މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1769 ވަނަ ޞަފްޙާ

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމަށް އަދުނާން އަލީ

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމަށް އަދުނާން އަލީ

އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަޤާމު ކަމުގައިވާ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމަށް ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ ހަމަޖައްސަވައިފިއެވެ. ބަންޑާރަކޮށީގައި މިއަދު މެންދުރުފަހު ބޭއްވި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ މަޤާމު ހަވާލުކުރި ކަމުގެ ލިޔުން ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީއަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ. ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް...

ތިލަދުން
ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫ ކައުންސިލްގެ އޮފިޝަލެއް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ބިދޭސީއެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ. އެ އޮފިޝަލް ވިދާޅުވީ، އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އެމީހާގެ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އެ ސާމްޕަލް ނަގާފައި ވަނީ އިއްޔެއެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ މިއަދު [...

ޔުމްނާ ޢަލީ
ސައުދު ފައުންޑޭޝަންގެ އެހީތެރިކަން ދެއްވަދޫ ރައްޔިތުންނަށް

ސައުދު ފައުންޑޭޝަންގެ އެހީތެރިކަން ދެއްވަދޫ ރައްޔިތުންނަށް

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ސައުދު ފައުންޑޭޝަންގެ ފަރާތުން ގއ. ދެއްވަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ. ސައުދު ފައުންޑޭޝަންގެ މި އެހީތެރިކަމަކީ ވިލިނގިލީ އަދި ކޮލަމާފުށީގެ ރައްޔިތުންގެ ނަމުގައި ދެއްވަދޫ ރައްޔިތުންނަށް ފޯރުކޮށްދިން އެހީތެރިކަމެކެވެ. މި އެހީތެރިކަން ހަވާލު ކުރެއްވުމަށްފަހު، މެންބަރު ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިނގިލީ އަދި ކޮލަމާފުށީ ރައްޔިތުންގެ ނަމުގައި “ސައުދު ފައުންޑޭޝަން”ގެ ފަރާތުން ދެއްވަދޫ ރައްޔިތުންނަށް...

ޝިއުނާ އާދަމް
ތުރުކީ މީހަކު 1075 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި!

ތުރުކީ މީހަކު 1075 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި!

ތުރުކީ އަށް ނިޞްބަތްވާ މީހެއް ކަމަށްވާ އަދްނާން އޮކްތާރް (ހާރޫން ޔަޙްޔާ)، 1075 އަހަރަށް ޖަލަށް ލުމަށް ތުރުކީގެ ކޯޓުތަކުން ޙުކުމް ކޮށްފިއެވެ. 65 އަހަރުގެ އަދްނާން މިހާ ގިނަ ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ، 1000 އަށް ވުރެ ގިނަ ޖިންސީ ކުށުގެ މައްޗަށް ދަޢުވާ ކުރުމަށްފަހުގައި، އެ ކުށްތައް އޭނާގެ މައްޗަށް ސާބިތުވުމުގެ ސަބަބުންނެވެ. އަދްނާން އޮކްތާރް އަކީ، ތުރުކީގެ ޓީވީ ތަކުން ފެންނަ ދެކެ ފަރިތަ މޫނެކެވެ. އޭނާ އެންމެ ބޮޑަށް […]

މުޙައްމަދު މާއިލް ހަސަން
ބޮޑުކަންނެއްލި ގަނެވޭނެ އެންމެ ދަށްއަގު ކަނޑައެޅުމަށް މަޝްވަރާކޮށްފި

ބޮޑުކަންނެއްލި ގަނެވޭނެ އެންމެ ދަށްއަގު ކަނޑައެޅުމަށް މަޝްވަރާކޮށްފި

ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)އިން އިން ބުނީ ބޮޑުކަންނެއްވި ގަނެވޭނެ އެންމެ ދަށްއަގު ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް އެ ޖަމިއްޔާއާއިއެކު، ފިޝަރީޒް މިނިސްޓްރީއިން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އިއްޔެ ކުރިއަށް ދިޔަ އެ ބައްދަލުވުމަކީ ފިޝަރީޒް މިނިސްޓްރީގެ އެދިލެއްވުމަކަށް، އެ މިނިސްޓްރީއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. މި...

ޔުމްނާ ޢަލީ
އާރްއޭސީގެ ބޯޑު އެކުލަވާލައިފި

އާރްއޭސީގެ ބޯޑު އެކުލަވާލައިފި

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފި އެވެ. އާރްއޭސީއަކީ ސަރުކާރުން ހިންގާ ސަރަހައްދީ އެއާރޕޯޓުތައް ވިޔަފާރީގެ އުސޫލުން ހިންގައި ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށް އުފެއްދެވި ކުންފުންޏެކެވެ. ރައީސުލް ޖުމްޙޫރިއްޔާ މި ކުންފުނި އުފެއްދެވީ 30 ސެޕްޓެމްބަރު 2020 ގައެވެ. (އާރްއޭސީގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ އަބްދުލް ލަތީފު ގާސިމްއެވެ. އޭނާއަކީ ކުޅުދުއްފުށީ ސިޓީ...

ޔުމްނާ ޢަލީ
ހއ. އުތީމާއި ހއ. ދިއްދުއާ ހުރި ގުޅުން (1)

ހއ. އުތީމާއި ހއ. ދިއްދުއާ ހުރި ގުޅުން (1)

ހއ.ދިއްދޫއަކީ އުތީމު މަހާރަދުންނާ ގުޅިގެން ރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވޭ ރަށެކެވެ. މިހާރުގެ ދިއްދުއަކީ އެރަށު ފަޅުގައި އޮތް “ތިލަދޫ” އޭކިޔާރަށުން ބަޔަކާއެކު އުފެދިފައި އޮތް ރަށެކެވެ. ދިއްދުއާއި ތިލަދޫގެ ދެކުނުގައި ގުޅި އެއްރަށަކަށްވެ ދިއްދޫގެނަމުން މަޝްހޫރުވީ ކަމުގައިވިޔަސް ދިއްދޫގައި ހިމެނޭ ތިލަދޫގެބައި މިހާރުވެސް ފާހަގަކުރެވެ އެވެ. ތިލަދޫގެބައިގެ ފެންބަރުވެފައި ސާބަކަށް ލޮނު ރަހައެއް ހުރެއެވެ. ނަމަވެސް ދިއްދޫގެ ބައިގެ ފެންލުއިވެފައި މީރު މެއެވެ. ރަށުގެ ބޮޑުބަޔަކި ތިލަދޫގެ ބައެވެ. މިދެރަ ގުޅ...

ތިލަދުން
ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކޮށްފި

ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކޮށްފި

އެމެރިކާގެ ކޮންގްރެސް އިމާރާތަށް ދެވުނު ހަމަލާތަކަށް ހިތްވަރު ދެއްވައި، ހަމަނުޖެހުންތަކަށް ވާގިވެރިވުމުގެ ކުށުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކޮށްފިއެވެ. މިއީ، އެމެރިކާގެ ތާރީޚްގައިވެސް މަގާމުގައި ހުންނެވި ރައީސަކު ދެވަނަ ފަހަރަށް އިމްޕީޗް ކުރެވުނު ފުރަތަމަ ފަހަރެވެ. އިދިކޮޅު ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮތް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ޓްރަމްޕް އިމްޕީޗްކުރީ އޭނާގެ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރެއްގެ ވޯޓާ ވެސް އެކުގަ އެވެ. އެއްކޮޅަށް 232 މެމްބަރުން ވޯޓު ދެއްވި އިރު ދެކޮ...

ހުސައިން ހަބީބް
ޖިހާދު ފުރުން މަނާކުރި އަމުރު ބާތިލުކޮށްފި

ޖިހާދު ފުރުން މަނާކުރި އަމުރު ބާތިލުކޮށްފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލުކޮށްފި އެވެ. ޖިހާދުގެ މައްޗަށް، ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމަށް ތުހުމަތުކޮށް ދައުވާ ވަަނީ އުފުލާފައެވެ. ފުށިދިއްގަރު ފަޅު ތަރައްޤީ ކުރުމުގެ ޖޮއިންޓް […]

އަލީ އާދިލް
ކައުންސިލް އިންތިޚާބު އަވަސް ކުރުމާއިގުޅޭ ބިލުގެ ބަހުސް މިމަހު 17ގައި

ކައުންސިލް އިންތިޚާބު އަވަސް ކުރުމާއިގުޅޭ ބިލުގެ ބަހުސް މިމަހު 17ގައި

ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބުތިދާއީ ބަހުސް މިމަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންދަން ނިންމައިފިއެވެ. ސިއްޙީ ކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބް ބޭއްވޭނެގޮތަށް ގާނޫނު އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިސްއަށް ހުށަހެޅުމުން ރޭ ވަނީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި، އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ. ސަރުކާރުގެ ފަރާތުން ރައްޔި...

އަޙްމަދު ވަހީދު
އެއްވެސް މަޝްރޫޢެއްގެ ކޮންޓްރެކްޓަރަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ނުދީ ނޯންނާނެ: ފެނަކަ

އެއްވެސް މަޝްރޫޢެއްގެ ކޮންޓްރެކްޓަރަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ނުދީ ނޯންނާނެ: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހިންގާ މަޝްރޫޢު ތަކުގައި، ކުންފުންޏާއިއެކު ވެވޭ އެއްބަސްވުމަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކެއްގައި، އެފަރާތަކަށް ލިބިދޭންޖެހޭ ފައިސާ އެއްބަސްވުމުގެ ރޫޙާއި އެއް ގޮތްވާގޮތުގެ މަތީން  ޢަމަލު ކުރަމުންދާ ކޮންމެ ކޮންޓްރެކްޓަރަކަށް ވެސް އޮންނަ އުޞޫލާއި ހަމަތަކުގެ ތެރެއިން ފައިސާ ދޫކުރަމުންދާ ކަމުގައި އެ ކުންފުނިން ވިދާޅުވެއްޖެއެވެ. ފެނަކަ ކޯޕަރޭޝަނުން މިކަން ހާމަކުރައްވާފައިވަނީ އެ ކުންފުނިން  ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ނަންގަވައިގެން ތިއްބެވި ކޮންޓްރެކްޓަ...

އިބްރާހިމް ޚަލީލް
އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

މާލޭ ސިޓީގެ، މާލޭގެ އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނަކަށް ކިޔަވައިދޭ ބިދޭސީ ޓީޗަރެކެވެ. އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާއާއި ޑައިރެކްޓް ކޮންޓެކްޓުވީ ހުރިހާ ޓީޗަރުން މިިހާރު ވަނީ 14 ދުވަހަށް ކަރަންޓީންކޮށްފައި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ. ކޯވިޑްގެ ސަބަބުން ބަންދުކުރި، މާލޭ ސަރަހައްދުގެ ސްކޫލުތައް ހުޅުވާފައިވަނީ ދިހަ މަހަށްފަހު މިދިޔަ އާދިއްތަ ދުވަހުއެވެ. އަލުނ...

އަޙްމަދު ވަހީދު
މުހައްމަދު ސަލާހުގެ ފަރާތުން މިޞްރުގެ އަވަށަކަށް އޮކްސިޖެން އެންބިޔުލާންސްއެއް!

މުހައްމަދު ސަލާހުގެ ފަރާތުން މިޞްރުގެ އަވަށަކަށް އޮކްސިޖެން އެންބިޔުލާންސްއެއް!

ލިވަރޕޫލް އަދި މިޞްރުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހު އޭނާގެ ޤައުމު، މިޞްރުގެ އަވަށަކަށް އޮކްސިޖަން އުފުލާ އެމްބިޔުލާންސްއެއް ހަދިޔާކޮށްފިއެވެ. މިޞްރުގެ ޤަރްބިއާ ސަރަހައްދަށް ސަލާހު ހަދިޔާކުރި އެމްބިޔުލާންސް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށެވެ. ފުޓުބޯޅަ ކުޅުމުގެ ކެރިޔަރުގެ އިތުރުން ސަލާހު އަންނަނީ މިޞްރުގެ ފަޤީރު އެތަކެއް އަވައްތަކާއި ގުޅުން ބަދަހި ކުރަމުންނެވެ. އޭނާގެ އުފަން އަވަށަށް މިހާރުވެސް ސަލާހު ޗެރިޓީ ފައުންޑޭޝަންގެ ފަރާތުން އ...

މުޙައްމަދު މާއިލް ހަސަން
ވެކްސިންއާއި ބެހޭ ދޮގު މަޢުލޫމާތާއި ދެކޮޅަށް ގޫގުލްއިން 3 މިލިޔަން ޑޮލަރުގެ ފަންޑެއް

ވެކްސިންއާއި ބެހޭ ދޮގު މަޢުލޫމާތާއި ދެކޮޅަށް ގޫގުލްއިން 3 މިލިޔަން ޑޮލަރުގެ ފަންޑެއް

ކޯވިޑް-19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ދުނިޔޭގައި އުފައްދަމުންދާ ވެކްސިންއާއި ބެހޭގޮތުން އިންޓަރނެޓުގައި ޝާއިޢު ކުރަމުންދާ ދޮގު މަޢުލޫމާތު ތަކާއި ދެކޮޅަށް ގޫގުލްއިން 3 މިލިޔަން ޑޮލަރުގެ ފަންޑަކާއި އެކު ތެދުވެއްޖެއެވެ. “ކޯވިޑް-19 ވެކްސިން ކައުންޓަރ މިސްއިންފޮމޭޝަން އޯޕެން ފަންޑް” ގެ ނަމުން ނަން ދީފައިވާ މި ފަންޑަކީ ނޫސްވެރިކަމުގެ ހުނަރުގެ އިތުރުން، މި ބަލިމަޑުކަމާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންއާއި ބެހޭ މަޢުލޫމާތަކީ ތެދު މަޢުލޫމާތު ތޯ ބެލުމަށް އަދި އަޅާކިޔޭ މިންގަނޑަކުން ފާސް ކުރުމަށްފަހު...

މުޙައްމަދު މާއިލް ހަސަން
ކާރެއް މޫދަށް ވެއްޓުމުގެ ހާދިސާއެއް، ދެ މީހަކަށް އަނިޔާވި

ކާރެއް މޫދަށް ވެއްޓުމުގެ ހާދިސާއެއް، ދެ މީހަކަށް އަނިޔާވި

ކ. މާފުށީގައި ރޭ ހިނގި ހާދިސާއެއްގައި ދުވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މޫދަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ވިދާޅުވީ، އެ ހާދިސާ ރިޕޯޓް އެ އިދާރާއަށް ލިބިފައި ވަނީ ރޭ 12:46 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގިއިރު ކާރުގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާ ގުޅިގެން ފުލުހުންގެ އެހީއާއެކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. މީގެ އިތުރުން […]

ޔުމްނާ ޢަލީ
ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް ސްކޮލާޝިޕް ފުރުޞަތުތަކެއް

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް ސްކޮލާޝިޕް ފުރުޞަތުތަކެއް

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް ސްކޮލާޝިޕް ފުރުޞަތު ތަކަކަށް ކުރިމަތިލުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ހުޅުވާލައިފި އެވެ. މިގޮތުން އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާގޮތަށް 15 ސްކޮލަރޝިޕްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފި ކަމަށެވެ. މި ސްކޮލަޝިޕްއަށް ހޮވޭ މުދައްރިސުން ތަމްރީން ކުރާނީ ޤައުމީ ޔުނިވަރސިޓީއިން، މި ވަގުތަށް ޤައުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ކު...

ޝިއުނާ އާދަމް
ފައުޒާންގެ އޮޔާ ދަމައިގަތް ނެރު ބަންދު ކުރަން ގޮވާލައި ޕެޓިޝަނެއް ހުށަހަޅައިފި

ފައުޒާންގެ އޮޔާ ދަމައިގަތް ނެރު ބަންދު ކުރަން ގޮވާލައި ޕެޓިޝަނެއް ހުށަހަޅައިފި

ފުވައްމުލަށް ސިޓީ ހުޅަނގުފަރާތުގައި ހުރި ނެރުތައް ބަންދު ކުރުމަށް ގޮވާލައި، ފުވައްމުލަކު ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ. މިއަދު ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ ފުވައްމުލަކު ހުޅަނގުފަރާތުގައި ހުރި ނެރުތައް ބަންދުކުރުމާއި ގުޅޭ ގޮތުން “ވަން ފުވައްމުލައް” ޖަމިއްޔާއިން ކުރިއަށްގެންދިޔަ ޕެޓިޝަން މިއަދު ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށެވެ. މިޕެޓިޝަން ފުވައްމުލަކު ސިޓީ ކައުންސިލުން ހަވާލުވީ އެ ސިޓީގެ މޭޔަރ އަބްދުﷲ ފަލާހު ކަމަށް އެ ކައުނ...

ޔުމްނާ ޢަލީ
ބާންލީ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޔުނައިޓެޑް ޖެހިލައިފި

ބާންލީ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޔުނައިޓެޑް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޔުނައިޓެޑް ޖެހިލައިފިއެވެ. ބާންލީ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު އެ ޓީމުން ބާންލީގެ ގޯލާއި އަމާޒުކޮށް ހަތް ހަމަލާއެއް ވަނީ ފޮނުވާލާފައެވެ. މެޗުން ބަލިވި ބާންލީ ޓީމަށް މުޅިމެޗުގައި ވެސް ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައިނުވެ...

އިބްރާހިމް ޚަލީލް