ޗައިނާއިން ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި އަނެއްކާވެސް ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ. ފުޅާ ދާއިރާއެއްގައި ޗައިނާއިން ރާއްޖެ އަށް މުދާ އެތެރެކުރަމުން ދާ ވިޔަފާރިވެރިން މިކަމާއި ގުޅިގެން މިނޫހާއި ވާހަކަ ދައްކަމުން ވިދާޅުވީ، މިފަހަކަށް އައިސް ޗައިނާއިން މުދާ އެތެރެކުރުމުގައި އެކި އެކި ސަބަބު ތަކާއިހުރެ މުދާ ގެނައުމުގައި ދަތިތަކާއި ކުރިމަތި ވަމުން އަންނަ ކަމަށެވެ. އެގޮތުން ގިނަ ބޯޓުތައް ޗައިނާ ކޮޅުން ފުުރުމަށް ފަހު މެލޭޝިޔާގައި ގިނަދުވަސްވަންދެން ތާށިވާކަމަށް ފާހަގަ ކުރި އެވެ. ވަރަށް […]
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަގާމަށް، އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިނގިލީ އިބޫ) މިއަދު ޢައްޔަންކުރައްވައިފިއެވެ. އިބޫ ކުރިން ވަނީ މި ސަރުކާރުގައި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް)ގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމު ފުރުއްވާފައެވެ. އެ ކުންފުނި ވަނީ ފަހުން އެޗްޑީސީއާއި އެއްކޮށްލާފައެވެ. މީގެ އިތުރުން އިބޫ ވަނީ ހޯމް މިނިސްޓްރީގެ ނައިބުކަމުގެ މަޤާމާއި މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަ...
އަލީ އާދިލް
ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި ބަނދަރުގެ ނެރު ފުންކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، […]
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނ. ހޮޅުދުއަށް ތައާރަފު ކޮށްފިއެވެ. މިއީ 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫން ދެމުން އަންނަ ހިދުމަތެކެވެ. މި ހިދުމަތަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަ ޚިދުމަތް އެކުލެވޭ މާކެޓްގައި އެންމެ ރަނގަޅު ޕެކޭޖްތައް ހިމެނޭ ހިދުމަތް ވެސް މެއެވެ. އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އެކުންފުނިން ކެނޑިނޭޅި މަސައްކަތްކުރަމުންދަނީ ރާއްޖޭގެ މުޅި އާބާދީއަށް ފިކްސްޑް […]
އަޙްމަދު ވަހީދު
ދުނިޔޭގެ ތަރައްގީގެ ދާއިރާގެ “އޮސްކާ” ގޮތުގައި މަޝްހޫރުވެފައިވާ އެމްއައިޕީއައިއެމް އެވޯޑަށް ދިވެހިރާއްޖޭގެ ފްލޯޓިންގް ސިޓީ ޝޯޓްލިސްޓް ވެއްޖެއެވެ. މޯލްޑިވްސް ފްލޯޓިން ސިޓީ މި އެވޯޑަށް ޝޯޓްލިސްޓް ވެފައިވަނީ ‘ބެސްޓް ފިއުޗެރާ މެގާ ޕްރޮޖެކްޓް’ ކެޓެގަރީއިންނެވެ. އެ ވޯޑަށް މި ޕްރޮޖެކްޓް ނޮމިނޭޓްވީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 161 ޑެވްލޮޕްމެންޓަލް ޕްރޮޖެކްޓްގެ ތެރެއިންނެވެ. މި އެވޯޑު ލިބޭ ޕްރޮޖެކްޓް މާދަމާ އިއުލާން ކުރާނެއެވެ. ފްލޯޓިން ސިޓީ އަކީ މާލެއިން ލޯންޗުގައި 15 މިނެޓުން ދެވޭ ފަޅެއްގައި ހ...
އަޙްމަދު ވަހީދު
ސްޓެލްކޯ މުވައްޒަފުންގެ ހެލްތު ސްކީމްގެ މައްސަލަ ހައްލުކޮށް އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ހެލްތު އިންޝުއަރެންސްގެ ކަންކަން ހަމަޖައްސައިފިއެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިން ހެލްތު އިންޝުއަރެންސް ދެނީ އިންހައުސް ސްކީމެއްގެ ދަށުންނެވެ. ނަމަވެސް އެ ސްކީމް ބަދަލު ކުރީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުންނެވެ. ސްޓެލްކޯ އިން ބުނީ، މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެ ކުންފުނީގެ ހެލްތު އިންޝުއަރެންސް ސްކީމް ބަދަލުކޮށް، މިހާރު އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިވާ ކަމ...
އަޙްމަދު ވަހީދު
ހދ. އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރަކަށް، ކައުންސިލް މެންބަރު، އަދި ކުރިނބީ ކައުންސިލްގެ ރައީސް ޢަބުދު ﷲ އަސްލަމް ހަމަޖައްސަވައިފިއެވެ. ހދ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އަސްލަމް އެ މަޤާމަށް ހަމަޖައްސަވާފައިވަނީ މިމަހު 10 ވަނަ ދުވަހު ބޭއްވި ހދ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 38 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި މީޑިޔާ ކޯޑިނޭޓަރަކަށް، އަސްލަމް ހަމަޖައްސަވާފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 12 މެންބަރުންގެ އިއްތިފާޤުންނެވެ. ހދ. އަތޮޅު ކައުންސިލަށ...
ޔުމްނާ ޢަލީ
ނ. ތޮޅެންދޫ ދަނޑުވެރިކަމުގެ ބޭނުމަށް 21 އަހަރަށް ކުއްޔަށް ދޭން ސަރުކާރުން ނިންމާފައިވާ ވަނިކޮށް އެކަން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. ސިންގަލް ޕާސަލް އުސޫލުން ތޮޅެންދޫގެ ވަސީލަތްތައް ދަނޑުވެރިކަމުގެ ބޭނުމަށް އެހެން ފަރާތަކަށް ކުއްޔަށް ދޭން ފިޝަރީޒް މިނިސްޓްރީން ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން އެގޮތަށް އަމުރު ނެރުނީ އެކަމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން މައްސަލަ ހުށަހެޅުމުންނެވެ. އެރަށުގެ ވަސީލަތްތައް އެހެން އެއްވެސް ބަޔަކަށް ބޭނުން ނުކުރެވޭ ގޮތަށް ރަށް ކުއްޔަށް ދޭން […]
ހުސައިން ހަބީބް
މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާލިބޭ މަޝްހޫރު ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް (ޕެސްޓް) ދަށު ކޯޓުން ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޕެސްޓް ބޭސްފަރުވާއަށް ދެ މަސް ދުވަހަށް ބަންދުން ދޫކޮށްލަން މިދިޔަ މަހު ކްރިމިނަލް ކޯޓުން އެންގީ ޝަރުތުތަކާ އެކު އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ ދަށު ކޯޓުގެ އަމުރު […]
ހުސައިން ހަބީބް
ރ. އަތޮޅުގެ ދެކުނު އެއާޕޯޓެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށާއި، މި ސަރުކާރުގެ ދައުރުގެ ބާކީ މިއޮއް ދުވަސްތަކުގެ ތެރޭގައި އެއާޕޯޓް އަޅަންފެށުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ އިތުރު ވަގުތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ރ. އަތޮޅު ދެކުނުގައި އެއާޕޯޓެއް އެޅޭނެ ރަށެއް ކަނޑައެޅޭނީ ކޮން ތާރީޚ...
އަލީ އާދިލް
ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ފަރާތުން ބާއްވާ ޤުރުއާން މުބާރާތް 2022، އަން އެޕްރީލް މަހު ފެށުމަށް ނިންމައި، ބައިވެރިވާން ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤްޞަދުތަކުގެ ތެރޭގައި އެރަށުގެ ދަރިވަރުން ނާއި ޢާއްމުންގެ ހިތްތަކުގައި ކީރިތި ޤުރްޢާނަށް ލޯބިޖައްސައި ޤުރުޢާން ކިޔެވުމުގެ ފަންނު އަލާކޮށް، ދިރުވައި ފެތުރުމަށް މަސައްކަތްކުރުމާއި، ކީރިތި ޤުރުޢާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ޤުރްޢާން ކިޔެވުމަށް ހިތްވަރުދިނުމާއި، ކީރިތި ޤުރުޢާން ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި އ...
ޔުމްނާ ޢަލީ
ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ވޯކްވޭ ބްރިޖް ހެދުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށި ލުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 88 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ބޭރުތޮށި […]
އަޙްމަދު ވަހީދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އިމަޖެންސީ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އާ ރަންވޭގައެވެ. އެ ހަރަކާތުގައި ބޯޓެއްގައި އަލިފާން ރޯވެ، އެ ހާލަތުގައި ކަންކަން ކުރާނެ ގޮތަށް އެއާޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ. އެމްއޭސީއެލުން ބުނީ މިފަދަ ހަރަކާތެއް ބާއްވަނީ އެއާޕޯޓަށް ޖައްސަން ދާ މަތިންދާބޯޓެއް ވެއްޓި ނުވަތަ ނުރައްކާތެރި ހާދިސާއެއް ހިނގާ ވަގުތެއްގައި އެއާޕޯޓުގެ އިމަޖެންސީ ޓީމުތައް ތައްޔާރުވެފައިވާ ވަރު ދެ...
އަޙްމަދު ވަހީދު
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއް ސްޓެލްކޯއަށް ޒިޔާރަތް ކޮށްފިއެވެ. އެ ޔުނިވާސިޓީގައި ކިޔަވާ 18 ދަރިވަރަކު ސްޓެލްކޯއަށް ޒިޔާރަތް ކުރީ އިއްޔެއެވެ. އެ ދަރިވަރުން ޒިޔާރަތް ކުރީ ސްޓެލްކޯގެ ހެޑް އޮފީހާއު މާލެ އިންޖީނުގެއަށެވެ. އެ ޒިޔާރަތުގައި އެ ދަރިވަރުންނަށް ސްޓެލްކޯއިން ވަނީ އެ ކުންފުންޏާއި، ކުންފުނިން ދެމުންގެންދާ ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދީފައެވެ. ސްޓެލްކޯއަކީ ހަކަތައިގެ ދާއިރާގައި ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏަށްވުމުން އެކުންފުނިން ދޭ ހިދުމަތްތަކަކީ ކިޔަވާ ދަރިވ...
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީގެ އައު ބަނދަރުގެ މައްސަލަ ހައްލު ކުރުމަށް އެއްބަސްވެވިފައިވާގޮތަށް އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ އިތުރު ވަގުތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލްލަތީފް ކުޅުދުއްފުށީ އައު ބަނދަރުގެ މައްސަލައާއި ގުޅިގެން ވަޒީރާ ކުރެއްވި ސުވާ...
އަލީ އާދިލް
ދިވެހިރާއްޖޭގެ ބައިވެރިވުމާއެކު، އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ (އިންޓަނޭޝަނަލް ޑޭ ޓު ކޮމްބެޓް އިސްލާމޮފޯބިއާ) ގޮތުގައި ކޮންމެ އަހަރެއްގެ މާޗް މަހުގެ 15 ދުވަސް ފާހަގަކުރުމަށް އދގެ އާއްމު މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ. އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ (އޯ.އައި.ސީ)ގެ ގައުމުތަކުގެ ފަރާތުން ހުށަހެޅި މި ގަރާރު ފާސްކުރުމަށް، ގަރާރުގައި ހިމެނޭ ކަންކަމުގައި ގައުމުތަކުން އެއްބަސްވުމަކަށް ގެނައުމަށް، އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނ...
އަލީ އާދިލް
ކަޅު ބާޒާރުގައި ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކާތީ ސަމާލުވާން އެދިއްޖެ އެވެ. މިއަދު ފުލުހުން ބުނީ، މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބަރ ކޮމިއުނިޓީ އަދި ޝޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޔޫއެސް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކޮށްގެން ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާ ކަމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި ތަހުގީގުކުރަމުން ދާކަމަށެވެ. އެގޮތުން، މަނީ އެކްސްޗޭންޖް ވައިބަރ ކޮމިއުނިޓީގައި ޔޫއެސް ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަށްފަހު، ޔޫއެސް ޑޮލަރު ގަންނަން ބޭނުންވ...
އިބްރާހިމް އަސްވާޤް
އެސްޓީއޯ ސުޕަމާޓަށް ބޮޑެތި ބަދަލުތައް ގެނެސް “އެސްޓީއޯ ޕީޕަލްސް ޗޮއިސް” ގެ ނަމުގައި ހުޅުވައިފިއެވެ. ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފިހާރަ ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަދި އެ ފިހާރައިގައި މުދާ ވިއްކާ ކުންފުނިތަކުގެ އިސްބޭފުޅުންނެވެ. ކުރިއަށްވުރެ ތިން ގުނަ ޖާގަ ބޮޑު ކޮށް އެ ފިހާރަ ހުޅުވާފައިވާއިރު ރާއްޖޭގެ އަމިއްލަ އަށް ވިޔަފާރިއަކަށް ވަނީ ފުރުސަތު ދީފައެވެ. މީގެ ތެރޭގައި ސިޓީ ބޭކަރީ އާއި […]
އަޙްމަދު ވަހީދު