ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަނާ ގުޅިގެން މައުލޫމާތު ހޯދަން ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން މިހެން ބުނީ އެ ބޭންކުން ކުރިއަށްގެންދާ ޕްރޮމޯޝަނާ ގުޅިގެން “ސްކޭމް” ކުރާ މީހުން ކަސްޓަމަރުންނަށް ގުޅައިގެން ޒާތީ މައުލޫމާތު ހޯދަންމަސައްކަތް ކުރާތީ އެކުންފުނީގެ ކަސްޓަމަރުންގެ ސަމާލުކަމަށް ފޮނުވަމުންދާ އެސްއެމްއެސް އެއްގަ އެވެ.
އެހެންކަމުން އެއްވެސް މީހަކަށް އެ މައުލޫމާތު ހާމަ ނުކުރުމަށް ބޭންކުން ވަނީ ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.
ބޭންކުގެ ޕްރޮމޯޝަންތައް ކަމަށް ބުނެ ކަސްޓަމަރުންނަށް ގުޅައިގެން ވައްކަން ކުރާ މައްސަލަތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.
ބީއެމްއެލް އިން ވަނީ ކޭޝް ކާޑު ބޭނުންކޮށްގެން ވިޔަފަާތި ކުރާ ކަސްޓަމަރުންނަަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފައެވެ. މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު 5000ރ. އަދި ބޮޑު އިނާމެއްގެ ގޮތުގައި 20،000ރ. ވަނީ ހުށަހަޅައިފައެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 28ގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!