އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. އޭސީސީއަށް މެންބަރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުއްވި ފަސް ނަމެއް ފާސްކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުއްވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ކޮމެޓީން އެ ނަންތައް...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީގެ އަންހެން ބޭފުޅުންނަށް އަމާޒުކޮށް “ގެވެށި ސާމާނު” ބަލަހައްޓަން ދަސްކޮށްދޭ ކޯހެއް ފެށުމަށް ހަމަޖެހިއްޖެއެވެ. މިއީ އެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮޕް ޓެކްނޮލޮޖީ އާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޚަދީޖާ މޫސާ ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމާރޗް މ...
އައިޝަތު ނަސާޔާ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ކަމަށް އާދަމް މުހައްމަދު އައްޔަންކޮށްފިއެވެ. މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ ޕޯސްޓް އޮފީހުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ޝަފީގު މަގާމުން ވަކިކޮށް، އެ އެކުންފުނީގެ ބޯޑު މެންބަރު ކަމަށް އަދި އެމްޑީ ކަމުގެ މަގާމަށް އާދަމް އައްޔަންކޮށްފައިވާ ކަމަށެވެ. އާދަމް މީގެކުރިން ހުންނެވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އެމްޑީގެ މަގާމުގައެވެ. އޭނާގެ ބަދަލުގައި އެ...
އަޙްމަދު ވަހީދު
ކްރިމިނަލް ކޯޓަށް އޮންލައިންކޮށް ހުށަހަޅާ މައްސަލަތައް އޮންލައިންކޮށް ފުރަތަމަ ފަހަރަށް ބަލައިގަންނަން ފަށައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ މީގެކުރިން އޮންލައިންކޮށް މައްސަލަ ހުށަހެޅިޔަސް، ރަސްމީ ގޮތުން މައްސަލަ ހުށަހެޅި އަދި ބަލައިގަނެވެނީ ކަރުދާސްތަކާ އެކު މައްސަލަ ކޯޓަށް ފޮނުވުމުން ކަމަށެވެ. އެކަމަކު އިއްޔެއިން ފެށިގެން އޮންލައިންކޮށް ހުށަހަޅާ މައްސަލަތައް އިތުރު ކަރުދާސްތައް ފޮނުވުމަކާ ނުލައި އޮންލައިންކޮށް ބަލައިގަންނަން ފަށާފައިވާ ކަމަށް ޝ...
ހުސައިން ހަބީބް
ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރަން ހަވާލުކޮށްފި އެވެ. ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައިސާ ޕްރައިވެޓް ލިމިޓަޑާއެކު އެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ އެޗް.އާރް މެނޭޖަރ މުސްޠަފާ މުޙައްމަދުފުޅެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ. 365 ދުވަސްތެރޭގައި ދެ ފަންގިފިލާއަށް...
އިބްރާހިމް އަސްވާޤް
ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 181 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 434 މީޓަރުގެ ބޭރުތޮށި ލުމާއި،...
އަޙްމަދު ވަހީދު
އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 27 އިންސައްތަ އިތުރުވެއްޖެއެވެ. ކަސްޓަމްސް އިން ރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނީ 325 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނީ 256 މިލިއަން ރުފިޔާއެވެ. މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ވަނީ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން، މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިމްޕޯޓް ކުރި […]
އަޙްމަދު ވަހީދު
ށ. ފުނަދޫގައި “އަވަށްޓެރި ޕޮލިސް” ތައާރަފް ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފި އެވެ. މިކަމާއި ގުޅޭގޮތުން “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ “އަވަށްޓެރި ޕޮލިސް” ތައާރަފްކުރުމަށް އެރަށުގެ ފުލުހުން އިއްޔެ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެގޮތުން މިބައްދަލުވުމުގައި އެރަށުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފެނަ...
އައިޝަތު ނަސާޔާ
ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތާއި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރ...
އަޙްމަދު ވަހީދު
އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ ދިފާއުގައި ހެކި ހުށަހަޅަން އެމަނިކުފާނަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ. ރިސޯޓެއްގެ ގޮތުގައި އާރަށް ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާ ހެކި ހާމަކުރި އެވެ. އެއީ ކޮން […]
ހުސައިން ހަބީބް
އިނގިރޭސި ޕްރިމިއާލީގް ގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނުމެޗުން 2-0 ގެ ނަތީޖާއިން ލެސްޓާ ސިޓީ ބަލިކޮށް އާސެނަލް ލީގް ތާވަލްގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ. މެޗުގެ ފުރަތަމަ ގޯލް ތޯމަސްޕާޓީ ކާމިޔާބް ކޮށްދިނީ މެޗްގެ 11 ވަނަ މިނެޓްގައެވެ. އޭގެ 7 މިނެޓް ފަހުން ތޯމަސްގެ ހަމަލާއެއް ހުރަސްދަޑިއަށް ވަނީ އަމާޒުވެފައެވެ. 11 ހަމަލާ ފެނިގެން ދިޔަ އާސެނަލްގެ ދެވަނަ ގޯލް މެޗުގެ ދެވަނަ ހާފުގައި ޖަހައިދިނީ ލަކަޒެޓް އެވެ. މީ ލެސްޓާސިޓީގެ ތުރުކީ ޑިފެންޑަރ […]
އަލީ ރިޔާޟް
ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ބާސާ ޖެހިލައިފިއެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ތިން ލަނޑު ޖަހާފައިވާއިރު، ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފެރާން ޓޯރޭސްއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ ބާސާގެ ޒުވާން މިޑްފީލްޑަރ ގަވީއަށް […]
އިބްރާހިމް ޚަލީލް
މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް އެހީތެރިވެދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޚާއްޞަ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ނިންމައިފި އެވެ. މީރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަޖެހިފައިވަނީ، ޓެލެފޯން، އީމެއިލް އަދި އެނ...
އިބްރާހިމް އަސްވާޤް
ސައުދީ އަރަބިއްޔާގައި ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކޮށްފި އެވެ. ސައުދީގެ ޓްރާންސްޕޯޓް ޖެނެރަލް އޮތޯރިޓީން މިއަގުތައް ބޮޑުކޮށްފައިވަނީ އާދިއްތަ ދުވަހުން ފެށިގެންނެވެ. އެގައުމުގެ ޓެކްސީ ތަކުގައި ބޭނުން ކުރަމުން އަންނަނީ މީޓަރ ސިސްޓަމް ތަކެވެ. އެގޮތުން، ސިޓީތަކުގެެ ތެރޭގައި ދަތުރު ކުރުމަށް 4 މީހުންނަށް ދަތުރު ކުރެވޭ ޓެކްސީއެއްގައި މިހާރު ކަނޑައަޅާފައިވަނީ ދަތުރެއް ފެށުމަށް 10 ރިޔާލެވެ. މި ބަދަލާއި އެކު މީގެ ކުރިން އިތުރަށް ދުއްވާ ކިލޯ މީޓަރަކަށް ޗާޖު ކުރަމުން އައި 1.8 ރިޔާލުގެ ބަދަލުގައި މިހާރު...
ޝިއުނާ އާދަމް
އިންޑޮނޭސިޔާގެ ދެކުނު ސުމަތުރާ އަށް 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފައިވަނީ މި ބިންހެލުމުގެ އަސަރު ރާއްޖެ ކުރާނެ ކަމަށް ނުފެންނަ ކަމަށެވެ. މިބިން ހެލުން އައިސްފައިވަނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 02:09 ގައެވެ. މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ މި ބިންހެލުން އައި ސަރަހައްދާއި އައްޑޫ ސިޓީ އާއި 2858 ކިލޯ މީޓަރ ދުރުމިން ހުންނަ ކަމަށެވެ. An earthquake of 6.6 has occurred near Southern Sumatra, Indonesia. […]
އަލީ އާދިލް
ހއ. ބާރަށުގެ ނެރު ފުންކުރުމާއި ކުރީގެ ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) އެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން 755 މީޓަރު ދިގު އަދި 33 މީޓަރުގެ ފުޅާ ނެރުގެ ސަރަހައްދެއް ކޮންނާނެއެވެ. ނެރު ކޮށްނާނީ އަށް މީޓަރު ފުންކޮށެވެ. މީގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ބަނދަރު 3.5 މީޓަރަށް ފުންކުރުމުގެ […]
އަޙްމަދު ވަހީދު
ސްކޫލަށް ކުދިން ހާޒިރުވާއިރު ވެސް މާސްކް އެޅުން މަޖުބޫރު ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައިވާ ބުނެފައިވަނީ ސްކޫލަށް ހާޟިރުވާއިރު މާސްކުއެޅުން މަޖުބޫރުކަމެއް ކަމުގައި އޮތުން އުވާލާފައިވާކަމަށެވެ. “ދަރިވަރާއި ބެލެނިވެރިޔާ ބޭނުން ނަމަ ދަރިވަރުން މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެ” އެ މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ހައި ރިސްކް ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްކަމަށް އެ އިއުލާނުގައި ބުނެފަ...
އަލީ އާދިލް
ކޮވިޑު – 19 އާ ގުޅިގެން ދިވެހި ރާއްޖޭގައި އިއުލާންކުރެވިފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލެވިފައިވާތީ ކޮވިޑް – 19 ކޮންޓްރޯލުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެސްފި އެވެ. ދިވެހިރާއްޖޭގި ހުރިހާ ސަރަޙައްދެއްގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު 2022 މާރޗް 13 ވަނަ ދުވަހު އުވާލުމާގުޅިގެން އެޗްޕީއޭއިން މިރޭ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 ކޮންޓްރޯލުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެވިފައިވާކަމަށެވެ. އެގޮތުން ރާއްޖޭ...
އިބްރާހިމް އަސްވާޤް