ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ޓޫރިޒަމް މިނިސްޓްރީ އާއި އޯޝަން ޖިއޯގްރަފިކް އަދި މޯލްޑިވްސް އެލަޔަންސް ފޯ ޑައިވް އޮޕަރޭޓާސް (މޯޑޯ) ގުޅިގެން ޑައިވިން ހަރަކާތަކާ އެކު ބައިނަލްއަގުވާމީ ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މި ޑައިވިން ހަރަކާތަކީ ރާއްޖޭގެ އެންމެ ރީތި 50 ޑައިވިން ޕޮއިންޓްތަކަށް ފީނުމަށް ބާއްވާ ހަރަކާތެކެވެ. ފޮޓޯ މުބާރާތް އޮންނާނީ އެ ދުވަހު ނަގާ ފޮޓޯތަކުގެ މެދުގައެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ބާއްވާ މި […]
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އިހުމާލުން، ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓްތައް ކަމާ ނުބެހޭ މީހަކަށް ދީފިއެވެ. ސްކައުޓް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ނަޒީފު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓުތައް އިންޓަނެޓް ބޭންކިން އަށް ދާދި ފަހަކުން ރަޖިސްޓްރީކުރި ނަމަވެސް، އެ އެސޯސިއޭޝަންގެ އެއްވެސް މީހަކަށް އެ އެކައުންޓްތަކަށް ނުވަދޭ ކަމަށެވެ. ނަމަވެސް ކަމާ ނުބެހޭ މީހަކަށް ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓުތަކަށް ވަދެވޭ ގޮތް ބޭންކުން ހަދައިދީފައިވާ ކަމަށްވެސް އ...
އަޙްމަދު ވަހީދު
ކޮވިޑް19 އާއި ގުޅިގެން ގެނެސްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި އެވެ. މިކަން އިޢުލާން ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ގައުމާއި މުހާތަބުކުރައްވާ މިރޭ ދެއްކެވި ވާހަކަ ފުޅުގަ އެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާންކުރީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ. ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ […]
އަލީ އާދިލް
އދ. އަތޮޅުގައި ހިންގަމުން އައި މާފުށިވަރު މޯލްޑިވްސް ރިސޯޓް ވިއްކާލަން ނިންމައިފިއެވެ. އެ ރިސޯޓް މިހާރު ހިންގަމުން އަންނަނީ ޖަރުމަނުގެ އާރުއީޑަބްލިޔުއީ (ރީވީ) ގްރޫޕުގެ ޑާ ޓޫރިސްޓިކް ކުންފުނިނީގެ އެލްޓީއައި ހޮޓެލްސް ބްރޭންޑިންގެ ދަށުންނެވެ. ރިސޯޓް ވިއްކާލަން އުޅޭ ކަން އިއުލާން ކުރީ ޓޫރިޒަމް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ އެ ރިސޯޓާ ގުޅިގެން އެއްވެސް ފަރާތަކާ ގުޅޭ ދަރަންޏެއް ނުވަތަ މައްސަލައެއް ވާނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން އެންގުމަށް […]
އަޙްމަދު ވަހީދު
އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމްކުރެވެންދެން، ހޯރަފުށި ދާއިރާގެ ތިން ރަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ހުށައެޅި ޤަރާރުގައި ހުރި ކަންކަން ކުރަން ނިންމައިފި އެވެ. މިއަހަރުގެ ޖެނުއަރީމަހުގެ 3 ވަނަ ދުވަހު، އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރެވެންދެން 3 ކަމެއް ކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ 3 ރަށުން ވަނީ ޤަރާރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ހުށައަޅާފަ އެވެ. ހޯރަފުށި ކައުންސިލްގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނ...
އައިޝަތު ނަސާޔާ
ކުރިއަށް އޮތް ރޯދަ މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތު ކުރަން ހެކިބަސް ދިނުން 29 ޝަޢުބާން 1443 ( 01 އެޕްރީލް 2022 ) ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ. މާލޭގައި ރަމަޟާންމަހުގެމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ހަމަޖައްސާފައިވަނީ މާލޭގެ ކޯޓެއްގެ ގާޒީ އެއްގެ ކުރިމަތީގަ އެވެ. އަތޮޅުތަކުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިމަތީގަ އެވެ. ޑީޖޭއޭ އިން ބުނީ ހެކިބަސް ދޭ […]
އިބްރާހިމް އަސްވާޤް
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިރޭ ޤައުމާއި މުޚާޠަބް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވީ، ރައީސް ޤައުމާއި މުޚާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:00ގައި ކަމަށެވެ. ރައީސް އޮފީހުން އިތުރަށް ވިދާޅުވީ ރައީސް ގައުމާއި މުޙާތަބު ކުރައްވާއިރު، ކޮވިޑް19 ހާލަތާއި އަދިވެސް އިތުރު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާނެކަމަށެވެ. ރައީސް އެންމެ ފަހުން ޤައުމާއި މުޚާތަބު ކުރައްވާފައިވަނީ، މިޔަ އަހަރުގެ ނޮވ...
އިބްރާހިމް އަސްވާޤް
މިއަހަރުގެ ފެބުރުއަރީ 2 ވަނަ ދުވަހު މާލޭގެ ގެއެއްގައި އަނބިމީހާއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މީހާއަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާއިފި އެވެ. އޭނާގެ މައްޗަށް ހުށައަޅާފައިވަނީ ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ. ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު […]
އައިޝަތު ނަސާޔާ
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާކުރި ރިޝްވަތުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އިބްތިދާއީ މަރުހަލާގައި މަދަނީ މިންގަނޑުން […]
ހުސައިން ހަބީބް
އުތުރުގެ ޓޫރިޒަމް ފުޅާކުރުމަށް، އިންވެސްޓު ކުރާނެ ފަރާތްތައް ހޯދުމަށް މުމްބާއީގައި ފޯރަމެއް ބާއްވަން ނިންމައިފި އެވެ. މިއީ، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގުޅިގެން މުމްބާއީގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް ބާއްވާ ފޯރަމެކެވެ. އެމިނިސްޓްރީއިން މިއަދު ބުނެފައިވަނީ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މާރޗް މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި މި ފޯރަމް ބޭއްވ...
އައިޝަތު ނަސާޔާ
ހއ. އިހަވަންދޫ މިސްކިތްތަކުގައި ރޯދަމަހު ބޭނުން ކުރުމަށް، އެރަށު މަސްވެރި އުޅަނދަކުން ފެން ހަދިޔާ ކޮށްފި އެވެ. އެ ފަރާތުން ވަނީ އިހަވަންދޫ ކައުންސިލަށް ރޯދަމަހު އެ ރަށު މިސްކިތްތަކުގެ ބޭނުން ކުރުމަށް ތާޒާ ބްރޭންޑްގެ 500 އެމްއެލްގެ 312 ކޭސް ފެން ހަދިޔާ ކޮށްފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް ޞަބާހް “ތިލަދުން” އާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ރޯދަމަހު އެ ރަށު މިސްކިތްތަކުގައި ބޭނުން ކުރުމަށް މަސްވެރި އުޅަނދަކުން ފެން ހަދިޔާ ކޮށްފައިވާ ކަމަށާއި، […]
އިބްރާހިމް ޚަލީލް
މިއަދު ހަވީރު 6:00ން ފެށިގެން ތިން ދުވަހަށް އެސްޓީއޯ ސުޕަމާޓް ބަންދު ކުރަން ނިންމައިފިއެވެ. އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ދެން އެ ފިހާރައިން ހިދުމަތް ދޭނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށެވެ. އެ ދުވަހުން ފެށިގެން ސުޕަމާޓްގެ ހިދުމަތް ދޭނީ ޓްރޭޑް ސެންޓަރުގައި ހުންނަ ޕީޕަލްސް ޗޮއިސް އިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ތިން ދުވަހަށް ފިހާރަ ބަންދު ކުރި ނަމަވެސް އީސްޓޯ މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރި ކުރެވޭނެއެވެ. އެ […]
އަޙްމަދު ވަހީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުށް ސާބިތުނުވާތީ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ. އާޒިމާ އެގޮތަށް ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިންއަށް މަގުފަހިކުރުމުގެ ދައުވާގެ ޝަރީއަތުގަ އެވެ. އޭނާ ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކުރަނީ ޔާމީނަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިން ކަމަށް ބުނެ ކަމަށާއި […]
ހުސައިން ހަބީބް
ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “އަންހެނުންގެ ސައްލާ” ސިލްސިލާގެ ފުރަތަމަ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތު ރޭގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، އަންހެނުންގެ ސައްލާ ފުރަތަމަ ހަރަކާތުގައި 30 ބައިވެރިއަކު ސެޝަންތައް ފުރިހަމަކޮށްފައިވާކަމަށެވެ. ފުރަތަމަ ހަރަކާތުގައި އަންހެނުންނާއި ގުޅުންހުރި ޤާނޫނުތަކާބެހޭ...
އައިޝަތު ނަސާޔާ
ތ. ދިޔަމިގިލީގައި މީހަކަށް ހަމަލާދިނުމުން އަނިޔާވެ، ސިއްހީ މަރުކަޒުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދިޔަމިގިލީގައި މީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ. އަނިޔާވެފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާ އަށް މިހާރު އެރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ. މި މައްސަލަހާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޔުނައިޓެޑުންނެވެ. މި ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ފްރެޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ޓޮޓެންހަމްގެ އޭރިއާގެ […]
އިބްރާހިމް ޚަލީލް
ޖަރުމަނު ލީގުގައި ބަޔާން މިޔުނިކާއި ހޮފެންހެއިން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ހޮފެންހެއިމްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް، މި މެޗުގައި ބަޔާނުން ވަނީ މޮޅަށްކުޅެ ހޮފެންހެއިމްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން ބަޔާނުން ވަނީ މުޅި މެޗުގައި ހޮފެންހެއިމްގެ ގޯލަށް ހަތަރު ލަނޑު ވައްދާލާފައެވެ. ނަމަވެސް އޭގެ ތެރެއިން ތިން ލަނޑު ވީއޭއާރުން ބެލުމަށް […]
އިބްރާހިމް ޚަލީލް
އިޓާލިއަން ސެރިއާ ގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވެ އޭސީމިލާން ތާވަލްގެ ކުރީގައި 5 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. އެމްޕޮލީއެފްސީ އާއި ބައްދަލުކޮށް އޭސީމިލާން ކުރިހޯދީ 1-0 ގެ ނަތީޖާއިންނެވެ. އޭސީމިލާން މޮޅަށް ކުޅުނު މެޗުގައި ފެނުނު ހަމައެކަނި ގޯލް ޖަހައިފައިވަނީ މެޗުގެ 19 ވަނަ މިނެޓްގައި ފުރާސްގެ ޒުވާން ޑިފެންޑަރ ޕިއާކަލޫލޫ އެވެ. މި ނަތީޖާއެކު މިލާން އޮތީ ލީގު ތާވަލްގެ އެއވަނައިގައެވެ. މިލާންއަށް އެއްވަނަ ލިބެނީ 29 މެޗުން ލިބުނު 63 ޕޮއިންޓާއެކުގައެވެ. […]
އަލީ ރިޔާޟް