މާލޭ ސިޓީގެ ހުޅުމާލޭގެ މިސްކިތެއްގައި އިންި ދޮށީ އުމުރުގެ ދިވެއްސަކަށް ހަމަލާދީ މާރާމާރީ ހިންގިކަމަށް ބުނާ އިންޑިއާ މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ. ހުޅުމާލޭ އަޒީޒާ މިސްކިތުގައި އިން ދޮށީ އުމުރު މީހެއް މިސްކިތުން ނެރެން މަސައްކަތްކޮށް، އިންޑިއާ މީހަކު އޭނާއާއި މެދު މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތިވީ އިއްޔެ ހަވީރު އެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިންޑިއާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް […]
ޔުމްނާ ޢަލީ
ކުރީ ޢަދަދާއި ގުޅޭ: ސުލައިމާނު ދީދީމެން އެ ގެއިން ނުކުންނެވީމާ، ދަލޭކަ މުޅޯށި ހިފައިގެން އައިސް މެދުގެއަށް އެޅިފައި ހުރި ފުޅިތޮށިތައް ނަގައި އެއަށް އަޅަން ފަށައިފިއެވެ. މާވަޑި ޢަލީ ޖެހި ބުދެއްހެން ގާވެފައި ބޮޑުއަށި މަތީގައި އިނެވެ. އައްޔަށް ސިފަވަމުން ދަނީ ބުޅާ މަސްގަނޑަށް ބަލާ ފަދައިން ސުލައިމާނު ދީދީ ދަލޭކައާ ދިމާއަށް ކަޅިއަޅަމުން ދިޔަ މަންޒަރެވެ. ދަތްކުނޑިވިކައިލުމާ އެކު ދެ އަތް މުށްކަވައިލެވުނެވެ. “އަހަރެންގެ ހަލާލު އަނބިމީހާއާ ދިމާއަށް އޭނާއަށް އެ ވައްތަރަށް ބަލަން ކެރުނީ […]
ޢާޠިފާ ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ބެޑްމިންޓަންގެ ތާރީޚުގައި އުފެދުނު އެންމެ ކާމިޔާބެ ދެ ކުޅުންތެރިންނަކީ އެއްމާބަނޑު ދެބެން ކަމުގައިވާ އައިމިނަތު ނަބީހާ އަބްދުއްރައްޒާޤާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާޤްކަމީ ފެންނަން އޮތް ހަޤީޤަތެވެ. ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ނައީމާ އަޙްމަދައަށް ލިބިފައިވާ މި ނިބޫއަކީ މިހާރު ޤަޢުމު އެ ބަޔަކަށްޓަކައި ފަހުރުވެރިވާ ދެ ނަމެވެ. ނަބާ އަދި ނަބީ ވެސް ބެޑްމިންޓަން ކުޅެން ފަށާފައިވަނީ އެކުއެކީގައެވެ. އުމުރުން އެގާރަ އަހަރުގައި ކުޅެންފަށައި، އެއަށްފަހު މި ކުޅިވަރުގެ ތެރެއަށް ދެބެން...
އިބްރާހިމް ޚަލީލް
މާލޭ ސިޓީގެ، ހުޅުމާލޭގައި ހުންނަ ޣާޒީ ސުކޫލުގެ ޓީޗަރަކާއި، މާލޭގައި ހުންނަ ޖަމާލުއްދީން ސުކޫލް (ޖޭއެސް)ގެ ދަރިވަރަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިއަދު ބުނީ ޣާޒީ ސުކޫލުން ޕޮޒިޓިވްވެފައިވަނީ ގުރޭޑް އެކެއްގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރެއް ކަމަށެވެ. އެ ޓީޗަރު ޕޮޒިޓިވްވިކަން އެނގުނީ މިއަދު އެވެ. ޕޮޒިޓިވްވި ޓީޗަރާއު 12 މީހަކު ވަނީ ކޮންޓެކްޓްވެފައިވާއިރު، އަދިވެސް ކޮންޓެކްޓްޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެޗްއީއޯސިީން ބު...
ޝިއުނާ އާދަމް
މާލޭ ސިޓީގެ މާލޭގައި ހުންނަ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ 4 ދަރިވަރަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެޗްއީއޯސީން ބުނީ ބިލަބޮންގްގެ ހަތަރު ދަރިވަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ކުދިން ސްކޫލަށް ގޮސްފައި ނުވާ ކަމަށެވެ. އަދި ކޭސްތަކާއި ގުޅިގެން ކުރިއަށްދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެއްވެސް އެ ސްކޫލްގެ އެއްވެސް މުވައްޒަފަކާއި، ދަރިވަރަކު އެކަހެރިކޮށްފައި ނުވާނެ ކަމަށެވެ. އެ ސްކޫލުން ޕޮޒިޓިވްވި ހަތަރު ދަރިވަރުންނަކީ އެއް އާއިލާއަކަށް...
ޔުމްނާ ޢަލީ
ރ. ކިނޮޅަހާއި، ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފި އެވެ. މިގޮތުން ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ. އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައ...
އަޙްމަދު ވަހީދު
ބިއްލޫރި ޕެލެޓެއް ވެއްޓި އަނިޔާވި ޒުވާނާ ނިޔާވެއްޖެ އެވެ. ނ. ލަންދޫ ފޭރުގަސްދޮށުގޭ އަބްދުﷲ އާސިމް ނިޔާވީ މިހާދިސާއާއި ގުޅިގެން ލިބުނު އަނިޔާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮންނެވެ. އުމުރުން 27 އަހަރުގެ އާސިމް ނިޔާވީ މިއަދު ފަތިހު 05:40 ގައިކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އާސިމް ނިޔާވީ އެތެރެހައްޓަށް ލިބުނު ގެއްލުން ތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. މިމަހުގެ 7 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި، ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި 2 […]
ތިލަދުން
އިންތިޤާލީ އިންސާފުގެ ޤާނޫނު ގެ ހަވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތީން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ، ނ. މާފަރު އީޓުޖެހިގެ ޢަބްދުއްސަލާމް ޢާރިފް އެވެ. އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ގއ. ކަނޑުހުޅުދޫ ބްލޫރޯޒް އަލްއުސްތާޛާ ޖިހާދާ އަނީސްއާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާ އެވެ. މި ތިން ބޭފުޅުން އެ...
ޔުމްނާ ޢަލީ
ހއ. މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިޢުލާންކޮށްފި އެވެ. އެމިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ މިމަހުގެ25 ވަނަދުވަހު މާފަންނު އިޖުތިމާޢީ މަރުކަޒުގައި އެދުވަހުގެ 12:30 ގައި ކަމަށެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިއަންނަ މަހުގެ4 ވަނަ ދުވަހު12:30 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނ...
ޔުމްނާ ޢަލީ
ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގައި ހާލުގައި ދިރިއުޅޭ ފަރާތްތަކަށް ޖެންޑާ މިނިސްޓްރީން އިން ކެއާ ޕެކޭޖް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ. އެ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގއ.އަދި ލ.އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގެ ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުޅައި ކެއަރ ޕެކޭޖަސް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ގއ. ދެއްވަދޫ، ދާންދޫ އަދި ވިލިނގިލި...
ޔުމްނާ ޢަލީ
ޅެންވެރިކަމުގެ ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭންޖެހޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ޅެންވެރިންގެ ދުވަހާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޅެންވެރިކަމަކީ އަދަބިއްޔާތަށް މުއްސަނދިކަން ގެނެސްދޭ ފަންނެއްކަމަށެވެ. އަދި މިއީ އިންސާނާގެ އެންމެ ފުން އިޙްސާސްތަކާ ގުޅިފައިވާ ފަންނެއްކަން ފާހަގަކުރައްވައި، މި ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ފާހަގަކުރަމުންދާ 32 ވަނަ ޅެންވެރިންގެ ދުވަހުގެ...
ތިލަދުން
އެކުވެނި އައުޓްޑޯ ސިންތެޓިކް ޓްރެކް ޒަމާނީ ފެންވަރަށް ހެދުމަށްފަހު 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހު އާންމުކޮށް ހުޅުވައިލާނެ ކަމުގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަޙުލޫފް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވައި އެ މަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މި މަހު 17 ވަނަ ދުވަހު ސިންތެޓިކް ޓްރެކް އާންމުކޮށް ހުޅުވައިލާނެ ކަމަށެވެ. އެތަން ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ވެސް ފަތިހު 05:00 އިން ފެށިގެން ހެނދުނު 08:00 […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ސްޕަ ކަޕްގެ ފައިނަލުގެ ދެވަނަ ޖާގަ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު އެތުލެޓިކް ބިލްބާއޯއިން ހޯދައިފިއެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ބިލްބާއޯއިން ރެއާލްގެ މައްޗަށް ކުރިހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ރެއާލް ސޮސައިޑާޑް ބަލިކުރުމަށް ފަހު، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ބާސެލޯނާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން މާ އެދެވޭ ކުޅުމެއް […]
އިބްރާހިމް ޚަލީލް
ފިކުރުކުރުމުގައި ކަންބޮޑުވާންވީ ކިހާވަރަކަށް ފިކުރު ބޮޑުވީމާތޯ އެއީ ކޮންމެ މީހަކުވެސް ވިސްނާލަން ރަނގަޅު ކަމެކެވެ. ކޮންމެވެސް ވަރަކަށް ފިކުރު ކުރުމަކީ ޞިއްޙަތަށް ފައިދާ ހުރި ކަމަކަށް ވާއިރު މިކަން ކަންބޮޑުވާންޖެހޭ ވަރަށް ބަދަލުވެ ނުރައްކާތެރި ދަރަޖައަކަށް ދަނީ ކިހާ ވަރަކަށް ފިކުރުބޮޑުވީމާތޯ އެނގުން މުހިންމެވެ. ތިމާ ފިކުރު ކުރުމުގައި ކަންބޮޑުވާ ދަރަޖައަށް ދަނީ ކިހާ ވަރަކަށް ފިކުރުކުރެވުނީމަތޯ ދެނެގަތުމަށްޓަކައި މިކަމާ ބެހޭ އިތުރު މަޢުލޫމާތު އެނގުން މުހިންމެވެ. ސްޓްރެސް އަކީ ކޮބާ؟ އެންމެ އާދައިގެ...
ތިލަދުން
މޫސުން ގޯސްވެ ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ށ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 23:30އިން ފެށިގެން މެންދަމު02:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މިވަގުތުތަކުގައި ބޯކޮށްވާރޭވެހުމާއި އެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށް ބުނެފައިވެއެވެ. Heavy rain and thunderstorms expected. pic.twitter.com/ugB7LpBPT6 — Maldives Meteorology (@MetMald...
އިބްރާހިމް އަސްވާޤް
ކޮމްޕޯސްޓް ނުވަތަ ކާދަކީ ގަހުގެ ޠަބީޢަތާ އެންމެ ރައްޓެހި އެންމެ ފައިދާ ހުރި ގުދުރަތީ ކާނާއެވެ. ކޮމްޕޯސްޓަކީ ދަނޑުވެރިކަމުގެ ބަހުރުވައިގައި ހަމަ ރަނެވެ. ސަބަބަކީ ގަހެއް ހެދުމަށް ބޭނުންވާ ހުރިހާ ބައިތަކެއް ކޮމްޕޯސްޓްގެ ޒަރީޢާއިން، ލިބެން ޖެހޭ މިނުގައި ގަހަށް ލިއްބައިދީ، ފަސްގަނޑުގެ މުއްސަނދިކަމާއި ސިފަތައް ގަހަށް ބޭނުންވާ ގޮތަށް ލިއްބައިދެމުން ދާތީއެވެ. މިޒަމާނުގައި ކޮމްޕޯސްޓް ފޯމިއުލާތައް އުފައްދަނީ ކޮމްޕޯސްޓް ކުރުމަށް ބޭނުންކުރާ ޚާއްޞަ ފަނި ބޭނުންކޮށްގެން މޭވާ، ތަރުކާރީ އަދި ބަދިގޭގައި އުފެދޭ ފަ...
ހުބާ ޕްލާންޓްސް
ހެލްތު މިނިސްޓަރުގެ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. ހެލްތު މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހ. ފޭވާ، ސަފިއްޔާ މުހައްމަދު ސައީދު އެވެ. ސަފިއްޔާ މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ. ސަފިއްޔާ އަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ބާމިންގްހަމްއިން މާސްޓާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް (ޑިޕްލޮމަސީ) ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭ...
ޔުމްނާ ޢަލީ
ވެމްކޯގެ ކޯލް ސެންޓަރ އިން ޚިދުމަތް ފޯރުކޮށްދޭ ވަގުތު މެންދަމު 12 އަށް އިތުރުކޮށްފި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކޯލް ސެންޓަރ އިން ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެސްފި އެވެ. ވެމްކޯއިން މިއަދު ކަސްޓަމަރުންގެ ސަމާލުކަމަށް ނެރުނު މެސެޖެއްގައި ބުނެފައިވަނީ، 15 ޖަނަވަރީ 2021 އިން ފެށިގެން ވެމްކޯގެ ކޯލް ސެންޓަރ އިން ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު ގެނައެމަށް ނިންމާފައިވާކަމަށެވެ. ވެމްކޯގެ ކޯލްސެންޓަރު ހުޅުވިފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަށް ހެނދުނ...
އަލީ އާދިލް