މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,403 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1794 ވަނަ ޞަފްޙާ

މީޑިއާ ކައުންސިލްގެ އިނާމު ދިނުމުގެ ހަފުލާ މާދަމާ ރޭ

މީޑިއާ ކައުންސިލްގެ އިނާމު ދިނުމުގެ ހަފުލާ މާދަމާ ރޭ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާ މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ. މިއަދު މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ އިނާމު 2019ގެ ކޮމިޓީގެ މުގައްރިރު އަހުމަދު އަމީން މުހައްމަދު ވިދާޅުވީ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ މާދަމާ ރޭ އޮންނާނެ ކަމަށެވެ.އަދި ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމްގެ މަލްޓި ޕާޕޯސް ހޯލްގައި ކަމަށްވެސް އަމީން ވިދާޅުވި އެވެ. މީގެ އިތ...

ޖަލްވާން ޖާދުﷲ
ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެހެން އެއާޕޯޓުތަކުގައި ކަންކަން ފަހިކުރަން އިތުރަށް މަސައްކަތްޖެހޭ: ނައިބު ރައީސް

ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެހެން އެއާޕޯޓުތަކުގައި ކަންކަން ފަހިކުރަން އިތުރަށް މަސައްކަތްޖެހޭ: ނައިބު ރައީސް

ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެ ގޮތަކަށް އެއާޕޯޓުތަކުގައި، އިންތިޒާމުތައް ހަމަޖެއްސުމަށް އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެންވިދާޅުވީ، އެއަރޕޯޓުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ބޭއްވި މަޝްވަރާ ބައްދަލުވުމުގައިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި މަޝްވަރާތައް ކުރިއަށްދިޔައީ މިއަދު ހެނދުނު ރައ...

ޔުމްނާ ޢަލީ
ސަލާމަތްކުރަން ފުލުސް މީހާ އަންނާނޭ ބުނެވޭވަރުގެ ބަޔަކަށް ދިވެހި ފުލުހުން ވާންޖެހޭ: ޝިފާޢު

ސަލާމަތްކުރަން ފުލުސް މީހާ އަންނާނޭ ބުނެވޭވަރުގެ ބަޔަކަށް ދިވެހި ފުލުހުން ވާންޖެހޭ: ޝިފާޢު

ސަލާމަތްކުރަން ފުލުސް މީހާ އަންނާނޭ ބުނެވޭވަރުގެ ބަޔަކަށް ދިވެހި ފުލުހުން ވާންޖެހޭކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ”މ.އުޖާލާގެ ބަލައި ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ ތެރެއިން ބަޔަކު އިޙްތިޖާޖުކުރަމުންދިޔަ މައްސަލަ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު”އަށް ބަހުސް ކުރަށް ވަމުންނެވެ. ޝިފާޢު ވިދާޅުވީ ދ...

އަލީ އާދިލް
ފަތުރުވެރިކަމުގެ ދާއިރާއިން އިންޓަރންޝިޕްއަށް އެޕްރޫވަލްދިނުމުގެ އުޞޫލަށް ބަދަލުތަކެއް

ފަތުރުވެރިކަމުގެ ދާއިރާއިން އިންޓަރންޝިޕްއަށް އެޕްރޫވަލްދިނުމުގެ އުޞޫލަށް ބަދަލުތަކެއް

ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިންނަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން އިންޓަރންޝިޕްއަށް އެޕްރޫވަލްދިނުމުގެ އުޞޫލަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ބަދަލުތަކެއް ގެނެސްފި އެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްއިން ބުނެފައިވަނީ މިބަދަލުތައް މިހާރުވާނީ ވަނީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ސަރކިއުލަރ (ލިންކް) އެއް ފޮނުވާ އަންގާފަ ކަމަަށެވެ. ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި ބޭރުގެ ފަރާތްތަކަށް އިންޓަރންޝިޕް ފުރިހަމަކުރުމަށް ސްޕެޝަލް ވިސާދޫކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަދާފ...

އިބްރާހިމް އަސްވާޤް
ދެމިތިބޭނީ ދިވެހި ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދޭ ބައެއްގެ ގޮތުގައި: ނަހުލާ

ދެމިތިބޭނީ ދިވެހި ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދޭ ބައެއްގެ ގޮތުގައި: ނަހުލާ

ދެމިތިބޭނީ ދިވެހި ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދޭ ބައެއްގެ ގޮތުގައިކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާޢިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިނިސްޓަރ، ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހާއި ގުޅިގެން މިއަދު ފޮނުއްވި ޚިޠާބެއްގައެވެ. މިއަދު، 7 ޑިސެމްބަރުއަކީ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެވެ. މިނިސްޓަރު ވިދާޅ...

އަޙްމަދު ވަހީދު
ދާއިރާގެ ސިއްހީމަރުކަޒުތަކުގެ ހާލަތު ދަށްވެފައިވަނީ އޭރުގެ ހެލްތު މިނިސްޓަރުގެ އިހުމާލުން: ރާޢީ

ދާއިރާގެ ސިއްހީމަރުކަޒުތަކުގެ ހާލަތު ދަށްވެފައިވަނީ އޭރުގެ ހެލްތު މިނިސްޓަރުގެ އިހުމާލުން: ރާޢީ

މަކުނުދޫ ދާއިރާގެ ތިން ރަށުގެ ސިއްހީމަރުކަޒުތަކުގެ ހާލަތު ދަށްވެފައިވަނީ އޭރުގެ ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީންގެ އިހުމާލުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ”މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން މަޖިލީހަށް ސައްޙަ ނޫން މަޢުލޫމާތު ދެއްވާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާތީ އެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު”އަށް ބަހުސް ކުރަށް ވަމުނ...

އަލީ އާދިލް
ފަޔާރ ފައިޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ހަނިމާދޫގައި ފަށައިފި

ފަޔާރ ފައިޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ހަނިމާދޫގައި ފަށައިފި

ރީޖަނަލް އެއާޕޯޓުތަކަށް ބޭނުންވާ ފަޔަރ ފައިޓަރުން ތަމްރީނު ކުރުނުގެ ޕްރޮގްރާމްގެ ފަހުބައި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ފަށައިފިއެވެ. މިއީ އިންޑިއާގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ފަޔަރފައިޓަރުންނަކީ ކުރިން އިންޑިއާގައި މި ޕްރޮގްރާމްފެށި ފަޔަރފައިޓަރުންނެވެ. ރީޖަނަލް އެއަރޕޯރޓްތަކަށް ބޭނުންވާ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް އިންޑިއާގައި ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީ ކޮޅުއެވެ. ރާއްޖޭގެ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމު...

ޝިއުނާ އާދަމް
އިހަވަންދޫ ކައުންސިލަށް ވާދަކުރާ ބައެއް ކެނޑިޑޭޓުންގެ އުދާސްތައް ބަންޑުން ކޮށްލައިފި

އިހަވަންދޫ ކައުންސިލަށް ވާދަކުރާ ބައެއް ކެނޑިޑޭޓުންގެ އުދާސްތައް ބަންޑުން ކޮށްލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. އިހަވަންދޫ ކައުންސިލް މެންބަރުކަމަށް ވާދަކުރައްވާ ބައެއް ކެނޑިޑޭޓުން އިހަވަންދޫ ކައުންސިލަށާއި ސަރުކާރަށް ފާޑުކިޔައިފި އެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހު އިހަވަންދޫ ކައުންސިލުން ބޭއްވުމަށް އިޢުލާންކޮށްފައިވާ މަސްރޭހުގެ ޕޯސްޓަރ ޝެއަރ ކުރައްވާ ޖޭޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ޢަބްދު ﷲ އިރުޝާނު ވިދާޅުވެފައިވަނީ މަސްވެރިން ބާނާ މަސްކޮޅު ނުކިރިގެން އުޅޭއިރު މިބައިމީހުން މިއުޅެނީ ޑުރާމާ ނުކުޅެވިގެންކަމަށާއި ކުރާނެ ކަމެއް ނެތީވިއްޔާ ބަތްކަ...

އަލީ އާދިލް
މަސްވެރިންގެ ދުވަހާއި ދިމާކޮށް އިހަވަންދޫގައި މަސްރޭހެއް

މަސްވެރިންގެ ދުވަހާއި ދިމާކޮށް އިހަވަންދޫގައި މަސްރޭހެއް

މިއަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށް ހއ. އިހަވަންދޫގައި މަސްރޭހެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ. އިހަވަންދޫ ކައުންސިލުން ބުނީ މުބާރާތުގެ މަޤުސަދަކީ އިހަވަންދޫ އަކީ، ފަޚުރުވެރި މަސްވެރި އާއިލާއެއް އޮތް ރަށަކަށްވެފައި، މަސްވެރިކަމުގެ ހުނަރާއި ކާބަފައިން ކުރަމުން އައި މަސްވެރިކަމުގެ ރޫޙު ރައްޔިތުންގެ މެދުގައި އަށަގެންނެވުމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެކުގައި މަސައްކަތް ކުރުމާއި، ޤައުމީ އަދި ވަތަނީ ރޫޙާއި އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި އިހަވަންދޫ ކައުންސިލާއި އިހަވަންދޫ މަސްވެރ...

އިބްރާހިމް އަސްވާޤް
އިޤްރައު ފޮތް މަޢުރަޒު: ފޮތް ޚުލާސާ ކުރުމާއި ރިވިޔު ލިއުމުގެ މުބާރާތެއް

އިޤްރައު ފޮތް މަޢުރަޒު: ފޮތް ޚުލާސާ ކުރުމާއި ރިވިޔު ލިއުމުގެ މުބާރާތެއް

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ފަރާތުން ކުރިއަށްގެންދާ “އިޤްރައު ފޮތް މަޢުރަޒު 2020” ގައި ފޮތް ޚުލާސާ ކުރުމާއި ފޮތުގެ ރިވިޔު ލިއުމުގެ މުބާރާތެއް ފަށައިފިއެވެ. އައިޔޫއެމްގެ ފަރާތުން މަޢުލޫމާތު ދެމުން ވިދާޅުވީ ފޮތް ޚުލާސާ ކުރުމުގެ މުބާރާތަކީ ލިޔުންތެރިންގެ ލިޔުންތައް ކިޔުމަށްފަހު، އޭގައި ހިމެނޭ މަޢުލޫމާތުތަކުގެ އަސްލު ނުގެއްލޭނެ ގޮތަށް، އެލިޔުމެއްގެ މައިގަނޑު ހުރިހާ ޕޮއިންޓުތައް ހިމަނައިގެން ސާފު ޢިބާރާތުން ލިޔުމެއް ޚުލާސާ ކޮށް ހުށަހެޅުންކަމަށެވެ. މި މުބާރާތުގައި ދިވެހި ބަހ...

ޔުމްނާ ޢަލީ
ޤައުމީ ޤުރުއާން މުބާރާތުގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން މިއަދު އިޢުލާނު ކުރަނީ

ޤައުމީ ޤުރުއާން މުބާރާތުގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން މިއަދު އިޢުލާނު ކުރަނީ

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން މިއަދު ޢިއުލާނު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީއިން ބުނީ ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން 2020 ޑިސެމްބަރ 07 ވާ ހޯމަ ދުވަހުގެ ހަވީރު 18:00 ގައި އިޢުލާނުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެ މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ފައިނަލް ބުރަށް […]

އަޙްމަދު ވަހީދު
މަސްވެރިންގެ ދުވަހާއި ގުޅިގެން ހަނިމާދޫގައި މަސްރޭހެއް ބާއްވަނީ

މަސްވެރިންގެ ދުވަހާއި ގުޅިގެން ހަނިމާދޫގައި މަސްރޭހެއް ބާއްވަނީ

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫގައި މަސްރޭހެއް ބޭއްވުމަށް ހަނިމާދޫ ކައުންސިލުން ނިންމައި، އެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭހަކީ ހަނިމާދޫގެ ދެ ޖިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފާއިވާ މަސްރޭހެކެވެ. މި މަސްރޭސް ފަށާގޮތަށް ނިންމާފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 ވާ ބުރާސްފަތި ދުވަހުއެވެ. މިގޮތުން ޑިސެމްބަރު 10 ވަނަ ދުވަހު އޮންނާނީ މި މަސްރޭހުގެ އަންހެން ބައިވެރިންނަށް ޚާއްޞަ ކުރެވިފައިވާ  ބައިއެވެ....

ޔުމްނާ ޢަލީ
ނަމާދު ފަސްކުރުމުގައި މަޤްބޫލު ޢުޛުރެއްގެ ގޮތުގައި ބެލެވެނީ ކޮންކަމެއްތޯ؟

ނަމާދު ފަސްކުރުމުގައި މަޤްބޫލު ޢުޛުރެއްގެ ގޮތުގައި ބެލެވެނީ ކޮންކަމެއްތޯ؟

ނަމާދަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އީމާންކަމުގައި ނަމާދުގެ މަޤާމަކީ، ހަށިގަނޑުގައި ބޮލުގެ މަޤާމެވެ. ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވަނީ، ނަމާދަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައެވެ. ނަމާދު ކުރުމަށް އަންގަވައި އަމުރުކުރައްވާފައިވަނީ، ވަރަށް ވެސް ގަދަ އަމުރުންނެވެ. މާތްﷲ އަންގަވާފައިވެއެވެ. إنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا) އައްނިސާ: 103)، މާނައީ، “ހަމަކަށަވަރުން ނަމާދަކީ، މުއުމިންތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރު...

ތިލަދުން
ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑުމުން މަނަދޫ ކައުންސިލް 20 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފި

ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑުމުން މަނަދޫ ކައުންސިލް 20 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފި

ނ. މަނަދޫ ކައުންސިލުން ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި ގުޅިގެން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ) އިން އެ ކައުންސިލް ޖޫރިމަނާކޮށްފި އެވެ. އީޕީއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަނަދޫ ކައުންސިލް ޖޫރިމަނާކޮށްފައިވަނީ 20،000 (ވިހިހާސް ރުފިޔާ) އިން ކަމަށާއި އެ ކައުންސިލުން ޖޫރިމަނާކޮށްފައިވަނީ 6 ޑިސެމްބަރު 2020 (މިއަދު) ގައި ކަމަށެވެ. އަދި މި ކުރެވުނު ޖޫރިމަނާގެ ފައިސާ 1 މަސްދުވަހުން ދައްކާ ނިންމުމަށް ވާނީ އީޕީއޭ އިން އެކައުންސިލަށް އަންގާފަ ކަމަށެވެ. މީގެ […]

ޖަލްވާން ޖާދުﷲ
އިހަވަންދޫގައި ސްލިޕްވޭއެއް އަޅައި ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

އިހަވަންދޫގައި ސްލިޕްވޭއެއް އަޅައި ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

ހއ. އިހަވަންދޫގައި ސްލިޕްވޭއެއް އަޅައި ތަރައްޤީކޮށް ހިންގާދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފި އެވެ. އިހަވަންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އިހަވަންދޫގައި ސްލިޕްވޭއެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ބޭނުންވާ ކަމަށާއި މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން 15 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:15 އަށް ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހު 13:15 ގެ ކުރިން ކައުންސިލް އިދާރާ އަށް ދުރުވ...

ޖަލްވާން ޖާދުﷲ
ބެލެނިވެރިންނަށް: ވީޑިއޯ ގޭމް ކުޅުމުން ދަރިން ދުރުކުރުވާނީ ކިހިނެތް؟

ބެލެނިވެރިންނަށް: ވީޑިއޯ ގޭމް ކުޅުމުން ދަރިން ދުރުކުރުވާނީ ކިހިނެތް؟

ދުނިޔެ ބަވަނަވަމުން، ތަރައްޤީވަމުން، ތަހުޒީބުވަމުން މިދާ ބާރުމިނުގައި ބާރަށް އުދުހޭ ދޫނިތަކަށްވުރެވެސް ބާރަށް އުދުހެމުން ގޮސް އެތައް އަލިއަހަރެއް ހުރަސްކޮށްފި ކަހަލައެވެ. ހީވެސްނުކުރާހާ އަވަސްމިނެއްގައެވެ. އިއްޔެ ކުޑަކުދިން ފަރުމަތިން ބޮލިހޮވަމުން، ވަލުތެރޭން ގޮބު ހޮވަމުން، މޫދުގައި ކަނދުފަތި ދުއްވަމުން މަޖާނެގި ދުވަސްތައް މިއަދު މާޒީވެ ގޮސްފިއެވެ. އަދުގެ ކުޑަކުދިންނަށް މިބުނެވުނު ކަންތައްތަކަކީ ވަރަށް އުނދަގޫ، “އެޑްވެންޗަރަސް” ކަންތައްތަކަކެއްކަމުގައި ޤަބޫލުކުރެވިދާނެއެވެ. ނަމަވެސް އިއްޔެގެ ކުޑ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއެއް ހުއްޓުވައިފި

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއެއް ހުއްޓުވައިފި

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއެއް ހުއްޓުވާފައިވާ ކަމަށް މޯލްޑިވްސް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ. މިގޮތުން ހިފެހެއްޓި އެއް 2 ބިދޭސީންނަކީ ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ދެ ބިދޭސީއެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން ހިފެހެއްޓި3 ވަނަ ބިދޭސީ މީހާއަކީ ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި މީހެއް ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ. މި ތިން ބިދޭސީންނާއި ގުޅޭ އ...

ޔުމްނާ ޢަލީ
"އެރިސް ޑެކަރ ޕޯލްސްޓަރ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020" ފަށައިފި

"އެރިސް ޑެކަރ ޕޯލްސްޓަރ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020" ފަށައިފި

ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން އެ އަތޮޅުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތް ” އެރިސް ޑެކަރ ޕޯލްސްޓަރ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020″ ފަށައިފިއެވެ. މި މުބާރާތް 05 ޑިސެމްބަރ 2020 ވީ ހޮނިހިރު ދުވަހުގެ ރޭ 20:00 ގައި އިހަވަންދޫ ހުރަވީގައި ތައްޔާރު ކުރެވިފައިވާ ވޮލީކޯޓުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޓީމް އެންވީކޭ އާއި ޓީމް ގަބީލާއެވެ. މި […]

އިބްރާހިމް ޚަލީލް