މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މިއީ މިސަރަހައްދު ތަކަށް މިއަދު ހުދު ސަމާލު ނެރުނު ދެވަނަ ފަހަރެވެ.

Ad
rt

ފުރަތަމަ ނެރުނު ސަމާލުގެ ވަގުތު ހަމަވީ ހެނދުނު 9:30 އަށެވެ.

މިފަހަރުގެ ސަމާލުގެ ވަގުތަކީ މެންދުރު 13:45 އިން ހަވީރު 17:45 އަށެވެ.

މި ސަމާލުގެ ވަގުތުގައި އެ ސަރަހައްދުތަކަށް ކަނޑު ގަދަވެ، ގަޑިއަކު 19 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން ވެސް މެޓްއޮފީހުން ވަނީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން އެދޭކަމަށާއި، ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އެދޭކަމަށް ބުނެފައެވެ.