އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކިރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ބޭރުތޮށި […]
އަޙްމަދު ވަހީދު
ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް މިދިޔަ އަންގާރަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހާބަރު ޕޭވްމަންޓްގެ މަސައްކަތް މިހާރުވަނީ ނިމިފައިވާއިރު، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތ...
އަޙްމަދު ވަހީދު
ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ވިސްނުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށާއި، ކުރިއަށް ދާންވީ ކުރިން ވެސް ޚިޔާރުކުރި އެމްޑީޕީގެ ފިކުރުގައި ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް މިއަދު ކޮމަންޑޫގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ، 2019 ވަނަ އަހަރު ކޮމަންޑޫ ދާއިރާގެ...
އަލީ އާދިލް
ހއ. އިހަވަންދޫގައި މިފްކޯއިން ހިންގަމުން އަންނަ އައިސްޕްލާންޓް ހުއްޓުމުން އެރަށުގެ މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެރަށުގެ މަސްވެރިން ބުނެފައިވާ ގޮތުގައި އައިސްޕްލާންޓް ހުއްޓުމަކަށް އައީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ. އެރަށުގެ އައިސްޕްލާންޓައް މައްސަލައެއް ދިމާވެ ހައްލުނުކުރެވި މިވަނީ މަސް ދުވަސް ވެގެން ގޮސްފަ އެވެ. އެމައްސަލައަށް ހައްލެއް ހޯދާދިނުމަށް އެރަށުގެ “މަސްވެރި އިހަވަންދޫ” އިން ކަމާ ބެހޭ ފަރާތްތަކުގެ އަރިހުން ވަނީ އެދިފައެވެ. އަދި މިއަންނަ ހަފްތާގެ ތެރޭގަ...
އައިޝަތު ނަސާޔާ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ސީީއެސްއާރު ގެ ދަށުން ށ. ކޮމަންޑޫ ސިއްޙީ މަރުކަޒަށް ކުލައާއި ދަވާދު ހަދިޔާކޮށްފިއެވެ. އެ މަރުކަޒުން “ތިލަދުން” އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެމަރުކަޒުގެ އެތެރެއާއި ބޭރުގެ ކުލަ އައު ކުރުމަށް ބޭނުންވާ ކުލައާއި ދޮރުތަކާއި ދޮރުފަތްތަކުގައި ލުމަށް ބޭނުންވާ ދަވާދު އިއްޔެ އެމަރުކަޒަށް ވަނީ ލިބިފައެވެ. އެގޮތުން އަންނަ މާރޗް މަސް ތެރޭގައި ކުލަ ލުމުގެ މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށްވެސް އެ މަރުކަޒުން ވަނީ ބުނެފައެވެ. އެސްޓީއޯއާއި އާއި […]
އައިޝަތު ނަސާޔާ
ލިބޭ އާމްދަނީގެ ކުރިއެރުމުގައި ކަށަވަރުކަމެއް ނެތުމުގެ ދިގުލީ ސުވާލަށް ސަރުކާރުން މިވަނީ ޖަވާބު ހޯދާފަ ކަމަށާއި، މިނިމަމް ވޭޖާއެކު ހުރިހާ ޞިނާޢަތެއްގެ މަސައްކަތްތެރިންގެ ޖީބުތައް ބަރުވެއްޖެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ލިބޭ އާމްދަނީގެ ކުރިއެރުމުގައި ކަށަވަރުކަމެއް ނެތުމުގެ ދިގުލީ ސުވާލަށް ސަރުކާރުން މިވަނީ ޖަވާބު ހޯ...
އަލީ އާދިލް
ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢަކީ، އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢަކީ، އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން ކަމަށެވެ. އަދި އެކަށީގެންވާ ތަޢުލީމާއި ތަރުބިއްޔަތުގެ ފުރުޞަތު ފަހިވެފައި އޮތުން ކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ، އިންސާނީ ވަސީލަ...
ޙުސައިން ޝަހުދީ
ށ. ބިލެތްފަހީ ގައި ފުޓްސަލްދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެރަށުގައި ތަރައްގީ ކުރަން ނިންމާފައި ވަނީ އޭ ގްރޭޑްގެ ފުޓްސަލް ދަނޑެކެވެ. މި ދަނޑު އަޅައިދޭނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާންކޮށްފައި ވަނީ އެ ކައުންސިލުން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށެވެ. މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް، މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދ...
އިބްރާހިމް ޚަލީލް
މާލެއިން މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން މީހަކު ގެއްލިގެން އެ އިދާރާއަށް ރިޕޯޓް ކުރުމުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ ގއ. ވިލިނގިލި/ކަނޑުއޮޅި އުމުރުން 33 އަހަރުގެ ޙަސަން ޝިހާބެވެ. ޝިހާބު ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އަދި އޭނާ ހޯދިފައެއް […]
އައިޝަތު ނަސާޔާ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފި އެވެ. މިގޮތުން ދެ ރައީސުން މިއަދު ފުރަތަމަ ވަޑައިގެންފަނީ ކޮމަންޑޫ ދާއިރާގެ ކޮމަންޑޫއަށެވެ. ދެ ރައީސުންނަށް އެރަށުން ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، އެ ދާއިރާގެ ފޯކައިދޫ ވެސް ވަނީ ދެ ރައީސުންނަށް މަރުޙަބާ ކިޔުމ...
ޝިއުނާ އާދަމް
ފާއިތުވި 2021 ވަނަ އަހަރު ށ.މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރު ލަނޑުދަނޑިތައް ހާސިލް ކުރެވިފައިވާ މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަ ކޮށްފިއެވެ. މިގޮތުން ފާއިތުވި އަހަރު އެ ކޮމެޓީން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި އެ ކޮމެޓީން އިސް ނަގައިގެން މިލަންދޫ ސްޕޯޓްސް ކުލަބާއި ގުޅިގެން ހޭންޑްބޯލް މުބާރާތެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ވަނީ ކުރިއަށް ގެންގ...
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ތާވަލު ކޮށްފިއެވެ. އުރީދޫ އިން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން އެދެވޭނީ މިމަހުގެ 17 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ. މިދިޔަ އަހަރުގެ ކުންފުނީގެ ފައިދާއިން ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑް ލިބޭނީ ވެސް މި މުއްދަތުގައި ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނަށް އަމިއްލައަށް […]
އަޙްމަދު ވަހީދު
ށ. ފޭދޫ ކައުންސިލުން އެރަށުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރަށް ކަޅުތެޔޮ ޖަހައި، ގެއްލުން ދީފިއެވެ. ފޭދޫން “ތިލަދުން”އަށް ވާހަކަ ދެއްކި މީހަކު ބުނީ އެކަން ހިންގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، އެ ސްކޫލްގެ ފާރުގައި ލާފައިހުރި ކުލައާއި މެދު ހިތްހަމަނުޖޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް އޭނާ ތުހުމަތު ކުރިއެވެ. ފޭދޫ ކައުންސިލުން އެރަށުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލްގެ ފާރުގައި ލާފައި ވަނީ ރީނދޫ […]
އައިޝަތު ނަސާޔާ
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ޖާމިނުވި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަސްއަދު އަލީ( އަޑުބަރޭ) ގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް މިއަދު އޭނާއަށް އިއްވާފައިވާއިރު، އޭނާ މިވަގުތު ހުރީ ރާއްޖެއިން ބޭރުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު އިނގޭ ޔޫތު މިނިސްޓްރީގައި މަސައްކަތްކުރާ ބޭފުޅަކު “ތިލަދުން”އަށް ވިދާޅުވީ، ޢާއިލީ ޒިންމާ ޗުއްޓީއެއްގައި އަސްހަދު ރާއްޖޭން ބޭރަށް […]
އަލީ އާދިލް
ރާއްޖެއަށް ޑިޖިޓަލް ބޭންކިން ތައާރަފުކުރަން އެސްޓީއޯއިން ފަށާ ބޭންކަށް ކިޔާނީ “އިވޯލްވް” ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ. ރޭ ޑިޖިޓަލް ބޭންކުގެ ނަން ހިއްސާކުރައްވަމުން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭންކު ހިންގުމުގެ ހުއްދަ އެމްއެމްއޭއިން ވީހާވެސް އަވަހަށް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެ ކުންފުނިން މި ހުއްދައަށް އެދިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެސްޓީއޯއިން މަސައްކަތް ކުރަމުން ދަނީ މި އަހަރުގެ [...
އަޙްމަދު ވަހީދު
މާލޭގައި 14 އަހަރުގެ ކުއްޖަކު މަރާލި މީހަކަށް އިއްވި 16 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ. 2016 ވަނަ އަހަރު، މަޖީދީމަގުގައި ކުޑަކުދިންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ކުއްޖެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުން 2019 ވަނަ އަހަރު ޖުވެނައިލް ކޯޓުން 16 އަހަރާއި އަށް މަހުގެ ޖަލު ހުކުމެއް އިއްވީ އެ ހާދިސާ ހިނގިއިރު 17 އަހަރު ފުރިފައިވާ ކުއްޖަކަށެވެ. އޭނާއަށް މިހާރު 18 އަހަރު ފުރުނަސް، އޭނާގެ މައުލޫމާތު […]
ހުސައިން ހަބީބް
ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ހިންގަނީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ކަމަށާއި، އެ މަސައްކަތާއި ގުޅުވައިގެން ފަތުރަނީ ސައްހަނޫން މައުލޫމާތެއް ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެފިއެވެ. މަތިކޮމަންޑޫ ބިންހިއްކުމާއި، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުއާއި ގުޅޭގޮތުން އެ ކައުންސިލްގެ 4 މެންބަރުން ސޮއިކޮށް މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މަތިކޮމަންޑޫ ބިންހިއްކުމާއި، ކޮމަންޑޫ އާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ކޮމަންޑޫ ރައްޔިތުންގެ ދިރިއުޅުމަށް އިންތިހާއަ...
ޔުމްނާ ޢަލީ
ށ. ފުނަދޫ ކައުންސިލުން ބަލަހައްޓަމުންދާ އެރަށުގެ ޒުވާނުންގެ މަރުކަޒު، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ހަވާލު ކުރުމާއިމެދު އެމިނިސްޓްރީއާއި އިތުރަށް ވާހަކަދެއްކުމަށް ފުނަދޫ ކައުންސިލުން ނިންމައިފިއެވެ. އެކައުންސިލުން މިގޮތަށް ނިންމާފައި ވަނީ އެ މަރުކަޒު ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް އެމިނިސްޓްރީއިން އެންގުމާއި ގުޅިގެން އެކަމާއިމެދު މަޝްވަރާ ކުރުމަށް މިމަހުގެ 30 ވަނަ ދުވަހު ބޭއްވި އެކައުންސިލްގެ 04 ވަނަ ދައުރުގެ 04 ވަނަ ކުއްލިޖަލްސާގައެވެ. ފުނަދޫ ކައ...
އައިޝަތު ނަސާޔާ