ފޮރިން މިނިސްޓަރު އަބްދު ޝާހިދު ބަންގްލަދޭޝަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެއާ ދެމެދު ޝިޕިން ލިންކެއް ހަދަން މަޝްވަރާ ކުރާނެ ކަމަށް އެ ގައުމުގެނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މި ދަތުރަކީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޯމެންގެ ދައުވަތަކަށް ޝާހިދު ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެކެވެ.

Ad
rt

ބަންގްލަދޭޝްގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި މި މަޝްވަރާތައް ކުރިއަށްދާނީ މިއަދު ބާއްވާ ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުކުރެއްވުމުގައެެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ޑިޕްލޮމެޓަކާ ހަވާލާދީ އެ ގައުމުގައު ނޫހެއްގައި ބުނެފައިވަނީ ރާއްޖެއާ އެ ގައުމާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އިންސާނީވަސީލަތްތައް ބަދަލު ކުރުމަށް އޮތް ފުރުސަތުތައް ބޮޑު ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފިފައި ނުވާ ކަމަށާއި ކުރިއަށް އޮތްތާނގައިޚާރިޖީ ގުޅުން ބަދަހިކުރުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށް އޭނާއާ ހަވާލާދީ ވަނީ ބުނެފައެވެ.

ބަންގްލަދޭޝް އިން ރާއްޖެއަށް އެތެރެ ކުރެވޭނެ ތަކެތީގެ ތެރޭގައި ތައްޔާރީ އަންނައުނާއި ބޭހާއި ސެރާމިކް ތަކެތި ހިމެނެއެވެ.

އެ ގައުމުން ވަނީ ރާއްޖޭގައި ގަވާއިދާ ޙިލާފަށް އުޅޭ އެ ގައުމުގެ މީހުން ރެގިއުލޭޓު ކޮށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށްވެސް އެދިފައެވެ.