ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ކެލާ ކައުންސިލުން ބުނީ، ހއ ކެލާ ވީވަރު ގޭގައި ހޯމް ކަރަންޓީންގައި ހުރި ފަރާތެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން ނެގުނު ސާމްޕަލްގެ ނަތީޖާ ވަނީ ޕޮޒިޓިވް ވެފައިކަމަށެވެ.
ޕޮޒިޓިވް ވެފައިވާ މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ކެލާ ކައުންސިލުން ބުންޏެވެ.
"ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއްނޫން އަދި އެޗްޕީއޭ އިން މަނާވެސް ކޮށްފައިވާ ކަމެއް، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާ ކުރައްވާ. ހޯމް ކަރަންޓީން ގައި ތިބޭ ފަރާތްތަކަށް ޒިޔާރަތްކުރުން ހުއްޓަލަމާ."
ކެލާ ކައުންސިލުން ބުނެފައި ވެއެވެ.
ކޯވިޑްގެ ގިނަ ކޭސްތަކެއް އެކި ފަހަރު މަތިން ކެލައިން ވަނީ ފެނިފަ އެވެ. ކެލާއިން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ އެރަށު ސަވާރީ ބޯޓު ކޭހާއި ގުޅޭ 10 މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!