ރައީސުލް ޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކޯވިޑް-19 ވެކްސިން ޖައްސަވައިފިއެވެ. އެމަނިކުފާނު ކޯވިޑް ވެކްސިން ޖެއްސެވީ މިއަދުއެވެ. އެމަނިކުފާނު ޖެއްސެވީ އިންޑިއާއަށް ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ކޯވިޑް ވެކްސިން ޖެއްސެވުމަށްފަހު ނައިބު ރައީސް ފައިޞަލް ވަނީ ހުރިހާ ރައްޔިތުން ވެސް ޤައުމީ ރޫޙެއްގައި ވެކްސިން ޖެހުމުގަައި ބައިވެރިވުމަށް އިލްތިމާސްކުރަށްވާފަ އެވެ. ރާއްޖޭގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ކޯވިޑް ވެކްސިން ދިނުމުގެ ގައުމީ ހަރަކާތް ”ކޯވިޑް-19 ދިފާޢު” ފަށާފައިވާއިރު، މި...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ އަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އިބްރާހިމް ވަޙީދު ނިޔާވެއްޖެ އެވެ. އިބްރާޙިމް ވަހީދު ނިޔާވެފައިވަނީ އިއްޔެގެ ވަގުތެއްގައި މާލޭގައެވެ. ވަހީދުގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިޔަދު މެންދުރުނަމާދުގެ ފަހުގައި މަސްޖިދު ތަޢާވުން (އާސަހަރާ މިސްކިތް) ގަ އެވެ. ވަހީދު ނިޔާވި އިރު އުމުރަކީ 60 އަހަރެވެ. މާރަންދޫ ކައުންސިލްގެ އިދާރާއިން ނެރުނު ތަޢުޒިޔާ މެސެޖުގައި ބުނެފައިވަނީ ސަރުކާރަށާއި މިރަށުގެ ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެތް ކުރައްވާފައިވާ މިއިދާރާގެ ޑިޕ...
އަލީ އާދިލް
ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެއެވެ. މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މިހާރު މި މަސައްކަތުގެ 90 އިންސައްތަ ވަނީ ނިމިފައެވެ.އަދި މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެވެސް 80 އިންސައްތަ ވަނީ ނިމިފަ...
އަޙްމަދު ވަހީދު
އުރީދޫގެ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.34ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ. ޑިރެކްޓަރުންގެ ބޯޑުން މި އަދަދު ހުށަހަޅަން ނިންމި ނަމަވެސް މި އަދަދު ފާސް ކުރާނީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ ވޯޓުންނެވެ. އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ތާވަލު ކޮށްފައިވަނީ އަންނަ މަހުގައެވެ. އެ ކުންފުނިން މީގެ ކުރިން ނެރުނު އިއުލާނެއްގައި ބުނީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ […]
އަޙްމަދު ވަހީދު
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލައިގައި އޭނާ ގެއްލުނު ރޭ، އޭނާ ދިރިއުޅުނު ފްލެޓު ކައިރިން ފެނުނު ވަޅިއާއި ގުޅޭ ސާބިތުހިފޭ ސައްހަ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 500،000 ރުފިޔާގެ ފައިސާ އިނާމެއް ހުށަހަޅައިފި އެވެ. ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ވަނީ އެ ވަޅީގެ ފޮޓޯއެއް އާންމުކޮށް، ބަޔާނެއް އާންމު ކޮށްފަ އެވެ. އެ ބަޔާނުގައި އެ ކޮމިޝަނުން ބުނީ އެ ވަޅިއަކީ އޯގަސްޓް 7، 2014 […]
Thiladhun
ހުރިހާ ކަސްޓަމަރުން ވެސް އޮންލައިންކޮށް ޚިދުމަތް ހޯދަން އުރީދޫން އެދިއްޖެއެވެ. އެ ކުންފުނިން މިހެން އެދުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅަފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުންނެވެ. އެޗްޕީއޭއިން ވަނީ ކޮންމެހެން ހޯދަން ޖެހޭ ހިދުމަތްތައް ނޫން ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބާރު އަޅައިފައެވެ. އުރީދޫގެ މުހިންމު ހިދުމަތްތައް އުރީދޫ މޯބައިލް އެޕްލިކޭޝަނާއި ޑިޖިޓަލް ސެންޓަރުތަކުން ލިބޭނެއެވެ. މިއީ އިތުރު މީހަކާ ދިމާނުވެ ހިދުމަތް ހޯދޭ ދެ ޕްލެޓްފޯމެވެ. ސައުވީސް ގަޑިއިރު ހިދު...
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. މި މެޗު ސިޓީ ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ލިވަޕޫލް ފާހަގަ ކުރެވިފައިވަނީ އެ ޓީމްގެ އަމިއްލަ ދަނޑު ކަމުގައިވާ އެންފީލްޑްގައި ބަލިކުރަން އުނދަގޫ ޓީމެއްގެ ގޮތުގައެވެ. ނަމަވެސް މި އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ބާންލީއަތުން އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިވިފަހުން އެ ޓީމަށް އަދި އެންފީލްޑްގައި […]
އިބްރާހިމް ޚަލީލް
ފެނަކައިގެ ފަރާތުން ހދ. މަކުނުދޫއަށް އާ 600 ކިލޯވޯޓުގެ އާ ޖަނަރޭޓަރު ސެޓެއް ގެންގޮސްފިއެވެ. މަކުނުދޫގެ ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި، އެރަށަށް އާ ޖަނަރޭޓަރު ސެޓެއް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ޖަނަރޭޓަރު އެރަށަށް ލިބުމާއި ގުޅިގެން މަކުނުދޫ ކައުންސިލުން ވަނީ އެކަމަށްޓަކައި ރައީސް ޞާލިހަށާއި، ފެނަކައަށާއި އަދި އެރަށް ރައްޔިތުން މަޖިލިސްގައި ތަމްސީލް ކުރަށްވާ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީއަށް އެރަށުގެ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފަ އެވެ. ފެނަކައ...
ޔުމްނާ ޢަލީ
ށ. ފޭދޫގައި ސަރުކާރުން ތަރައްގީ ކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ދަނޑު ހުޅުއްވައި ދެއްވީ ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރާއި، އެ އަތޮޅު ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ޝާހިދެވެ. ފޭދޫ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ފޭދޫއާއި ގޮއިދޫއާއި ދެމެދު ވަނީ އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފައެވެ. މި މެޗް 8-1 ލަނޑުން ކާމިޔާބު ކުރީ ގޮއިދޫ ޓީމެވެ. ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރު […]
ޙުސައިން ޝަހުދީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ކުރިއަށް ގެންދާ ކޯވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން، އުމުރުން 70 އަހަރުން މަތީ މީހުންނަށް ކޯވިޑް19 ވެކްސިން ދިނުމަށް މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. އެ ހޮސްޕިޓަލުން ވަނީ މިމަހުގެ 4 ،5 އަދި 6 ވަނަ ދުވަހު ވެސް އުމުރުން 70 އަހަރުން މަތީ މީހުންނަށް ކޯވިޑް ވެކްސިން ދީފައެވެ. މިއަދު އެ ހޮސްޕިޓަލުން ވިދާޅުވީ އެ އުމުރުގެ މީހުންނަށް […]
ޝިއުނާ އާދަމް
ސްޕެނިޝް ލަލީގާގައި ރެއާލް ބެޓިސްއާއި ބާސެލޯނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ބެޓިސްއިންނެވެ. މި ލަނޑު 38 ވަނަ މިނެޓުގައި ބެޓިސްއަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ފޯވަޑް ބޮރާހާ އިގްލީސިއަސްއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ބެޓިސް ކުރީގައި އޮވެގެންނެވެ. ބާސާގެ ކޯޗް ރޮނާލް ކޫމަންގެ މި މެޗަށް […]
އިބްރާހިމް ޚަލީލް
ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ބިން ދޫކުރާއިރު އެރަށުގެ ރައްޔިތުންނަށް އެ ބިންތައް ކާމިޔާބު ކުރެވޭނެ ގޮތަށް ބިންތައް ދޫކުރުމުގެ މަރުހަލާގެ ކަންކަން ބައްޓަންކޮށްދިނުމަށް ހއ. އަތޮޅު ކައުންސިލްގައި ކެލާ ދާއިރާ ތަމްސީލް ކުރަށްވާ، ހއ. އަތޮޅު ކައުންސިލް ޕީޕީއެމް މެންބަރު ޢަބުދުﷲ އިންފާޒް ރަޝީދު އެދި ވަޑައިގެންފިއެވެ. އޭނާ މިގޮތަށް އެދި ވަޑައިގަތީ އިއްޔެ ކެލާ ކައުންސިލަށް ފޮނުވި ސިޓީއެއްގަ އެވެ. އެސިޓީގައި އޭނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން އޭނާއާއި، ކެލާ […]
އަލީ އާދިލް
އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާނާއި، ތާވަލުގެ ފުލުގައި އޮތް ކޮރޮޓޯނެ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު މިލާނުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި މިލާނުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ 30 ވަނަ މިނެޓުގައެވެ. ރަފޭލް ލެއާއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މިލާނަށް ކުޅެމުން އަންނަ […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއަ ލީގުގައި ޓޮޓެންހަމްއާއި ވެސްޓްބްރޯމް ބައްދަލުކުރި މެޗު ޓޮޓެންހަމްއިން ކާމިޔާބު ކޮށްފިއެވެ. އެންމެ ފަހުން ލީގުގައި ޓޮޓެންހަމް ކުޅުނު ތިން މެޗުން ވެސް އެ ޓީމް ބަލިވެފައިވާއިރު، އާދީއްތަ ދުވަހު ހަވީރު ވެސްޓްބްރޯމް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ ޓޮޓެންހަމްއިން ވަނީ ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފައެވެ. މި މަހުގެ ފުރަތަމަ ދުވަހު ބްރައިޓަން އަތުން ޓޮޓެންހަމް ބަލިވި މެޗުގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން، ހުކުރު ދުވަހުގެ ރޭ ޗެލްސީއަތުން ބަލިވި […]
އިބްރާހިމް ޚަލީލް
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސީ ވާދަވެރިން ކުރަމުންދާ ހަމައެކަނި ކަމަކީ ޝައްކާ ވަހުމު އުފެއްދުން ކަމަށް އެ ޕާޓީން ބުނެފިއެވެ. ރަށްވެހިފަތިސް ކެންޕޭނުން މިއަދު ހެނދުނު 11 ޖެހިއިރު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކެމްޕޭންގެ ސްޕޯސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ވިދާޅުވީ އެމްޑީޕީ ގެނެސްދޭ އުންމީދު، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނުންވެސް ގެނެސ...
އަލީ އާދިލް
ސްޓޭޓް ޓްރޭޑިން އޯގަނައޮޒޭޝަން (އެސްޓީއޯ) ގެ ފްރޮންޓްލައިން ސްޓާފުންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި މިހާތަނަށް އެ ކުންފުނީގެ ގިނަ އަދަދެއްގެ ފްރޮންޓްލައިން ސްޓާފުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައެވެ. އެސްޓީއޯއިން ކުރި ޓްވީޓެއްގައި ބުނީ ވެކްސިން ޖެހުމާއި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރުމަކީ ކޯވިޑް-19އިން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމުފިޔަވަޅު ކަމަށެވެ. އަދި މި ބަލި ފެތުރުން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކ...
އަޙްމަދު ވަހީދު
އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސަރޓިފިކޭޝަން ސްޓެލްކޯއިންހާސިލްކޮށްފި އެވެ. މި ސިސްޓަމަށް ސްޓެލްކޯ ސަރޓިފައިކޮށްދީފައިވަނީ އިނގިރޭސިވިލާތުގެ އައިއެސްއޯ ކުއަލިޓީ ސާވިސަސް ލިމިޓެޑުންނެވެ. މި ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެމަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑަޑެވެ. އައިއެސްއޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ރަނގަޅު އަދި އެއްފެންވަރެއްގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެ...
އަޙްމަދު ވަހީދު
ކޮވިޑް-19ގެ ވެކްސިން ދިނުމަށް މިދިޔަ ހަފުތާގައި ފެށި “ދިފާއު” ކެމްޕޭނަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސިއްހީ ސާމާނު ހަދިޔާ ކޮށްފިއެވެ. އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މި ސާމާނުގެ ސަބަބުން މުޅި ރާއްޖެއަށް ވެކްސިން ދިނުމުގެ ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީ ލިބިގެންދާނެކަމަށެވެ. ނަމަވެސް ހަދިޔާ ކުރި ތަކެތީގެ ތަފްސީލެއް އެ ކުންފުނިން ދީފައި ނުވެއެވެ. ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ދޭން ފެށީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. އެގޮތުން، އެންމެ […]
އަޙްމަދު ވަހީދު