މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މަޣްރިބު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1767 ވަނަ ޞަފްޙާ

ކައުންސިލް އިންތިޚާބުގައި ވޯޓު ދޭނެ މީހުން އިހުތިޔާރު ކުރުމުގައި ފުންކޮށް ވިސްނުމަށް އިލްތިމާސެއް

ކައުންސިލް އިންތިޚާބުގައި ވޯޓު ދޭނެ މީހުން އިހުތިޔާރު ކުރުމުގައި ފުންކޮށް ވިސްނުމަށް އިލްތިމާސެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކެންޑިޑޭޓުން އިހްތިޔާރުކުރުމުގައި ރައްޔިތުން މިހާރަށްވުރެ ފުންކޮށް ވިސްނުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ސެއިޚް އިލްޔާސް ހުސައިން އިލްތިމާސް ކުރަށްވައިފިއެވެ. ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިންގެ ތެރޭގައި އިސްކޮށް މަސައްކަތްވެސް ކުރަށްވާ ސެއިޚް އިލްޔާސް މި އިލްތިމާސް ކުރެއްވީ ކުރެއްވި ޓުވީޓެއްގައެވެ. ސެއިޚް އިލްޔާސް ކުރެއްވި އެ ޓްވީޓެއްގައި ވިދާޅުވީ ފާއިތުވެ ދިޔަތަނުން އިބްރަތް ހާސިލްކޮށް ކުރިއަށް އޮތް ލޯކަލް ކަ...

އަޙްމަދު ވަހީދު
އިންކަމް ސަޕޯޓް އެލަވެންސް: 242 މިލިއަން ރުފިޔާ ދޫކޮށްފި

އިންކަމް ސަޕޯޓް އެލަވެންސް: 242 މިލިއަން ރުފިޔާ ދޫކޮށްފި

ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުންދޭ “އިންކަމް ސަޕޯޓް އެލަވަންސް”ގެ ގޮތުގައި 242.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް 17,410 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސް ދޫކޮށްފައި ވެއެވެ. ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް އެލަވެންސް” ލިބޭނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، […]

ޝިއުނާ އާދަމް
ހައި-ސްޕީޑް ފެރީ: ސެޕްޓެމްބަރު މަހު އުތުރުގެ 3 އަތޮޅަށް ޙިދުމަތް ދޭން ފެށަނީ

ހައި-ސްޕީޑް ފެރީ: ސެޕްޓެމްބަރު މަހު އުތުރުގެ 3 އަތޮޅަށް ޙިދުމަތް ދޭން ފެށަނީ

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ގެ (ހއ.، ހދ. ށ.) އަތޮޅުތަކަށް ޙިދުމަތް ދޭން ފެށޭނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީއާއި އިއްޔެ ވަނީ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށް...

އިބްރާހިމް އަސްވާޤް
ކޯވިޑް-19ގެ އައު ވޭރިއަންޓްއާއި އެކު އިނގިރޭސިވިލާތުގެ ބޯޑަރުތައް އިތުރަށް ހަރުކަށިކޮށްފި

ކޯވިޑް-19ގެ އައު ވޭރިއަންޓްއާއި އެކު އިނގިރޭސިވިލާތުގެ ބޯޑަރުތައް އިތުރަށް ހަރުކަށިކޮށްފި

އިނގިރޭސިވިލާތުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޯވިޑް-19ގެ އައު ވޭރިއަންޓްއާއި އެކު، އެ ޤައުމުގެ ބޯޑަރުތައް އިތުރަށް ހަރުކަށިކުރުމަށް އެ ޤައުމުން ނިންމައިފިއެވެ. މި އައު ނިންމުމުގެ ދަށުން “ޓްރެވަލް ކޮރިޑޯ” ގައި ކަރަންޓީން ވާން ނުޖެހޭ ޤައުމުތަކުން އަންނަ މީހުންވެސް ދެން ކަރަންޓީން ވާން ޖެހޭނެއެވެ. ކޯވިޑް-19ގެ އައު ވޭރިއަންޓްގެ ސަބަބުން އެ ޤައުމުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަންވަނީ ތިންވަނަ ރާޅަކަށް ތައްޔާރުވުމަށް ބޮޑެތި މަސައްކަތް ކުރަމުންނެވެ. ބޯރިސްގެ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގ...

މުޙައްމަދު މާއިލް ހަސަން
ރަޝިޔާގެ އިދިކޮޅު އެކްޓިވިސްޓް ނަވާލްނީ ހައްޔަރުކުރަނީ

ރަޝިޔާގެ އިދިކޮޅު އެކްޓިވިސްޓް ނަވާލްނީ ހައްޔަރުކުރަނީ

މިިދިޔަ އަހަރުގެ ތެރޭގައި ޒަހަރު ދީގެން މަރާލަން ބަޔަކު މަސައްކަތްކޮށްފައިވާ ރަޝިޔާގެ އިދިކޮޅު އެކްޓިވިސްޓު ރަޝިޔާއަށް އެރުމާއި އެކު ހައްޔަރުކުރުމަށް ނިންމައިފިއެވެ. އޭނާއަށް ޒަހަރު ދީގެން މަރާލުމަށް މަސައްކަތް ބަޔަކު ކުރުމާއި އެކު، ފަރުވާ ހޯދުމަށް އޭނާ ގޮސްފައިވަނީ ޖަރުމަނުވިލާތަށެވެ. އަދި ޖަރުމަނުވިލާތުން މިއަދު އެނބުރި ރަޝިޔާއަށް ދިޔުމާއި އެކު ރަޝިޔާ ކޯޓުތަކުގެ އަމުރަކާއި އެކު، އޭނާ މިވަނީ ހައްޔަރުކުރުމަށް ނިންމާފައެވެ. އޭނާ ހައްޔަރުކުރުމަށް ނިންމާފައިވަނީ މަކަރާއި ޙީލަތް އަދި އޮޅުވާލުމުގެ ދަ...

މުޙައްމަދު މާއިލް ހަސަން
ހަނިމާދޫ އެއާޕޯޓު މުވައްޒަފުން ތެރެއިން ސިވިލް ސާވިސްގައި ތިބުމަށް އެދޭ މުވައްޒަފުން ނަން ނޯޓު ކުރަނީ

ހަނިމާދޫ އެއާޕޯޓު މުވައްޒަފުން ތެރެއިން ސިވިލް ސާވިސްގައި ތިބުމަށް އެދޭ މުވައްޒަފުން ނަން ނޯޓު ކުރަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މުވައްޒަފުން ތެރެއިން ސިވިލް ސާވިސްގައި ދެމި ތިބުމަށް ބޭނުންވާ މުވައްޒަފުން ނަން ނޯޓު ކުރުމަށް ހުޅުވާލައިފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮފީހުން، އެ އެއާޕޯޓްގެ މުވައްޒަފުންނަށް މިއަދު ނެރުނު އެންގުމެއްގައި ބުނީ، ރީޖަނަލް އެއާޕޯޓް ކުންފުންޏަކަށް ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދާތީ، ސިވިލް ސާވިސް މުވައްޒަފުން ގޮތުގައި ދެމި ތިބުމަށް ބޭނުންވާ މުވައްޒަފުން އެ އޮފީހަށް ގޮސް ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މިހާތަނަށް ހިންގަ...

އަލީ އާދިލް
ކުރިނބީގައި ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމަށް ފެނަކަ އަދި ދިއްދޫ ''ކޭޑީ'' ކުންފުނީގެ އެހީތެރިކަން

ކުރިނބީގައި ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމަށް ފެނަކަ އަދި ދިއްދޫ ''ކޭޑީ'' ކުންފުނީގެ އެހީތެރިކަން

ހދ. ކުރިނބީގައި ތަރައްގީކުރާ ކުޑަކުދިންގެ ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގައި ކުރިނބީ ފެނަކަ ބްރާންޗްގެ މުވައްޒަފުންނާއި، ހއ. ދިއްދޫ ކޭޑީ ކުންފުނިން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއާއި ކުރިނބީ ކައުންސިލް ގުޅިގެން އެރަށުގައި ތަރައްގީ ކުރާ ޕާކު ގާއިމުކުރާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރިނބީ ކައުންސިލާއި، އެރަށުގެ ރައްޔިތުން ގުޅިގެން ފެށީ މި ހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ކުރިނބީ ކައުން...

އަޙްމަދު ވަހީދު
ހއ. އަތޮޅުގެ 13 ރަށަކަށް 56 ދިވެހި ނަރުހުން ހޯދަނީ

ހއ. އަތޮޅުގެ 13 ރަށަކަށް 56 ދިވެހި ނަރުހުން ހޯދަނީ

ހއ. އަތޮޅުގެ 13 ރަށަކަށް 56 ދިވެހި ނަރުހުން ހޯދަން ހއ. އަތޮޅު ހޮސްޕިޓަލުން ޢިއުލާން ކޮށްފިއެވެ. މިގޮތުން ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދަން ހއ. އަތޮޅު ހޮސްޕިޓަލުން ޢިއުލާން ކޮށްފައި ވަނީ، އެއަތޮޅު އިހަވަންދޫ ފިޔަވައި އެ އަތޮޅުގެ އެހެން ރަށްތަކުގެ ޞިއްޙީމަރުކަޒުތަކަށާއި އަދި ހއ. އަތޮޅުހޮސްޕިޓަލަށެވެ. އެތަން ތަނުން ވަނީ ރެޖިސްޓަރޑް ނަރސް، ސީނިއަރ ރެޖިސްޓަރޑް ނަރސް  އަދި ކްލިނިކަލް ނަރސް މަގާމުތަކަށް ފުރުޞަތު ހުޅުވާލައި ފައެވެ. އެ ޢިއުލާންގައި ބުނާގޮތުން […]

ޔުމްނާ ޢަލީ
ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ވެރިމީހާ ފިހިއްޖެ

ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ވެރިމީހާ ފިހިއްޖެ

ކ. މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސަފާރީގެ ވެރިމީހާ ފިހިއްޖެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ”އޯސަން ޑައިވިން” ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށެވެ. އަދި އެ ހާދިސާގައި ފިހިފައި ވަނީ އެ ސަފާރީގެ ވެރިމީހާ ކަމަށާއި، އެއީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ހާދިސާގައި ފިހުނު ސަފާރީގެ ވެރިމީހާ ވަނީ މާފުށީ ލޯންޗެއްގައި މާފުއްޓަށް ގެންގޮސްފައި ކަމަށާއި، އަދި އަލިފާން ރޯވުމާއެކު އެ […]

ޝިއުނާ އާދަމް
ސީއެސްސީގެ އެސްޖީއަކަށް ޑރ. ޝަހުނީޒާ

ސީއެސްސީގެ އެސްޖީއަކަށް ޑރ. ޝަހުނީޒާ

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު ހަމަޖައްސައިފިއެވެ. ޑރ. ޝަހުނީޒާ އަކީ ހއ. ދިއްދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ކަނބަލެކެވެ. ސީއެސްސީ މިއަދު ވަނީ އެ ކޮމިޝަންގެ އެސްޖީއަކަށް ޑރ. ޝަހުނީޒާ ހަމަޖެއްސެވި ކަން ހާމަ ކުރަށްވާފައެވެ. We are pleased to announce the appointment of Dr. Mariyam Shahuneeza Naseer as the Secretary General of the Civil Service Commission. pic.twitter.com/tR9o9C38sG […]

ޔުމްނާ ޢަލީ
ހއ. އަތޮޅު ހޮސްޕިޓަލުން ކިއު ނަންބަރު ދޫކުރާ އުސޫލަށް ބަދަލު ގެނެސްފި

ހއ. އަތޮޅު ހޮސްޕިޓަލުން ކިއު ނަންބަރު ދޫކުރާ އުސޫލަށް ބަދަލު ގެނެސްފި

ހއ. އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތުމަތް ފޯރުކޮށް ދިނުމުގައި، ކިއު ނަންބަރު ދޫކުރާ އުސޫލަށް ބަދަލު ގެނެސްފިއެވެ. އެ ހޮސްޕިޓަލުން ހާމަކުރަށްވާފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައި ވަނީ އިއްޔެއިން ފެށިގެންނެވެ. މިގޮތުން މި ގެނެވުނު ބަދަލުގެ ދަށުން ކިއު ނަންބަރު ދޫކުރަން ފަށާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 6:45 ގައެވެ. އަދި މެމޯ ހެއްދުމުގެ ޚިދުމަތް ދޭނީ ހެނދުނު 7:00 އިން 11:30 އަށެވެ. މީގެ އިތުރުން ކެންސަލްވާ ނަންބަރުތަކަށް […]

ޝިއުނާ އާދަމް
އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުންނުވާނެ ގޮތަށް އަމަލުކޮށްދޭން އެދި އިލްތިމާސެއް

އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުންނުވާނެ ގޮތަށް އަމަލުކޮށްދޭން އެދި އިލްތިމާސެއް

އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުންނުވާނެ ގޮތަށް އަމަލުކޮށްދޭން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އެދިއްޖެއެވެ. އީޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް، އުޅަނދު ފަހަރު އެޅުމަަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގައި ތާށިވެ، އެންމަޑި މަރުވަމުންދިއުމުގެ ހާދިސާތައް އިތުރުވަމުންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން އުޅަނދު ފަހަރު އެޅުމަަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގެ ސަބަބުނ...

ޔުމްނާ ޢަލީ
ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން އުޅެނީ އިންޑިއާގެ ނުފޫޒުން: ލަތީފް

ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން އުޅެނީ އިންޑިއާގެ ނުފޫޒުން: ލަތީފް

ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން އުޅެނީ އިންޑިއާގެ ނުފޫޒުން ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު ޢަބުދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ހއ. ދިއްދޫގައި ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ”މީ މަގޭ ރާއްޖެ” ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. އިންސާފުގެ ވާހަކަ ދައްކާލަން ޖެހޭކަމަށް ވިދާޅުވެ، ލަތީފް ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ އިންސާފުގެ ހަމަހަމަކަން އެނގޭނީ އެމްޑީޕީގެ ލޯގޯގައި ހިމެނޭ ތިލަފަތް ފެނުމުން ކަމަށެވެ. ”އެގޮލާގެ […]

އަލީ އާދިލް
ދިވެހި ކުޅިވަރުގެ ބައްޕަ ޒާހިރު ނަޞީރުގެ ނަންފުޅު ހަނދާނަށް ގެންނަންޖެހޭ: ރައީސް

ދިވެހި ކުޅިވަރުގެ ބައްޕަ ޒާހިރު ނަޞީރުގެ ނަންފުޅު ހަނދާނަށް ގެންނަންޖެހޭ: ރައީސް

ކުޅިވަރުގެ ތަރައްޤީއަށްޓަކައި މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ފަދަ އިތުރު ކުރިއެރުމެއް ލިބޭ ވަގުތުތަކުގައި ދިވެހި ކުޅިވަރުގެ ބައްޕަ ކަމުގައިވާ އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރުގެ ނަންފުޅު، ހަނދާނަށް ގެންނަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ހަވީރު މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އިއްޔެއަކީ ރާއްޖޭގެ އެތުލީޓުންނަށް...

ޝިއުނާ އާދަމް
ފަނިއަލަ ހެއްދުމުގެ އުކުޅުތައް

ފަނިއަލަ ހެއްދުމުގެ އުކުޅުތައް

ފަނިއަލައަކީ ފަލަމަޑި އަދި ރާއްޖޭގައި ހައްދައި އުޅޭ އަލައިގެ ބާވަތްތަކުން ހައްދަން އެންމެ ފަސޭހަ އެއް ބާވަތެވެ. ފަނިއަލައަކީ މީރު އަދި މަދުމަދުން ބޭނުންކުރުމަށް ޞިއްޙަތަށް ފައިދާހުރި ފަލަމަޑިއެކެވެ. ހަމަކޮންމެ މީހަކަށްވެސް ކާމިޔާބުކަމާއެކު ފަނިއަލަ އިންދައި ހެއްދިދާނެއެވެ. މި އުކުޅުތައް ބޭނުންކުރާށެވެ. އަލަ މުޑުވައްކުރުމަށް ބޭނުންކުރަނީ އަލަ ކަނޑާފައިވާ ގަހާއި އެގަހުގެ ބުޑުން ފަޅާފައި ހުންނަ ނިރު ނުވަތަ އަލަގަނޑު އޮތް ގޮތަށެވެ. ބޮޑު އަލަގަނޑެއް ނަމަ، އޭގެން ޓިޝޫކަލްޗަރ ކޮށްގެނެވެ. އެންމެ ރަނގަޅީ...

ހުބާ ޕްލާންޓްސް
ދެން ވެރިކަން ކުރާނީ ޕީޕީއެމް، އިދިކޮޅުގައި އޮންނާނީ ޕީއެންސީ: ޢަބުދުﷲ ރަޝީދު

ދެން ވެރިކަން ކުރާނީ ޕީޕީއެމް، އިދިކޮޅުގައި އޮންނާނީ ޕީއެންސީ: ޢަބުދުﷲ ރަޝީދު

އެމްޑީޕީއަށް ދެން އިދިކޮޅުގައި އޮންނަންވެސް ފުރުޞަތު ނުދޭނެ ކަމަށާއި، ދެން ވެރިކަން ކުރާނީ ޕީޕީއެމް ކަމަށާއި، އިދިކޮޅުގައި އޮންނާނީ ޕީއެންސީ ކަމަށް ޕީޕީއެމްގެ ޓިކެޓްގައި އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. ދިއްދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓު ޢަބުދުﷲ ރަޝީދު ބުނެފިއެވެ. ދިއްދޫގައި ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ”މީ މަގޭ ރާއްޖެ” ޖަލްސާގައި ވާހަކަ ދައްކަމުން އޭނާ ބުނީ ކެމްޕެއިން ކުރާނީ ވެސް އަމިއްލަ ޚަރަދުގައި ކަމަށާއި، ޕާޓީއިން ލޯ ލާރިއެއް ވެސް ބޭނުން ނޫން ކަމަށެވެ. […]

އަލީ އާދިލް
ފުނަދޫ ކައުންސިލްގެ ''ފުނަފެހި'' ޕްރޮގްރާމް ފަށައިފި

ފުނަދޫ ކައުންސިލްގެ ''ފުނަފެހި'' ޕްރޮގްރާމް ފަށައިފި

ށ. ފުނަދޫ ކައުންސިލުން، ”ފުނަފެހި” ޕްރޮގްރާމްގެ ނަމުގައި ފުނަދޫ ފެހި ކުރުމަށް ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ. އެރަށުގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއާއި ގުޅިގެން އެރަށުގައިވަނީ 300 ރުއް އިންދާފައެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ”ތިލަދުން”އަށް ވިދާޅުވީ، ފުނަދޫ ފެހި ކުރުމަށް ފެށި ހަރަކާތަކީ ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ. ”އިއްޔެ ކައުންސިލްގެ ބަޖެޓް މި...

ޙުސައިން ޝަހުދީ
އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވައިފި

އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވައިފި

މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ރަސްމީކޮން ހުޅުވައިފި އެވެ. މިއަދި ހަވީރު އޮތް ރަސްމިއްޔާތެއްގައި ސިންތެޓިކް ޓްރެކް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުޅިވަރުގެ ރޮނގުން ދިވެހިން ދެކޭ ހުވަފެންތައް ޙަޤީޤަތަކަށް ހެދޭނެ މަގު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ޞިއްޙަތު ރަނގަޅު ކުރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ގިނަގުނަ މަސައްކަތްތަކ...

ޔުމްނާ ޢަލީ