މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,415 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1660 ވަނަ ޞަފްޙާ

ވައިކަރަދޫން ބިދޭސީއެއް ޕޮޒިޓިވް ވެއްޖެ

ވައިކަރަދޫން ބިދޭސީއެއް ޕޮޒިޓިވް ވެއްޖެ

ހދ. ވައިކަރަދޫގައި ހޯމް ކަރަންޓީނުގައިި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ވައިކަރަދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ބަންގްލަދޭސްގެ ރައްޔިތެކެވެ. އަދި އެމީހާ ރަށަށް އައިސްފައިވަނީ މި ހިނގާ މޭމަހުގެ 9 ވަނަ ދުވަހު ކަމަށާއި ޕޮޒިޓިވް ވެފައިވަނީ މިއަދުު ނެގުނު ރިލީޒް ސާމްޕަލް އިން ކަމަށް އެކައުންސިލުން މަޢުލޫމާތުދެއްވަ އެވެ. އެމީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށްވެ...

ޖަލްވާން ޖާދުﷲ
އާރްވީ ސްޕޯޓްސް "އީދު ހޯރަ ވޮލީ ލީގް" ފައިނަލް ފުރަތަމަ ޖާގަ ޓީމް ތްރީޑީ އަށް

އާރްވީ ސްޕޯޓްސް "އީދު ހޯރަ ވޮލީ ލީގް" ފައިނަލް ފުރަތަމަ ޖާގަ ޓީމް ތްރީޑީ އަށް

ހއ .ހޯރަފުށީގައި ކުރިއަށްދާ އާރްވީ ސްޕޯޓްސް އީދު ހޯރަ ވޮލީ ލީގް ފައިނަލްގެ ފުރަތަމަ ޖާގަ ޓީމް ތްރީޑީ އިން ކަށަވަރު  ކޮށްފި އެވެ. ޓީމް ތްރީޑީ އިން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ލީގްގައި ކުޅުނު 03 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 06 ޕޮއިންޓް ހޯދައި ލީގްގެ އެއްވަނަ ޓީމްގޮތުގައެވެ. މުބާރާތުގެ ފައިނަލް 02 ވަނަ ޖާގަ ލިބޭނީ 25 ވަނަދުވަހު އޮންނަ ސެމީފައިނަލްގައި ލީގްގައި 02 ވަނަ އަށްދިޔަ ބަދަހި ސިކްސް އަދި […]

ތިލަދުން
ދިއްދޫއިން ކޯވިޑަށް ޓެސްޓު ކުރެވޭގޮތް ހަދައި، އެއަތޮޅުގައި ފެސިލިޓީއެއް ގާއިމުކޮށްދޭން އެދިއްޖެ

ދިއްދޫއިން ކޯވިޑަށް ޓެސްޓު ކުރެވޭގޮތް ހަދައި، އެއަތޮޅުގައި ފެސިލިޓީއެއް ގާއިމުކޮށްދޭން އެދިއްޖެ

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ކޯވިޑަށް ޓެސްޓު ކުރެވޭގޮތް ހަމަޖައްސައިދީ، ހއ. އަތޮޅުގައި ކޯވިޑް ފެސިލިޓީއެއް ގާއިމުކޮށްދިނުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު (ވައްޑޭ) އެދިވަޑައިގެންފިއެވެ. ވައްޑޭ މިހެން ވިދާޅުވީ، ރާއްޖެއާއި މާވަށު ދާއިރާގެ ކޯވިޑްގެ ހާލަތާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލިސްއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަށްވަމުންނެވެ. މެންބަރު ވައްޑޭ ތަމްސީލް ކުރަށްވާ ދިއްދޫ ދާއިރާގެ ކޯވިޑްގެ ހާލަތާއި، އެ އަތޮޅުގެ ކޯވިޑް...

ތިލަދުން
އެހެން ވައިރަސްއެއް ފެތުރި ނުރައްކާވެދާނެ ކަމުގެ ބިރު

އެހެން ވައިރަސްއެއް ފެތުރި ނުރައްކާވެދާނެ ކަމުގެ ބިރު

ދޫނިތަކުން ޖެހޭ ވައިރަސްއެއް ފެތުރި އަނެއްކާވެސް ދުނިޔެއަށް ޕެންޑެމިކެއް އަތުވެދާނެ ކަމަށް ޗައިނާގެ ސައިންސުވެރިންތަކެއް ލަފާ ކޮށްފިއެވެ. ޗައިނާގެ ވިރޮލޮޖިސްޓުން ކަމަށްވާ ވެއިފެން ޝީ އާއި ޖޯޖް ގާއޯ ބުނިގޮތުގައި މި ވައިރަސް އަކީ އެޗް5އެން8 ވައިރަސްއެވެ. މިއީ 2010 ވަނަ އަހަރު ޗައިނާގެ އަސްދޫންޏަކުން ފެނުނު ވައިރަސްއެކެވެ. ޝީ އާއި ގާއޯ އާއި ހަވާލާދީ ސައިންސް އެލާޓް ވެބްސައިޓުގައި މިއަދު ބުނެފައިވާ ގޮތުގައި މިފަހުން މިވަރައިސް ފެނިގެން ކަމާބެހޭ ފަރާތްތަގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ އަހަރުގެ...

އަޙްމަދު ވަހީދު
138.14 ކިލޯ ގްރާމްގެ އޫރުމަސް ނައްތާލައިފި

138.14 ކިލޯ ގްރާމްގެ އޫރުމަސް ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސް ސާރަވިސްގެ ބޮންޑެޑްވެއަރ ހައުސްގެ ބެލުމުގެ ދަށުގައި ހުރި އޫރުމަސްތަކެއް ނައްތާލައިފިއެވެ. މި ތަކެތި ނައްތާލާފައި ވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި މިއަދު ކަމަށް ކަސްޓަމްއިން މަޢުލޫމާތު ދެއްވަ އެވެ. ނައްތާލާފައިވަނީ 18 ކޭހެއްގައި ހުރި 138.14 ކިލޯ ގްރާމްގެ އޫރުމަހެވެ. މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ […]

އަލީ އާދިލް
41 އަހަރުގެ އަންހެނެއް ނިޔާވެ، މިއަދު ނިޔާވި މީހުންގެ އަދަދު 9 އަކަށް

41 އަހަރުގެ އަންހެނެއް ނިޔާވެ، މިއަދު ނިޔާވި މީހުންގެ އަދަދު 9 އަކަށް

ކޯވިޑް19 އަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 41 އަހަރުގެ އަންހެނެއް ނިޔާވެ މިއަދު ނިޔާވި މީހުންގެ އަދަދު 9 އަކަށް އަރައިފި އެވެ. މިއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެއްކަމަށް މަޢުލޫމާތު ލިބެއެވެ. މިއީ މިބަލީގައި މިމަހު ނިޔާވި 65 ވަނަ މީހާ އެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި 138 ވަނަ މީހާއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއޭއި)އިން މަޢުލޫމާތު ދެއްވާގޮތުގައި މިއަދު 11:05 ހާއިރު ޅ.ހިންނަވަރުގައި ޢުމުރުން 87 އަހަރުގެ ދިވެހި ފިރިހެނަކުވަނީ […]

އިބްރާހިމް އަސްވާޤް
މަޑުއްވަރީ ބަނދަރުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

މަޑުއްވަރީ ބަނދަރުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައު އެ ރަށު ބަނދަރުގެ އެއްގަމުތޮށި ލުމަށްބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ 79 އިންސައްތަ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 7،280 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 65،520 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތްކު...

އަޙްމަދު ވަހީދު
ކާފިއު ވަގުތު އިތުރުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފި

ކާފިއު ވަގުތު އިތުރުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފި

މާލެ ސަރަޙައްދުގައި މިހާރު އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތު އިތުރުކޮށް ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމައްޓަކައި އެސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ. މީގެކުރިން ހަވީރު 16:00އިން ފަތިހު 04:00 އަށް އޮތް 12 ގަޑިއިރުގެ ކާފިއު ވަގުތު ބުދަ ދުވަހުން ފެށިގެން ހެނދުނު 08:00 އާއި ހަމައަށްވަނީ އިތުރުކޮށްފައެވެ. ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) ގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މަޢުލޫމާތުދެއްވަމުން ވިދާޅުވީ ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތ...

އަލީ އާދިލް
މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް ޝަމާޢު ޝަރީފް

މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް ޝަމާޢު ޝަރީފް

މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް މ. ސަނީކޯސްޓް ޝަމާޢު ޝަރީފް ޢައްޔަނުކުރައްވައިފި އެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް ޝަމާޢު ޝަރީފް ޢައްޔަން ކުރައްވާފައިވަނީ މިއަދު އެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި ޝަމާޢު ޝަރީފަކީ، ސްރީލަންކާގެ އެމެރިކަން ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ޑިޕްލޮމާއިން ސައިކޮލޮޖީއާއި، ސްރީލަންކާގެ އެމެރިކަން ނެޝަނަލް ކޮލެޖްއިން އެޑްވާންސް ޑިޕްލޮމާ އިން ކައުންސިލިންގް ސައިކޮލޮޖީ ޙާޞިލްކުރައްވައިގެން ހުންނެވ...

އަލީ އާދިލް
ކުއްތާ ބޭނުންކޮށްގެން ކޯވިޑް ޖެހިފައިވާ މީހުން ދެނެގަންނަނީ

ކުއްތާ ބޭނުންކޮށްގެން ކޯވިޑް ޖެހިފައިވާ މީހުން ދެނެގަންނަނީ

ކުއްތާ ބޭނުންކޮށްގެން ކޯވިޑް-19 ޖެހިފައިވާ މީހުން ދެނެގަނެވިދާނެ ކަމަށް އިނގިރާސި ވިލާތުގެ ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގައި ސައިންސްވެރިން ބަލާފައިވަނީ ކޯވިޑް ޖެހިފައިވާ މީހުންގެ ވަސް ކުއްތާތަކަށް ދެނެގަނެވޭތޯއެވެ. އެގޮތުން، ބަލި ޖެހިފައިވާ މީހުން އިސްޓާކީނުގެ ވަސް ކުއްތާތަކަށް ވަނީ ދެނެގަނެވިފައެވެ. ސައިންސްވެެރިން މި ދިރާސާއަށް ބޭނުން ކޮށްފައިވަނީ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ލާފައި ނުދޮވެ ހުރި އަންނައުނެވެ. މީގެ ތެރެއިން ކޯވިޑް ޖެހިފައިވާ މީހުން ކުއްތާތަކަށް ދ...

އަޙްމަދު ވަހީދު
ޣައްޒާގެ ގެތަކަށް ބޮން އެޅީ ހަމާސް ޖަމާޢަތް ބަލިނުކުރެވުމުން ކަމަށް އިޒްރޭލު ޕައިލެޓެއް ބުނެފި

ޣައްޒާގެ ގެތަކަށް ބޮން އެޅީ ހަމާސް ޖަމާޢަތް ބަލިނުކުރެވުމުން ކަމަށް އިޒްރޭލު ޕައިލެޓެއް ބުނެފި

ޣައްޒާގެ ގެތަކާއި ޓަވަރުތަކަށް ބޮން އަޅާހަމަލާދިނީ ހަމާސް ޖަމާއަތުގެ ރޮކެޓް ހަމަލާތަށް ނުހުއްޓުވުމުން ކަމަށާއި އަދި ހަމާސް ޖަމާޢަތުގެ ބޮޑުންނަށް ހަމަލާ ނުދެވުމުންކަމަށް ޣައްޒާއަށް ދިން ހަމަލާތަކުގައި އަމަލީގޮތުން ބައިވެރިވި ޕައިލެޓެއް ބުނެފިއެވެ. އޭނާ މިހެން ބުނީ އިޒްރޭލު ޓީވީ ޗެނަލެއް ކަމަށްވާ ‘ޗެނެލް 12’ އަށް ދިން އިންޓަރވިއުގައެވެ. މި ހަމަލާތަކުގައި އިޒްރޭލުގެ ހައްދުފަހަނައެޅި އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ މީހުން ދިރިއުޅޭ 9 ޓަވަރަކަށް ބޮން އަޅާ ބިމާ ހަމަކޮށްލާފައިވާއިރު މީގެ ތެރޭ ބައިނަލްއ...

ތިލަދުން
ކޯވިޑް ބަލީގައި އަނެއްކާ ވެސް ދެ މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި އަނެއްކާ ވެސް ދެ މީހަކު ނިޔާވެއްޖެ

ރާއްޖޭގެ ކޯވިޑް ބަލީގެ ހާލަތު ގޯހުން ގޯހަށް ގޮސް އަނެއްކާ ވެސް އިތުރު ދެމީހުން ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ 78 އަހަރުގެ ފިރިހެނަކާއި އަދި 85 އަހަރުގެ ފިރިހެނެކެވެ. މިބަލީގައި އިތުރު ދެ މީހުން ނިޔާވުމުން، މިއަދު މި ބަލީގައި ނިޔާވި މީހުންގެ އަދަދު 7 އަށް އެރީއެވެ. މިބަލީގައި އިއްޔެ ވެސް ވަނީ 6 މީހަކު ނިޔާވެފައެވެ. އަދި ރާއްޖެއިން މިހާތަނަށް މިބަލީގައި ޖުމްލަ 136 މީހަކު ވަނީ ނިޔާވެފައެވެ. މި […]

ޖަލްވާން ޖާދުﷲ
އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކާއިއެކު 5 މީހެއް ނޭކުރެންދޫން ޕޮޒިޓިވްވެއްޖެ

އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކާއިއެކު 5 މީހެއް ނޭކުރެންދޫން ޕޮޒިޓިވްވެއްޖެ

ހދ .ނޭކުރެންދޫން 6 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ނޭކުރެންދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ މައުލޫމާތު އެނގޭގޮތުގައި، ހޯމްކަރަންޓީނުގައި ތިބި 5 ފަރާތެއްގެ ކިބައިން ކޯވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ފެނުމާ ގުޅިގެން ނެގި ސާމްޕަލްވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެެވެ. މި 5 ފަރާތް ޕޮޒިޓިވް ވުމާ ގުޅިގެން އިތުރު 14 ދުވަހުގެ މުއްދަތަށް މިފަރާތްތައް ތިބި 2 ގެއެއްވަނީ ކަރަންޓީނުކުރެވިފައެވެ. މީގެ އިތުރުން، ކޯވިޑުގެ އަލާމަތްްތައް ފެނިގެން ޑޮކްޓަރަށް ދެއްކި ފަރާތެއްގެ ސާމްޕަލްވަނީ އެރަށުން ޕ...

އައިޝަތު އިލްމާ އަދުނާން
އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު

އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަޤާމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އިންތިހާބުކޮށްފި އެވެ. ޝިފާއު އެ މަޤާމަށް އިންތިހާބުކޮށްފައިވަނީ ކޮމިޓީގައި ވޯޓްދެއްވި 9 މެންބަރުންގެ ތެރެއިން 7 މެންބަރުންގެ ތާއީދު ލިބިވަޑައިގެންނެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް ކުރިމަތިލައްވަފައިވަނީ ޝިފާއުގެ އިތުރުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަޤާމުގައި ހުންނެވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ މައްޗަށް...

އަލީ އާދިލް
ކައުންސިލަރުންގެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި މިމަހުގެ 27 އަށް

ކައުންސިލަރުންގެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި މިމަހުގެ 27 އަށް

ކައުންސިލަރުންގެ މާލީ ބަޔާން މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ކައުންސިލްތަކަށް ހުށަހެޅުމަށް އަންގައިފި އެވެ. ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލަށް ހިންގުމުގެ ގާނޫނަށް އަމަލުކުރުމުގެ ގޮތުން، ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސުން އަދި ކައުންސިލަށް އިންތިހާބުވި މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމަށް ލޯކަލް ގަވަރމެންޓް އޮތޯރެޓީ (އެލްޖީއޭ) އިން މިހާރުވަނީ އަންގާފަ އެވެ. އެލްޖީއޭގެ އިއުލާންގައިވާ ގޮތުން، ކައުންސިލަށް ހޮވޭ ކޮންމެ މެންބަރަކު އިންތިހާބުވުމާއެ...

އައިޝަތު އިލްމާ އަދުނާން
ވެލިފިނޮޅާއި އަލިދުއްފަރުފިނޮޅު އަދި ކުޑަފަރުފަސްގަނޑުގެ އަގު ކުޑަކޮށްފި

ވެލިފިނޮޅާއި އަލިދުއްފަރުފިނޮޅު އަދި ކުޑަފަރުފަސްގަނޑުގެ އަގު ކުޑަކޮށްފި

ރިސޯޓުތައް ތަރައްގީ ކުރަން މިދިޔަ މަހު ބީލަމަށް ހުޅުވައިލި ހއ. ވެލިފިނޮޅާއި ހއ. އަލިދުއްފަރުފިނޮޅު އަދި ހދ. ކުޑަފަރުފަސްގަނޑުގެ އަގު ކުޑަކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީންވަނީ އުތުރުގެ މި 3 ރަށް ހިމެނޭހެން 23 ރަށުގެ އިކުއިޒިޝަން ކޯސްޓްވެސް ކުޑަކޮށްފަ އެވެ. އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވާގޮތުގައި 16 ރިސޯޓެއް ހަދަން ދޫކުރާ މި 23 ރަށުގެ އަގު ދަށްކުރީ ކޮވިޑް-19 އާ ގުޅިގެން އިންވެސްޓް ކުރުމަށް އައިބަދަލާއެކުގައެވެ. ރިސޯޓު ތަރައްގީ ކުރަން ދޫކުރި ރިސޯޓުތަކާއި އަގަށް ގެނައި […]

އަޙްމަދު ވަހީދު
ކަޅު ފަންގަސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން: ޑރ. މައުރޫފް

ކަޅު ފަންގަސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން: ޑރ. މައުރޫފް

ކަޅު ފަންގަސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން ކަމަށް ޑރ. މައުރޫފް ހުސައިން ވިދާޅުވެއްޖެއެވެ. ކަޅު ފަންގަސް އަކީ ކޯވިޑަށް ފަރުވާ ކުރުމުގައި ގިނައިން ސްޓެރޮއިޑް ނަގަން ޖެހުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއި ހެދި ދިފާޢީ ބާރު ދަށްވެފައިވާ މީހުންގެ ގަޔަށް އާންމުގޮތެއްގައި ވެސް މާޙައުލުގައި ހުންނަ ފޫ ނުވަތަ ފަންގަސްގެ ވައްތަރެއް ބާރުގަދަ ކުރުމުން ޖެހޭ ބައްޔެއް ކަމަށް ޑރ. މައުރޫފް ވިދާޅުވިއެވެ. “މި ވައްތަރުގެ ފަންގަސް ވެރިވެގަންނަނީ ސައިނަސް ތަކަށާއި، ހަންގަނޑާއި، […]

ޝިއުނާ އާދަމް
މަކުނުދޫން 4 މީހަކު، ފީވަކުން އެކަކު ޕޮޒިޓިވްވެއްޖެ

މަކުނުދޫން 4 މީހަކު، ފީވަކުން އެކަކު ޕޮޒިޓިވްވެއްޖެ

ހދ. މަކުނުދޫން 4 މީހަކު އަދި ށ. ފީވަކުން އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މަކުނުދޫ ސިއްހީ މަރުކަޒުން ހާމަކުރި ކޯވިޑާގުޅޭ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެރަށުން ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 10 އަކަށް އަަރައިފައެވެ. އެރަށުން ޖުމްލަ 587 ސާމްޕަލް އެއް ނެގިފައިވާއިރު، 571 ސާމްޕަލްވަނީ ނެގަޓިވްވެފައެވެ. މަކުނުދޫން ޖުމްލަ 14 ފަރާތެއް ފޮޒިޓިވްވެފައިވާއިރު، 4 ފަރާތެއް ވަނީ މިބަލިނ...

އައިޝަތު އިލްމާ އަދުނާން