މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ބައިވެރިވެވަޑައިގަންނަވާ ކްލަބް ހައުސް އިވެންޓެއް މިރޭ ކުރިއަށް ގެންދަން ނިންމައިފިއެވެ. (އިންތިގެ ކެމްޕޭން ތަރުޖަމާނު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކްލަބް ހައުސް މެދުވެރިކޮށް އިންތި އެމްޑީޕީގެ މެންބަރުންނާއި ބައްދަލު ކުރާން ހަމަޖެހިފައިވާ ކަމަށެވެ. އެ އިވެންޓް އޮންނާނީ މިރޭ 10:30...
އަލީ އާދިލް
އިންސާނާ ދުނިޔޭގައި ލައްވާފައިވަނީ އިރު އެރުމުން މަސައްކަތްތެރިވެ، އިންސާނާގެ ބުއްދީގެ ނިޢުމަތް ހެޔޮ ގޮތުގައި ބޭނުންކޮށް ދުނިޔެ އާރާސްތުކުރުމުގައި އުޅުމަށެވެ. އަދި މިއާއި އެކު، ދުވާލުގެ ބުރަ މަސައްކަތަށް ފަހު ރޭގަނޑުގެ ނިންޖަކީ ނަގާލާ ވަރަށްވުރެ، މާ މުހިންމު އެއްޗެކެވެ. ނިންޖަކީ ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ނުހަނު މުހިންމު އެއްޗެކެވެ. ހަށިގަނޑު ހެދި ބޮޑުވުމަށް ކާނާއާއި އެއްވަރަށް ނިދިވެސް ބޭނުންވެއެވެ. އިންސާނާއަށް ރަނގަޅަށް ނުނިދުމުން ރުޅިގަދަވެ، ދުވާލުގެ...
އަލީ އާދިލް
ހދ. މަކުނުދޫގެ އިޖުތިމާޢީ ސަރަހައްދުތަކަށް ކުނިނޭޅުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އިއްޔެ އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންމި ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ އިދާރާއިން އިތުރަށް ވިދާޅުވެފައި ވަނީ ފާއިތުވި ތަނުގައި ވެސް ތިން ފަހަރެއްގެ މަތީން އެ ރަށުގެ އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް އަމިއްލަ ފަރާ...
އިބްރާހިމް ޚަލީލް
އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުނުކުރުމަށް އެދެފި އެވެ. ޗައިލްޑް އެންޑް ފެމިލީ ޕރޮޓެކްޝަން ސަރވިސަސް އިން މިއަދު ބުނީ މިކަމުގެ މަޢުލޫމާތު ލިބިގެން އެ ސަރވިސް އިން ދަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ރަށުގެ ކައުންސިލް އަދި ރަށުގެ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެމްބަރުންނާއި އެކު މަސައްކަތްކުރަމުންކަމަށެވެ. “ދައުރުވަމުންދާ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރު ކުރާނެ ވީޑއޯ އަކަށްވެފައި އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ […]
އަލީ އާދިލް
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވެއްޖެ އެވެ. ޝެއިޚް ޚަލީފާ ގެންދެޗީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސް ގެ މަގާމު އަދާ ކުރައްވަމުންނެވެ. ނަމަވެސް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން އޭނާ އަދާކުރެއްވީ ރައީސްގެ ރަމްޒީ ރޯލެކެވެ. ގައުމުގެ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެއްބަފާކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ. އެމަނިކުފާނުގެ އާއިލާގެ މިލްކިއްޔާތު 150 ބިލިއަން ޑޮލަރަށް އަރައެވެ. […]
އަޙްމަދު ވަހީދު
ކުރިއަށް އޮތް ދޮޅު އަހަރު މިޤައުމުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ޞާލިޙަށް އިހްތިރާމް ކުރާނެ ލީޑާޝިޕެއް އެމްޑީޕީގައި އޮތުން ކަމަށާއި، އެހެންކަމުން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވޯޓު ދޭންވީ އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކަމަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ދީދީ މިހެން ވިދާޅުވީ، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް...
އަލީ އާދިލް
މާލޭ ސިޓީގައި އޮތް އެންމެ ހިތްގައިމު އަވަށް ކަމުގައިވާ، ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އަކީ ވިލިމާލޭ ރައްޔިތުންނާއެކު މަސައްކަތްކުރާތާ މިހާރު ވަރަށް ގިނަދުވަސްވެފައިވާ ކަނބަލެކެވެ. ވިލިމާލެ ރައްޔިތުންނަކީވެސް ފާތުން ދަންނަ، ދެނެ ފަރިތަ މީހުންނެވެ. އެއަވަށުގެ ކަނބަލުންގެ އިޙްސާސްތައް އެންމެ ގާތުން ދަންނަ ކެނޑިޑޭޓަކީ އެއީ ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ވިލިމާލޭ ރައްޔިތުންގެ މެދުގައި އެއ...
ޔުމްނާ ޢަލީ
ބުރާސްފަތި ދުވަހުގެރޭ އިނގިރޭސި ލީގުގައި އާސެނަލް ބަލިކޮށް ޓޮޓެންހަމް މުހިތްމު މޮޅެއް ހޯދައިފިއެވެ. މި މެޗުން ޓޮޓެންހަމް މޮޅުވީ 3-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ގޯލް ލިބުނު ޕެނަލްޓީއަކުން 22 ވަނަަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ހެރީ ކޭން އެވެ. ދެވަނަ ގޯލް 37 ވަނަ މިނެޓްގައި ހެރީކޭން ކާމިޔާބު ކުރީ ބޮލުން ގޯލް ތެރެއަށް ބޯޅަ ފޮނުވައިލައިގެންނެވެ. މެޗުގެ ތިންވަނަ ގޯލް ދެވަނަހާފް ފަށައިގެން ދެވަނަ މިނެޓްގައި ޓޮޓެންހަމް އަށް ކާމިޔާބް ކޮށްދިނީ ސޮން […]
އަލީ ރިޔާޟް
ހދ. ނޭކުރެންދޫ ގައި ފިތުރުޢީދާ ދިމާކޮށް އެރަށު ޒުވާނުން އިސްނަގައިގެން ކުރިޔަށްގެންދިޔަ އަންހެނުންގެ ގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކަލިޔާ ޓީމުން ހޯދައިފިއެވެ. ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ފައިނަލްމެޗް ކަލިޔާ ޓީމް ކާމިޔާބުކުރީ 3-1 ސެޓުން ނަމުރުޓީމްގެ މައްޗަށް ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓާ ދެވަނަ ސެޓް ހޯދީ ކަލިޔާޓީމް އިންނެވެ ނެވެ. ކުޅުން ރަގަނޅުކޮށް ތިންވަނަ ސެޓް ހޯދީ ނަމުރު ޓީމް އިންނެވެ. ޖެހިގެން އައި ހަތަރުވަނަ ސެޓް ކާމިޔާބް ކޮށް ކަލިޔާ ވަނީ […]
އަލީ ރިޔާޟް
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންގޮސް، އެ ޕާޓީ ވަރުގަދަކޮށް ހިންގާލަން، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ ދެ ކެންޑިޑޭޓުން ކުރެ ފަޔާއަށް ތާއީދުކުރައްވަން ނިންމެވި ސަބަބު ހާމަކުރައްވަމުން ވީޑިއޯ މެސެޖެއްގައި ރިޟާ ވިދާޅުވީ، ޗެއާޕާސަން ކަމަކީ ދުނިޔ...
އަލީ އާދިލް
ށ. މާއުނގޫދޫގެ އިތުރުން އިތުރު ފަސް ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީއާ) ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރީ އއ.އުކުޅަހާއި، އދ.ދިގުރަށާއި، ށ.މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތާއި، ތ.ވިލުފުއްޓާއި އެއަތޮޅު ދިޔަމިގިލީގައި ގިރަމުންދާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތެވެ. މިމަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަ...
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމަށް، ހެންވޭރު ޓިވެގާލައިޓް، އާމިނަތު ޝިފާނާ ޢައްޔަން ކުރައްވައިފިއެވެ. ޝިފާނާ މި މަޤާމަށް ޢައްޔަންކުރެއްވީ އިއްޔެއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ. ޝިފާނާ ކުރިން ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯސަލް ސަރވިސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމާއި ދަޢުލަތުގެ އެހެން ބައެއް އިދާރާތަކުގައި އިސްމަޤާމުތައް ފުރުއްވާފައިވެއެވެ...
ޝިއުނާ އާދަމް
މިއަދު ހެނދުނު ސްޓެލްކޯއިން ކުރިއަށްދާ މަސައްކަތްތަކެއްގެ ސަބަބުން މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިއީ ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑާއި ގުޅުންހުރި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އެގޮތުން މަސައްކަތް ކުރޮއަށްދާނީ ހެނދުނު 6:00 އިން 9:00 އަށް ކަމަށާއި އެ ވަގުތު ކަރަންޓް ކެނޑިދާނެ ކަަމަށެވެ. ސްޓެލްކޯއިން ބުނީ މިފަދަ މަސައްކަތްތަކަކީ ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުން އ...
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65ރ. ބަހަން ނިންމައިފި އެވެ. އެސްޓީއޯއިން މިއަދު ބުނީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65ރ. ބަހަން އެސްޓީއޯގެ ބޯޑުން ނިންމާފައިވާ ކަަމަށެވެ. ފައިދާގެ ގޮތުގައި ބަހާނެ މިންވަރެއް އެސްޓީއޯގެ ބޯޑުން ފާސްކުރި ނަމަވެސް އެ އަދަދު ބަހާނީ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްގެންނެވެ. އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ. ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯގެ […]
އިބްރާހިމް އަސްވާޤް
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމާދީ ވޯލްޑް ކަޕް ބައްލަވައިލެއްވުމަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް، ދައުވަތު އަރުވައިފިއެވެ. އޫރީދޫ އިން ރައީސް ސޯލިހަށް ދައުވަތު އެރުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ސޯލިހާއި ހާލިދު އާ ދެ ބޭފުޅުން ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި އުރީދޫން ރާއްޖޭގައި ދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުވުމުގ...
އަޙްމަދު ވަހީދު
ކުރީގެ ރައީސް އަދި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޒައީމު މައުމޫނު އަބުދުލްޤައްޔޫމް އެހެން ފަރާތްތަކަށް ތާއީދުކުރާކަން ވިސްނައިދިނުމަށް ފަތުރަނީ ދޮގުވާހަކަތަކެއްކަމަށް ވިދާޅުވެއްޖެއެވެ. އެމްއާރްއެމް ގެ ޒައީމު، ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން މިރޭ އާންމުކުރެއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނަކީ އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަމަށާއި، އެމަނިކުފާނަކީ ހަމައެކަނި އެމްއާރްއެމް ގެ މެންބަރެއް ކަމަށެވެ. އެމަނިކުފާނަކީ އެހެން ޕާޓީއަކަށް ތ...
ޔުމްނާ ޢަލީ
ވިލިމާލޭ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ޚިދުމަތްކޮށްދޭނެކަމަށް ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) ވިދާޅުވެއްޖެ އެވެ. ފާތުން މިހެން ވިދާޅުވީ، ވިލިމާލޭގައި ޕީޕީއެމްއިން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނެވެ. ޕީޕީއެމްގެ ރައީސް، ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް އާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް ބައިވެރިވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފާތުން ވިދާޅުވެ...
ޔުމްނާ ޢަލީ
ށ. މަރޮށި ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތް ދޭންފަށައިފި އެވެ. މިއަދު މަރޮށީގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފެށީ ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވެއެވެ. މަރޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބް...
އަލީ އާދިލް