އިންޑިއާގައި ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ސެޓްފިކެޓް ހަދައިގެން ގިނަ ބަޔަކު އުޅޭކަމަށް އެގައުމުގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ހަވާލާދީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ބުނެފިއެވެ.

އެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ކޯވިޑް ވެކްސިން ޕްރޮގްރާމްގައި ހަރަކާތްތެރިވާ ޞިއްޙީ މަސައްކަތްތެރިން ބުނާ ގޮތުގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ނުވާ ގިނަ ބަޔަކު ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Ad
ooredoo

މިކަން ފެންމަތިވެފައި ވަނީ، ސަރުކާރުން ޓާގެޓްކޮށްފައިވާ މިންވަރަށް ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުމުގެ ތެރެއިންކަމަށް ވެސް ޞިއްހީ ދާއިރާގެ މަސައްކަތްތެރިން ތުހުމަތުކޮށްފައިވެއެވެ.

އެގޮތުން ފުރަތަމަ ޑޯޒް ޖެހިކަމަށް ރެކޯޑު ކުރެވިފައިވާ ސެޓްފިކްޓްގައި ދެވަނަ ޑޯޒް ޖެހުމަށް އަމިއްލައަށް މޯބައިލް ފޯނުން އެޕޮއިންޓްމެންޓް ހެދުމުން އަންނަ ކޯޑު ބޭނުންކޮށްގެން މަކަރު ހަދާފައިވާކަމަށް އެފަރާތްތަކުން ހާމަކޮށްފައިވެއެވެ. އަދި މިކަމަކީ ސަރުކާރުން ވެކްސިން ފުރިހަމަ ކުރުމަށް ބާރު އަޅަމުންދާތީ ފެންމަތިވަމުން އަންނަ މައްސަލައެއްކަންވެސް އެފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

އިންޑިއާ ސަރުކާރުން ދަނީ ވެކްސިން ފުރިހަމަ ކުރާ މީހުންގެ ރެކޯޑުތައް ބެލެހެއްޓުމަށް ކޯވިން ކިޔާ ޕްލެޓްފޯމެއް ތައްޔާރުކޮށް އޭގައި ވެކްސިން ފުރިހަމަ ކުރާ މީހުންގެ މަޢުލޫމާތުތައް ހިމަނަމުންނެވެ. އަދި ކޯވިން ބޭނުންކޮށްގެން ބައިނައްލަޤްވާމީ ދަތުރުތަކާއި، އެތެރޭގެ އުދުހުންތަކަށް ބޭނުންވާ ވެކްސިން 2 ޑޯޒް ފުރިހަމަ ކޮށްފައިވާނަމަ އޭގެން އެ މަޢުލޫމާތުލިބޭ ގޮތަށް ވަނީ ހަދާފައެވެ.

މިހާތަނަށް އިންޑިއާގައި ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު 75 އިންސައްތައިގައި ހުރި އިރު، އެގައުމުގެ ސަރުކާރުން ޓާގެޓްކޮށްފައިވަނީ 2021 ވަނަ އަހަރު ނިމޭއިރު އެގައުމުގެ ގިނަ ބަޔަކު ވެކްސިން ފުރިހަމަކުރުމަށެވެ.

Ad
ooredoo

ނަމަވެސް ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ތަރައްޤީ ނުވާ ހިސާބުތަކުގައި ފޭކު ސެޓްފިކްޓް ހަދާފައިވާ މީހުންގެ އަދަދު 40 އިންސައްތަ އަށް އަރާނެކަމަށާއި ތަރައްޤީވެފައިވާ ހިސާބުތަކުގައިވެސް ވަގު ސެޓްފިކްޓް ހަދާފައިވާ މީހުންގެ އަދަދު 30 އިންސައްތައާއި ގާތްކުރާކަމަށެވެ.