ރޭ މީސް މީޑިއާ ގުގުމާލީ ފުލުފުލުގައި ލީކުވި އޯޑިއޯތަކުން ތަކަކުންނެވެ. "ލީކްސް" ނަމަކަށް ކިޔާ ޓުވިޓަރު އެކައުންޓަކުން ލީކު ކޮށްލި ތިން އޯޑިއޯގައިވެސް އިވިގެންދާ އެއް އަޑަކީ މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ އަޑުކަން އެ އަޑަށް ފަރިތަ އެތައް ބަޔަކު ބުނަމުންދެއެވެ. ނަމަވެސް މިނިސްޓަރު ޢަލީ ޓުވީޓެއް ކުރައްވައި ވިދާޅުވީ އެއީ ސައްޙަ އޯޑިއޯ ތަކެއް ނޫންކަމަށެވެ.

ރޭ ލީކުވި ފުރަތަމަ އޯޑިއޯގައި ކޮރޯނާ ވައިރަސްއާއި ގުޅިގެން އަޅަން ޖެހުނު ހުރިހާ ފިޔަވަޅެއް އެޅީ މިނިސްޓަރު އަލީ ވަހީދު ކަމަށާއި ހެލްތު މިނިސްޓަރު އަމީން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ބުނެ މިނިސްޓަރު ޢަލީ ކަމަށް ބެލެވޭ މީހާ ވާހަކަ ދައްކާފައިވެއެވެ. އަދި މިނިސްޓަރު އަމީނަކީ އަބަދުވެސް ހެދިކާ ކައިގެން ދެ ފޮޓޯގްރާފަރުން ފަހަތު ލައިގެން މުޅިން ވެސް ޓްވިޓާއަށް ކަންކަން ކުރާ މިނިސްޓަރެއް ކަމަށް އޭނާ ބުނެ އިޚްތިރާމް ކުޑަ ވާހަކަތަކެއް ދައްކާފައިވެއެވެ.

Ad
rt

ދެވަނަ އޯޑިއޯގައި ބަހުގެ ހަމަލާތައް އަމާޒުވި އަޑު އިވެނީ އެޑިޔުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީއަށެވެ. އެ އޯޑިއޯގައި އޭނާ ފާޑުކީ އެޑިއުކޭޝަންގެ އުސޫލަކަށެވެ. އަޑުއިވޭ ގޮތުން އޭނާ ފާޑުކީ ކުޑަކުދިންގެ ކުޅިވަރާ ގުޅޭ އުސޫލެއް ކަމަށް ބެލެވެ އެވެ. އެޑިއުކޭޝަން މިނިސްޓަރުގެ އުސޫލުތައް ފެއިލްކޮށްލާނެ ކަމަށްވެސް އެ އޯޑިއޯގައި ބުނެއެވެ. އަދި އެ އޯޑިއޯގައި އެޑިއުކޭޝަން މިނިސްޓަރަށް އަމާޒުކޮށް ވެސް ހަޑި ލަފުޒުތަކުގެ ބޭނުން ކޮށްފައިވެ އެވެ.

ތިންވަނަ އޯޑިއޯގައި މިނިސްޓަރު ޢަލީ ވަޙީދުކަމަށް ބެލެވޭ މީހާ، އެއީ ޢަލީ ވަހީދު ނަމަ، އެ މަޤާމަށް ވަޑައިގަތުމަށް މެދުވެރިވި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ އަނބި ކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ކަމަށް ބެލެވޭ ފަރާތަކާއި ބޭ އަދަބީ ވާހަކަ ތަކެއް ދައްކަވާފައިވެއެވެ. ސަމާސާ ރާގެއް ނަމަވެސް ތިމާ ޤަދަރާއި އިޚްތިރާމް ކުރަންޖެހޭ ފަރާތަކާއި މެދު އެ އޯޑިއޯގައި ގެންގުޅިފައިވާ ބަސްމަގަކީ " އާންމު " ކަމެއް ކަމަށް ދޭހަ ކޮށްދޭ މޭރުމަކުން ވާހަދައްކާފައިވެއެވެ. ނަހުލާ ފޯނު ކުރުކޮށްލައި ބޭއްވުމުން ކައިރީގައި ތިބި ރައްޓެހިންނާއެކު، ހަޑި ލަފުޒުތައް މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުން ވެސް ބޭނުން ކުރި އެވެ.

މިނިސްޓަރު ޢަލީ ވަހީދުގެ ޓީމުގެ މެމްބަރެއް ގޮތުގައި ހުންނަވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު ޢަލީ (އަޑު ބަރޭ) ގެ އަޑުވެސް އެ އޯޑިއޯ ތަކުން އިވެއެވެ.

މި އޯޑިއޯ ތަކާއިއެކު، އެކަމުން ރެކި ވަޑައިގެން އަބުރުކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކަކުން އަޒުމު ނުގުޑާނެ ކަމަށާއި، ދައުރުކުރާ އޯޑިއޯތަކާއި ގުޅިގެން ހިތްވަރު ބައްޔެއް ނުކުރެވޭނެ ކަމަށާއި އަދި ހައްޤަށް އަބަދުވެސް ނަސްރު ލިބޭނެ ކަމަށް މިނިސްޓަރު ޢަލީ ރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އެހެން ކަމަށް ވާނަމަ އެ އޯޑިއޯތައް ހަދާފައި ވަނީ މިނިސްޓަރު ޢަލީގެ އަޑު އެޑިޓް ކޮށްގެން ތާއެވެ. ނަމަވެސް މިނިސްޓަރު ޢަލީގެ އަޑަކީ ރާއްޖޭގައި އެތައް ބަޔަކު ދަންނަ އާންމު އަޑެއްކަމުން ޢަލީގެ އެވާހަކަ މީހުން ޤަބޫލު ކުރުން އޮތީ ކޮން މިންވަރެއްގައި ކަމެއް ނޭނގެއެވެ.

މިއަދު ހެނދުނު ހެނދުނާ "ލީކްސް" ޓުވިޓަރ އެކައުންޓުން ލީކުކޮށްލި އޯޑިއޯގައި ދައްކާފައިވަނީ ސްޕްރީމް ކޯޓަށް ވެހިކަލް ވިއްކުމުގެ ޑީލެއްގެ ވާހަކައެވެ. ކޮރަޕްޝަނާއި ފަސާދައިން ޤައުމު ސަލާމަތް ކުރުމަށް އައި ސަރުކާރެއްގެ ވަޒީރެއް ކަމަށް ބެލެވޭ މީހަކާއި، ނައިބު ވަޒީރެއް ކަމަށް ބެލެވޭ މީހެއް ދައްކާފައިވަނީ "ކަޓް" ގެ ވާހަކައެވެ. ކުރިން 3 ވީ ޑިއޯއެކޭ އެއްފަދައިން އިވެނީ އެއްބަޔެއްގެ އަޑެވެ.

ކޮންމެއަކަސް އޯޑިއޯ ތަކުން އިވެނީ ބޮޑާ ކިބުރުވެރި އަޑެކެވެ. ދައުލަތެއް ހަރާބު ކުރުވަނިވި ވާހަކަތަކެއްގެ އަޑެވެ. ތިމާ ނޫން މީހުންނަކީ މީހެއް ނޫންކަމަށް ދޭހަވާ މޭރުމުން ދައްކާފައިވާ ވާހަކަތަކެއްގެ އަޑެވެ. އަންހެނުންނަށް ކުޑައިމީސްކޮށް މުޚާތަބު ކުރާ އަޑެވެ. ޤަދަރާއި އިޚްތިރާމް ދޭންޖެހޭ ފަރާތްތަކަކަށް ހިތު ހުރި އެއްޗެއްކިޔައި ޖޯކުޖަހާ އަޑެވެ. ހުތުރު، ލަދުވެތި ވާހަކަތަކެއް އެ އޯޑިއޯތަކުން އިވެއެވެ.

މި މުޖުތަމަޢު ރަނގަޅު ގޮތުގައި ބިނާ ކުރަން ބޭނުންނަމަ ޒިންމާ ދާރު މަޤާމްތަކުގައި ތިއްބަވާ ފަރާތްތަކަކީ ރިވެތި އަޚުލާޤެއްގެވެރި ނަމޫނާ ބަޔަކަށް ވާން ޖެހެއެވެ. އެފަރާތްތަކަކީ މުޖުތަމަޢުގެ މޫނުބަލާ ލޯ ގަނޑަށްވީ ހިނދު އެ ފަދަ ފަރާތްތަކުގެ ކިބައިގައި އަދަބު އަޚުލާޤާއި ނަޒާހަތްތެރިކަން ނެތް ނަމަ ނުކުންނާނެ ނޭދެވޭ ނަތީޖާއާއި މެދު ޤައުމަށް ހެޔޮއެދޭ ކޮންމެ މީހަކުމެ ފިކުރުކޮށް، ހިތާމަ ކުރާނެކަން ކަށަވަރެވެ. މިއުޅެނީ ކީހާޅެން ފަރިއްސަށްވާން ނޫން ބާވައެވެ!