުގައި ބަޔާންކޮށްފައި އޮތީ 6 މަސްދުވަހެވެ.
ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި 6 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ. އަދި އެ މުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ބާޠިލުކުރެވިދާނެއެވެ.
02/2008 "ވަޒީފާ އާއިބެހޭ ޤާނޫނު" ގެ 14 ވަނަ މާއްދާގައި ބުނެފައިވެއެވެ.
މިކަން މިގޮތައް އިސްލާހުވެގެން އައުމާއިއެކު އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ހުރުމާއި ވަޒީފާ އަދާ ކުރާ ފަރާތުގެ ހައްޤުތަކަށް އުނިކަން އަންނަކަމަށާއި ވަޒީފާ ދޭފަރާތުން މިކަމުގެ ނާޒައިޒު ފައިދާ ނަގަމުންދާކަމަށް ބުނެ އާންމުންގެ ފަރާތުން ކުރިމަތި ކުރުވި ޝަކުވާތަކާއި އެކު މިޤާނޫނަށް 2 މަސްދުވަސް ނުވަނީސް އިސްލާހެއް ހަމަ އެއަހަރު ހުށައެޅުނެވެ.
3. ބުނެވިދިޔަ ޤާނޫނުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރަން. 14. ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި 3 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ. އަދި އެމުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ބާޠިލު ކުރެވިދާނެއެވެ.
02/2008 "ވަޒީފާ އާއިބެހޭ ޤާނޫނު" ގެ 14 ވަނަ މާއްދާއަށް ގެނެވުނު ފުރަތަމަ އިސްލާހު ގެނެވިފައިވަނީ 2008 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ ތެރޭގައެވެ.
12 އަހަރު ފަހުން އަނެއްކާވެސް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި ބިލަށް އެކި ފަރާތްތަކުން އަންނަނީ ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. ބަޔެއް ފަރާތްތަކުން ބުނަމުންދަނީ "ޕްރޮބޭޝަން ޕީރިއަޑް" ތިންމަހަށް އޮވެގެން ވަޒީފާ އަދާ ކުރާ ފަރާތްތަކުން ޝަކުވާއެއް ކުރިއަޑު އަހާފައި ނުވާކަމަށާއި މިކަން މިގޮތައް ބޭނުން ވެގެން އުޅެނީ ވަޒީފާދޭ މަހުޖަނުން ކަމަށެވެ.
Employment Act was introduced with 6 months probation. Employers abused the long probation so it was changed to 3 months. 12 years later again @MDPSecretariat proposes to change probation to 6 months. Why are we going backward? @evattey @AleeVoice @hisaanhussain @Imthiyazfahmy
— Ibrahim Riza (@Ibberiza) February 16, 2020
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި ވަޒީފާގެ ގާނޫނަށް ޖުމުލަ 15 އިސްލާހެއް ގެނައުމަށް ހުށަހަށާފައި ވެއެވެ. އެގޮތުން ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމުގެ އިތުރުން ވަޒީފާގެ އެއްބަސްވުމުގައި އެއްބަސްވުން ފެށޭ ތާރީހު ކަނޑާލައި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭ ގޮތް، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތު، ޗުއްޓީ ލިބޭ ގޮތް އަދި މުވައްޒަފުގެ އަހުލާގާއި ގުޅޭގޮތުން އޭނާއާ މެދު ފިޔަވަޅު އެޅިދާނެ އުސޫލުތައް ވަނީ އުނިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!