ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން އެކުވެރި ގައުމުތަކަށް ހިތުހުރިހާ އެއްޗެއް ގޮވަން ދިވެހިން ނުރުހޭކަން ސާފުކޮށް ބުނެދީފިކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބުﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އިއްޔެ ބާއްވާފައިވާއިރު، ވާދަވެރި ކެމްޕޭނަކަށްފަހު އެ ގޮނޑި ކާމިޔާބު ކުރަށްވާފައި ވަނީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީން ވާދަކުރެއްވި ކެންޑީޑޭޓް މުޙައްމަދު ރާޝިދެވެ. އެ އިންތިޚާބުގެ ފޯރިގަދަ ކެމްޕޭން ތެރޭގައި...
އަލީ އާދިލް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އިންތިޚާބާއި ގުޅިގެން ފެނިގެންދިޔައީ ސަރުކާރުން ޤާނޫނުތަކާއި އުޞޫލުތަކުގެ ބޭރުން އެތައް ކަމެއް ކުރަމުންދިޔަތަން ކަމަށާއި، މި އިންތިޚާބަކީ ޙަޤީޤަތުގައި ޕީޕީއެމް އަށް ލިބުނު ކާމިޔާބެއް ކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ގުޅިގެން ޕީޕީއެމް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. އިއްޔެގެ އި...
އަލީ އާދިލް
ޖަރުމަނު ބުންޑަސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބަޔާން މިޔުނިކާއި އާރްބީ ލައިބްޒިގް ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގައި ފަރަގު ބޮޑު ކޮށްފިއެވެ. މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ދެ ޓީމްގެ ފަރާތުން ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ބަޔާނުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖަރުމަނުގެ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާއެވެ. ލެވަންޑޯސްކީ […]
އިބްރާހިމް ޚަލީލް
100 ފޫޓު ފުން ވަޅުގަނޑަކަށް މީގެ ފަސް ދުވަސް ކުރިން ވެއްޓުނު ފަސް އަހަރުގެ ރަޔަން ވަޅުން ނެގި އިރު އޮތީ ނިޔާވެފައިކަމަށް އެގައުމުގެ މީޑިޔާތަކުން ބުނެފި އެވެ. މޮރޯކޯގެ ރެސްކިއު ޓީމުން ތަކުން އައީ މެދު ކެނޑުމެއް ނެތި ރަޔަން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ރަޔަން ވަޅުން ނަގައިގެން ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު މާގިނަ މަޢުލޫމާތު ތަކެއް އަދި ނުލިބެ އެވެ. ރަޔަން ވަޅުގަނޑުން ނެރުނު އިރު އެސަރަހައްދުގައި ރަޔަންގެ މަންމަ އާއި ބައްޕަ އެސަރަހައްދު...
އިބްރާހިމް އަސްވާޤް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން ފެނިގެން ދިޔައީ ސަރުކާރުގެ ސިޔާސަތު ތަކާއި ރައްޔިތުން ރުހޭ މިންވަރު ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ. ސައުދު މިހެން ވިދާޅުވެފައި ވަނީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކާމިޔާބު ހޯދި އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ރާޝިދަށާއި، އެމްޑީޕީއަށް މަރުޙަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ. ސައުދު ވިދާޅުވީ، މި ކާމިޔާބީ ގުޅިފައި ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހަށާއި، މި ސަރުކ...
ޙުސައިން ޝަހުދީ
ތުރުކީ ވިލާތުގެ ރައީސް ތައްޔިބު އުރްދުގާން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ރައީސް އުރްދުގާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނު ކޯވިޑްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ އިތުރުން އަނބިކަނބަލުން ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ. އުމުރުން 67 އަހަރުގެ އުރްދުގާން ވިދާޅުވީ، ހުރިހާ ރައްޔިތުންގެ ހެޔޮ ދުޢާއަށް އެދިވަޑައި ގަންނަވާ ކަމަށެވެ. އަދި ގެކޮޅުގައި ހުންނަވައިގެން ވެސް މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. “މިއީ އޮމިކްރޯން ވޭރިއ...
ހުސައިން ހަބީބް
އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ. އެ ޕާޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ހާމަވެގެންދިޔަ އެއްކަމަކީ ދިވެހިރާއްޖޭގައި ނުފޫޒެއް ނެތި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ކަމަށެވެ. އަދި އިންތިޚާބުތ...
ޔުމްނާ ޢަލީ
ހއ. އުތީމުގެ 30 އަހަރުން މަތީގެ ފިރިހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “އުތީމު ބަދަހި ދަތުރު” ގެ މިއަހަރުގެ ދަތުރު މިއަދު ނިންމާލައިފިއެވެ. މިއަދު މިދަތުރު ފަށާފައި ވަނީ ހެނދުނު 07:30 ގައި އެވެ. ދަތުރު ނިންމާލާފައި ވަނީ ހަވީރު 16:30 ގައެވެ. ކޮންމެ އަހަރަކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދަތުރު 2020 ވަނަ އަހަރުވެސް ވަނީ ކުރިއަށް ގެންގޮއްސައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ކޯވިޑްގެ ހާލަތުގެ ސަބަބުން މިދަތުރު ކުރިއަށް ގެންގޮސްފައި ނުވެއެވެ. ކުރީ […]
އައިޝަތު ނަސާޔާ
މިއަދު ކުރިއަށްދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މިހާތަނަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު މި އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑީޑޭޓް މުހަމަދު ރާޝިދު އެވެ. ބައި އިލެކްޝަންގައި ސަރުކާރު ކޯލިޝަން އާއި ވާދަ ކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް އެވެ. ނަތީޖާ އެންމެ ވާދަ ވެރިކޮން ދިޔައީ މިދެކެނޑިޑޭޓުންގެ މެދުގައެވެ. މި އިންތިހާބުގައި ދެން ވާދަކުރެއްވީ އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލް ހަންނާން އިދުރީސް އެވެ. މިހާތަނަށް ނަތީޖާ ނުލިބި […]
އަލީ އާދިލް
ރާޝިދު ފަތުހީ ހަންނާން ރަށް ފޮށި # 161 95 41 މަރޮށި C9.1 1 144 152 37 ކޮމަންޑޫ -1 C11.1 2 159 92 64 ކޮމަންޑޫ -2 C11.2 3 225 200 12 ފޯކައިދޫ -1 C7.2 4 195 201 13 ފޯކައިދޫ -2 C7.1 5 280 242 88 މާލެ – 1 T0.1 6 237 179 68 މާލެ – 2 T0.2 […]
ތިލަދުން
ކޯވިޑް ޖެހިގެން 80 އަހަރުގެ އަންހެނެއް ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި މިމީހާ ނިޔާވެފައިވަނީ މިއަދު މެންދުރުފަހު 15:35 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. މިއީ ކޯވިޑްގައި ރާއްޖެއިން ނިޔާވި 281 ވަނަ މީހާއެވެ. ކޯވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި އިއްޔެ އެކަނިވެސް 1955 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. Today (05/02/22) at 03:35 pm a 80-year-old Maldivian female admitted […]
އައިޝަތު ނަސާޔާ
ދިވހެި ރާއްޖޭގެ ޓޫރިޒަމްއަށް 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ގުޅިގެން ކުރިއަށް ގެންދާ “އަޕްބީޓް ޓޯކް ޝޯ” މިމަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޝޯގެ ފެށުމުގެ ގޮތުން ބާއްވާ ސެޝަންގައި ފަތުރުވެރިކަމުގެ ޕައަރނިއަރުންގެ ގޮތުގައި ފާހަގަ ކޮށްލެވޭ މަޓީގެ ޗައަރމަން އަލްފާޟިލް މުޙައްމަދު އުމަރު މަނިކު، މިނިސްޓަރ އޮފް […]
އައިޝަތު ނަސާޔާ
ހދ. ހަނިމާދޫގައި ބަނދަރުގެ މަސައްކަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވި ގޮތަށް ކުރިއަށް ނުދާތީ، ބަނދަރުގެ މަސައްކަތް ރައީސް ވިދާޅުވިގޮތަށް ކުރިއަށް ގެންދިޔުމަށް ގޮވާލައި ހަނިމާދޫ ބަނދަރުގައި ބެނާއެއް ދަމައިފިއެވެ. މިއަދު ހަނިމާދޫ ބަނދަރުގައި ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ ” ރައީސް ވިދާޅުވި ގޮތަށް ބޭރުތޮށީގައި ރިވެޓްމެންޓް ޖަހައިދީ” މިހެންނެވެ. ހަނިމާދޫގެ ބަނދަރު އަޕްގްރޭޑް މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލ...
އިބްރާހިމް ޚަލީލް
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނައިފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ. ނައިފަރު ކައުންސިލުން އާއްމު ކޮށްފައިވާ ލިސްޓްގައި ހައުސިންގ ޔުނިޓްއަށް އެދުނު ފަރާތްތަކުގެ ތެރެއިން 741 މީހުންގެ ޝަރުތު ހަމަވާކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި 17 މީހުންނަށް ގޯތި ލިބިފައި ނުވާއިރު 8 ފަރާތެއްގެ ފޯމް ވަނީ ބާތިލް ކޮށްފައެވެ. ފޯމް ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ލިބިފައިވަނީ 91 ޕަސެންޓެވެ. އެގޮތުން އެ […]
އައިޝަތު ނަސާޔާ
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިހާރު ކުރިއަށްދާއިރު،ޤާނޫނުތަކާ ޚިލާފު ކެމްޕޭން ކުރުމުގެ އެއްވެސް ޢަމަލެއް ނުހިންގުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން އިލްތިމާސްކޮށްފިއެވެ. މި އިންތިޚާބުގެ ކެމްޕޭން ކުރުމުގެ ސުން ގަޑި އިއްޔެ ހަވީރު 18:00 އަށް ވަނީ ހަމަވެފައެވެ. އޭގެފަހުން ކެމްޕޭންގެ އެއްވެސް ހަރަކާތެއް، އަމަލެއް ހިންގުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. ނަމަވެސް ރޭ ވެސް މިއަދު ވެސް ކެމްޕޭންކުރުމާއި، ވޯޓު ހޯދުމަށް ރިޝްވަތުބެހުމާއި، ވޯޓަށް ނުފޫޒު ފޯރުވުމުގެ ކަންތަ...
ޝިއުނާ އާދަމް
ގަލޮޅުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ގަލޮޅުގެ ފާށަނާ ކިލެގެ މަގާއި، މަޖީދީމަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ. މިގަޑިތައް މިހެން ބަޔާންކޮށްފައިވީނަމަވެސް، މި މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މީގެ ސަބަބުން ދިމާވެދާނެ […]
އަޙްމަދު ވަހީދު
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ ޔޮޓް ރެލީ، “ސަވާދީއްތަ ދަތުރު” މިއަދު ހއ. ހޯރަފުށިން ފަށައިފިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރިއަށްގެންދާ މި ހަރަކާތް ފެށުމަށް ހޯރަފުށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަގާފީ ހުށަހެޅުންތަކުން ބައިވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ދަތުރުގައި 12 ޔޮޓެއް ބައިވެރިވާއިރު މީގެ ތެރޭގައި، އެމެރިކާ، އޮސްޓްރޭލިއާ، އަޔަލެންޑް،...
އަޙްމަދު ވަހީދު
ފޯރިގަދަ ކެމްޕޭނަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް އެބަދެއެވެ. މި އިންތިޚާބުގެ ވޯޓުލުން ހެނދުނު 8:00 އިން ހަވީރު 16:00 އަށް ކުރިއަށް ދާނެއެވެ. މީގެތެރެއިން 15:00 އިން 16:00 ޚާއްޞަކޮށްފައި ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނަށާއި، ކަރަންޓީނު ކުރެވިފައިވާ މީހުން ވޯޓު ލުމަށެވެ. ކޮމަންޑޫގެ 1 ނަމްބަރު ވޯޓު ފޮށީގައި ވޯޓުލުން ފަށާފައި ވަނީ 8:03 އެވެ. 2 ނަންބަރު ފޮށީގައި ވޯޓުލުން ފެށީ 8:02 ގައެވެ. ފޯކައިދޫ 1 އަދި […]
ޔުމްނާ ޢަލީ