މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1748 ވަނަ ޞަފްޙާ

އޮސްޓްރޭލިއާގެ 85 މީޓަރުގެ ޔޮޓު ރާއްޖޭގައި

އޮސްޓްރޭލިއާގެ 85 މީޓަރުގެ ޔޮޓު ރާއްޖޭގައި

އޮސްޓްރޭލިއާގެ 85 މީޓަރުގެ ޔޮޓު، “ބޯލްޑް” ރާއްޖެއަށް އައިސްފިއެވެ. ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ޔޮޓު ރާއްޖޭގައި ފިނި މޫސުން ނިމެން ދެން އޮންނާނެއެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ޔޮޓުތައް ހަދާ “ސިލްވާ ޔޮޓު” ކުންފުނިން ފަރުމާކޮށްފައިވާ ޔޮޓެކެވެ. މި ޔޮޓުގައި ހެލިކަޕްޓަރ ޖެއްސުމަށް ދެ ހެލިޕެޑް ހުންނައިރު ގިނަ އަދަދެއްގެ ވޯޓާ ސްޕޯޓު ހަރަކާތްތައްވެސް ކުރިއަށްގެންދެވޭނެއެވެ. މި ޔޮޓަކީ ފަސް ތަރީގެ ހިދުމަތްލިބޭ ލަގްޒަރީ ޔޮޓެކެވެ. މީގެ އިތުރުން މި ޔޮޓުގައި […]

އަޙްމަދު ވަހީދު
މިލަންދޫގެ އައްޑިހަ އަހަރުން މަތީ މީހުން ކޯވިޑް ވެކްސިން ޖަހަން ހުޅުވާލައިފި

މިލަންދޫގެ އައްޑިހަ އަހަރުން މަތީ މީހުން ކޯވިޑް ވެކްސިން ޖަހަން ހުޅުވާލައިފި

ށ. މިލަންދޫގައި ދިރިއުޅޭ އުމުރުން އައްޑިހަ އަހަރުން މަތީ މީހުން ތެރެއިން ކޯވިޑް19 ވެކްސިން ޖަހުމަށް ބޭނުންވާ މީހުން ނަން ނޯޓު ކުރަން ހުޅުވާލައިފިއެވެ. މިލަންދޫ ސިއްހީ މަރުޒުގެ ޕަބްލިކް ހެލްތު ޔުނިޓުން މިރޭ އާންމުކުރި ދެންނެވުމެއްގައި ބުނީ އެރަށުގައި ދިރިއުޅޭ އުމުރުން 80 އަހަރުން މަތީ މީހުންގެ ތެރެއިން ކޯވިޑް ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ނަން ނޯޓު ކުރަން ހުޅުވާލާ ކަމަށެވެ. މިގޮތުން އެ ވެކްސިން ޖަހަން ނަން ނޯޓުކުރަން އެދޭ މީހުން މާދަމާގެ […]

ޝިއުނާ އާދަމް
ރައީސް ޔާމީންގެ މަންމާފުޅު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ރައީސް ޔާމީންގެ މަންމާފުޅު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ރައީސް ޔާމީންގެ މަންމާފުޅު ފާތުމަތު ހަސަން ދިރިއުޅުއްވަމުން ގެންދަވަނީ ދަރިކަނބަލުން މުސްލިމާ އަބްދުލް ގައްޔޫމްގެ އަރިހުގައި ސްރީލަންކާގައެވެ. އެ ކަމަނާ ލަންކާ ހޮސްޕިޓަލަށް ގެންދެވުނީ ރޭގެ ފަތިހުގެ ވަގުތެއްގައި ނޭވާލާން އުނދަގޫވުމާއި ގުޅިގެންނެވެ. ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓުތަކުން ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ލަންކާގެ ހޮސްޕިޓަލުގައި މިހާރު އަންނަނީ އެކަމަނާއަށް ފަރުވާދެމުންނެވެ. އެކަމަނާގެ މިހާރުގެ އުމުރު ފުޅަ...

އިބްރާހިމް ޚަލީލް
ޑިޓެންޝަން ސެންޓަރުގައި ހުރި ބިދޭސީއަކު ފިލައިފި

ޑިޓެންޝަން ސެންޓަރުގައި ހުރި ބިދޭސީއަކު ފިލައިފި

އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިހުރި ބިދޭސީއަކު ފިލައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވިދާޅުވެފައިވަނީ މިރޭ 19:27 ހާއިރު ފިލާފައިވަނީ އުމުރުން 32 އަހަރުގެ އަސަނަރ ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ. މި މީހާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ދިވެހި ފުލުހުން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. މި މީހާގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ 9886125 ނަމްބަރާއި ގުޅުއްވައި ރިޕޯޓް ކު...

އިބްރާހިމް ޚަލީލް
ލިޔެކިޔުންތައް ނެތި އުޅޭ ބިދޭސީންނަށް ތަފާތު ކުރުމެއްނެތި ވެކްސިން ދިނުމަށް ގޮވާލައިފި

ލިޔެކިޔުންތައް ނެތި އުޅޭ ބިދޭސީންނަށް ތަފާތު ކުރުމެއްނެތި ވެކްސިން ދިނުމަށް ގޮވާލައިފި

ލިޔެކިޔުންތައް ނެތި ނުގައިވާއިދުން އުޅޭ ބިދޭސީންނަށްވެސް ތަފާތު ކުރުމެއްނެތި ވެކްސިން ދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ އިމަޖެންސީ ހާލަތްތަކުގައި ހަމަހަމަކަމާއެކު ކަންކަން ކުރިއަށްގެންދިއުމަކީ ކޮރަޕްޝަން ކޮންޓްރޯލް ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ކޯވިޑް ވެކްސިން ކެމްޕޭން މިހާރު ކުރިއަށްދާއިރު ހުރިހާ ކަމެއް ދެފުށް ފެންނަ ގޮތަށް ކުރިއަށްގެންދަން ޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ޓްރާންސްޕޭރެންސީން ބުނ...

އަޙްމަދު ވަހީދު
ޕޯސްޓަލް ބޭންކިންއާ ބެހޭ ސާވޭއެއް ކުރަނީ

ޕޯސްޓަލް ބޭންކިންއާ ބެހޭ ސާވޭއެއް ކުރަނީ

މޯލްޑިވްސް ޕޯސްޓުން ޕޯސްޓަލް ބޭންކިންއާ ބެހޭ ސާވޭއެއް ފަށައިފިއެވެ. މި ސާވޭ ތައާރަފު ކޮށްދެއްވީ މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޗެއާމަން އަހުމަދު މައުސޫމެވެ. މި ސާވޭއަކީ މާކެޓުގައި ހުރި ވިޔަފާރީގެފުރުސަތުތައް ބެލުމަށް ހަދާ ފީސިބިލިޓީ ސްޓަޑީގެ ދަށުން ފެށި ސާވޭއެކެެވެ. މި ސާވޭ ތައާރަފުކޮށްދެއްވައި އަހުމަދު މައުސޫމް ވިދާޅުވީ ޕޯސްޓަލް ބޭންކެއް ވާން ޖެހޭނީ “ވަން ސްޓޮޕް ޝޮޕް” އަކަށް ކަމަށެވެ. މީގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭމީހުންނަށް ވެސް ފައިދާވާނެ ކަމަށް […]

އަޙްމަދު ވަހީދު
ވަރަށް ހާލުގައި އުޅޭ މީހުންނަށް ފްލެޓު ނުލިބި އެބަހުރި: ކޮމިޓީ

ވަރަށް ހާލުގައި އުޅޭ މީހުންނަށް ފްލެޓު ނުލިބި އެބަހުރި: ކޮމިޓީ

ވަރަށް ހާލުގައި އުޅޭ ފަރާތްތަކަށް ފްލެޓު ނުލިބި އެބަހުރި ކަމަށާއި، އެ އެންމެނަށް ފްލެޓު ނުދެވުނީ އެ ޢަދަދަށް ނެތުމުން ކަމަށް ފްލެޓު ކޮމިޓީން ބުނެފިއެވެ. ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ފްލެޓު ކޮމެޓީގެ ރައީސް، ތޯހާ މުހައްމަދު ވިދާޅުވީ އެ ކޮމިޓީއަށް ހަވާލު ކުރެވިފައި އޮތީ 2018ގައި ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓުތައް ދިނުމަށް ކުރިން ޕޮއިންޓްދީފައި ހުރީ، އެ މަޝްރޫޢު ޢިއުލާން ކުރެވުނުއިރުގައި ހުރި ޝަރުޠުތަކާއި އެއްގޮތަށްތޯ […]

އަލީ އާދިލް
އިލްޒާމް އަޅުވައި އަދަބުދޭން އުޅެނީ އަސާސެއްނެތް ކަމެއްގައި: މަލީހް

އިލްޒާމް އަޅުވައި އަދަބުދޭން އުޅެނީ އަސާސެއްނެތް ކަމެއްގައި: މަލީހް

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ އެއްވެސް އަސާސެއްނެތް ކަމެއްގައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން މިއަދުއެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ކަށަވަރު ކޮށްދެއްފަ އެވެ. އެ ޓްވީޓްގައި އޭނާ ވ...

އަލީ އާދިލް
އިޓާލިއަން ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ޔުވެންޓަސްއަށް

އިޓާލިއަން ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ޔުވެންޓަސްއަށް

އިޓާލިއަން ކަޕްގެ ސެމީފައިނަލްގައި އިންޓަ މިލާން ބަލިކޮށް، ފައިނަލްގެ ފުރަތަމަ ޖާގަ ޔުވެންޓަސް ކަށަވަރު ކޮށްފިއެވެ. ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު އިންޓަ މިލާނުގެ ދަނޑުގައި ކުޅުނުއިރު އެ މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. އަންގާރަ ދުވަހުގެ ރޭ ދެވަނަ ލެގުގެ މެޗު ޔުވެންޓަސްގެ ދަނޑުގައި ކުޅުނުއިރު މި މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ. ޔުވެންޓަސް ފައިނަލަށް ދަތުރު ކޮށްފައިވަނީ 2-1 ގެ އެގުރިގޭޓް ނަތީޖާއިން ކުރިލިބިގެންނެވެ. ދެ ޓީމްގެ […]

އިބްރާހިމް ޚަލީލް
ފުނަދޫގައި މޫދު ކަސްރަތު ކިލާސްތަކެއް ފަށަނީ

ފުނަދޫގައި މޫދު ކަސްރަތު ކިލާސްތަކެއް ފަށަނީ

ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި މޫދު ކަސްރަތު ކިލާސްތަކެއް ފަށަން ނިންމައިފިއެވެ. މި ފެބްރުއަރީ މަހުގ 17 އިން ފެށިގެން 15 ދުވަހުގެ މުއަދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ކިލާސްތައް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އެރަށުގެ އެއާޕޯޓްގެ ދެކުނުން އޮންނަ ނިކަގަސް ބީޗް ސަރަޙައްދުގައެވެ. މި ކިލާސްތައް ޚާއްޞަކޮށްފައި ވަނީ ފުނަދޫގެ ކަނބަލުން ނަށެވެ. އަދި މިކިލާސް ތަކުގައި ބައިވެރި ވެވޭނީ އުމުރުނ 18 އަހަރު ފުރިފައިވާ ނަމައެވެ. މި ކިލާސްތަކުގައި ބައިވެރިވުމަށް އިތުރުމައުލޫމާތު...

ޔުމްނާ ޢަލީ
މަދަމާ ރޭ ދަންވަރު ހުޅުމާލެއިން ފެނުގެ ހިދުމަތް މެދުކެނޑޭނެ

މަދަމާ ރޭ ދަންވަރު ހުޅުމާލެއިން ފެނުގެ ހިދުމަތް މެދުކެނޑޭނެ

މާދަމާ ރޭ ދަންވަރު ހަތަރު ގަޑިއިރަށް ހުޅުމާލެއިން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ. މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފެނުގެ ހިދުމަތް މެދުކެނޑޭނީ މާދަމާ ރޭ 11:30ން ދަންވަރު 3:00އާ ހަމައަށް ކަަމަށެވެ. އަދި މި ވަގުތުތަކުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ ފިޔަވަހީގެ ފެނުގެ ހިދުމަތްވެސް މެދުކެނޑޭނެ ކަމަށް އެ ކުންފުނިންބުންޏެވެ. އެ ކުންފުނިން ބުނިގޮތުގައި ހިދުމަތް މެދުކަނޑާލަނީ ހުޅުމާލ...

އަޙްމަދު ވަހީދު
ގެޓާފޭ ބަލިކޮށް ރެއާލް ދެވަނައަށް

ގެޓާފޭ ބަލިކޮށް ރެއާލް ދެވަނައަށް

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ރެއާލުން ކާމިޔާބު ކޮށްފިއެވެ. މި މެޗަށް ރެއާލުން ނުކުމެފައިވަނީ ސަސްޕެންޝަނާއި އިންޖަރީގެ މައްސަލަ ތަކުގެ ސަބަބުން އާންމުކޮށް އެ ޓީމްގެ ފުރަތަމަ އެގާރާގައި ހިމެނުގެން ކުޅޭ މުހިންމު ބައެއް ކުޅުންތެރިން ޓީމުގައި ނުހިމަނައެވެ. މިވަގުތު އިންޖަރީގައި ރެއާލްގެ މުހިންމު ގިނަ ކުޅުންތެރިން ތަކެއް ތިބިއިރު އޭގެ ތެރޭގައި ކެޕްޓަން ސާޖިއޯ ރާމޮސް، ޑެނީ ކަރަވަހާލް، ލޫކަސް ވަޒްކޭޒް، ރޮޑްރިގޯ، […]

އިބްރާހިމް ޚަލީލް
ރައީސް މައުމޫންގެ ދެކަނބަލުން ކޯވިޑް ވެކްސިން ޖައްސަވައިފި

ރައީސް މައުމޫންގެ ދެކަނބަލުން ކޯވިޑް ވެކްސިން ޖައްސަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޯވިޑް-19 ވެކްސިން ޖައްސަވައިފި އެވެ. ރައީސް މައުމޫނުގެ ދެކަނބަލުން ކޯވިޑް ވެކްސިން ޖެއްސެވީ މިއަދު ސެނެހިޔާ ހޮސްޕިޓަލުގަ އެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެމަނިކުފާނު ވނީ ކޯވިޑަށް ޕޮޒިޓިވްވުމުން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްވެސް ކޮށްފައެވެ. ނަމަވެސް އެފަހަރ އެބަލީގެ ސަބަބުން އެމަނިކުފާނަށް އެއްވެސް ސީރިއަސް އުނދަގުލެއް ކުރިމަތިވެފައެއް ނުވެއެވެ. ރައީސް މައުމޫން ކޯވިޑް ވެކްސިން ޖައ...

ޝިއުނާ އާދަމް
މަލީހްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދައިފި

މަލީހްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދައިފި

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދައިފި އެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުންނެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ކަށަވަރު ކޮށްދެއްފަ އެވެ. https://twitter.com/aliaazim/status/1359405330065596417?s=19 އެ ޓްވީޓްގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ޕާލިމެނ...

އަލީ އާދިލް
މާސް އަށް ދިޔަ ފަސްވަނަ ގައުމަކަށް ޔޫއޭއީ

މާސް އަށް ދިޔަ ފަސްވަނަ ގައުމަކަށް ޔޫއޭއީ

އެންމެފަހުން ޔުނައިޓެޓް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންވެސް މާސްއަށް ދަތުރުކޮށްފިއެވެ. ޔޫއޭއީގެ “ހޯޕް” ޕްރޯބަށް މާސްއަށް ދެވުނީ އިއްޔެ ޔޫއޭއީ ގަޑިން ރޭގަނޑު 7:42ގައެވެ. މި މާސް މިޝަން ފުރިހަމަ ކުރީ އެ ގައުމުގެ މުހައްމަދު ބިން ރަޝީދު ސްޕޭސްސެންޓަރުގެ ޓީމަކުންނެވެ. މިއީ މާސްއަށް ކާމިޔާބުކަމާއެކު ދަތުރުކުރި ފަސްވަަނަ ގައުމެވެ. އަދި މިއީ މާސްއަށް ދަތުރު ކުރި ދުނިޔޭގެ ފުރަތަމަ އަރަބި ގައުމެވެ. މާސްއަށް ދަތުރުކުރި ގައުމުތަކުގެތެރޭގައި އިންޑިއާ އާއި އެމެރިކާ ހިމެނެއެވެ. ދުނިޔޭގެ އެކި ގައުމުތަކުން […]

އަޙްމަދު ވަހީދު
އުރީދޫ އިން އިންޓަނެޓް ސޭފްޓީއާ ގުޅޭ ކެމްޕޭނެއް

އުރީދޫ އިން އިންޓަނެޓް ސޭފްޓީއާ ގުޅޭ ކެމްޕޭނެއް

އިންޓަނެޓް ސޭފްޓީ ދުވަހާއި ގުޅުވައިގެން އިންޓަނެޓަށް ކަސްޓަމަރުން ހޭލުންތެރި ކުރުވުމަށް އުރީދޫ އިން ކެމްޕޭނެއް ފަށައިފިއެވެ. ކޮމިއުނިކޭޝަން މިނިސްޓްރީއާ ގުޅިގެން އުރީދޫ އިން ކުރިއަަށްގެންދާ މި ކެމްޕޭނުގައި ސައިބާ ސޭފްޓީގެ މުހިއްމުކަމާއި ހުށިޔާރުވާން ޖެހޭ ކަންކަމާއި، ސައިބާ ސޭފްޓީޓޫލްތައް އަދި އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި ސްކޫލު ކުދިންނާއި މައިންބަފައިން އަދިދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ވެބިނާތަކާއި ވީޑިއޯތައް މެދުވެރިކޮ...

އަޙްމަދު ވަހީދު
އުނގޫފާރު މަގު ހެދުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

އުނގޫފާރު މަގު ހެދުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 އިންސައްތަ ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން، ސަބްގްރޭޑް މަސައްކަތުގެ 46 އިންސައްތަ އާއި ޕްލާންޓް ބެހެއްޓުމުގެ މަސައްކަތުގެ 45 އިންސައްތަ ވަނީނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16،488 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްގްރ...

އަޙްމަދު ވަހީދު
ކަނޑިތީމުގައި އައިޔޫއެމްގެ ކޯސްތަކެއް ފަށަނީ

ކަނޑިތީމުގައި އައިޔޫއެމްގެ ކޯސްތަކެއް ފަށަނީ

ށ. ކަނޑިތީމުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކޯސްތައް ފެށުމަށް ނިންމާފައިވާ ކަމަށް ކަނޑިތީމު ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ އެރަށުގައި އައިޔޫއެމްގެ ކޯސްތަކެއް ކުރިއަށް ގެންދަން އެކައުންސިލުން ނިންމާފައި ވާކަމަށެވެ. މިގޮތުން އެރަށުގައި އެ ޔުނިވަސިޓީގެ 5 ކޯހެއް ހިންގަން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ، އެ ކޯސްތަކަކީ: ސެޓްފިކެޓް 3 އިން ޤިރާއަތުލް ޤުރުއާން ސެޓްފިކެޓް 2 އިން ޤިރާއަތުލް ޤުރުއާން ސެޓްފިކެޓް 1 އިން […]

ޔުމްނާ ޢަލީ