ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިޢުލާންކޮށްފި އެވެ. ފުލުހުން ބުނީ އެމީހާ ހޯދަން އިޢުލާން ކުރީ، ލ. މާމެންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީކަމަށެވެ. ޖިނާއީ މ...
އަލީ އާދިލް
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއިއެކު، ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކޮށް ޤައުމަށް ހެޔޮގޮތް ހޯދައިދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަދި ވެރިކަންކުރާ އިއްތިހާދުގެ އެއްބައިވެރިޔާ، އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންކަން ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް (ފަޔާ) އަށާއި، އެމްޑީޕީއަށް މަރުޙަބާ ކިޔުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓް...
ޙުސައިން ޝަހުދީ
އިންޑިއާގެ މުސްލިމުންގެ ހައްގުގައި އަޑު އުފުލުމުގެ ޙަރަކާތަކަށް ނުކުތުމަށް ތައްޔާރުވަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޢިއުލާންކޮށްފިއެވެ. އެކަން ޢިއުލާންކޮށްފައި ވަނީ، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އަދުރޭ ވިދާޅެފައި ވަނީ، އަވަށްޓެރި އިންޑިޔާގެ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްގުގައި އަޑު އުފުލުމުގެ ޙަރަކާތަކަށް ނުކުންނަން ތައްޔާރުވަމުން ގެންދަވާ ކަމަށެވެ. އަވަށްޓެރި އިންޑިޔާގެ...
އަލީ އާދިލް
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ އާއިލާ އަށް ތައުޒިޔާ ދެންނެވުމަށާއި އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ. ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްހޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވީ ހުކުރު ދުވަހުއެވެ. އަވަހާރަވިއިރު ޢުމުރު ފުޅަކީ 73 އަހަރެވެ...
ޔުމްނާ ޢަލީ
ސީލައިފް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ އަލުން ބަންދު ނުކުރެވޭނެ ހައި ކޯޓުން މިއަދު ނިންމައިފި އެވެ. ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ އައްމަޓީ މިދިޔަ މާޗް މަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ އެ ނިންމުން ރަނގަޅު ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ އޭނާ ފިލާފާނެ ކަމަށް ދައުލަތުން ދެކުނަސް، އެ […]
ހުސައިން ހަބީބް
އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް މިއަހަރު މާރޗް މަސްތެރޭ ނިމިފައިވާ ކަމަށެވެ. އެގޮތުން މުޅި ޕްރޮޖެކްޓްގެ 45 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، […]
އަޙްމަދު ވަހީދު
ހއ. ހޯރަފުށީ މަގުހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ކާސްޓިންގ މަސައްކަތްތަކުގެ 84 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމާއި ހޮޅި ވަޅުލުމުގެ މަސައްކަތުގެ 36 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކަރބްސްޓޯން ބެހެއްޓުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީ އިން ބުންޏެވެ. މި […]
އަޙްމަދު ވަހީދު
ހއ. ދިއްދޫ އިރުމަތި ބަނދަރު ބުރުތަކުގައި ހުރި ރައްޔިތުންގެ ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ލިޔެދިނުމަށް ދިއްދޫ ކައުންސިލުން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމަށް އެދި ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މެއި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ދިއްދޫ ކައުންސިލަށް ހުށަހަޅައި ރަޖިސްޓަރީ ވުމަށް އެ ކައުންސިލުން އެދިލައްވައެވެ. ރަޖިސްޓަރީ ފޯމް ފުރިހަމަ ކުރެއްވުމަށް...
އިބްރާހިމް ޚަލީލް
މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދޔަ އޭޕްރީލް މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 37 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އާމްދަނީ އަށް 362 މިލިއަން ރުފިޔާ ލިބިފައިވާއިރު 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ލިބިފައިވަނީ 265 މިލިއަން ރުފިޔާއެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 4.7 ބިލިއަން ރުފިޔާ އަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް […]
އަޙްމަދު ވަހީދު
އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް، ލިވަޕޫލުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެފްއޭކަޕް ފައިނަލް މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އެކްސްޓްރާ ޓައިމްގައި ވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި މެޗު އެއްވަރުވުމާއި ގުޅިގެން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 6-5 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗު ފަށައިގެން ލިވަޕޫލުން މޮޅަށް ކު...
އިބްރާހިމް ޚަލީލް
ހޯރަފުށި ދާއިރާ އިންތި ފައްޔާޒު އުލިގަމު 18 26 ތުރާކުނު 8 117 މާލެ ސިޓީ 41 151 ހޯރަފުށި 84 218 ޖުމްލަ 151 512 އިހަވަންދޫ ދާއިރާ އިންތި ފައްޔާޒު މޮޅަދޫ 13 69 އިހަވަންދޫ 291 377 މާރަންދޫ 64 61 މާލެ ސިޓީ 35 73 ޖުމްލަ 403 580 ބާރަށު ދާއިރާ އިންތި ފައްޔާޒު ތަކަންދޫ 48 49 އުތީމު 12 24 މުރައިދޫ 34 39 ބާރަށް […]
ތިލަދުން
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކާމިޔާބު ކުރައްވައިފިއެވެ. މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް ފަޔާ އާއި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ފަޔާ އާއި އޭނާގެ ޓީމު މި އިންތިޚާބުގެ ކެމްޕެއިން ކުރިއަށް ގެންދެވީ “އެމްޑީޕީ ހިންގާލަން” ޝިއާރުގެ ދަށުންނެވެ. އިންތި ބޭނުން ކުރެއްވީ “ތިލަފަތުގެ ރަމްޒު” ޝިޢާރެވެ. މިއަދުގެ އިންތިޚާބުގައި ބެހެއް...
ޙުސައިން ޝަހުދީ
މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަންގެ އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުން ނަތީޖާ ނުލިބޭ ވޯޓު ފޮށިތަކުގެ ޢަދަދު މިރޭ 21:00 އާއި ހަމައަށް 100 އަށް ތިރިވެފައިވާއިރު، ވޯޓުލީ މީހުންގެ 59 ޕަސެންޓް ވޯޓު ހޯދައިގެން ކުރީގައި އޮތީ އެ މަގާމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އެވެ. އެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00 ގައެވެ. ވޯޓު ފޮށިތައް ބަންދުކުރީ އިރު އޮއްސި 18:00 ގައެވެ. […]
ތިލަދުން
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު މިހާރު ލިބިފައިވާ ވަގުތީ ނަތީޖާއިން ހއ. ދިއްދޫގައި ބެހެއްޓި ފޮށިތަކުން 70 ވޮޓުގެ ތަފާތުން ފައްޔާޒް އިސްމާޢީލް ހޯދައިފި އެވެ. ދިއްދޫ އެމްޑީޕީ މެންބަރުން ވޯޓު ލުމަށް ޖުމްލަ 2 ފޮއްޓެއް ބަހައްޓާފައިވެއެވެ. 2 ފޮށީގެ ނަތީޖާއަށް ބަލާއިރު އިމްތިޔާޒް ފަހުމީ އަށް 288 ވޯޓު ލިބިފައިވެއެވެ. ފައްޔާޒް އިސްމާޢީލް އަށް ލިބިފައިވަނީ 358 ވޯޓެވެ. ދެކެނޑިޑޭޓުންގެ މެދުގައި ފަރަގު ހުރީ 70 ވޯޓުގެ ތަފާތެކެވެ. […]
އަލީ އާދިލް
މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަންގެ އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ދެބައިކުޅަ އެއްބައިއަށް ވުރެ ގިނަ ވޯޓު މިރޭ 20:20 އާއި ހަމައަށް ގުނާފައިވާއިރު، އެ އިންތިޚާބުގައި ތަފާތު ބޮޑުކޮށް ކުރީގައި އޮތީ އެ މަގާމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އެވެ. މި އިންތިޚާބުގައި ޖުމްލަ 282 ވޯޓު ފޮށި ބަހައްޓާފައިވާއިރު މިރޭ 20:20 އާއި ހަމައަށް ވަނީ 134 ފޮށި ގުނާފައެވެ. އެ ފޮށިތަކުން ފަޔާ ވަނީ […]
އިބްރާހިމް އަސްވާޤް
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު މިހާރު ލިބިފައިވާ ވަގުތީ ނަތީޖާއިން ކުޅުދުއްފުށި ސިޓީގައި ބެހެއްޓި ފޮށިތަކުން ފައްޔާޒު ބޮޑުތަކުން ކުރި ހޯދައިފި އެވެ. ކުޅުދުއްފުށި ސިޓިގެ އެމްޑީޕީ މެންބަރުން ވޯޓު ލުމަށް ޖުމްލަ 4 ފޮއްޓެއް ބަހައްޓާފައިވެއެވެ. ނަތީޖާ ލިބިފައިވާ 4 ފޮށީގެ ނަތީޖާއަށް ބަލާއިރު އިމްތިޔާޒް ފަހުމީ އަށް 291 ވޯޓު ލިބިފައިވެއެވެ. ފައްޔާޒް އިސްމާޢީލް އަށް ލިބިފައިވަނީ 349 ވޯޓެވެ. ދެކެނޑިޑޭޓުންގެ މެދުގައި ފަރަގު ހުރީ 58 […]
އިބްރާހިމް އަސްވާޤް
ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާ ސިފައިންނާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފި އެވެ. އެމްއެންޑިއެފްއިން ބުނެފައިވަނީ، “އެކްސަސައިޒް ބްލެކް މަރލިން 22-2” ގެ ނަމުގައި ޔޫއެސް ފަސްޓް ބެޓޭލިއަން ފިފްތު ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށާފައިވާކަމަށެވެ. ގައުމީ ދިފާއީ ބާރުން ބުނެފައިވަނީ، މި ތަމްރީންތައް ފަށާފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި މޭ 14 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ....
އަލީ އާދިލް
މިއަދު ބޭއްވި، ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް އަލުން ގުނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެދިއްޖެ އެވެ. އެމްއެންޕީއިން އިލެކްޝަން ކޮމިޝަން ގައި އަލުން ވޮޓު ގުނުމަށް އެދިފައިވާކަމަށް އެޕާޓީގެ ސްޕޯކްސް ޕާރސަން އަސްރާ އަޙްމަދު ވިދާޅުވީ މިއަދު ކުރިއަށްދިޔަ އިންތިހާބުގެ ނަތީޖާ ވަގުތީ ނަތީޖާއަށް ބެލުމަށްފަހު އަލުން ގުނުމަށް އެދިފައިވާ ކަމަށެވެ. މި އިންތިޚާބުގައި ވާދަކުރީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް...
އަލީ އާދިލް