އަންގާރަދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަލިވެ ޔުއެފާ ޗެމްޕިއަންސްލީގުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ. އެތުލެޓިކޯމެޑްރިޑް އާއި ބައްދަލުކުރި މި މެޗުން މެންޗަސްޓާޔުނައިޓެޑް ބަލިވީ 1-0 ގެ ނަތީޖާއިންނެވެ. ފުރަތަމަ ލެގުގައި އެތުލެޓިކޯ ދަނޑުގައި ކުޅުނު މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެ ދެވަނަ ލެގު ކާމިޔާބު ކުރުމުން އެތުލެޓިކޯ ކުއާޓާ ފައިނަލަށް ދަތުރު ކުރީ ޔުނައިޓެޑް ގެ މައްޗަށް 2-1 ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. މެޗު ފަށައިގެން ގޯލާ އަމާޒުކޮށް ފުރަތަމަ ހަމަލާ ފޮނުވާލީ […]
އަލީ ރިޔާޟް
ޓްރާންސްޕޯރޓް ކޯޕަރޭޝަން އަދި އެއާރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން އާއި އިންސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާ ކުރުމަށް، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު، 2 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން މިއަދު ސޮއިކޮށްފިއެވެ. އެމިނިސްޓްރީއިން ވިދާޅުވެފައިވާ ގޮތުގައި މިއަދު ސޮއި ކުރެވުނު އެމްއޯޔޫ އަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާއި ދެމެދު ޓްރާންސްޕޯރޓް ކޯޕަރޭޝަން އަދި އެއާރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން އާއި އި...
އައިޝަތު ނަސާޔާ
ހއ. ފިއްލަދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް ޤާޢިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިއްލަދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން “ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް” ފުރުއްވުމަށްފަހު އެކައުންސިލް އިދާރާގެ އީމެއިލް info@filladhoo.gov.mv އަށް ފޮނުވައިގެން ނުވަތަ ކައުންސިލް އިދާރާއަށް ހުށައަޅައިގެން ރަޖިސްޓްރީ ވެވޭނެ ކަމަށެވެ. ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ވަގުތަކީ 23 މާރޗް 2022 ވަނަ ދުވަހުގެ 1...
އައިޝަތު ނަސާޔާ
އުތުރުގެ އަތޮޅުގެ ރަށްތަކުގައި ޓޫރިޒަމް ފުޅާކުރުމަށް، އިންވެސްޓު ކުރާނެ ފަރާތްތައް ހޯދުމަށް މުމްބާއީގައި ބޭއްވި ފޯރަމްގައި ހދ. އަތޮޅު ކައުންސިލުން ބައިވެރިވެއްޖެ. ހދ އަތޮޅު ކައުންސިލުން ވިދާޅުވީ މި ފޯރަމްގައި ބައިވެރިވެފައި މިވަނީ އެއަތޮޅުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރާނެ ފަރާތްތައް ހޯދުމަށާއި، ދަތުރުފަތުރު ފަހިކުރުމަށް އަދި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިމަހުގެ 14 އިން 16 އަށް އިންޑިޔާގެ މުމްބާއީގައި ބާއްވާ އައުޓްބައުންޑް ޓްރެވަލ...
އައިޝަތު ނަސާޔާ
ހދ. ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓުގެ އުތުރު ގޮފީގައި ހުރި މައްސަލަތައް ބަލަން ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދެއް ކުޅުދުއްފުށްޓަށް ވަޑައިގެންފި އެވެ. ހައި ކޯޓުން ވަޑައިގަތް ފަނޑިޔާރުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. އޭގެ ތެރެއިން ފަނޑިޔާރު ނިޔާޒަކީ ކުރިން ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމާއި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ހައި ކޯޓަށް […]
ހުސައިން ހަބީބް
ހުޅުމާލެ ހޮސްޕިޓަލްގެ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީކޮށް ހުޅުވާދެއްވައިފިއެވެ. ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިސެންޓަރަށް ބައެއް ތަކެތިވެސް ހަދިޔާ ކުރައްވާފައެވެ. މިސެންޓަރަކީ 18 އަހަރުން ދަށުގެ ނުކުޅެދުންތެރިކަނ...
އައިޝަތު ނަސާޔާ
ށ.ފީވަކު ފެނަކަ ބްރާންޗްގެ އައު އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮސްފިއެވެ. މިކަމާއި ގުޅިގެން 14 މާޗް 2022 ވީ ހޯމަ ދުވަހު އެ ކުންފުނިން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ފީވަކު އައު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑުގައި ބައިވެރިވުމަށް […]
އިބްރާހިމް ޚަލީލް
ރާއްޖޭގައި މަރާލި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލިއިރު އޭނާގެ ކުޑަ ދަރިފުޅަށް އެއްވެސް މަންޒަރެއް ފެނުނުތޯ ބަލަން އެ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދަން ދައުލަތުން ނިންމައިފި އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އާއި މާވިންގެ ލޯބިވެރިޔާ ކަމަށްވާ ޅ. ހިންނަވަރު މާފިނި، ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ އެ ދެ މީހުން ރާވައިގެން މޭރީ މަރާލި ކަމަށް […]
ހުސައިން ހަބީބް
ފެނަކަ ކޯޕަރޭޝަނުގެ ފެނަކަ އިންސްޓިއުޓުން ކުރިއަށްގެންދާ ސީ3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑއ މެއިންޓެނެންސްގެ ފުރަތަމަ ބެޗްގެ އިމްތިހާން ނިންމާލައިފިއެވެ. މި އިމްތިހާންތައް ނިންމާލީ އިއްޔެއެވެ. އެގޮތުން، ތިއަރީ އާއި ޕްރެކްޓިކަލް އިމްތިހާން ވެސް ވަނީ ބާއްވާފައެވެ. ފެނަކައިމް މި އިމްތިހާން ބާއްވާފައި ވަނީ އިއްޔެ އެވެ. ފެނަކައިން މި ކޯސް ހިންގީ ހދ. ކުޅުދުއްފުށި ސިޓީގައެވެ. އެ ކުންފުނިން އަންނަނީ އެކި ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް ފެނަކަ އިންސްޓިއުޓްގެ ދަށުން ކޯސްތައް ހިންގަމުންނެވ...
އަޙްމަދު ވަހީދު
މީގެ އަށް އަހަރު ކުރިން ގެއްލުނު މެލޭޝިއާގެ އެއާލައިން އެމްއެޗް370 ބޯޓު އޮތީ ތ. ވޭމަންޑޫ ކައިރި ކަނޑުގެ ސަރަހައްދެއްގައި ކަމަށް ލަފާ ކޮށްފިއެވެ. މެލޭޝިއާގެ އެއާލައިންގެ ފްލައިޓް އެމްއެޗް370 ގެއްލުނީ 2014ވަނަ އަހަރުއެވެ. އެ އެއާލައިނުން 239 މީހުން ދަތުރު ކުރި އިރު މިހާތަނަށް އެ ފްލައިޓަށް ވީ ނުވީއެއް ނޭނގެއެވެ. އެ ފްލައިޓު ކުއަލަލަމްޕޫރުން ނައްޓާލީ މާޗް 8، 2014 ގައެވެ. ނައްޓާލިތާ 38 މިނެޓް ފަހުން އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން މެދުކެނޑުނެވެ. […]
އަޙްމަދު ވަހީދު
އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއްް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ 72 އިންސައްތަ މަސައްކަތުގެ މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފަސްވަނަ ޝިޕްމަންޓް 13 މާރޗް 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، […]
އަޙްމަދު ވަހީދު
އިންޑިއާ މާކެޓުގައި ރާއްޖެ އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް އެ ގައުމުގައި ބާއްވާ ފަތުރުވެރިކަމާ ގުޅުންހުރި އެންމެ ބޮޑު އެއް ފެއަރ، އޯޓީއެމް މުމްބާއީގެ ކަންޓްރީ ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ބައިވެރިވެއްޖެއެވެ. އިއްޔެ ފެށި އެ ފެއާ ކުރިއަށްދާނީ މާދަމާގެ ނިޔަލަށް މުންބާއީގެ ބޮންބޭ އެގްޒިބިޝަން ސެންޓަރުގައެވެ. އެ ފެއާއަކީ އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައްދަލުކުރުމުގެ ފު...
އަޙްމަދު ވަހީދު
އިންޑިޔާގެ އަވަށެއްގައި ހިލޭ މެޑިކަލް ޗެކްއަޕް ހައްދައިދިން ކުންފުންޏަކުން އެތަނަށް ދިޔަ ކަސްޓަމަރުންގެ އައިޑެންޓިޓީ ބޭނުންކޮށްގެން ލޯންތަކެއް ނަގާފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވަނީ، ދެ ކުންފުންޏަކުން ހިލޭ މެޑިކަލް ޗެކްއަޕް ކޭމްޕެއް ބާއްވާ 287 މީހެއްގެ ނަމުގައި ބޭންކްއިން ލޯންތަކެއް ވަނީ ނަގާފައިވާ ކަމަށެވެ. ހިލޭ މެޑިކަލް ޗެކްއަޕް ހެދުމަށްކަމަށް ބުނެ އެމީހުންގެ މުޙިއްމު ބައެއް ލިޔެކިޔުންތަކާއި އައިޑީ ކާޑްގެ ކޮޕީ ހޯދާފައިވާކަމަށް ފުލުހުން ކޮށްފައިވާ ތަހު...
އަޒްފާ ރަޝީދު
އިނގިރޭސި ޕްރިމިއަރ ލީގުގައި ހޯމަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށްކުޅެ ލީގު ތާވަލުގެ އެއްވަނައިގައި އޮތް މެންޗަސްޓަރ ސިޓީ އެއްވަރުވުމުން ތާވަލުގެ ދެވަނައިގައި އޮތް ލިވަޕޫލަށް ސިޓީ އާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތުފަހިވެ ލީގު ހޯދުމުގެ އުއްމީދު އާވެއްޖެއެވެ. 77 ޕަސަންޓް ބޯޅަ ހިފައްޓައިގެން ކުޅުނު ސިޓީއިން މިމެޗުގައި 10 ހަމަލާއެއް ފޮނުވައިލާފައިވެއެވެ. 6 ހަމަލާއެއް ގޯލާ އަމާޒުވީއިރު، ސިޓީގެ ގޯލަށް އަމާޒުކޮށް ކްރިސްޓަލް އަށް ފޮނުވާލެވުނީ އެއްމެ ހަމަލާއެކެވެ. […]
އަލީ ރިޔާޟް
ސްޕެނިޝް ލަލީގާގައި ހޯމަ ދުވަހުގެރޭ މަޔޯކާގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރިހޯދާ ލީގު ތާވަލްގައި 10 ޕޮއިންޓްގެ ލީޑަކާއެކު 1 ވަނައިގައި ރިއާލް ހަމަޖެހިލައިފިއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗުގައި 3 ލަނޑުވެސް ޖަހައިފައިވަނީ ފަހު ހާފުގައެވެ. މެޗުގެ ފުރަތަމަ ގޯލް 55 މިނެޓުގައި ވިނީސިއަސް ޖޫނިއާ ކާމިޔާބު ކޮށްދިނީ ބެންޒަމާގެ އެހީތެރިކަމާއެކުގައެވެ. މިި މެޗުގައިވެސް ތަރިއަކަށް ވި ބެންޒެމާ ވަނީ ދެގޯލް […]
އަލީ ރިޔާޟް
ރައްކާތެރި ހަރަދުކުޑަގޮތެއްގައި ކަރަންޓު ބޭނުންކުރަން ދަސްކޮޮށްދިނުމުގެ ޕްރޮގުރާމެއް ހއ. އިހަވަންދޫގައި ފެށުމަށް ނިންމައިފި އެވެ. މިއީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އެރަށުގެ ފެނަކަ ބްރާންޗް ގުޅިގެން އެރަށު ކަންބަލުންނަށް ހާއްސަކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ނައިބު ރައީސާ ރަޝީދާ އަބްދުﷲ ވިދާޅުވީ މިޕްރޮގްރާމަކީ މި މާރޗް މަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މ...
އައިޝަތު ނަސާޔާ
ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ. މިތަކެތި އަތުލައިގަނެފައިވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. މި މަސްތުވާތެކެތި އަތުލާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް...
ޝިއުނާ އާދަމް
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާއިން އެ ރަށުގައި ޖަމާއަތްތެރިކަމަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 17 އޭޕްރިލް 2022 އިން 19 އޭޕްރިލް 2022 އަށެވެ. މި ޕްރޮގްރާމުގައި ހިމެނިގެން ދީނީ ނަސޭހަތް ދިނުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން...
އިބްރާހިމް ޚަލީލް