ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) މެމްބަރަކު އައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވަފައިފިއެވެ.

މަޖިލީހުގެ މިއަދު 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައި ވަނީ އެޗްއާރްސީއެމްގެ މެންބަރެއްގެ މަގާމް 12 ސެޕްޓެމްބަރު 2020 އިން ފެށިގެން ހުސްވެފައި ވާތީ އެމަގާމަށް އައްޔަނު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ފެނިވަޑައިގަންނަވާ ނަން ފުޅެއް މަޖިލީހަށް ފޮނުއްވާފައިވާ ކަން ހާމަކޮށް އެ ނަން ޢިއުލާން ކޮށްފައެވެ.

Ad
rt

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލުމުން ކުރިމަތިލި ބޭފުޅުން ތެރެއިން އެ ކޮމިޝަނަށް އައްޔަނު ކުރުމަށް ރައީސް ޞާލިޙް މަޖިލީހަށް ފޮނުއްވާފައިވާ ނަމަކީ ށ. ކޮމަންޑޫ، އޭރީސް / އައިޝަތު ލީޒާގެ ނަމެވެ. މީގެ އިތުރުން ކުރިމަތިލި އެހެން ނަންތައް ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ އައިމިނަތު ޝަފާއަތު އަބްދުއް ރައްޒާގާއި މުއުމިނާ ވަހީދުގެ އިތުރުން ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.