ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި- އިލެކްޝަނާއިގުޅިގެން ހުށަހެޅި ޝަކުވާތަކާއި ގުޅިގެން ދެ ވޯޓު ކަރުދާސްކޮޅެއް އަލުން ޗެކް ކުރުމުން ވެސް ނަތީޖާއަށް ބަދަލު ނާންނަކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ނިންމަފި އެވެ. އެ އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށަހެޅީ އެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓު އާމިނަތު ޝީޒާ ނިސްބަތްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިންނެވެ. އީސީން ޢިއުލާންކުރި ވަގުތީ ނަތީޖާގައި ވާގޮތުން އެއް ވޯޓުގެ ތަފާތުން […]
ޔުމްނާ ޢަލީ
ހއ. ކެލާގައި ހެލްތް އެވެއާނެސް އަދި ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ ކެލާ ކައުންސިލާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ކެލާ ޞިއްހީ މަރުކަޒާއި، ޝެއިޚް އިބްރާހީމް ސްކޫލާއި، އަދި އިންސްޓްރަކްޓަރ އަހްމަދު ޝާމް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އިއްޔެ ފެށި މި ޕްރޮގްރާމްގައި ފުރަތަމަ ސެޝަންގައި ދުޅަހެޔޮ ސިއްހަތާއި ހެދި ބޮޑުވުމާއި ގުޅޭ މައުލޫމާތު ދެއްވީ ކެލާ ސިއްހީ މަރުކަޒުގެ ހެޑް ނާރސް ސިރްމީލާ މުހައްމަދުއެވެ. އަދި އިންޓޮރޮޑަކްޓަރީ ސެލްފް ޑިފެންސް [...
ޝިއުނާ އާދަމް
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދުމަށް ސަރުކާރުން އެންމެފަހުން ހުޅުވާލި 720 ފުރުސަތުގެތެރެއިން 393 ދަރިވަރަކަށް ލޯނު ދޭން ނިންމައި ވަގުތީ ލިސްޓް އާންމުކޮށްފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއިން މިއަދު ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ޢިއުލާނު ކުރެވުނު ލޯން ސްކީމްގެ ވަގުތީ ނަތީޖާ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން މިއަދު ޢިއުލާން ކުރައްވާފައިވާ ކަމަށެވެ. އަދި 393 ދަރިވަރަކަށް މަތީ […]
ޔުމްނާ ޢަލީ
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި މައްސަލާގައި އާޒިމާއާ ދެކޮޅަށް ސުޕްރީމް ކޯޓުން ވެސް މިއަދު މައްސަލަ ނިންމައިފި އެވެ. މަނީ ލޯންޑްރިންއަށް އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އާޒިމާގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ދެމެހެއްޓުމުން އާޒިމާ ސުޕްރީމް ކޯޓަށް ވަޑައިގަތީ ދައުވާ […]
ހުސައިން ހަބީބް
މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން އިތުރަށް ލަސްވެގެންދިއުމަކީ އެންމެ ނާޒުކު ޙާލަތުގައި ހުރި ޤައުމުތަކުގެ ރައްޔިތުންނަށް ތަޙައްމަލު ކުރެވޭވަރުގެ ގެއްލުމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި “ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކ...
ޔުމްނާ ޢަލީ
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 30 ގައި ބާއްވަން ތާވަލު ކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ޖަލްސާ އޮންނާނީ 30 ވަނަ ދުވަހުގެ ރޭ 9:00ގައި ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސްގައި އޮންލައިންކޮށް ވެސް ޖަލްސާ ކުރިއަށްދާނެއެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހިއްސާދާރުންނަށް އެސްޓީއޯއިން ވަނީ ހުޅުވާލައިފައެވެ. ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ 9:00 އެވެ. އެސްޓީއޯގެ މާލީ […]
އަޙްމަދު ވަހީދު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ލޭބަރުން ހޯދަން އިއުލާން ކޮށްފިއެވެ. އެ ކުންފުނިން ބުނީ މިއީ ވަރަށް އަވަހަށް ބޭނުންވާ މުވައްޒަފުން ކަމަށެވެ. އެގޮތުން 120 ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ފުރުސަތުގެ ދަށުން 13,700 – 10,300 ރ ދެމެދުގެ މުސާރައެއް ވަނީ ކަނޑައަޅައިފައެވެ. އަދި ކުންފުނިން ކަނޑައަޅާ ސައިޓެއްގައި ހުރުމާއި ކެއުމުގެ އިތުރުން ސްޓާފް މެޑިކަލް އިންޝޫރަންސާއި ޕެންޝަނަށް ވެސް ކޮންޓްރިބިއުޝަން ލިބޭނެއެވެ. މި ވަޒީފާގައި [...
އަޙްމަދު ވަހީދު
ތ. ވިލިފުށީގައި އެއާޕޯޓެއް ތަރައްގީ ކުރެވޭގޮތަށް އެ އަތޮޅު ކަނިމީދޫ ފަތުރުވެރިކަމަށް ތަރައްގީކުރަން މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމަންޓްރީ ގުރޫޕު ލީޑަރު އަބްދުﷲ ރިޔާޟް ވަނީ ތ. ކަނިމީދޫގައި ރިސޯޓެއް ތަރައްގީކުރުމަށ ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު ޢަބުދުﷲ މައުސޫމް އަރިހުން ސުވާލު ކުރައްވާފައެވެ. އެ ސުވ...
ތިލަދުން
އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 11.24 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓްތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 32 އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯއިން ބުނި ގޮތުގައި އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯ ގްރޫޕްއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި ބަލައި 26 އިންސައްތަ އިތުރުވެފައިވުން ކަމަށެވެ. އަދި، ފިޝަރީސް، ޝިޕިންގ އަދި ގޭސް […]
އަޙްމަދު ވަހީދު
ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ. އަދި އެއްގަމު ތޮށި ލުމުގެ މަސައްކަތް ފުރިހަމަވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް […]
އަޙްމަދު ވަހީދު
މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން ވަނުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. މިގޮތުން 2022-2023 ދިރާސީ އަހަރު މާލޭ ސަރަޙައްދު ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1 ކަށް ކުދިން ވެއްދުމަށް ފޯމު ހުށަހެޅުން ފުރުޞަތުވަނީ މިއަދުން ފެށިގެން އިން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ. މީގެ އިތުރުން މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކުގެ އެހެނިހެން ގްރޭޑްތަކަށް ޖާގަ ހޯއްދެވުމަށް ފޯމު ހުށަހެޅުއްވުމުގެ ފުރުޞަތު ޖުލައި މަހުގެ 1 ވަނަ ދުވަހުން […]
އިބްރާހިމް ޚަލީލް
އިނގިރޭސި ލީގުގައި އާދީއްތަ ދުވަހު ކުޅުނު މެޗެން މޮޅުވެ ލީގް ތާވަލްގެ ހަތަރު ވަނައަށް ޓޮޓެންހަމް ޖެހިލައިފިއެވެ. ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުން ބާންލޭ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތު ގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބް ކޮށްދިނީ ހެރީ ކޭން އެވެ. މި މޮޅާއެކު ޓޮޓެންހަމް ތާވަލްގެ ހަތަރު ވަނައިގައި އޮތީ 37 މެޗުން ލިބުނު 68 ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމް ހަތަރު […]
އަލީ ރިޔާޟް
މިއަދު އަމަލުކުރާން ފެށުނު ފޮރިން ސާވިސް ޤާނޫނަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިއަދަކީ ދިވެހިރާއްޖޭގެ ފޮރިން ސަާވިސްގެ ޤާނޫނު ތަންފީޒުކުރަންފަށާދުވަހެވެ. މި މުނާސަބަތުގައި ފޮނުއްވި ޚިޠާބެއްގައި ޝާހިދު ވިދާޅުވީ، މިއަދަކީ ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގެ...
ޔުމްނާ ޢަލީ
ފާދިއްޕޮޅު އާބާދު ކުރުމަށް ޖާވާކަރަ އާއި އަލިގާ ސަރަޙައްދު ހިއްކަން ގޮވާލައިފި އެވެ. ފާދިއްޕޮޅު އާބާދު ކުރުމަށް ޕްލޭންކޮށް ތަންފީޒު ކޮށްދެއްވުމަށް ގޮވާލެއްވީ ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ޠައްޔިބް ޝަހީމު އެވެ. ޠައްޔިބް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ފާދިއްޕޮޅު އާބާދީގެ %85 އުޅެނީ ހިންނަވަރު، ނައިފަރު އަދި ކުރެންދޫގައި ކަމަށާއި މި 3 ރަށަކީ ބިން ބޮޑުކުރެވެން ނެތް 3 ރަށްކަމުން ފާދިއްޕޮޅުގައި ބިން ހިއްކައިގެން މީހުން އާބާދު ކުރެވެން އޮތީ ޖާވާކަރަ އާއި އަލިގާ […]
އަލީ އާދިލް
މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން މަގުތަކަށް ތަކެތި ވެއްޓޭގޮތަށް ހުރި ރުއްތަކާއި ގަސްތައް ސާފުކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ވަޔާއިއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ރުއްރުކުން ހިކިފަނާއި ކާށި އަދި ގަސްގަހުން ހިކިފައިވާ ގޮފި ފަދަ ތަކެތި ވެއްޓެމުން އަންނަ ކަމަށެވެ. އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ އުސްކޮށް ހުރި ޢިމާރާތްތަކުގެ ޓެރަސް ނުވަތ...
އިބްރާހިމް ޚަލީލް
މިނިސްޓްރީ އޮފް ފިނޭންސްގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް އަޙްމަދު ސިރާޖް އައްޔަނުކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވީ، މިނިސްޓްރީ އޮފް ފިނޭންސްގެ ޕީއެސް ކަމަށް އަޙްމަދު ސިރާޖް (ވ. ސިނަމާލެ 4 04-2، މާލެ) މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ. އޭނާ އަށް މަގާމުގެ ލިޔުން ޙަވާލުކުރުމަށް މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިނޭންސްގެ އިސްވެރިންނާއި...
ޔުމްނާ ޢަލީ
ހއ. އިހަވަންދޫ ފެރީ ޓަރމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި ފެރީ ޓަރމިނަލަކީ އިންޓަރގްރޭޓޭޑް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓްގެ ދަށުން ޒޯން 1 އަށް ޚިދުމަތް ދިނުމަށް އިމާރާތްކުރެވިފައިވާ ޓަރމިނަލްއެކެވެ. މި ޓަރމިނަލުން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކައި ކޮމާޝަލް އޭރިއާއަކާއި، ޕޭރެންޓް ރޫމަކާއި، ލަގެޖް ރޫމަކާއި، ޓަކް ޝޯޕެއްގެ އިތުރުން ދެ ޖިންސުގެ ބޭފޫޅުންނަށް ވަކިން ފާހަނާ ވަ...
އަޙްމަދު ވަހީދު
އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލަށް، ނާކާމިޔާބުވި ކެނޑިޑޭޓު އިމްތިޔާޒް ފަހުމީ މަރުޙަބާ ދަންނަވައިފި އެވެ. އިންތިޚާބަށްފަހު އިމްތިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި އެމަނިކުފާނާއެކު މަސައްކަތްކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރުވެރިވާކަމަށެވެ. އަދި މިވީހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާ އަސާސްތަކުގައި އެމްޑީޕީއާއެކު ދެގޮތެއްނުވެ، އަބަދުވެސް ދެމިހުންނަވާނެކަމަށް ވިދާޅުވިއެ...
އަލީ އާދިލް