ކުޅުދުއްފުށި ސިޓީއިން ކޯވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިއާއިއެކު އެސިޓީ އިން މިހާރު ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިވަނީ 13 އަށް އަރާފަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނުނީ ޕޮޒިޓިވްވެފައިވަނީ މިމަހުގެ 21 އިން 22 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ނެގިފައިވާ 64 ސާމްޕަލްގެ ތެރެއިން 1 ސާމްޕަލް ކަމަށެވެ. ޕޮޒިޓިވްވެފަިވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ސާމްޕަލް ނެގި ފަރާތެއް ކަމަށް […]
އައިޝަތު އިލްމާ އަދުނާން
ހއ.ބާރަށުގެ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ދިނުމަށް ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ. މި ހިނގާލުމަކީ ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ އުދުވާނާ ދެކޮޅު ހަދައި، އިޒްރޭލްގެ އަމަލުތައް ކުއްވެރި ކުރުމަށް ބާރަށު ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ. ބާރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މިހިނގާލުން އޮތީ އިއްޔެ ހަވީރުއެވެ. މިހިނގާލުން ނިންމާލީ އެރަށު ޖެޓީ ސަރަހައްދު ކައިރިއަށެވެ. ހިނގާލުން ނިންމާލީ ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަ...
އިބްރާހިމް އަސްވާޤް
ކޯވިޑް-19ގެ “އިންޑިއަން ވޭރިއަންޓް”އާ ގުޅޭގޮތުން ޕޯސްޓްކޮށްފައިވާ ކޮންޓެންޓުތައް ސޯޯޝަލް މީޑީޔާއިން ނެގުމަށް އެދި އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން ސޯޝަލް މީޑިއާ ކުންފުނިތަކުގައި އެދިއްޖެއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް އޭޖެންސީ ރޮއިޓާޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރުދުވަހު ފޮނުވާފައިވާ މި ސިޓީ އެ އޭޖެންސީ އަށް ވަނީ ލިބިފައިއެވެ. އިންޑިއާ އިން މިގޮތަށް އެދިފައިވަނީ އެ ގައުމުން ފެނުނު މި ވޭރިއަންޓަށް “އިންޑިއަން ވޭރިއަންޓް” އޭ ކިޔާތީ އެގައުމުގެ ނަން ކިލަނބުވާތީއެވެ. އެ ގަ...
އަޙްމަދު ވަހީދު
އިޒްރޭލްގެ ރަޙްމެއްނެތް އުދުވާނުގެ ވޭން ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ އެއްކުރުމުގެ ހަރަކާތެއް ހދ. ނޮޅިވަރަންފަރުގައި ފަށައިފިއެވެ. މި ހަރަކާތަކީ ނޮޅިވަރަންފަރު ޒުވާނުން އިސްނަގައިގެން، އެރަށުގެ ކައުންސިލާއި ގުޅިގެން އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ)ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް މިއަދު އެރަށުގައި ފެށީ ނޮޅިވަރަންފަރު ރައްޔިތުން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދި...
ޙުސައިން ޝަހުދީ
އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ދިފާޢުކުރާ މޭރުމަކުން ކުރި ޕޯސްޓެއްގެ ސަބަބުން މަޝްހޫރު ވީޑިއޯ ބްލޮގާ ނާސް ޑެއިލީގެ 18 މިލިއަން ފޮލޯވާސް ފޭސްބުކުން ގެއްލިއްޖެއެވެ. މިދިޔަ އާދިއްތަ ދުވަހު ނާސް ޑެއިލީގައި އަރަބީންނާއި ޔަހޫދީންނާއި ގުޅޭ ގޮތުން ކުރި ޕޯސްޓުގެ ކުރިން އެ ޕޭޖުގައި 38 މިލިއަން ފޮލޯވަރުން ތިއްބެވެ. ހަފްތާއެއް ނުވަނީސް މި އަދަދު މިވަނީ 20 މިލިއަނަށް ވެއްޓިފައެވެ. ނާސް ޑެއިލީ މަޝްހޫރުކަން ހޯދައިފައިވަނީ 1 މިނިޓެޑުގެ 1000 ވީޑީއޯ ދުނިޔޭގެ އެތައް ޤައުމަކަށް ދަތުރުކޮށް […]
ތިލަދުން
ހއ. ކެލާ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މި މަސައްކަތް ހަވާލުކުރީ، ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިި މަސައްކަތް ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފާއި، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތުގެ އަގަކީ 3.8 މިލި...
ޔުމްނާ ޢަލީ
ބެޓެރީ ވެހިކަލް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަބެސްޓް ބަޑީއިން ކޮލިޓީ ރަނގަޅު އެސް.އެސް ރަށުޕިކަޕްގެ އާ ޝިޕްމަންޓެއް ގެނެސް ވިއްކަން ފަށައިފިއެވެ. ބެސްޓް ބަޑީގެ އޮފިސަލަކު މަޢުލޫމާތުދެމުން ވިދާޅުވީ، އެސް.އެސް ރަށުޕިކަޕްގެ ސްޕެއަރޕާރޓްސް ޔަޤީންކަމާއެކު މިހާރު އެފިހާރައިން ލިބޭނެކަމަށެވެ. ބެސްޓް ބަޑީއިން1200 ވޯޓުގެ ޕިކަޕެއް ވިއްކަނީ 35،000 ރުފިޔާއަށެވެ. މިއީ ރަށު ޕިކަޕްގެ އެންމެ ބޮޑެތި ސައިޒެވެ. ރަށު ޕިކަޕަކީ ރަށްފުށުގެ މަސަކަތްތެރިންގެ ހިތެވެ. މަސައްކަތުގެ ވިންދެވެ. ހާއްސަކޮށް ކުޑަ ހަރަދަކުނ...
އަޙްމަދު ވަހީދު
ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދު ރާއްޖޭގައި ނެތްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް “ތިލަދުން”އަށް ވިދާޅުވީ، އެ ޒުވާނާއާއިބެހޭ ޚަބަރެއް ލިބިފައިވޭތޯ ކައުންސިލްގެ ފަރާތުން އެރަށުގެ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ހޯއްދެވިކަމަށެވެ. “އަޅުގަނޑުމެން މިދިޔަ ހަފްތާގައި ވާނީ ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަންގެ ފުލުހުންނާ ބައްދަލުވުމެއް ބާއްވާފައި، އެއީ...
ތިލަދުން
ކޯވިޑު-19 ގައި މިއަދު ރާއްޖެއިން ދެވަނަ މީހަކު ނިޔާވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 122 އަށް އަރައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ބަލީގައި އެންމެފަހުން ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެއް ކަމަށާއި އޭނާ ނިޔާވެފައިވަނީ މިއަދު ހަވީރު 4:15 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއީ މި މަހު މި ބަލީގައި […]
އިބްރާހިމް އަސްވާޤް
ފަލްސްތީނު ރައްޔިތުނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް، ފަލަސްތީނަށް އެހީވުމުގެ ގޮތުން ހދ.ނެއްލައިދޫގެ ކައުންސިލާއި ރަށުގެ ޒުވާނުން ގުޅިގެން ހދ.ނެއްލައިދޫގައި ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ. މިހަރަކާތް މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ނެއްލައިދޫގެ ގޭގެއަށް ފަންޑުފޮށި ހިފައިގެން ޒިޔާރަތްކޮށް ޖުމްލަ 35،700 ރުފިޔާ އާއި 118 ޑޮލަރު އިއްޔެގެ ހަރަކާތުން ލިބިފައިވާކަމަށް ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް ވިދާޅުވިއެވެ. މިމަހުގެ 29 ވަނަ ދުވަ...
އައިޝަތު އިލްމާ އަދުނާން
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓް (ކޭއާރުއެޗް)އަށް އަލިފާނުގެ ހާދިސާއިން ރައްކާތެރިވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީ އެފަދަ ނިޒާމެއް ގާއިމްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނެރުނު އިއުލާނެއްގައި ބުނީ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައިބައިވެރިވުމަށް މާދަމާއިން ފެށިފެން މި މަހުގެ 27ގެ ނިޔަލަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓަރ ކުރަން ޖެހޭނީtenders@mtcc.com.mv އަށް އީމެއިލް ކޮ...
އަޙްމަދު ވަހީދު
ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ އެއާޕޯޓުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި އެއާޕޯޓުގެ ރަންވޭއާއި ޓާނިން ޕެޑްގެ ސަބްގްރޭޑް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. މި މަޝްރޫއުގެ ދަށު...
އަޙްމަދު ވަހީދު
ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 48 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. މިއީ ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 121 ވަނަ މީހާއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވިގޮތުގައި އޭނާއަކީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާއަށް އެޑްމިޓް ކޮށްފައި އޮތް މީހެކެވެ. އޭނާ ނިޔާވީ މެންދުރު 12:02 ގައެވެ. ހުޅުމާލޭ ފެސިލިޓީގައި ފަރުވާއަށް އެޑްމިޓް ކޮށްފައި އޮތް 57 އަހަރުގެ ދިވެހި އަންހެނެއް ވެސް ރޭ އިރާކޮޅު ނިޔާވިއެވެ. ރާއްޖެއިން ރެޔާއި ހަމައަށް ޖުމްލަ 52،045 […]
ޝިއުނާ އާދަމް
ށ. ޅައިމަގު ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރަކު މީސް މީޑިއާގައި ހައްދުފަހަނައަޅާފައިވާ އިޒްރޭލަށް ތާއީދުކޮށް ލިޔުމުން އެކަމާއި ޅައިމަގު ރައްޔިތުން ނުރުހުން ފާޅުކުރުމުން އޭނާ އެރަށުން ބާލައިފިއެވެ. ޅައިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރު “ތިލަދުން”އަށް ވިދާޅުވީ، އެ ޓީޗަރު އިޒްރޭލަށް ތާއީދުކޮށް ފޭސްބުކްގައި ކުރި ޕޯސްޓާ ގުޅިގެން އޭނާ ހުރީ އިއްޔެ ސަސްޕެންޑު ކޮށްފަކަމަށެވެ. “ސްކޫލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އޭނާ އިއްޔެ ސަސްޕެންޑް ވެސް ކޮށްފި، އެ ޑިޔުކޭޝަނުން ދިޔައީ އެ މައްސަލަ ބ...
ޔުމްނާ ޢަލީ
ހއ. ބާރަށު ރައްޔިތުން، އެއަތޮޅު މުރައިދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ކޯވިޑް-19އާއި ގުޅިގެން މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މުރައިދޫ އޮތީ އަރާ ފޭބުން މަނާކޮށް، އަދިވެސް މޮނިޓަރިން ހާލަތުގައެވެ. މިހާލަތުގައި ބާރަށު ރައްޔިތުން، މުރައިދޫ ރައްޔިތުންނަށް މި ފޯރުކޮށްދިން އެހީތެރިކަމާއި ގުޅިގެން ބާރަށު ކައުންސިލުން ވިދާޅުވެފައި ވަނީ، މި އެހީތެރިކަމަކީ، މުރައިދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ކޯވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތުގައި އޮތުމުން އެރަށުގެ ރައްޔ...
ޙުސައިން ޝަހުދީ
ހއ. ދިއްދޫއިން އިތުރު ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ އެރަށުގެ އެކްޓިވް ކޭސްތަކުގެ އަަދަދު 50 އަށް އަރައިފިއެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރަށްވާފައިވާ މައުލޫމާތަށް ބަލާއިރު ދިއްދޫން އިއްޔެ ވަނީ އަލަށް 10 މީހަކަށް ކޯވީޑް ބަލިޖެހިފަ އެވެ. މިގޮތުން އިއްޔެ ހަވީރު 17:20ގައި އެ ހޮސްޕިޓަލުން ހާމަކުރެއްވި މައުލޫމާތުގައި އަލަށް 5 މީހަކު އެރަށުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރޭ 23:15ގައި އާންމު ކުރެއްވި މައުލޫމާތުގައި ވެސް އަލަށް 5 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. […]
ޔުމްނާ ޢަލީ
ހއ. މުރައިދޫއިން އަނެއްކާ ވެސް އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މެއި 20 ވަނަ ދުވަހު ވެސް އެރަށުން ވަނީ 6 މީހަކު ޕޮޒިޓިވްވެފައެވެ. މިއާއިއެކު މުރައިދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 13 އަށް އަރާފަ އެވެ. އެރަށުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މެއި 18 ވަނަ ދުވަހުއެވެ. އެއީ ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެކެވެ. އެ މީހާއަކީ މިފަހުން ދަތުރެއް ވެސް ކޮށްފައިނުވާ، ޓްރެވަލް […]
ޙުސައިން ޝަހުދީ
ޔަހޫދީންގެ ފަނާކުރަނިވި ރޮކެޓު ހަމަލާތަކުގައި އަނިޔާވި ފަލަސްތީނީންނަށް ދިވެހިންގެ އެހީ ލިބެންފަށައިފިއެވެ. އެގޮތުން މިއަދު ޣައްޒާގެ އުތުރުގައި ހުންނަ ބޮޑު ހޮސްޕިޓަލެއްކަމަށްވާ “އިންޑޮނީސިއާ ހޮސްޕިޓަލް” އަށް މިވަނީ ދިވެހީންގެ އެހީގައި 20 ވީލްޗެއަރ ހަދިޔާކުރެވިފައެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން މެދުވެރިކޮށް ގެންދަނީ ދިވެހިންގެ އެހީ ޣައްޒާއަށް މި އުނދަގޫ ދަނޑިވަޅުގައިވެސް ފޯރުކޮށްދެމުންނެވެ. މިދިޔަ ހަފްތާގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން...
ތިލަދުން