މަޝްހޫރު "މޯލްޑިވްސް ވިކްޓްރީ ޝިޕްރެކް" ހިމާޔަތްކުރުމަށް ނިންމަވައިފި
މަޝްހޫރު މޯލްޑިވްސް ވިކްޓްރީ ޝިޕްރެކް ސަރަޙައްދަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއް ކަމުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. މީގެ އިތުރުން މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ހުށަހަޅާފައިވާ ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަނީ މާލެ އަތޮޅު ކާށިދޫ ޗަސްބިން ސަރަޙައްދުވެސް ހިމާޔަތްކުރުމަށް ނިންމަވާފަ އެވެ. މިއަދު ދެން ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ރައީސުލްޖުމ...