ޓިއުނީޝިއާގެ ރައްޔިތެއްކަމުގައިވާ ސާރާ ހަބާ ބައިސްކަލެއްގައި މައްކާއަށް ދަތުރުކޮށް، އެންމެ ފުރަތަމަ ބައިސްކަލްގައި މައްކާއަށް ދިޔަ އަންހެނާގެ ރެކޯޑް ހަދައިފިއެވެ.

މީގެކުރިން މިގޮތަށް ބައިސްކަލް، ސައިކަލް އަދި ޖަނަވާރު ބޭނުންކޮށްގެން މައްކާއަށް ދިއުމުގެ މަސައްކަތް ކޮށްފައިވަނީ އެނގިފައިވާގޮތުގައި ތިން މީހެކެވެ. އޭގެތެރެެއިން ބައެއް މީހުން މިގޮތަށް ދަތުރު ކުރަން އިޚްތިޔާރު ކޮށްފައިވަނީ ވައިގެ މަގުން ދަތުރުކުރުމަށް ވުރެން މިގޮތް އަގު ހެޔޮވުމުންނެވެ. އަދި މީގެ ކުރިން މިހެން ދަތުރު ކޮށްފައިވަނީ ހުސް ފިރިހެނުން ކަމުން ސާރާ އަކީ މިގޮތަށް މައްކާ އަށް ދިޔަ ފުރަތަމަ އަންހެން މީހާއެވެ.

Ad
rt

ސާރާ ހަބާގެ މިދަތުރު ފުރިހަމަ ކޮށްފައިވަނީ 53 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. ސޫދާން އަދި މިސްރުގެ ހަނަފަސް ސަހަރާތަކުން ދަރުތު ކުރަމުން ދިޔައިރު ސާރާ ވަނީ އޭނާގެ މިތަޖުރިބާ އެހެން މީހުނަށް ހިއްސާ ކުރުމަށް ޑޮކިއުމަންޓްރީ އެއްހަދައި، "ސައިކްލިންގ ޓު މައްކާ" ހޭޝްޓެގްގެ ދަށުން ސޯޝަލް މީޑިއާގައި އެދަތުރު ހިއްސާ ކޮށްފައެވެ.

ސާރާ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ގޮތުގައި އޭނާ ދަތުރުކުރުމުގައި ތަންތާ މަޑުކުރުމަށް ބިރުގަނެއެވެ. ސާރާގެ މިއުންމީދު ހަޤީގަތަކަށް ހެދުމަށް އޭނާގެ ސިއްޙަތު ތަންދެނީ ކިހާވަރަކަށް ކަމެއް އޭނާއަށް އެނގިފައިނުވާއިރު އޭނާ ކުރި އުންމީދަކީ މި ދަތުރު ނިމެންދެން އޭނާ ރަނގަޅު ސިއްޙަތެއްގައި ލެއްވުމެވެ.

ސާރާ ދަތުރު ފެށީ އެކަނި ކަމަށް ވެފައި މައްކާގެ މާތް ބިމަށް އެތެރެވުމުން އޭނާ ހުއްޓުވާފާނެ ކަމުގެ ކަންބޮޑުވުން އޮތްނަމަވެސް އެއްވެސް ފިކުރެއްނެތި ހިތްވަރާއިއެކު ދަތުރުގައި ކުރިއަށް ދިޔަކަމުގައި ވަނީ ބުނެފައެވެ.

ހިތްވަރުގަދަ ޒުވާން ސާރާ ހަބާ މައްކާއަށް ގޮސް އޭނާގެ މުޅި ދަތުރުގައި ވަނީ އެތައް ބައެއްގެ ދުޢާ އަދި ތައުރީފް ލިބިފައެވެ. މީގެ އިތުރުން އެތައްބައެއް ވަނީ އެމީހުންގެ މައްޗަށް މައްކާގެ މުޤައްދަސް ބިމުގައި ދުޢާކޮށްދިނުމަށް ސާރާ ގާތު އެދިފައެވެ.

މިއީ ހަމަގައިމުވެސް އަންހެނުން ބާރުވެރިކުރުވުމުގެ ރަނގަޅު މިސާލެކެވެ.