ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. އިހަވަންދޫ ކައުންސިލް މެންބަރުކަމަށް ވާދަކުރައްވާ ބައެއް ކެނޑިޑޭޓުން އިހަވަންދޫ ކައުންސިލަށާއި ސަރުކާރަށް ފާޑުކިޔައިފި އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހު އިހަވަންދޫ ކައުންސިލުން ބޭއްވުމަށް އިޢުލާންކޮށްފައިވާ މަސްރޭހުގެ ޕޯސްޓަރ ޝެއަރ ކުރައްވާ ޖޭޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ޢަބްދު ﷲ އިރުޝާނު ވިދާޅުވެފައިވަނީ މަސްވެރިން ބާނާ މަސްކޮޅު ނުކިރިގެން އުޅޭއިރު މިބައިމީހުން މިއުޅެނީ ޑުރާމާ ނުކުޅެވިގެންކަމަށާއި ކުރާނެ ކަމެއް ނެތީވިއްޔާ ބަތްކައްކާ ކުޅުމަށް ގޮވާލާފަ އެވެ.
މީގެ އިތުރުން ޢަބްދުﷲ އިރުޝާނުގެ އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަސްވެރިންނަށް ހެޔޮ އެދޭ ބަޔަކު މިހާލަތުގައި ބަލާނީ މަސްރޭސް ޖެހޭތޯ ނޫންކަމަށެވެ.
މަސްވެރި އިހަވަންދޫ ކިޔާ އައިޑީއަކުން މަސްވެރިންގެ ހާލު ހާމަކޮށްދީފައިވާ ޕޯސްޓެއް ޝެއަރ ކުރުމަށްފަހު ޕީޕީއެމްގެ ކެންޑިޑޭޓު މުޙައްމަދު އަރީބު ވިދާޅުވެފައިވަނީ މަސްވެރިންނަށް ހައްލެއް ބޭނުންކަމަށާއި، އަޑުއަހާނެ ކަންފަތެއް ނެތުމީ ހިތާމަ ހުރިކަމެއް ކަމަށެވެ.
މީގެ ކުޑަދުވަސްކޮޅެއް ކުރިން ކައުންސިލްގެ ޕީޕީއެމް މެމްބަރު އަޙްމަދު ރިޟްވާންވެސް ސަރުކާރަށް މި މައްސަލާގައި ހޫނުގަދަ ބަހުގެ ހަމަލާއެއް ދީފައެވެ. ރިޟްވާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔެފައިވަނީ، މަސްވެރިކަމުގެ ސިނާޔަތް ކުރި އެރުވަން އޮތް މިނިސްޓުރީ ވަނީ ފެތިފަކަމަށެވެ.
އުނދުންމަތީ އުދި މަސްތެލިވަނީ ފޫވެއްޓިފައި، ބޭ މަސްކޮޅު ވަނީ ކައްޓަވެ ގޮސްފައި، އަދުގެ ސަރަކާރުން ވަނީ މަސްވެރިންގެ އާއިލާތައް ބިކަކޮށްފަ، މަސްވެރިންކުރި އުންމީދަކީ މީ ތޯ؟
ޕީޕީޢެމްގެ ސުޓިއަރިންގް ކޮމިޓީގެވެސް މެމްބަރުކަން ކުރައްވާ އަޙްމަދު ރިޟްވާން، މި ސަރުކާރަށް ފާޑުވިދާޅުވަމުން ވިދާޅުވެފައިވެއެވެ.
މަސްވެރިންގެ ހާލަތާމެދު ކައުންސިލަށާއި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ، މަސްވެރިކަން ރަނގަޅުވެ، ބާނާ މަސްނުކިރި އެތައް ދުވަހަކު ކިޔުގައި މަޑުކުރުމުގެ ސަބަބުން މަސްވެރިންނަށް ބޮޑުތި ގެއްލުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!