މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,403 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1796 ވަނަ ޞަފްޙާ

''ސަންބޯސާ'' ދުލެއް ނުކުރާނެ

''ސަންބޯސާ'' ދުލެއް ނުކުރާނެ

”ސަންބޯސާ”އަކީ ކުރީއްސުރެ އުތުރުގެ ރަށްތަކުގައި ތައްޔާރުކޮށް އުޅޭ ކެއުމުގެ ބާވަތެކެވެ. އުތުރުގައި ނޫނަސް ”ސަންބޯސާ” ތައްޔާރުކޮށް އުޅުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ. އުތުރުގެ ހދ. ފިނޭ މީހުން ތައްޔާރުކުރާ ގޮތަށް ފިނޭ މީހުންގެ ރަހަތަކާއިއެކު ”ސަންބޯސާ” ތައްޔާރު ކުރާނެ ގޮތް ބަލައިލަމާ ހިންގަވާށެވެ. ތަފާތުތައް އެނގޭނެއެވެ. ޔަޤީންވާ އެއްކަމެއް އެބައޮތެވެ. ފިނޭގެ ރަހަތަށް މީރުވެފައި، ކަމުދާނެ ކަމެވެ. ސަންބޯސާއަކީ ކުރީ ޒަމާނުއްސުރެ ފިނޭގައި ކޭމަށް ލުމަށް، ފާތިހާތަކަށް، ހަވީރު ސަޔަށް އަދި ކައިވެނީގެ ހަފު...

ޝިއުނާ އާދަމް
ލާމަރުކަޒީ ގޮތެއްގައި ކުޅިވަރު މުބާރާތްތައް ހިންގޭނެ ނިޒާމެއް ހަމަޖައްސެމަށް އެދިވަޑައިގެންފި

ލާމަރުކަޒީ ގޮތެއްގައި ކުޅިވަރު މުބާރާތްތައް ހިންގޭނެ ނިޒާމެއް ހަމަޖައްސެމަށް އެދިވަޑައިގެންފި

ކުރިމަގުގައި ކުޅިވަރު މުބާރާތްތައް ރާވައި ހިންގާއިރު، ލާމަރުކަޒީ ގޮތެއްގައި އެކަން ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިގޮތަށް އެދި ވަޑައިގަތީ ހައްދުންމަތީގެ ދެ ރަށަކަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ މެންދުރުފަހު ގަމަށް ވަޑައިގަންނަވާ، އެ ރަށުގައި ކުރިއަށްގެންދިޔަ ތަރައްޤީގެ ތިން މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ތިން ޚިދުމަތް އިފްތިތާޙުކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. ގަމު ޒޯނ...

ޔުމްނާ ޢަލީ
‏"ބުރެވި" ތޫފާންގެ ބާރު ދަށްވެ، ބާރުގަދަ ކޮޅިގަނޑަކަަށް ބަދަލުވެއްޖެ

‏"ބުރެވި" ތޫފާންގެ ބާރު ދަށްވެ، ބާރުގަދަ ކޮޅިގަނޑަކަަށް ބަދަލުވެއްޖެ

‏”ބުރެވި” ތޫފާންގެ ބާރު ދަށްވެއްޖެކަމަށް ‏މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ދާދި ދެންމެ ކުރި ޓުވީޓެއްގައި ވިދާޅުވީ،  “ބުރެވި” ތޫފާންގެ ބާރު ދަށްވެ، މިހާރުވަނީ ބާރުގަދަ ކޮޅިގަނޑަކަަށް ބަދަލުވެފައިކަމަށާއި އެތޫފާނު މިހާރު ހުރީ، އިންޑިޔާގެ ކަންޔާކުމާރީގެ އިރުއިރުއުތުރުން 200 އެއްހާ ކިލޯމީޓަރު ދުރުގައިކަމަށެވެ. މެޓް އޮފީހުން އިއްޔެ މެންދުރު ފަހު 14:00 އިން މިރޭ މެންދަމު 2:00 އަށް ނެރުނު ހުދު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ، ތޫފާނު ”ބުރެވި” މިހާރު...

އިބްރާހިމް އަސްވާޤް
އެޑަމް އާއިއެކު ކޯޑު ކުރަން ދަސްކުރުމަށް ރަނުގެ ފުރުޞަތެއް

އެޑަމް އާއިއެކު ކޯޑު ކުރަން ދަސްކުރުމަށް ރަނުގެ ފުރުޞަތެއް

ހދ. ވައިކަރަދޫއަށް އުފަން އާދަމް ވަހީދު (އެޑަމް) ގެ ބޭސިކް ވެބް ޑިވެލޮޕްމެންޓް އެންޑް ވެބް ޑިޒައިނިން ކުރުމުގެ އޮންލައިން ކޯހުގެ ބައިވެރިވެ، ވެބް ޑިވެލޮޕްމެންޓް، ވެބް ޑިޒައިން އަދި ވެބް ސޮފްޓްވެއާ ހެދުމުގެ ހުނަރު ދަސްކުރުމަށް މިއީ ރަނގަޅު ފުރުޞަތެކެވެ. ކާމިޔާބު ކަމާއިއެކު ދެ ބެޗަށް މި ކޯސް ފުރިހަމަކޮށްދިނުމަށްފަހު ތިންވަނަ ބެޗްގެ ކޯސް ފެށުމަށް މިހާރު އެޑަމްދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މި ކޯހުގެ ތިންވަނަ ބެޗް 05 ޑިސެމްބަރ 2020 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި […]

އިބްރާހިމް ޚަލީލް
އުފާވެރި ޚަބަރެއް، ހުރިހާ ރައްޔިތުންނަށް ހިލޭ ކޯވިޑް ވެކްސިން ލިބޭނެ

އުފާވެރި ޚަބަރެއް، ހުރިހާ ރައްޔިތުންނަށް ހިލޭ ކޯވިޑް ވެކްސިން ލިބޭނެ

ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ކޯވިޑް ވެކްސިން ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 3 މަޝްރޫއެއް އިފްތިތާހުކޮށްދެއްވުމަށް ހައްދުއްމައްޗަށް ކުރަށްވަމުން ގެންދަވާ ދަތުރު ފުޅުގައި، ލ. ގަމުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ރާއްޖޭގައި ދިރިއުޅޭ ހ...

ޔުމްނާ ޢަލީ
ދިއްދޫ ގިރާ ސަރަހައްދު ތަކަށް ހައްލެއް ލިބެނީ

ދިއްދޫ ގިރާ ސަރަހައްދު ތަކަށް ހައްލެއް ލިބެނީ

އިންތިހާއަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ހއ. ދިއްދޫގެ، ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަކީ އެރަށުގެ ރައްޔިތުން ކުރަމުން އަންނަ ދިގު އިންތިޒާރެކެވެ. އެ އިންތިޒާރު ނިމުމަކަށް ގެނުވާނެ، ދިއްދޫ ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމު ގެ މަޝްރޫއުގެ މަސައްކަތް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުނހަވާލުކޮށްފައި ވަނީ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ، ކާމިޔާބު ކަމާއިއެކު ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 180 ދުވަހުގެ ތެރ...

ޝިއުނާ އާދަމް
ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ވަނީ ނިމިފައިވާ ކަމަށާއި، މި މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ %95 ނިމިފައި ވާކަމަށެވެ. މީގެއިތުރުން ދުވާރު ހެދުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ %85 ނިންމާލެވިފައިވާ ކަމަށާއި އަދި ހޮޅިވަޅުލުމުގެ މަސައްކަތުގެ...

އަޙްމަދު ވަހީދު
ހާލުގައި ޖެހުނު ލަންކާގެ 2 މަސްބޯޓަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ހާލުގައި ޖެހުނު ލަންކާގެ 2 މަސްބޯޓަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ހާލުގައި ޖެހުނު ސްރީލަންކާގެ 2 މަސްބޯޓަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެމްއެންޑީއެފްއިން ބުނީ، ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން “ބުރެވި”ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޓަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. ހާލުގައި ޖެހިފައިވާ ދެ ބޯޓު ހދ.ކުމުންދޫގެ ބޭރުން ފެނިފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ “މޫސުން 7” ނަމަކަށް ކި...

އިބްރާހިމް އަސްވާޤް
ތޫފާނު ބުރެވި: ކެލާގެ އިރު އުތުރުން 760 ކިލޯމީޓަރު ދުރުގައި

ތޫފާނު ބުރެވި: ކެލާގެ އިރު އުތުރުން 760 ކިލޯމީޓަރު ދުރުގައި

ތޫފާނު ”ބުރެވި” މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރ ދުރުގައިކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން މިއަދު މެންދުރު ފަހު 14:00 އިން މިރޭ މެންދަމު 2:00 އަށް ނެރުނު ހުދު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ، ތޫފާނު ”ބުރެވި” މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރ ދުރުން ގަލް އޮފް މަނާރުގައި ކަމަށެވެ. މި ތޫފާނު ދަތުރު ކުރަމުންދަނީ […]

ޔުމްނާ ޢަލީ
ފެރީގެ ނިޒާމު ގާއިމުކުރުމަށް އެކުލަވާލި ޓްރާންސްޕޯޓު ނެޓްވޯކު މިމަހު 15 ގެ ކުރިން އެންޑޯޒް ކުރެވޭނެ: އަސްލަމް

ފެރީގެ ނިޒާމު ގާއިމުކުރުމަށް އެކުލަވާލި ޓްރާންސްޕޯޓު ނެޓްވޯކު މިމަހު 15 ގެ ކުރިން އެންޑޯޒް ކުރެވޭނެ: އަސްލަމް

ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް އެކުލަވާލި ޓްރާންސްޕޯޓު ނެޓްވޯކު މިމަހު 15 ގެ ކުރިން ސަރުކާރު ތެރެއިން އެންޑޯޒް ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ […]

އަލީ އާދިލް
ނޮޅިވަރަންފަރު ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް

ނޮޅިވަރަންފަރު ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް

ފުލުހުން، ހދ. ނޮޅިވަރަންފަރު ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގައިފިއެވެ. ފުލުހުން ވިދާޅުވީ، ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން މިދިޔަ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް، ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށެވެ. މީގެއިތުރުން ކުށެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ކުށްތަކު...

ޔުމްނާ ޢަލީ
''ސާރާއާއިއެކު މަކުނުދޫ'' ކެމްޕެއިން މިމަހު 5 އަށް ދަންމާލައިފި

''ސާރާއާއިއެކު މަކުނުދޫ'' ކެމްޕެއިން މިމަހު 5 އަށް ދަންމާލައިފި

މައިބަދާގައި ޓިއުމަރެއް އުފެދިފައި ވުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ ހދ. މަކުނުދޫ، އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމަށް މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ ”ސާރާއާއިއެކު މަކުނުދޫ” ކެމްޕެއިން މި މަހުގެ 5 ގެ ނިޔަލަށް ދަންމާލައިފިއެވެ. ސާރާ އުފަންވެފައިވަނީ 23 ނޮވެމްބަރ 2019 ގައެވެ. ދުނިޔެއަށް އުފަންވީއިރު ސާރާގެ މައިބަދައިގައި ޓިއުމަރެއް އުފެދިފައިވީ ނ...

ޝިއުނާ އާދަމް
ތޫފާނު ބުރެވި: މިހާރު ހުރީ ކެލާގެ އިރު އުތުރުން 870 ކިލޯމީޓަރު ދުރުގައި

ތޫފާނު ބުރެވި: މިހާރު ހުރީ ކެލާގެ އިރު އުތުރުން 870 ކިލޯމީޓަރު ދުރުގައި

ތޫފާނު ބުރެވި މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 870 ކިލޯމީޓަރ ދުރުގައިކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން މިރޭ ދަންވަރު 02:00 ގައި ނެރުނު ހުދު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ، ތޫފާނު ދަތުރުކުރަމުންދަނީ ހުޅަނގު – ހުޅަނގުއުތުރަށް ރާއްޖޭގެ އުތުރުން ގަލް އޮފް މަނާރަށް ކަމަށެވެ. މިރޭ 23:00 ގައި ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ އެންމެ ފަހުގެ މޫސުމާއި ބެހޭ މަޢުލޫމާތުގައިވަނީ “ބުރެވި” ތޫފާން ހުޅަނގުއުތުރަށް ދަތ...

ޝިއުނާ އާދަމް
އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަ ވަނީ

އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަ ވަނީ

“ބުރެވި” ތޫފާން ސްރީލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް އެއްގަމަށް މިހާރު އަރާފައިވާއިރު، ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ އިތުރަށް ބާރު ގަދަވަމުންކަމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ވިދާޅުވެއްޖެއެވެ. މިކަމާއި ގުޅިގެން މިރޭ 23:00 ގައި ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ އެންމެ ފަހުގެ މޫސުމާއި ބެހޭ މަޢުލޫމާތުގައިވަނީ “ބުރެވި” ތޫފާން ހުޅަނގުއުތުރަށް ދަތުރުކޮށް 3 ޑިސެންބަރު ގެ ހެނދުނު ކޮމޮރިން ސަރަހައްދު ތެރެއަށް ދާނެކަމަށެވ...

އިބްރާހިމް ޚަލީލް
މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށް ބޭތިއްބުމާއި އަވީގައި ބޭތިއްބުމަށް ތަރުޙީބެއް ނުދެން: މިނިސްޓަރު

މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށް ބޭތިއްބުމާއި އަވީގައި ބޭތިއްބުމަށް ތަރުޙީބެއް ނުދެން: މިނިސްޓަރު

‏ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށް ބޭތިއްބުމާއި، އަވީގައި ބޭތިއްބުމަކީ ތަރުޙީބުދޭ ކަމެއްނޫން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ”މަރުޙަބާ ކިޔުމުގައި ސްކޫލްތަކުގެ ދަރިވަރުން ޢަމަލުކުރަންވީގޮތް” 3 ޑިސެމްބަރު 2018 ގައި ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާއެއް ހިއްސާ ކުރަށް ވަމުން ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މ...

ޔުމްނާ ޢަލީ
އައުޓްޑޯރ ފިޓްނަސް ޕާކެއް ކުރިނބީގައި ހުޅުވައިފި

އައުޓްޑޯރ ފިޓްނަސް ޕާކެއް ކުރިނބީގައި ހުޅުވައިފި

ކުރިނބީ ޔޫތް މޫވްމެންޓް (ކީމް) ޖަމްޢިއްޔާގެ ފަރާތުން އިސްނަގައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑްގެ ދަށުން ހދ.ކުރިނބީގައި ތަރައްޤީކުރި ފިޓްނެސް ޕާކް ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. 02 ޑިސެމްބަރ 2020 ބުދަ ދުވަހު ހަވީރު 16:30 ގައި މި ޕާކް ހުޅުވުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ޕާކް ހުޅުވައި ދެއްވީ ކުރިނބީ ކައުންސިލުގެ ރައީސް މުޙައްމަދު އަފްރާހްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރިނބީ ކައުންސިލުގެ ރައީސް ވިދާޅުވެފައިވަނީ ފެނިގެން މިދަނީ...

އިބްރާހިމް ޚަލީލް
އައްޑޫ ހުވަދޫ ބަހުސެއް ކުރުން ރަނގަޅެއްނޫން، އެއީ އަތޮޅުތައް ނިކަމެތިވާނެ ކަމެއް: ނަޝީދު

އައްޑޫ ހުވަދޫ ބަހުސެއް ކުރުން ރަނގަޅެއްނޫން، އެއީ އަތޮޅުތައް ނިކަމެތިވާނެ ކަމެއް: ނަޝީދު

ރައްޔިތުންގެ މަޖިލިސްގައި މިދިޔަ ހަފުތާއާއި، މިހަފުތާގައިވެސް ވަރަށް ބޮޑަށް ހުވަދޫ، އައްޑޫ ބަހުސެއް ހިނގަމުންދާ ކަމަށާއި، އެއީ ރަނގަޅުކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު، ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމާއި ކުރެއްވި ސުވާލުތ...

އަލީ އާދިލް
ށ. އަތޮޅު ހޮސްޕިޓަލުގައި ތައިރޮއިޑްގެ ކާމިޔާބު އޮޕަރޭޝަންއެއް ކޮށްފި

ށ. އަތޮޅު ހޮސްޕިޓަލުގައި ތައިރޮއިޑްގެ ކާމިޔާބު އޮޕަރޭޝަންއެއް ކޮށްފި

ށ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކީ ތައިރޮއިޑްގެ އޮޕަރޭޝަންއެއް ކޮށްފިއެވެ. އެ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ފަރާތުން މިއަދު ވަނީ ކާމިޔާބު ކަމާއި އެކު ތައިރޮއިޑްގެ އޮޕަރޭޝަންއެއްކޮށްފައިކަމަށެވެ. އެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ 25 އަހަރުގެ އަންހެނަކު އެއްފަހަރަށްވުރެ ގިނަ ފަހަރު ބައިގެންދިޔުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި ހަރަކާތްތެރިވާ އަންހެނުންގެ ޑޮކްޓަރު ވަނީ މިކަންއިތުރަށް ދިރާސާކޮށްފައިކަމަށެވެ. އަދި އިތުރު ތަހުލީލުތ...

މުޙައްމަދު މާއިލް ހަސަން