ހއ. ދިއްދޫ އިރުމަތި ބަނދަރު ބުރުތަކުގައި ހުރި ރައްޔިތުންގެ ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ލިޔެދިނުމަށް ދިއްދޫ ކައުންސިލުން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމަށް އެދި ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މެއި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ދިއްދޫ ކައުންސިލަށް ހުށަހަޅައި ރަޖިސްޓަރީ ވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
ރަޖިސްޓަރީ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން info@hadhidhoo.gov.mv މި މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމަށް ދިއްދޫ ކައުންސިލުން އެދިލައްވައެވެ.
މިކަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 29 މެއި 2022 ވާ އާދީއްތަ ދުވަހުގެ 1130 ގައި ދިއްދޫ ކައުންސިލް އިދާރާގައެވެ.
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 01 ޖޫން 2022 ވަނަ ދުވަހުގެ 1130 ގައި ދިއްދޫ ކައުންސިލް އިދާރާގައެވެ.
ރުއްތައް ވަރުވާއަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ހިފާ ފަރާތުން ކުރަންޖެހޭ މަސައްކަތުގެ ގޮތުގައި އެ ކައުންސިލުން ހިމަނާފައިވާ ކަނަތައްތަކުގެ ތެރޭގައި ހިމެނެނީ ރުއްގަނޑު ވަރުވާއަށް ހިފާފަރާތުން، ރުއްގަނޑު ސާފުކޮށް ބެލެހެއްޓުމާއި ހުހި، ހިކި ފަންތޮށި އަދި އެ ނޫނަސް ރުއްތަކުން ފައިބާ ގުރުއިހާފަދަ ތަކެތި ( ކުނީގެ ގޮތުގައި ރުއްދޮށަށް ފައިބާ އެންމެހާ ތަކެތި ) ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން އުކާލުން ނުވަތަ ނައްތާލުމާއި، މަހަކު އެއްފަހަރު ރުއްތަކުގެ ފަންތައް ހިނގާ މީހުންނާއި އަދި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތައް ހުންންނަ ފަންތައް ރުއްތަކަށް ގެންލުން ނުވާނޭގޮތައް ކޮށާ ރީތިކޮށް ބެހެއްޓުމާއި، ހުހި އަދި ގުރުއިހާލާއި ދޮންވެފައި ހުންނަ ފަންތައް ފަދަތަކެތިން، ހިނގާމީހުންނައި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ވިޔަނުދިނުމަށްޓަކައި ދުރާލާ ރުއްތައް ސާފުކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!