މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ އޯޑިއޯތަކެއް ލީކުވަމުން ދިއުމާ ގުޅިގެން، ލީކުވި އޯޑިއޯތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތީ ފުލުހުން މައްސަލަ ބަލަން ފަށައިފި އެވެ. ފުލުހުން މިއަދު ބުނެފައިވަނީ ލީކުވެގެން އުޅޭ އޯޑިއޯތަކާއި ގުޅޭގޮތުން ފުލުހުންނަށް މައްސަލަ އެއް ހުށަހަޅާފައި ނުވާކަމަށެވެ. ނަމަވެސް އެއޯޑިއޯތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ ފަދަ އޯޑިއޯ އެއް ފާހަގަ ކުރެވިފައި ވާތީ ކަމާބެހޭ ފަރާއިތަކާ ގުޅިގެން […]
އަލީ އާދިލް
މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމަށް 462 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށައިފިއެވެ. “މާލޭ ސިޓީ ސްޓްރީޓް ކޭޕިން ޕްރޮޖެކްޓް” އިފްތިތާހު ކުރުމަށް ވެސްޓް ޕާކް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ. މިރަސްމިއްޔާތުގައީ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއު ނިމޭއިރު ޒަމާނީ ބައްތިތަކާއެކު ކެމެރާތައް ހަރުކުރެވޭނެ ކަމަށެވެ. އަދި އިތުރަށް ވިދާޅުވި އެ މަޝްރޫރުގެ ދަށުން […]
އަލީ އާދިލް
ށ. ނޫމަރާ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ހިލަ ހިފައިގެން އެރަށަށް ގޮސް އޮތް ބާޖެއް ނެރުފައިކަށި މައްޗަށް އެރި ބާޖު ފުންކުރަން އުޅުމުގެ ތެރޭގައި ނެރު މެދަށް އަޑިއަށް ގޮސް، ނެރު ބަންދު ވެއްޖެ އެވެ. ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ތިލަދުންއަށް މަޢުޅުމާތު ދެއްވަމުން ވިދާޅުވީ އެރަށު ނެރުފައިކަށި ހެދުމުގެ މަސައްކަތުގައި ހަރަކަތްތެރިވި ބާޖެއް މިދިޔަ ހަފްތާގައި އަޑިއަށް ގޮސްފައިވާކަމަށާއި މިއަދު އެބާޖު ފުން ކުރުމަށް މަސައްކަތް ކުރިކަމަށާއި ނަމަވެސް ބާޖު ފަޅައިގެންގޮސް ނެރުގެ މެދަށް އަޑިއަށްގ...
އިބްރާހިމް އަސްވާޤް
ގުރޭޓަރ ރައްޔިތުންނަށް އަމާޒުކޮށްގެން އިތުރު 3000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފިއެވެ. މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހިފައި ހުރި މަސައްކަތް ބައިވަރު އެބަހުރި ކަމަށާއި އޭގެތެރެއިން އެންމެ މުހިއްމު ކަމަކީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ސީދާ މާލޭގެ ރައްޔިތުންނަށް އަމާޒުކޮ...
ޔުމްނާ ޢަލީ
ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން: އެކިއެކި ސަބަބާހުރެ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ، އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. ދިވެހިރާއްޖޭގައި މިކަން ފެށިފައި ވަނީ، ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމެއް އެއްވެސް މުއައްރިޚަކަށް އެނގޭކަށް ނެތެވެ. ރޯގާ ބަލިމަޑުކަން ކުރިމަތި ވުމުން، ސަލާމަތުން ތިބި މީހުންކޮޅެއް ކައިރީއޮތް އެހެން ރަށަކަށް ބަދަލުވެފައި އެބަހުއްޓެވެ. ތާރީޚީ ގޮތުން ފުރިހަމަ ސާބިތެއް ނެތަސް ތުންތުންމަތީން ކިޔަމުން އަންނަ ބައެއްކަހަލަ ހާދިސާއާ ގުޅ...
ތިލަދުން
ޤައުމީ ދިފާޢީ ބާރުގެ 2020 ވަނަ އަހަރުގެ ކޮމާންޑާސް ކޮންފަރެންސް މިއަދު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފިއެވެ. މިމަހު 17 އިން 20 ގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ޖެނެރަލް އޮފިސަރުންނާއި ސާވިސް ކޮމަޑާންޓުންނާއި އެކި ލެވެލްގެ ކޮމާންޑަރުންނާއި ކޮމާންޑް ސާޖަންޓް މޭޖަރުންނާއި ވޮރަންޓް އޮފިސަރުން އަދި ސީނިއަރ އެންލިސްޓެޑް ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. HEP inaugurated Commanders Conference 2020 “Towards a Holis...
އިބްރާހިމް އަސްވާޤް
ށ. ފުނަދޫގެ އިރުއުތުރުގައިވާ އޮއިވާލި ކަނދުފަތި އަލުން ހަރުކޮށްފި އެވެ. މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިނަ މަޢުލޫމާތުދޭ ގޮތުގައި މި އޮއިވާލި ކަނދުފަތި އަލުން ހަރުކުރެވިފައިވާ ސަރަޙައްދަކީ ށ. ފުނަދޫ އިރު އުތުރުން 11.5 މޭލު ބޭރުގައެވެ. ކަނދުފަތި ނަންބަރަކީ 523 އެވެ. ޕޮޒިޝަން: 06 ދަރަޖަ 12 މިނިޓް 32 ސިކުންތު، އުތުރު އަރުޟު 06°12’32” N 73 ދަރަޖަ 28 މިނިޓް 30 ސިކުންތު، ދެކުނު އަރުޟު 73°28’30” E މިކަނދުފަތި ހަރުކުރެވިފައިވަނީ މިދިޔަ ހޮނިހިދު ދުވަހުގައެވެ.
ޔުމްނާ ޢަލީ
ދ. މީދޫގައި 83 އަހަރުގެ ފިރިހެނަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ. ދ. މީދޫގައި 83 އަހަރުގެ ދިވެހި ފިރިހެނަކު މެންދުރު ނަމާދަށް ގޮސް އެންބުރި ނައިސްގެން އާއިލާ ގެ ފަރާތުން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މޫދުގައި އޮއްވައިކަމަށް ފުލުހުންވަނީ ބުނެފައެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 13:30 އެހައިކަންހާއިރުކަމަށާއި ސިއްހީ މަރުކަޒަށް ގެނައި އިރުވެސް އެމީހާ ނިޔާވެފައިވާކަމަށް މަރުކަޒުން އެމީހާ ބެއްލެވި ޑރ މައުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އާ ގުޅިގ...
ޔުމްނާ ޢަލީ
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ދަރިވަރުންނަށް ޚާއްސަ ލޯނު ހިމެނޭހެން މަތީ ތައުލީމްގެ ލޯނަށް ހުޅުވާލައިފި އެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށް މިފަހަރު ހުޅުވާލީ 550 ފުރުސަތު ކަމަށެވެ. އެކަމަށް އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ. އެއަށްފަހު ލޯނަށް ހޮވޭ ދަރިވަރުން، އަންނަ އޭޕްރީލް 20 ވަނަ ދުވަހުގެ ކުރިން […]
އަލީ އާދިލް
ސްޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަޤާމަށް އަލްއުސްތާޛް ފައިސަލް އާދަމް ހަމަޖައްސަވައިފިއެވެ. ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފައިސަލް އެންމެ ފަހުން ހުންނެވީ ޑިޕާރޓްމަންޓް އޮފް ޖުޑީސަލް އެޑްމިނިސްޓްރޭޝަންގެ ލީގަލް އޮފިސަރގެ މަޤާމާއި، ސްޕޯކްސް ޕާސަންގެ މަޤާމުގައެވެ. ޤާނޫނީ ވަކީލު އަލްއުސްތާޛް ފައިސަލް އާދަމަކީ ހދ. ފިނޭއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
ޔުމްނާ ޢަލީ
ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުންކަމަށާއި، އެކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ “ކޮމާންޑަރސް ކޮންފަރެންސް 2020” އިފްތިތާޙުކޮށްދެއްވުމަށް ބަންޑާރަކޮށީގައި މިއަދު...
ޝިއުނާ އާދަމް
ކޮރަޕްޝަނަށް މަގުފަހިވާގޮތައް ސީޕްލޭން ޓާމިނަލް (ޓީއެމްއޭ) ދޭން އުޅުނީ މި ސަރުކާރުން ނޫންކަމަށާއި، ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓީއެމްއޭއަށް 55 މިލިއަން ޑޮލަރުގެ ޓާމިނަލުގެ ކަންކަން ނިންމާފައިވަނިކޮށް، ރައީސް ސޯލިހުގެ ސަރުކާރުން އެކ...
އަލީ އާދިލް
އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އަންނަ މާރިޗު މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. އުރީދޫއިން އިއްޔެ ބުނީ، އެ ކުންފުނީގެ އޭޖީއެމް އޮންނާނީ އަންނަ މަހު ދެ ވަނަ ދުވަހުގެ ރޭގަޏޑު 8:30 ގައި ކުރުނބާ މޯލްޑިވްސް ގެ ކޮންވެންޝަން ހޯލުގައި ކަމަށެވެ. މި ޖަލްސާގައި އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބަޔާންތައް ފާސްކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 3.30ރ. ބަހަން ހުށަހަޅާނެ އެވެ. އުރީދޫ އަށް މިދިޔަ […]
އިބްރާހިމް އަސްވާޤް
ހދ. ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނާއި ނޮޅިވަރަންފަރު ސްކޫލު ގުޅިގެން އެ ސުކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ނިންމި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. މިިކަމަށް ޓަކައި މި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ހަވީރު ނޮޅިވަރަންފަރު ބީޗް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް ޢަލީ އަޙްމަދެވެ. މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، މިޕްރޮގްރާމުން ދަސްވ...
ޝިއުނާ އާދަމް
ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމާއި ސްކޫލްތަކުގެ ބެލެނިވެރިން ހޭލުންތެރި ކުރުމަށް މަޢުލޫމަތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފިއެވެ. އަމާންވެށި ޕްރޮގްރާމްގެ ދަށުން، މި ހިނގާ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކާއި އިންޓަރނެޓްގެ ޒަރީއާއިން ކުޑަ ކުދިންނަށް ކުރިމަތިވާ ކަން...
އިބްރާހިމް އަސްވާޤް
ބެލްޖިއަމްގެ ރައްޔިތެއްކަމުގައިވާ އުމުރުން 92 އަހަރުގެ ޖޯޖެޓް ލެޕޯލް އޭނާގެ މުސްލިމް އަވައްޓެރިއާގެ ފަރާތުން ހިތްވަރުލިބި އިސްލާމްދީން ޤަބޫލް ކޮށްފިއެވެ. ޖޯޖެޓްގެ ޢާއިލާ މިދުނިޔެއިން ވަކިވެ، ޢާއިލާގައި އޭނާއަށް އަޅާލާނެ އިތުރު މީހަކު ނެތުމުން އޭނާގެ އަވަށްޓެރިއެއް ކަމުގައިވާ މުޙައްމަދުގެ ޢާއިލާއާއެކު ދިރިއުޅެން ފެށިއެވެ. މުހައްމަދުގެ ޢާއިލާ ޖޯޖެޓްގެ އަވަށްޓެރިންގެ ގޮތުގައި އުޅޭތާ ގާތްގަނޑަކަށް 50 އަހަރުވެއްޖެއެވެ. އަނބިމީހާއާއި ފިރިހެން ދަރިފުޅާ ދެއަންހެން ދަރިންނާއި އެކު ދިރިއުޅޭ މުޙައްމަދުގެ...
އައިމިނަތު ޔުމްނާ
އައްބާސީ ޚިލާފަތުގެ ރަންދުވަސްވަރުގައި، އެ ޚަލީފާކަމުގެ ވެރިރަށް ކަމުގައިވާ ބަޣުދާދުގައި ވަރަށް ވިސްނުންފުޅު ތޫނު އިލްމުވެރިއަކު ދިރިއުޅުއްވިއެވެ. އެއްދުވަހަކު ޝޭޚްގެ އަރިހުގައި ދިރިއުޅޭ މީހަކު ޝޭޚްގެ ގާތަށް ހާޟިރުވެ ދެންނެވިއެވެ. “އޭ ޝޭޚްއެވެ، ޝޭޚްގެ ރަޙްމަތްތެރިޔާއާއި ގުޅޭގޮތުން ދެންމެ އަޅުގަނޑަށް އަޑުއިވުނު ވާހަކައެއް ދަންނަވަންތޯއެވެ؟” ޝޭޚް ކުއްލިއަކަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. “އެހަށް މަޑުކޮށްލައްވާށެވެ.” ތިބާ ތިޔަ ވާހަކަ ބުނުމުގެކުރިން ތިމަންނާ މިދޭ އިމްތިޚާނުން ތިޔަ ވާހަކަ ފާސްވޭތޯ...
ތިލަދުން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ހދ. މަކުނުދޫގައި ސެލްފް ސަރވިސް ސެންޓަރެއް ޤާއިމްކުރުމަށް ބީއެމްއެލްއިން މަސައްކަތް ފަށައިފިއެވެ. މަކުނުދޫގެ އިތުރުން 2 ރަށެއްގައި ބީއެމްއެލްއިން ސަރވިސް ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައިވަނީ ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އެގޮތުން ބީއެމްއެލްއިން ވަނީ އދ. ދަނގެތި، ކ. ހިންމަފުށީގައި ސެލްފް ސަރވިސް ސެންޓަރުތައް ޤާއިމްކުރުމަށ...
ޔުމްނާ ޢަލީ