ހދ ހަނިމާދޫގައި، އެކިސިފަސިފާގައި ތަޢުލީމް ފޯރުކޮށްދެމުން އަންނަތާ މިހިގާ 2021 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހަށް 52 އަހަރު ފުރުނީއެވެ. ހަނިމާދޫގައި ފުރަތަމަ ތަޢުލީމް ފޯރުކޮށް ދިނުމަށްޓަކައި ޢިމާރާތެއް ކުރެވިފައިވަނީ، އައްޑިހައިގެ އަހަރު ތަކުގެ ފަހުކޮޅުއެވެ. “ފީރޯޒްވިލާ” ކިޔާ ބިމުގައެވެ. “ހަނިމާދޫ މަކްތަބް”ގެ ނަމުން ނަންދެވުނު އެ މަދަރުސާގައި 1993 ވަނަ އަހަރާ ހިސާބަށް ތަޢުލީމް ފޯރުކޮށްދީފައި ވެއެވެ. ހަނިމާދޫ ރައްޔިތުން، ހަނިމާދޫ ހަނދުވަރީމަގާ ދިމާ އަތިރިމަތީގައި މަދަރުސާއެއް ބިނާކޮށް، އެ...
އިބްރާހިމް ޚަލީލް
ކޮޕީފަތަކީ ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އެއް ފަތް ތަރުކާރީއެވެ. މިއީ ހައްދަން ފަސޭހަ އެއްޗަކަށް ވުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކޮޕީފަތް ހައްދަމުން ގެންދެއެވެ. ކުރި ކެނޑުން ކޮޕީފަތް ރާއްޖޭގައި އަބަދުވެސް ހައްދައި އުޅެނީ ކުރި ޖަހައިގެންނެވެ. މުޑުވައް ކުރަން ރަނގަޅީ ބަލި ނުޖެހި ހުރި ގަހަކުން ކުރި ނަގައިގެނެވެ. ކުރި ނެގުމުގައި ބަލާނީ ގާތްގަނޑަކަށް ފަންސުރެއްގެ ފަލަ މިނުގެ ތަނޑިލާފައި ހުރި، 6 އިންޗި ދިގުމިނުގެ ކުރި ނެގުމަށެވެ. ތޫނު ވަޅިއެއް ނުވަތަ ޕްރޫނިންގ […]
ހުބާ ޕްލާންޓްސް
ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. މުރައިދޫއަށް، ރައްޔިތުންގެ މަޖިލީހުގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ކަނޑުމަސް ހަދިޔާ ކުރަށްވައިފިއެވެ. މިގޮތުން މެންބަރު އަޙްމަދު މިއަދު ވަނީ އެރަށަށް 235 ކިލޯގެ ތާޒާ ކަނޑުމަސް ހަދިޔާ ކުރަށްވާފައެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، މެންބަރު އަހްމަދު ވަރަށް ގާތުން މުރައިދޫ ރައްޔިތުންގެ ހާލު ބައްލަވަމުން ގެންދަވާ ކަމަށެވެ. “އެމްޕީ ގުޅުއްވާނެ ކޮންމެ ދުވަހަކު، ރައްޔިތުނ...
ޙުސައިން ޝަހުދީ
އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ، ނުރައްކާ ނެތިދާ ސަބަބެއްކަމަށް ދައުލަތުން ނުދެކޭކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ. ޝަމީމް މިހެން ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހުއްޓާ ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެން މަގާމުގެ ހުވާކުރައްވައި އޮފީހަށް ނުކުންނަވަން ފައްޓަވާފައިވާ މުހައްމަދު އަހުމަދު (އެމްޑީ) ބަންދުން ދޫކޮށްލި އަމުރު ހައިކޯޓުން މިއަދު ބާތިލްކުރުމާއި ގުޅޭ ހަބަރެއް ހިއްސާކުރައްވާ ކުރެއްވ...
އަލީ އާދިލް
ފުރަބަންދަކަށް ނުގޮސް، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. “ލޮކްޑައުންއެއް ކުރުމަށް ނިންމާފައެއް ނުވޭ...
ޙުސައިން ޝަހުދީ
އިޒްރޭލްގެ ހައްދުފަހަނާއަޅާފައި އަމަލުތަކުގެ ސަބަބުން ހައްގުތައް ގެއްލި، ދަތިހާލުގައި އުޅެމުންދާ ފަލަސްތީންގެ ރައްޔިތުންނށް އެހީވުމަށްޓަކައި ހއ. ވަށަފަރުގެ ޒުވާނުން އިސްނަގައިގެން ފައިސާ ހޯދުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައި، އިތުރު އިތުރު ހަރަކާތްތަކެއް ކުރިއަށް އެބަގެންދެއެވެ. މިގޮތުން އިއްޔެ ވަށަފަަރުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވިއިރު، މިދިޔަ އަންގާރަ ދުވަހު ވަށަފަރުގައި ވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އަޑުއުފުލައި ހިނގާލުމެއް ބާއްވާފައެވެ. މި...
އައިޝަތު އިލްމާ އަދުނާން
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މިފަހުންދިން ހަމަލާ ތަކުގައި 3 ނުވަތަ 4 މެމްބަރުން ޝަހީދުވި 14 އާއިލާއެއް ހިމެނޭ ކަމަށް ފަލަސްތީނުގެ ހަބަރުތައް ގެެނެސްދޭ އިލެކްޓްރޯނިކް އިންތިފާޟާ އިން ރިޕޯޓް ކޮށްފިއެވެ. އެންމެ ފަހުން މިހާ ގިނަ އަދަދެއްގެ މެމްބަރުން އެއް އާއިލާއިން މި ދުނިޔެއާއި ވަކިވާން ޖެހުނީ 2014 ވަނަ އަހަރު އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާ ތަކުގައެވެ. އެފަހަރު މަދުވެގެން 3 މެމްބަރުން ޝަހީދުވި 150 އާއިލާ ހިމެނެއެވެ. ހައްދުފަހަނަ އެޅީ އިޒްރޭލުން މިފަހަރު […]
ތިލަދުން
ހދ.ކުމުންދޫ ކައުންސިލާއި އެރަށު ބީޗްސިޓީ ސްޕޯޓްސް ކުލަބް ގުޅިގެން “ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖް 2021” ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެމްޑަބްލިއުއެސްސީ ޓިމް ކަށަވަރު ކޮށްފިއެވެ. މި މުބާރާތުގައި ކުމުންދޫގައި ހުރި ސަރުކާރުގެ ފަސް މުއައްސަސާއަކުން ބައިވެރި ވެފައިވާއިރު، މި މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށެވެ. މިގޮތުން އެމްޑަބްލިއުއެސްސީން ވަނީ އެ [...
އިބްރާހިމް ޚަލީލް
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. މިއީ މިސަރަހައްދު ތަކަށް މިއަދު ހުދު ސަމާލު ނެރުނު ދެވަނަ ފަހަރެވެ. ފުރަތަމަ ނެރުނު ސަމާލުގެ ވަގުތު ހަމަވީ ހެނދުނު 9:30 އަށެވެ. މިފަހަރުގެ ސަމާލުގެ ވަގުތަކީ މެންދުރު 13:45 އިން ހަވީރު 17:45 އަށެވެ. މި ސަމާލުގެ ވަގުތުގައި އެ ސަރަހައްދުތަކަށް ކަނޑު ގަދަވެ، ގަޑިއަކު 19 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ […]
ޔުމްނާ ޢަލީ
ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފާރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން އެދޭކަމަށާއި، ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އެދޭކަމަށެވެ. ހުޅަނގު މޫސުގެ ދުވަސްވަރު ކަމަށް ވުމުން ކުރިއަށް އޮތް 4 ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކުރަށްވައެވެ. ހާއްސަކޮށް ރާއްޖޭގެ އިތުރާ...
ޝިއުނާ އާދަމް
ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު، ކުރިއަށް ގެންދަވަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފަޔާއި އެއްގޮތަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ސީޕީ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއި ގައި ދެވުނު ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަވަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް ކަމަށެވެ. މިފަދަ މ...
އަލީ އާދިލް
ނުރައްކާތެރި ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 66 އަހަރުގެ ފިރިހެނެކެވެ. އެމީހާއަކީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެއްސެކެވެ. އޭނާ ނިޔާވީ ހެނދުނު 8:07 ގައެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމުން މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 124 އަށް އެރީއެވެ. މިބަލީގައި ރޭ ވަނީ 39 އަހަރުގެ ދިވެހި އަންހެނެއް ވެސް ނިޔާވެފައެވެ. އަދި އިއްޔެ ހަވީރު އުމުރުން […]
ޝިއުނާ އާދަމް
ހއ. ކެލާ ތުނޑީގައި ތަރައްގީކުރާ ޓޫރިސްޓް ހޮޓަލުގެ ބިމުގެ ސާވޭގެ ފުރަތަމަ މަރުހަލާ ނިއްމާލައި، އީއައިއޭގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. އަލަށް އިންތިޚާބުވެ، މަސައްކަތް ފަށާފައިވާ ކެލާ ކައުންސިލުން އިއްޔެ ވަނީ ކެލާ ތުނޑީގައި ޓޫރިސްޓް ހޮޓެލެއް ތަރައްގީކޮށް ހިންގަން ހަވާލުވެފައިވާ ފެޑޯ އިންވެސްޓްމެންޓާއި ބައްދަލުކުރަށްވައި، އެ ހޮޓަލުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ފަހުގެ މައުލޫމާތު ހޯއްދަވާފައެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ފެޑޯގެ ފަރާތުން ވަނީ، ކެލާގައި ތަރައްގީ...
ޔުމްނާ ޢަލީ
ހއ. މުރައިދޫން އިތުރު 10 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު، އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 23 އަށް އިތުރުވެފައެވެ. މުރައިދޫއަށް ކޯވިޑްގެ ބިރުވެރިކަން ކުރިމަތިވެފައި މިވަނީ، ކޯވިޑް ބަލީގެ އަލާމާތްތައް ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހަކު މިމަހުގެ 18 ވަނަ ދުވަހު ޕޮޒިޓިވްވުމުންނެވެ. އެ މީހާއަކީ ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ. މުރައިދޫ ކައުންސިލުން ވިދާޅުވިގޮތުގައި މިހާތަނަށް އެރަށުން ކޯވިޑަށް ޓެސްޓް ކުރުމަށް 175 ސާމްޕަލެއް ނަގާފައ...
ޙުސައިން ޝަހުދީ
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. އެކަންހާމަކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ވ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން މޫސުމަށް ސަމާލުވުމަށް ދޭ އިރުޝާދުގެ ދަށުން، އެސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދު 9:30 އާއި […]
ޙުސައިން ޝަހުދީ
ފަލަސްޠީން އާއި ދެކޮޅަށް ހައްދުފަހަނަ އެޅި އިޒްރާއިލުން ދެމުންގެންދާ ހަމަލާތަކާއި ދެކޮޅަށް ދިވެހިން އެއްތަންކުރި “މޯލްޑިވްސް ސްޓޭންޑް ވިތު ފަލަސްތީން” ގުރޫޕް ފޭސްބުކުން ބޭންކޮށްފި އެވެ. އެގްރޫޕްގެ ފައުންޑިން މެންބަރަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނީ އެ ގްރޫޕް ވުޒޫދުން ގެއްލުނުއިރު މެމްބަރުންގެ ގޮތުގައި 50،000 އާ ގާތްކުރާ އަދަދަކަށް މީހުން ތިބި ކަމަށެވެ. މިގުރޫޕް އެކްޓިވްކޮށް މަސައްކަތް ކުރަން ފެށިތާ މިވީ ހަފްތާއެކެވެ. އިޒުރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމާލަތަކާ ދެކޮޅަށް އަޑުއުލުމަށްޓަކައި...
ތިލަދުން
ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން އެތުލެޓިކޯ މެޑްރިޑް ހޯދައިފިއެވެ. އެތުލެޓިކޯއިން ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ލީގުގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ރެއާލް ވަޔަޑޮލިޑްގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. އެތުލެޓިކޯއިން ޗެމްޕިއަންކަން ކަށަވަރު ކޮށްފައި މިވަނީ ދެވަނާގައި އޮތް ރެއާލްއަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލީގުގެ ފަހު މެޗުތައް އެއްވަގުތެއްގައި ކުޅެފައިވާއިރު ރެއާލް ވަނީ ވިޔަރެއާލްގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. ތިންވަނާގައ...
އިބްރާހިމް ޚަލީލް
ހއ. ދިއްދޫގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅައިފައިވާ ފިޔަވަޅުތަކުގެ މުއްދަތު ހަމަވެ، ރަށުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެފައި ނުވާތީ، ފިޔަވަޅުތައް އިތުރު 1 ހަފްތާއަށް އިތުރުކުރުމަށް ހދ.ދިއްދޫ ކައުންސިލުން ނިންމައިފިއެވެ. ކާފިއުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދަމު 12:00އާއި ހަމައަށެވެ. ދިއްދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު...
އައިޝަތު އިލްމާ އަދުނާން