ނ. ހެނބަދޫގެ ”ޖޯޝް ޖަމްޢިއްޔާ”އިން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދާ ”ޖޯޝް ޗެމްޕިއަންޝިޕް2020” ފުޓްބޯޅަ މުބާރާތް ފޯރިއާއިއެކު ކުރިއަށް އެބަދެއެވެ. ހެނބަދޫގެ ތަރައްޤީއަށާއި، އިޖުތިމާޢީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ ”ޖޯޝް ޖަމްޢިއްޔާ” އިން ކުރިއަށް ގެންދާ މި ފުޓްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށާފައިވާއިރު، މި މުބާރާތް ކުރިއަށް ދަނީ ހެނބަދޫ ފުޓްބޯޅަ ދަނޑުގައެވެ. މި މުބާރާތުގައި ހެނބަދޫގެ 5 ޓީމެއް ވާދަ ކުރަމުންދާއިރު، މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނީ ގްރޫޕް ސްޓޭޖް ނިމޭއިރު އެންމެ ގިނ...
އަޙްމަދު ވަހީދު
ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދެމުންދާ “އިންކަމް ސަޕޯޓް އެލަވަންސް” ދޭ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ. އެކަން ހާމަކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ކުރި ޢިއުލާނެއްގައި ބުނީ ކޯވިޑް-19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުސޫލުގެ ދަށުން ތިންވަނަ ބުރުގައި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި، ނޮވެންބަރު މަހާއި އަދި ޑިސެންބަރ...
އަޙްމަދު ވަހީދު
ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ޑިރެކްޓަރ-ޖެނެރަލް ލެވެލްގެ މަޝްވަރާތައް 10 ޑިސެމްބަރު 2020 ވަނަ ދުވަހު އޮންނާނެކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ބުނެފި އެވެ. ދިވެހިރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރ...
ޝިއުނާ އާދަމް
ލައިސަންސް ނެތި ހުއިފިލަނޑާގެ މަސްވެރިކަން ނުކުރެވޭގޮތް ހަދާ، ޚާއްސަ ލައިސަންސް އެއް ދޫކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ. ފިޝަރީޒް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ މިނިސްޓްރީން ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައެވެ. މި ޕްލޭންގައިވާ ގޮތުން ހުއިފިލަނޑާގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ ލައިސަންސެއް ދޫކުރެވޭނެއެވެ. އެއާއެކު މަސްވެރިކަމުގެ ތަފާސް ހިސާބުތައް ބެލެހެއްޓި، މަސްވެރިކަމުގެ ޞިނާޢަތް...
ޔުމްނާ ޢަލީ
ޑްރޯންއެއް ބޭނުން ކޮށްގެން ކ. މާފުށީ ޖަލަށް ވައްދަން އުޅުނު އިލެކްޓްރޯނިކް އާލާތްތަކެއް އަތުލައިގެންފި އެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑްރޯން ބޭނުންކޮށްގެން މާފުށި ޖަލަށް ވައްދަން އުޅުނު ފޯނުތަކަކާއި އިތުރު އެއްޗެހިތަކެއް ޕްރިޒަންސް އޮފިސަރުން ރޭގެ ވަގުތެއްގައި އަތުލައިގެންފައިވާކަމަށެވެ. އަތުލައިގެންފައިވަނީ 8 މޮބައިލް ފޯނާއި، 6 ޗާޖަރާއި ވައިފައި ރައުޓަރެއްގެ އިތުރުން ސިމްތަކަކާއި 2 ސިމް ކާޑުކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހ...
ޔުމްނާ ޢަލީ
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު ޢައްޔަން ކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މި ހިނގާ ޑިސެންބަރު މަހުގެ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އެ އޮފީހުން ވިދާޅުވިއެވެ. މެންބަރުކަމުގެ މަޤާމަށް ކުރިމަތި...
ޝިއުނާ އާދަމް
ޤައުމަށް ކުރިމަތިވެފައިވެފައިވާ އެކިއެކި އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި ނޫސްވެރިންގެ ދައުރު މިހާރަށްވުރެ އިތުރުކޮށް، މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވައިފިއެވެ. ރައީސް ޞާލިޙް މިގޮތަށް އެދި ވަޑައިގަތީ ނޫސްވެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މިޑިއާ ކައުންސިލުން ރޭ ބޭއްވި 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ޙަފުލާގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖުގައެވެ. އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވ...
ޔުމްނާ ޢަލީ
ކުއީން އެލިޒަބެތް ކޮމަންވެލްތު ސްކޮލަރޝިޕް (ކިއު.އީ.އެސް)ގެ ދަށުން މާސްޓަރސް ޑިގްރީ ހާސިލްކުރުމަށް 12 ފުރުޞަތު ހުޅުވާލެވިފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އިން ބުނެފި އެވެ. ހަޔަރ އެޑިޔުކޭޝަން އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2021 އިން 2022 ވަނަ އަހަރަށް ކުއީން އެލިޒަބެތް ކޮމަންވެލްތު ސްކޮލަރޝިޕް (ކިއު.އީ.އެސް)ގެ ދަށުން ކޮމަންވެލްތުގެ 9 ޤައުމެއްގައި މާސްޓަރސް ޑިގްރީ ހާސިލްކުރުމަށް 12 ފުރުޞަތު މެމްބަރު ޤައުމުތަކަށް ހުޅުވާލާފައިވާކަމަށެވެ. މި ސްކޮލަރޝިޕްތަކާއި ބެހޭ އިތުރު މަޢުލޫ...
އިބްރާހިމް އަސްވާޤް
އިސްލާމީ ޝަރިޢަތް ބިނާވެގެންވަނީ ޤުރްއާނާއި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގެ މައްޗަށެވެ. ވީއިރު، ޤުރްއާނަށް އީމާންވެ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް ދޫކޮށްލާމީހާ ފުރިހަމަ އިސްލާމަކަށް ނުވާނެކަން ޔަޤީނެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ( وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ) الأحزاب: 36 މާނައީ: […]
އަޙްމަދު ޢާޞިމް އަބްދުﷲ
ބަލިވެއިނުމުން މައިމީހާގެ ހަށިގަނޑަށް ބަދަލުތަކެއް އާދެއެވެ. އެހެންކަމުން އެދުވަސް ވަރު ކެއިން ބުއިމުގެ އާދަތަކަށް ބަދަލުގެނައުމަކީ މުހިއްމު ކަމެކެވެ. ބަދަލުވަމުންދާ ހަށިގަނޑަށާއި ބަނޑުގައިވާ ދަރިފުޅުގެ ހެދިބޮޑުވުމަށް ދެވޭނެ އެންމެ ބޮޑު އެހީއަކީ ހަށިގަނޑަށް ފައިދާހުރި ތަފާތު ބާވަތްތަކުގެކާނާ ބޭނުންކުރުމެވެ. ކުޑަދަރި ފުޅަށާއި މައިމީހާގެ ފުރާނައަށް ދިމާވެދާނެ އެކި އެކި މައްސަލަތަކާއި ދިގު މުއްދަތަކަށް ދެމިގެން ހިނގާދާނެ ފަދަ ޞިއްޙީ މައްސަލަތަކުން އެއްކިބާވުމަށް މާބަނޑު ދުވަސްވަރު ހަށިގަނޑަށް ފައިދ...
ތިލަދުން
ނޫސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރު ދިނުމުގެގޮތުން މީޑިއާ ކައުންސިލުން ރޭ ބޭއްވި 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި 10 ފަރާތަކުން އިނާމް ޙާޞިލުކޮށްފި އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް އިން ދޭ ނޫސްވެރިކަމުގެ އިނާމް ހާޞިލުކުރި ފަރާތްތަކަށް އެވޯޑާއި އިނާމުތައް ހަވާލުކޮށްފައިވަނީ އެކަމަށްޓަކާ ރޭ ޓީވީއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މީޑިއާ ކައުންސިލުން ދެމުން އަންނަ މި އެވޯޑަށް މިއަހަރު 11 ދާއިރާއ...
ޝިއުނާ އާދަމް
ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ”ސާރާއާއިއެކު މަކުނުދޫ” ހަރަކާތް ނަމޫނާ ހަރަކާތެއް ގޮތުގައި ނިންމާލައި، އެ ހަރަކާތުން ލިބުނު ފައިސާގެ އެހީ ޢާއިލާއާއި ހަވާލު ކޮށްފިއެވެ. މި ހަރަކާތަކީ މައިބަދާގައި ޓިއުމަރެއް އުފެދިފައި ވުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ ހދ. މަކުނުދޫ، އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމުގެ ގޮތުން އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދ...
Thiladhun
ހއ.މުރައިދޫގައި ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން އެ އެކަޑަމީގައި ތަމްރީނު ހަދަމުންދާ ކުދިންގެ އަންހެން ބެލެނިވެރިންނަށް ހާއްޞަ ކޮށްގެން “ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް 2020” ގެ ނަމުގައި ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ލޭޑީ އީގަލްސްއިން ހޯދައިފިއެވެ. 07 ޑިސެމްބަރ 2020 ވީ ހޯމަ ދުވަހުގެ ރޭ މުރައިދޫ ފުޓްސަލް ދަނޑުގައި ކުޅުނު ވާދަވެރި ފޯރިގަދަ ފައިނަލްމެޗު ލޭޑީ އީގަލްސްއިން ކާމިޔާބު ކޮށްފައިވަނީ، ޓީމް ބިޒީ […]
އިބްރާހިމް ޚަލީލް
ކޯވިޑާއި ގުޅިގެން ބަންދުކުރި ސިޓީތަކާއި، ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް އަލުން ހުޅުވާލަން ހުއްދަ ދިނުމުގައި ކައުންސިލްތަކުގެ އާނބަސް ބޭނުންވާގޮތަށް ކުރިން އޮތް އުސޫލަށް ބަދަލުގެނެސް، ގެސްޓްހައުސްތައް ހުޅުވަން ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަމަޖައްސައިފިއެވެ. ޓޫރިޒަމް މިނިސްޓްރީއިން އަލަށް މިގެނައި ބަދަލުގެ ދަށުން، އެ އުސޫލަށް އަމަލު ކުރަން ނިންމާފަިއވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ކުރިން އަމަލު ކުރަމުންއައިގޮތް ބަދަލުކޮށް...
އަޙްމަދު ވަހީދު
ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ބަންދުކޮށްފައިވާ އުތީމު ގަނޑުވަރު 2020 ޑިސެމްބަރު 13 ވާ އާދިއްތަ ދުވަހުން ފެށިގެން އަލުން ހުޅުވާލަން ނިންމައިފިއެވެ. އެކަން ހާމަކޮށް ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ، އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެނދުރުފަހު 13:30 އަށް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ގަނޑުވަރު ދެއްކުން ކުރިއަށްދާނެ ކަމަށެވެ. ގަނޑުވަރަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށ...
ޔުމްނާ ޢަލީ
މާލޭގައި ފުލުހުން ކުރިއަށް ގެންދާ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ. ފަރީދީ މަގު ބަންދުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނާއި ބެހޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފަރީދީ މަގުގެ ވަކި ސަރަޙައްދެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކާރެއްގެ ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށެވެ. މިމައްސަލައިގައި ތުހުމަތު ކު...
އިބްރާހިމް އަސްވާޤް
ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއްކަމަށާއި ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ކުރީގެ ރައީސް މައުމޫން މިހެން ވިދާޅުވީ، “އާސްކް ސްޕީކާ” ޕްރޮގްރާމްގައި ރޭ މީހަކު ކުރެއްވި ސުވާލަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ދެއްވި ޖަވާބައް ރައްދުދެއްވާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. ރައީސް ނަޝީދު ރޭ ވިދާޅުވީ، ރާއްޖެއަށް ބ...
ޔުމްނާ ޢަލީ
އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީ އިން މިއަރުގެ ބޮޑު ޗުއްޓީ އާއި ދިމާކޮށް “މޫލީ އިޔާ އެންޑް ކާނިވަލް 2020” ގެ ނަމުގައި ޑިޖިޓަލް ކާނިވަލެެއް ފަށައިފި އެވެ. އޫރިދޫއިން ބުނީ، މި ކާނިވަލްގައި އެ ޕްލެޓްފޯމްގައި ތަކެތި ވިއްކާ 10 ފަރާތެއްގެ ތަކެތިން 50 ފަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. ޑިސްކައުންޓްގެ އިތުރުން ކޮންމެ ދުވަހަކު، ކޮންމެ ހަފުތާއަކު އަދި ކާނިވަލުގެ މުއްދަތުގައި ވިޔަފާރިކުރާ މީހުންގެ ތެރެއިން، ނަސީބުވެރި ފަރާތްތަކަށް އަގުހުރި އެތައް އިނާމެއް […]
ޔުމްނާ ޢަލީ