އިނގިރޭސިވިލާތުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޯވިޑް-19ގެ އައު ވޭރިއަންޓްއާއި އެކު، އެ ޤައުމުގެ ބޯޑަރުތައް އިތުރަށް ހަރުކަށިކުރުމަށް އެ ޤައުމުން ނިންމައިފިއެވެ.
މި އައު ނިންމުމުގެ ދަށުން "ޓްރެވަލް ކޮރިޑޯ" ގައި ކަރަންޓީން ވާން ނުޖެހޭ ޤައުމުތަކުން އަންނަ މީހުންވެސް ދެން ކަރަންޓީން ވާން ޖެހޭނެއެވެ. ކޯވިޑް-19ގެ އައު ވޭރިއަންޓްގެ ސަބަބުން އެ ޤައުމުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަންވަނީ ތިންވަނަ ރާޅަކަށް ތައްޔާރުވުމަށް ބޮޑެތި މަސައްކަތް ކުރަމުންނެވެ.
ބޯރިސްގެ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި މިވަގުތު ދެކިގެން ކުރަމުން އަންނަ އެއް މަސައްކަތަކީ، އެ ޤައުމުގައި ހުއްދަ ދެވިފައިވާ ވެކްސިން ގިނަ ބަޔަކާއި ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތެވެ. ނަމަވެސް، މި ކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ، ކޯވިޑް-19ގެ އައު ރާޅެއްގެ ދަށުގައި އެ ޤައުމުވުމާއި އެކު، ވެކްސިންގެ މަސައްކަތް ކުރަމުން މި އައު ރާޅުގެ ދަށުނުވެ މަސައްކަތް ކުރުމެވެ.
އައު ޤަވައިދުތައް އެ ޤައުމުގައި ޢަމަލުކުރެވެމުން އަންނަނީ ހޯމަ ދުވަހު ޖީއެމްޓީ ގަޑިން0400 ފެށިގެންނެވެ. އަދި އެ އަށްފަހު، އެ ޤައުމަށް ކޯވިޑް-19 ގެ ޓެސްޓު ހަދައި ނެގެޓިވް ވެފައިވާ އެންމެހައި ފަތުރުވެރިން އަދި ޤައުމަށް އަންނަ ފަރާތްތަކުންވެސް އައިސޮލޭޝަންއަށް ދާންޖެހޭނެއެވެ.
އައިސޮލޭލޭޝަންގައި 10 ދުވަސް ހޭދަކުރަން ޖެހޭނެކަމަށްވެސް އައު ޤަވައިދުގައިވަނީ ހިމަނާފައެވެ. ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުން ވަނީ ފަސިންޖަރުން ދެކުނު އެމެރިކާ، ޕޯރޗުގަލް އަދި ބްރެޒިލްއިން އެ ޤައުމަށް އައުން މަނާކޮށްފައެވެ. އަދި އައު ޤަވާއިދުތަކާއި އެކު، އެ ޤައުމަށް އެހެނިހެން ޤައުމުތަކުން މީހުން އައުން މަދު ކުރުމުގެ ސަބަބުން ވައިގެ ދަތުރުތައްވެސް ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.
އިނގިރޭސިވިލާތުގައި ކޯވިޑް-19ގެ އައު ވޭރިއަންޓްގެ އަސަރު ވަރަށް ބޮޑަށް މިހާރުވަނީ ފެންނަން ފަށާފައެވެ. ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އިނގިރޭސިވިލާތުން އެކަށޭނަ ފިޔަވަޅުތަކެއް އަވަހަށް އެޅިނަމަ، މިހާރަށްވުރެ ބޮޑަށް ކޮންޓްރޯލު ކުރެވިގެންދާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!