ސްޕެނިޝް ލަލީގާގައި ހޯމަ ދުވަހުގެރޭ މަޔޯކާގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރިހޯދާ ލީގު ތާވަލްގައި 10 ޕޮއިންޓްގެ ލީޑަކާއެކު 1 ވަނައިގައި ރިއާލް ހަމަޖެހިލައިފިއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗުގައި 3 ލަނޑުވެސް ޖަހައިފައިވަނީ ފަހު ހާފުގައެވެ.
މެޗުގެ ފުރަތަމަ ގޯލް 55 މިނެޓުގައި ވިނީސިއަސް ޖޫނިއާ ކާމިޔާބު ކޮށްދިނީ ބެންޒަމާގެ އެހީތެރިކަމާއެކުގައެވެ.
މިި މެޗުގައިވެސް ތަރިއަކަށް ވި ބެންޒެމާ ވަނީ ދެގޯލް ޖަހާފައެވެ. ބެންޒެމާގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ މެޗުގެ 77 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން ވިނީސިއަސް އަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. ދެވަނަ ގޯލް މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ މާސެލޯ ގެ އެހީތެރިކަމާއެކުގައެވެ. މި މެޗުގައި މާސެލޯ ކުޅެން ނުކުތީ 80 ވަނަ މިނެޓްގައެވެ.
މަޔޯކާގެ މައްޗަށް ކުރިހޯދާ ރެއާލް އިން ލަލީގާގެ ޕޮއިންޓު ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނެގިއިރު އެޓީމަށް 28 މެޗުން 66 ޕޮއިންޓު ލިބިފައިވެއެވެ. މި މެޗުން ބަލިވި މަޔޯކާ އޮތީ 28 މެޗުން ހޯދި 26 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.
ލީގުގައި ދެން އޮތް މެޗުގައި ރިއާލް ނުކުންނާނީ ވާދަވެރި ބާސެލޯނާއާއި ދެކޮޅަށެވެ. ރިއާލް ދަޑުގައި ކުޅޭ މި މެޗު އޮށްނާނީ މިމަހުގެ 20 ވާ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރުއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!