ބާރަ ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ވަނަވަރު މިއަދު އާންމުކޮށްފިއެވެ. މި މީހުންނަކީ، ކަނޑުމަގުން ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންނެވެ. މި މީހުން ހައްޔަރުކުރީ ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިނ...
އަލީ އާދިލް
އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މަސްރޭހުގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ހަރަކާތް އުރީދޫ އިން ބާއްވާ މިއީ 11 ވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި މުބާރާތަށް ވަނީ ބޮޑު ތަރުހީބެއްލިބިފައެވެ. މިއީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާއިއެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް...
އަޙްމަދު ވަހީދު
ހއ. ހޯރަފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލަފައިވާ ކަމަށެވެ. އެގޮތުން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފަސްސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހެއެވެ. ފައިސާ ބަލައިގަތުން ކުރިއަށް ދާނީ 13 ފެބުރުވަރީ އިން 19 އެޕްރީލް ގ...
އައިޝަތު ނަސާޔާ
ރ. އަނގޮޅިތީމް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމެން ކައިރިވެއްޖެއެވެ. އެ ޕްރޮޖެކްޓް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަޝްރޫއުގެ 92 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ މަޝްރޫއުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ބޭރުތޮށި ލުމާއި، 166 މީޓަރުގެ ރިވެޓްމެންޓް […]
އަޙްމަދު ވަހީދު
ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެސްޓީއޯއިން ހުޅުވާފައިވާ ފިއުލް ޓެސްޓިން ލެބޯރަޓަރީގައި ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓްކޮށްފިއެވެ. ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓް ކުރާ ގޮތައް އެސްޓީއޯއިން ހުޅުވި މިލެބޯޓްރީގައި ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފައިވަނީ މިއަދުއެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފޮނުވި ޖެޓްފިއުލް ސާމްޕަލެކެވެ. އެސްޓީއ...
އަޙްމަދު ވަހީދު
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (އެސްޓް ރިކަވަރީ ކޮމިޝަން) މިއަދު އުވާލައިފިއެވެ. ރައީސް އޮފީހުން އާންމުކުރެއްވި ނޫސްބަޔާނެއްގައި ވަނީ އެ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު އުވާލައްވައްވާފައިވާ ކަމަށެވެ. އެ ކޮމިޝަނަކީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރ...
އަލީ އާދިލް
ގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް އެމްއެމްއޭއިން އިތުރު ހަތަރު ކުންފުންޏަކަށްދީފިއެވެ. މިއަދު އެ ލައިސަންސް އެމްއެމްއޭއިން ދީފައިވަނީ ވީޓީޓީ ފައިނޭންސް އާއި ގްލޯބަލް ޕޭމަންޓްސް އޭޝިއާ ޕެސިފިކް މޯލްޑިވްސް އާއި ޕޭޔާ ޕްރައިވެޓް ލިމިޓެޑް އަދި ފަހި ޕޭ އަށެވެ. ވީޓީޓީ ފައިނޭންސް އާއި ގްލޯބަލް ޕޭމަންޓްސް އޭޝިއާ ޕެސިފިކް މޯލްޑިވްސްއަށް ދިނީ ޕޭމަންޓް މުއާމަލާތްތައް އެކުއަޔާ ކުރުމުގެ ހުއްދައެވެ. އެ ހިދުމަތަކީ މިހާރުވެސް އެމްއެމްއޭއިން ދޫކޮށްފައިވާ ހުއްދައެއްގެ ދ...
އަޙްމަދު ވަހީދު
މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު ޖަލަށްލި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ. ޖެނުއަރީ، 2010 ގައި ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ މ. އަންގާގިރިގައި ހަދަމުން ދިޔަ އިމާރާތުގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއިންނެވެ. ދައުލަތުން ތުހުމަތު ކުރާ ގޮތުން ޝީރީނާއި ނަޖާހު މ. ކުރަހާގޭގައި އުޅުނު ކޮޓަރި ތެރޭގައި ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮށްޓަކަށް […]
ހުސައިން ހަބީބް
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ކުރާ ދައުވާގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ވައިބާ މެސެޖްތަކެއްގެ މައްސަލާގައި އިތުރު ސުވާލުތަކެއް އުފެދި، ހައި ކޯޓުގައި ދައުލަތަށް ސުވާލުތައް އަމާޒުވެއްޖެ އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ނެގި ކަމަށް ބުނެ މަހްލޫފަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން […]
ހުސައިން ހަބީބް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައު 5 މެންބަރަކު މިއަދު ޢައްޔަންކުރައްވައިފިއެވެ. އޭސީސީއަށް މެންބަރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުއްވި ފަސް ނަމެއް ފާސްކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުއްވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި މިދިޔަ ހޯމަދުވަހު އެ ނަންތަކ...
ޔުމްނާ ޢަލީ
ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ވަނަތަކެއް ހއ. އަތޮޅަށް ނިސްބަތްވާ ބައެއް ދަރިވަރުން ހޯދައިފިއެވެ. ހއ. އަތޮޅު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އެކައުންސިލްގެ ފަރާތުން އެ މުބަރާތުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 4 ދަރިވަރަކު ވަނީ އެދަރިވަރުން ބައިވެރިވި އުމުރުފުރާ ތަކުން ވަނަތައް ހޯދާފައެވެ. އަދި މިމުބާރާތުގެ އަތޮޅު ކައުންސިލްތަކުގެ ބައިން 3 ވަނައަށް ހއ. އަތޮޅު ކައުންސިލް ވަނީ ހޮވިފައެވެ. އެގޮތުން ވަނަތަކަށް ހޮވުނު 4 ދަރިވަރުންގެ ތެރެއިން 2 […]
އައިޝަތު ނަސާޔާ
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންއިން މިއަހަރުގެ ރަމަޟާންް މަހާއި ދިމާކޮށްް “ނިޕޯން ރަމަޟާން ބާޒާރު ޕުރޮމޯޝަން” ފަށައިފިއެވެ. އެސްޓީއޯ ޕެއިންޓް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައި މިޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުއެވެ. މިޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ. އެސްޓީއޯއިން ބުނި ގޮތުގައި ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި 20 އިންސައްތައާއި ހަމައަށް ޑިސްކ...
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށް ވިޔަރެއާލާއި ޗެލްސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ވިޔަރެއާލް ކުއާޓާއިން ޖާގަ ހޯދާފައި ވަނީ އިޓަލީގެ ގަދަ ބާރެއް ކަމަށްވާ ޔުވެންޓަސް ކަޓުވާލުމަށް ފަހުއެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ވިޔަރެއާލްގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ބުދަ ދުވަހުގެ ރޭ ދެވަނަ ލެގުގެ މެޗު ޔުވެންޓަސްގެ ދަނޑުގައި […]
އިބްރާހިމް ޚަލީލް
ނޫ ރާއްޖޭގެ އޯޝަން ޔޫސް ސާރވޭގެ މަސައްކަތުގެ ދެބައި ކުޅަ އެއްބަޔާއި ހިސާބަށް އާދެވުނު އިރު މިހާތަނަށް މިފަދަ މަސައްކަތަކަށް ލިބަފައިވާ ނުވާ ބޮޑު ތަރުހީބަކާ ބައިވެރިވުން ލިބިފައިވާކަމަށް ހާމަކޮށްފި އެވެ. ރައްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭއަށް މިހާތަނަށް 16 އަތޮޅަކުން 7500 މީހުން ރަމްޒުކޮށްދޭ 1،900 ރެސްޕޯންސް ލިބިފައިވެއެވެ. މި ސާރވޭއިން މަސްވެރިންނާއި، އަމިއްލަ ފަރުދުންނާއި، ފަތުރުވެރިކަމުގެ ދާއިރާ އަދިވެސް އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ދިވެހިރާއްޖޭ...
އަލީ އާދިލް
މެލޭޝިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކެބްވެޓައިޒިން ކެންޕެއިނެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން މައިބަންޕް މީޑިއާއާއެކު ފަށައިފިއެވެ. އެމްއެމްޕީއާރުސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ކެންޕެއިން ކުރިއަށް ދާނީ 17 މާރޗް އިން މޭ މަހުގެ 17 ވަނަ ދުވަހަށެވެ. މައިބަންޕް މީޑިއާއަކީ މެލޭޝިއާގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް އައުޓްޑޯ މީޑިއާ އެޑްވަޓައިޒިން ހިންގާ މަޝްހޫރު ކުންފުންޏެކެވެ. މި ކުންފުނިން މެލޭޝިއާގައި އާންމު ގޮތެއ...
އިބްރާހިމް އަސްވާޤް
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ލިވަޕޫލުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ […]
އިބްރާހިމް ޚަލީލް
ނިންޖަކީ ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ނުހަނު މުހިންމު އެއްޗެއްކެވެ. ދުވާލު އަވަދު ނެތި އުޅުމަށްފަހު ރޭގަނޑުގެ ހަމަ ނިދި ހޯދުމުގެ މުހިންމުކަން ބޮޑެވެ. ނިދީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ގަދަޔަށް ނިދުން ނުވަތަ “ޑީޕް ސްލީޕް” އަދި ދެބަދޭތެރޭގައި އޮވެ ނިދުން ނުވަތަ “ޑްރީމް ސްލީޕް” އެވެ. ހަމަ ނިދި ލިބުން ނުވަތަ ރަނގަޅަށް ނިދި ލިބުން ބިނާވެފައި ވަނީ ނިދާ ވަގުތަކަށް ނޫނެވެ. މިކަން ބިނާވެފައި ވަނީ ގަދަޔަށް ނިދުން ނުވަތަ […]
އަލީ އާދިލް
ޖަޕާންގެ ހޮންޝޫ ސަރަހައްދަށް 7.4 މެގްނެޓިއުޑް ބާރުމިނުގެ ބިންހެލުމެއް އައިސްފައިވާކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވި ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ހދ. ހަނިމާދޫއާއި 7653 ކިލޯ މީޓަރު ދުރުންނެވެ. ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވެއެވެ. ބައިނަލްއަގްވާމީ ބައެއް މީޑިއާތައް ބުނާގޮތުން ޖ...
ޝިއުނާ އާދަމް