ފަލަސްޠީން އާއި ދެކޮޅަށް ހައްދުފަހަނަ އެޅި އިޒްރާއިލުން ދެމުންގެންދާ ހަމަލާތަކާއި ދެކޮޅަށް ދިވެހިން އެއްތަންކުރި "މޯލްޑިވްސް ސްޓޭންޑް ވިތު ފަލަސްތީން" ގުރޫޕް ފޭސްބުކުން ބޭންކޮށްފި އެވެ.

އެގްރޫޕްގެ ފައުންޑިން މެންބަރަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނީ އެ ގްރޫޕް ވުޒޫދުން ގެއްލުނުއިރު މެމްބަރުންގެ ގޮތުގައި 50،000 އާ ގާތްކުރާ އަދަދަކަށް މީހުން ތިބި ކަމަށެވެ. މިގުރޫޕް އެކްޓިވްކޮށް މަސައްކަތް ކުރަން ފެށިތާ މިވީ ހަފްތާއެކެވެ.

Ad
rt

އިޒުރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމާލަތަކާ ދެކޮޅަށް އަޑުއުލުމަށްޓަކައި ރާއްޖޭގައި އިންތިޒާމްކުރަމުންއައި ހުރިހާ ހަރަކާތްތަކެއްގެ އެންމެ ފަހުގެ މައުލޫމާތު މި ގްރޫޕުން އައީ ހިއްސާ ކުރަމުންނެވެ. އިވެންޓުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް އަދި މިކަމާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމުގެ ޕޯސްޓުތަކާއި ފަލަސްޠީންގެ އެންމެ ފަހުގެ ޚަބަރުތައް އައީ ހިއްސާކުމުންނެވެ.

"މިހާރު މަސައްކަތް ކުރަމުން ދަނީ މިގުރޫޕް އަލުން އަނބުރާ ލިބޭތޯ ޓީމްގެ ފަރާތުން މަސައްކަތް ކުރަމުން، ބެކްއަޕް ޕްލޭންއެއްގެ ގޮތުގައި އިތުރު ގުރޫޕްއެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް، ކޮމިއުނިޓީ ސްޓޭންޑާޑް އާއި ހިލާފްވެފައިވާކަމަށްބުނެ އެކި ފަހަރުމަތިން ފޭސްބުކްއިން އިންޒާރުދެމުންދިޔަ، އެހެންވެ ފަހުން ގުރޫޕްގައި ހިއްސާކުރާ ކޮންޓެންޓުތައް އައީ ވަރަށް ބޮޑަށް މޮނީޓަރ ކުރަމުން"

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން އެގުރޫޕްގެ ފައުންޑަރަކު މަޢުލޫމާތު ދިނެވެ.

ފަލަސްތީނާ އެއްކޮޅަށް އަންނަ ހަފުތާގައި ވެސް ޚާއްސަ ހަރަކާތްތަކެއް ބާއްވަން މިގުރޫޕުން އައީ ރާވަމުންނެވެ.

ބޮއިކޮޓް އިޒުރާއީލް ހޭސްޓެގް ބޭނުންކުރާ ފަރާތްތަކާއި ފަލަސްޠީން އާއި އެއްކޮޅަށް މީސްމީޑިޔާގައި އަޑުއުފުލާ އައިޑީތަކާއި ޕޭޖުތަކާއި އަދި ގްރޫޕްތައް ވެސް ފޭސްބުކް އިން މިދުވަސް ވަރު އަންނަނީ ބޭންކުރަމުންނެވެ. ފޭސްބުކްގެ އިތުރުން ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމުތަކުން ހޭޓް ސްޕީޗްކަމަށް ބުނެ އެވެރިން ގަޔާނުވާ އެއްޗެއް ހިއްސާކުރާނަމަ އެކަމާއި މެދު ފިޔަވަޅު އަޅަ އެވެ.