އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި އިނގިރޭސި ފުޓްބޯޅައިގެ ދެވަނަ ފަންތީގެ ޓީމެއް ކަމަށްވާ މިޑްލްސްބަރާ އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ. ހުކުރު ދުވަހުގެ ރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރު ވެފައއެވެ. އިތުރު ވަގުތު ކުޅުނު ނަމަވެސް ނަތީޖާއަށް ބަދަލެއް އައިސްފައި ނުވާތީ މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން މިޑްލްސްބަރާއިން […]
އިބްރާހިމް ޚަލީލް
އެމްޑަބްލިއުއެސްސީން އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ. އެމްޑަބްލިއުއެސްސީން މިރޭ ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ތަކެތި ޕްރޮޖެކްޓް ސައިޓަށް ގެންގޮސަފައިވާ ކަމަށެވެ. ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 2.75 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާރްކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓާނެއެވެ...
އަޙްމަދު ވަހީދު
ކޮމަންޑޫ ދާއިރާގައި ހިނގަމުންދާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓައިފިނަމަ އަންނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ދައްކާނެކަމަށް އެ ޕާޓީގެ އެއް ނައިބު ރައީސް، އަދި ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. ރިޔާޟް މިހެން ވިދާޅުވީ، “ކޮމަންޑޫ ދާއިރާގެ މަޝްރޫޢުތައް ހިންގޭނީ އެމްޑީޕީ ކެންޑިޑޭޓު ހޮވައިގެން: ރައީސް ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ސާޢިއުކޮށްފައިވާ ޚަބަރެއް ޓްވީޓާގައ...
އަލީ އާދިލް
ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުން ކުރެ އެންމެ ސިޔާސީ ތަޖުރިބާ ބޮޑީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ހުސައިން އަރީފް (ހުސެންބެ) ވިދާޅުވެއްޖެއެވެ. ރާޑޯއަށް ތާއިދުކުރާކަން ހާމަކޮށް ހުސެންބެ ކުރެއްވި ޓްވީޓެއްގައި ވަނީ ރާޑޯއަކީ އެ ގޮނޑިއަށް އެންމެ ރަނގަޅު ޗޮއިސް ކަމަށް ވިދާޅުވެފައެވެ. ހުސައިންބެ ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެ...
އަލީ އާދިލް
ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބު ކޮށްދީފިނަމަ، އެ ދާއިރާގެ އިސްރަށްވެހީންގެ ޝަކުވާތައް އަޑުއަހައި ހައްލު ހޯދައިދިނުމަކީ އެންމެ އިސްކަންދޭނެ އެއްކަންތައް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ. ހަންނާން ނުކުމެހުންނެވީ ކޮމަންޑޫ ދާއިރާއަށް ތަސައްވުރެ އެކުލަވާލައި، އެކަން ޕްލޭން ވެސް ކުރަށްވައިގެންކަމަށް އޭނާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އޭނާގެ ތަސައްވުރ...
ޝިއުނާ އާދަމް
ހެޔޮވެރިކަމަށް ޖާގަދިނުމަށް ކޮމަންޑޫ ދާއިރާގެ ހުރިހާ ރަށްޔިތުންނަށް ވެސް ވޯޓު އަޅަންވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް އިއްޔެ ފޯކައިދޫގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ވާދަވެރިން ފާހަގަވާ...
އަލީ އާދިލް
ށ. ކޮމަންޑޫ ބޭރުގައި އޮންނަ “ދޮށިމަސްކަނދު” އަލުން އަޅައިފި އެވެ. މަސްވެރިކަމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވަޒީރު، ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ކަނދުފަތި އަލުން އަޅާފައިވާ ކަަމަށް ވިދާޅުވެފައެވެ. ފިޝަރީޒް މިނިސްޓްރީގެ ކަނދުފަތިޓީމުން އެ މަސައްކަތް ނިންމާލާފައި ވަނީ މިއަދު ހެނދުނުއެވެ. މި ކަނދުފަތި އޮންނަނީ ކޮމަންޑޫގެ ހުޅަނގު އުތުރުން 14 މޭލު ދުރުމިނުގައިވާ ސަރަހައްދެއްގައެވެ. ކެނޑިފައިވާ ކޮމަންޑޫ #ދޮށިމަސްކަނދު، (ކ...
ޔުމްނާ ޢަލީ
ކޮމަންޑޫ ދާއިރާއިން މާދަމާ ނިންމާ ނިންމުން ވަނީ ރާއްޖޭގެ އަޅުވެތިކަމާއި، ވަތަނާއި، ދީނުގެ ހިމާޔަތާއި ގުޅިފައިވާ ނިންމުމެއް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ޓްވީޓާ މެދުވެރިކޮށް ޝުއޫރުފާޅު ކުރައްވަމުން މިހާރު ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތްކުރަށްވާ ލަތީފް ވިދާޅުވީ، މާދަމާ ކޮމަންޑޫ ދާއިރާ ރައްޔިތުންގެ ނިންމުން ވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ އުންމީދާ ގުޅިފައިކަމަށެވެ. “އެއީ އަޅުވެތިކަމާ، ވަތަނާއި، އިސްލާމް ދީނުގެ ހިމާޔަތާ ގުޅިފައިވާ ނިންމުމެއް،...
އަލީ އާދިލް
ހަނދާންވާން ފެށިއިރު ވެސް ރަށުގައި ބޯގަންވިލާ ހުރެއެވެ. ނަމަވެސް އޭރު އެއީ އެހާ އާންމު މާ ގަހެއް ނޫނެވެ. ހާއްސަކޮށް ތަފާތު ކުލަކުލައިގެ ބޯގަންވިލާ އޭރު ރަށުގައި ނުހުރެއެވެ. ފެންނަނީ ހަމައެކަނި އެއް ކުލައެއް ނުވަތަ ދެ ކުލައެކެވެ. މަދު ގެއެއްގެ ދޮރޯށި މައްޗަށް ބޯގަންވިލާ އަރުވާފައި އޮންނާތީ ފެނެއެވެ. އުމުރުން ދުވަސްވީ ބައެއް މީހުން އޭރު ބުނާތީ އަޑު އިވެއެވެ. ބޯގަންވިލާ ގަހަކީ ވަރަށް ނާމާން ގަހެކެވެ. އެއީ އެ ދުވަސްވަރުގެ ވަރަށް ގިނަ މީހުންގެ […]
އިބްރާހިމް ޚަލީލް
ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތިބީ ފުދުންތެރި ދިރިއުޅުމަކަށް އެދިއެދިކަމަށާއި، އޭނާ ނުކުންނެވީ އެ ރައްޔިތުންގެ އަޑު އެހުމަށްފަހު އެކަންކޮށްދޭން ކަަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ. ޙަންނާނުގެ މާލޭ ކެމްޕޭން ޖަގަހާގައި އަންގާރަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ހަންނާނު ވިދާޅުވީ، އޭނާ ނުކުމެ ހުންނެވީ ކޮމަންޑޫ ދާއިރާއަށް އަދި ޚާއްޞަކޮށް...
ޝިއުނާ އާދަމް
ފާއިތުވި 2021 ވަނަ އަހަރަކީ ށ.މަރޮށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކާމިޔާބު އެތައް ހަރަކާތްތަކެއް ހިންގާފައިވާ ކާމިޔާބު އަހަރެއް ގޮތުގައި އެ ކޮމެޓީގެ ފާއިތުވި އަހަރު ލަނޑުދަނޑިތައް ހާސިލުވީ މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަ ކޮށްފިއެވެ. އެ ކޮމެޓީން އިސް ނަގައިގެން ފާއިތުވި އަހަރު ރަށު ފެންވަރުގައި ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެ ހަރަކާތްތަކުގެ ތެރޭގައު އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގެ ދުވަސްވީ މީހުންނަށް ޒިޔާރަތްކޮށް ހާލުބަލައި [...
އިބްރާހިމް ޚަލީލް
އިންޑިއާގައި ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ސެޓްފިކެޓް ހަދައިގެން ގިނަ ބަޔަކު އުޅޭކަމަށް އެގައުމުގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ހަވާލާދީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ބުނެފިއެވެ. އެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ކޯވިޑް ވެކްސިން ޕްރޮގްރާމްގައި ހަރަކާތްތެރިވާ ޞިއްޙީ މަސައްކަތްތެރިން ބުނާ ގޮތުގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ނުވާ ގިނަ ބަޔަކު ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިކަން ފެންމަ...
އަޒްފާ ރަޝީދު
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ނައިނަމަ، ކޮމަންޑޫ އޮތް ދިމާލަަށް މިސަރުކާރުން ބަލާވެސް ނުލާނެކަމަށް އެދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްއިން ވާދަކުރާ މޫސާ ފަހްތީ އާދަމް ވިދާޅުވެއްޖެ އެވެ. ފަތުހީ މިމޭރުމުން ވިދާޅުބީ އިއްޔެ ކޮމަންޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާ ވާހަކަ ދައްކަވަމުން ނެވެ. ކޯލިޝަންގެ އިސް ލީޑަރުން ކޮމަންޑު ދާއިރާގައި ކެންޕެއިން ކުރައްވަމުން ގެންދަވަނިކޮން ޕީޕީއެމްއިން ބޭއްވި އެ ޖަލްސާގައި ފަތުހީ ވިދާޅުވީ މަރުހޫމް ހުސެއިން ވަހީދުގެ އަވަހާރަވުމާ ގުޅިގެން ކޮމަންޑޫ ދާއިރާގެ ބައި އި...
އަލީ އާދިލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) އަށް ވޯޓު ދޭންޖެހެނީ ކޮމަންޑޫ ދާއިރާއާއި، މުޅި ގައުމުގެ ލާބައަށްޓަކައި ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް މިއަދު ކޮމަންޑޫގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސީމް ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައ...
އަލީ އާދިލް
ށ. ފޯކައިދޫގައި ސަރުކާރުން އިމާރަތް ކުރި އާ އިންޖީނުގެ މިރޭ ހުޅުވައިފިއެވެ. ފޯކައިދޫގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެެއްވައި އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ފެއްޓެވުމުގެ ގޮތުން ރައީސް ވަނީ އެ ރަށުގެ ކުރީގެ އިންޖީނުގެ ނިއްވާލާފައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކ...
އަޙްމަދު ވަހީދު
ރަމަޟާން މަހުގެ ދަނޑުވެރިކަމަށް ށ. ގޮއިދޫ ދަނޑުވެރިންނަށް، އެރަށު ކައުންސިލްގެ ފަރާތުން ހެޔޮއަގެއްގައި ގަސްކާނާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން 8 ޓަނުގެ ގަސްކާނާ ދަނޑުވެރިންނަށް ފޯރުކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ ގޮއިދޫ ކައުންސިލުން ގަސްކާނާ ގެނެސްފައި މިވަނީ އާއްމުކޮށް ގަސްކާނާ ލިބެން ހުންނަ އަގަށް ވުރެ އަގުހެޔޮކޮށް އެރަށުގެ ދަނޑުވެރިންނަށް ވިއްކުމުގެ ގޮތުންނެވެ. އެގޮތުން ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން...
އައިޝަތު ނަސާޔާ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ހިންގާ “ހުނަވަރު” ޕްރޮގްރާމްގެ އޯޕަންޑޭ މާދަމާ ކުޅުދުއްފުށީ ސޓީގައި ބާއްވަން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި އޯޕަންޑޭ އޮންނާނީ މާދަމާ މެމްދުރު 2:00ން ހަވީރު 6:00އަށް ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައެވެ. މި އޯޕަންޑޭގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް ކައުންސިލުން އެދެއެވެ. ހުނަވަރު ޕްރޮގްރާމުގެ ދަށުން އެމްޓީސީސީން ވަނީ 140 އަށްވުރެ ގިނަ ފުރުސަތު...
އަޙްމަދު ވަހީދު
ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާއި ގުޅިގެން ރައްޔިތުުންނަށް އިބިލީހުގެ ވަސްވާސް “ވިއްކާތަން” ފެންނަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި އެދާއިރާއަށް ވާދަކުރަށްވާ ކެންޑިޑޭޓް ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. ފަތުހީއަށް ތާއީދު ހޯދުމަށް މިއަދު އެ ދާއިރާގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާއެއްގައި ވަހަކަ ދައްކަވަމުން ފަތުހީ ވިދާޅުވީ، ރާއްޖޭގެ “ބަފާ ކަމަށް އަމިއްލައަށް ގަބޫލުކުރާ ބައެއް މީހުން” ވަރަށް ދެރަވަރ...
އަލީ އާދިލް