އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއެއް ހުއްޓުވާފައިވާ ކަމަށް މޯލްޑިވްސް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.
މިގޮތުން ހިފެހެއްޓި އެއް 2 ބިދޭސީންނަކީ ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ދެ ބިދޭސީއެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މީގެ އިތުރުން ހިފެހެއްޓި3 ވަނަ ބިދޭސީ މީހާއަކީ ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި މީހެއް ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މި ތިން ބިދޭސީންނާއި ގުޅޭ އިތުރު މަޢުލޫމާތެއް އިމިގްރޭޝަނުން އަދި ހާމަ ކުރަށްވާފައެއް ނުވެއެވެ.
މީގެކުރިން ވެސް އިމިގްރޭޝަނުން ވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓުތަކެއް އަދި ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ މީހުން އެކި ފަހަރުމަތިން ހުއްޓުވާފައެވެ.
ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ދެ ބިދޭސީއަކާއި، ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވައިފި. pic.twitter.com/lSYsROalJL
— Maldives Immigration (@ImmigrationMV) December 6, 2020
މިގޮތަށް ގަވައިދާ ޚިލާފަށް އެތެރެވާ މީހުން އިމިގްރޭޝަނުން ދަނީ އަނބުރާ ޤައުމަށް ފޮނުވަމުންނެވެ.
ރާއްޖެ އެތެރެވާ މީހުންގެ މަޢުލޫމާތު ރައްކާކުރުމާއި، މަޢުލޫމާތުގެ ސައްޚަކަން ދެނެގަތުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ނިޒާމުވެސް ވަނީ ވަރުގަދަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!